އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-156)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ސެޕްޓެމްބަރު 2023 ގައި)
(ގަވާއިދުވަނީ ގަވާއިދު ނަންބަރު 109-2024 ގެ 7 ވަނަ މާއްދާއިން އުވާލެވިފައި)
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން
ރަޖިސްޓަރީކުރުން 4.
(ރ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓަ ރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، އެ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކ،ު އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ. މި މާއްދާގައިވާ އުޅަނދުތަކުގެ މާނައިގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ 2 ފުރޮޅުލީ އުޅަނދާއި، 3 ފުރޮޅުލީ އުޅަނދާއި، 4 ފުރޮޅުލީ އުޅަނދާއި، އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކުރާ އުޅަނދު ނުހިމެނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް (އ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ރަޖިސްޓަރީކުރުން 4.
(އ) މި މާއްދާގެ (ކ) ގައި އެހެން އޮތް ނަމަވެސ،ް މި މާއްދާގެ (ރ) އިން އިސްތިސްނާކޮށްފައިވާ އުޅަނދުތައް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ގަރާޖުގެ ހުއްދަ ހުށަހަޅާކަށެއް ނުޖެހޭނެއެވެ. އެހެންނަމަވެސ،ް އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނީ، ފީގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ މިނިސްޓްރީއަށް ދެއްކުމުންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާއަކީ، އެ މާއްދާގެ (ހ) ކަމުގައި ކަނޑައަޅައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ވަގުތީގޮތުން ރަޖިސްޓަރީކުރުން 5.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުނ،ް ވަގުތީގޮތުން އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ، ފީގެ ގޮތުގައި 15,000 (ފަނަރަހާސް) ރުފިޔާ، މިނިސްޓްރީއަށް ދެއްކުމުންނެވެ.
4 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)
އުވި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު