-

ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-146)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޯގަސްޓް 2014 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2020-24  (ތައު ލީމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު ހިންގުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު އެކުލެވިގެންވާ ގޮތް

ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު އެކުލެވިގެންވަނީ، މިނިސްޓަރު އައްޔަނުކުރ،ާ ތިރީގައިވާ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ހ) ރަޖިސްޓްރާރ (މިނިސްޓްރީގައި މަސައްކަތްކުރ،ާ މިނިސްޓަރުގެ ނައިބުންގެ ފެންވަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރާ ފަރާތެއް)

(ށ) އެޑިޔުކޭށަނަލް މެނޭޖްމަންޓުގެ ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ފަރާތެއް.

(ނ) ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތެއް.

(ރ) ތައުލީމީ މަންހަޖު އެކުލަވައިލުމުގެ ދާއިރާގެ ފަރާތެއް.

(ބ) ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭށަނަލް ސައިކޮލޮޖީގެ ދާއިރާގެ ފަރާތެއް.
ބޯޑު މެންބަރުންގެ ދައުރު .4 ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު މެންބަރުންގެ ދައުރަކ،ީ މީލާދީ 3 (ތިނެއް) އަހަރުދުވަހެވެ.

 

5 ވަނަ މާއްދާ - މަސްއޫލިއްޔަތު

ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސްދިނުމާ ގުޅޭގޮތުން، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުދައްރިސުން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގެ އެންމެހައި ކަންކަން ކުރުމަށް ޓަކައި މަށްވަރާކޮށް، ބޭނުންވާ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތަކާއި ގައިޑްލައިންތަކާއި މެނުއަލްތައް އެކުލަވައިލުން.

(ށ) މުދައްރިސުންނަކީ މުޖުތަމައު ގަބޫލުކުރާ އަހުލާގީ ސިފަތައް އަށަގަނެފައިވާ ބައެއްކަން ކަށަވަރުކުރުމަށް ޓަކައި މުދައްރިސުންގެ ސުލޫކީ މިންގަނޑެއް އެކުލަވައިލައި، ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި އެ ތަކެތި ތަންފީޒުކުރުން.

(ނ) މުދައްރިސުންނަކީ ކިޔަވައިދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުން.

(ރ) މުދައްރިސުންގެ އިލްމީ ފެންވަރާއި، ލިބިފައިވާ ތަޖުރިބާއާއި، ގުޅުންހުރި އެހެނިހެން މައުލޫމާތު އެއްކޮށް، ރަޖިސްޓްރޭށަން ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.

(ބ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލައިސަންސް ދޫކުރާނެ ފަރާތްތަކާއި، އެ ފަރާތްތަކަށް ދޫކުރާނެ ލައިސަންސުގެ ގިންތި ކަނޑައަޅައި،ލައިސަންސް ދިނުމާއި ރަޖިސްޓަރީކުރުން.

(ޅ) ޓީޗަރސް ރަޖިސްޓްރޭށަން ދަފުތަރު އެކުލަވައިލައި ބެލެހެއްޓުން.

(ކ) ލައިސަންސާ ގުޅޭގޮތުން ބޯޑަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތެއް ނިންމުން.

(އ) ރާއްޖޭގެ މުދައްރިސުން ރަޖިސްޓަރީކޮށް، ލައިސަންސް ދިނުމުގެ ނިޒާމު ހަރުދަނާކުރުން.

(ވ) މުދައްރިސުން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމާ ގުޅުންހުރި ކަންކަމުގައި،ކަމާ ގުޅޭ ފަރާތްތައް ހޭލުންތެރިކޮށް އަހުލުވެރިކުރުން.

(މ) ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމަށް ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓަށް އިރުށާދުދިނުން.

 

6 ވަނަ މާއްދާ - ރަޖިސްޓްރާރގެ ޒިންމާތައް

ރަޖިސްޓްރާރގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، ބައްދަލުވުންތައް ބޭއްވުން.

(ށ) ބޯޑުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ތަންފީޒު ކުރެވެމުންދާކަން ކަށަވަރު ކުރުން.

 

7 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގެ މެންބަރުންގެ ޒިންމާތައް

ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގެ މެންބަރުންގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައިމިވަނީއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެންމެހައި މަސައްކަތްތައް ކުރުން.

 

8 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ ބައްދަލުވުމެއް، އެންމެ މަދުވެގެން ވެސ،ް މަހަކު 1 (އެކެއް) ފަހަރުބާއްވަންވާނެއެވެ. ނަމަވެސް އިތުރު ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ،ބައްދަލުވުމެއް ބޭއްވުމުގެ އިހްތިޔާރ،ު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި ބޯޑުގެ ބައްދަލުވުމެއް ބާއްވަން މެންބަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބައްދަލުވުން ބޭއްވޭނެ އިންތިޒާމ،ު ރަޖިސްޓްރާރ ހަމަޖައްސައިދޭން ވާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ގަޑިއާއި ބާއްވާނެ ގޮތެއް ކަނޑައަޅާނީ، ބޯޑުގެ މެންބަރުންނާ މަށްވަރާކުރުމަށްފަހ،ު ރަޖިސްޓްރާރއެވެ.

(ނ) ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ، ބޯޑުގެ 5 )ފަހެއް( މެންބަރުންގެ ތެރެއިން، މަދުވެގެން 3 (ތިނެއް) މެންބަރުން ބައިވެރިވެގެންނެވެ.

(ރ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވ،ީ ބޯޑުގެ ބައްދަލުވުންތަކަށް ހުރިހާ މެންބަރުން ވެސް ހާޒިރުވާންވާނެއެވެ.

(ބ) ބޯޑުގެ ބައްދަލުވުމަކަށް އެއްވެސް މެންބަރަކަށް ހާޒިރުވެވެން ނެތްނަމަ، ބޯޑުގެ ރަޖިސްޓްރާރއަށް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އަންގަންވާނެއެވެ.

(ޅ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ރަޖިސްޓްރާރއެވެ. ރަޖިސްޓްރާރއަށް ބައިވެރިނުވެވޭ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާ މެންބަރެކެވެ.

(ކ) ބޯޑުގެ ބޭނުމަށް، އިތުރު ފަރާތެއް ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިކުރުމުގެ އިހްތިޔާރ،ު ބޯޑަށް ލިބިގެންވެއެވެ.

(އ) ބޯޑުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް ބައްދަލުވުންތަކަށް އަންގާނީ، ރަޖިސްޓްރާރގެ އިރުށާދާ އެއްގޮތަށް، ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުންނެވެ.

 

9 ވަނަ މާއްދާ - ޔައުމިއްޔާއާއި ރިކޯޑު ބެލެހެއްޓުން

(ހ) ބޯޑުގެ ބައްދަލުވުންތައް ރިކޯޑުކޮށް، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) އެންމެ ފަހުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔ،ާ ޖެހިގެން އޮންނަ ބައްދަލުވުމުގައި ފާސްކުރަންވާނެއެވެ.

(ނ) ބޯޑުގެ ބައްދަލުވުންތަކުގައި މަށްވަރާކުރާ ކަންތައްތަކާ ގުޅޭ ލިޔެކިޔުންތައް، މައްސަލަތައް ވަކިވާނޭހެން ފައިލު ކޮށް ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގެ ނިންމުންތައް

(ހ) ބޯޑަށް ހުށަހަޅާ ކަންތައްތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވ،ެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވެގެންނެވެ.

(ށ) ބޯޑުގެ ބައްދަލުވުންތަކުގައި ނަގާ ވޯޓުލުމުގައި ބޯޑުގެ ރިޔާސަތަށް ވޯޓު ލެވޭނީ ދެކޮޅަށް ވޯޓު އެއްވަރުވާ ހާލަތުގައެވެ.

(ނ) ބޯޑުން ގޮތެއް ނިންމުމުގައި ވޯޓުލާނީ، އަތް އުފުލައިގެންނެވެ.

(ރ) ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޯޑުގައި ކުރި މަށްވަރާގެ ހުލާސާއެއް، ބޯޑުން ނިންމާ ނިންމުން ސާފުކޮށް އެނގޭނޭހެން ޔައުމިއްޔާގައި ލިޔަންވާނެއެވެ.

(ބ) މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމާ ގުޅޭ ގޮތުން ބޯޑުން ނިންމާ ނިންމުންތައް، ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުން، ދަފުތަރުގައި އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ޅ) މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމާ ގުޅޭ ގޮތުން ބޯޑުން ނިންމާ ނިންމުންތައް، ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުން ތަންފީޒު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަންކަން

(ހ) ބޯޑުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމަށް ބަލާނީ، އެ މެންބަރެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިއެއް، ނުވަތަ މަންމަ، ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާ ގުޅޭގޮތުން މަށްވަރާކުރެވޭ ފަދަ ހާލަތްތަކެވެ.

(ށ) ބޯޑުގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ކުރެވޭ މަށްވަރާއިން އެ މެންބަރަކު ތަނާޒުލް ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކަކީ އަދި ބޯޑުގެ ބައްދަލުވުންތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތަކާއި ލިޔެކިޔުންތަކަކ،ީ ސިއްރު ލިޔެކިޔުންތަކެވެ. ބޯޑުގެ އެއްވެސް މެންބަރަކު ނުވަތަ ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުގެ އެއްވެސް މުވައްޒަފަކު، ބޯޑުގެ ނިންމުމަކާ ނުލައި އެފަދަ އެއްވެސް މައުލޫމާތެއް،އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުން މެންބަރުން ވަކިވުމާއި ވަކިކުރުން

(ހ) މެންބަރަކު ބޯޑުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާނަމަ، ބޯޑުން ވަކިވުމަށް އެދި މިނިސްޓަރަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މެންބަރަކު ބޯޑުން ވަކިވުމަށް އެދި ހުށަހެޅި ކަމުގައި ވިޔަސ،ް އެ މެންބަރަކު ބޯޑުން ވަކިވާނީ، މިނިސްޓަރު އެ މެންބަރަކު ބޯޑުން ވަކިކުރުމުންނެވެ.

(ނ) މެންބަރުން ބޯޑުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ރ) ވަކި ސަބަބެއް ނާންގައި، ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމުގައި ބައިވެރިނުވާނަމަ، ނުވަތަ މެންބަރެއްގެ ފަރާތުން ބޯޑަށް ލިބެންޖެހޭ ފަންނީ އިރުށާދާއި ލަފަޔާއި އެހީތެރިކަމާއި އެއްބާރުލުން ނުލިބޭނަމަ، އެ މެންބަރަކު ބޯޑުން ވަކިކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) ބޯޑުގެ މެންބަރަކު އެ ފަރާތް މެންބަރުކަމަށް އައްޔަނުކުރެވޭ ހައިސިއްޔަތު ނުވަތަ ށަރުތު ނެތިދިއުން ފަދަ ހާލަތެއް ދިމާވެއްޖެނަމަ، މެންބަރުކަމުން ވަކިވާނެއެވެ.

 

14 ވަނަ މާއްދާ - ބޯޑުގެ އިދާރީ ކަންކަން ބެލެހެއްޓުން

ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުންނެވެ.

 

15 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުގެ މަސްއޫލިއްޔަތުތައް

ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގަވާއިދު ނަންބަރު 2023-137 (މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު) އާ އެއްގޮތަށް ލައިސަންސް ދިނުމުގެ 
އެންމެހައި މަސައްކަތްތައް ކުރުން.

(ށ) ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުން ނިންމާ ނިންމުންތައް ތަންފީ ޒު ކުރުން.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި މިވާމާނައެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައްތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައްތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސްކޫލުތަކާއި އަދި ސްކޫލުފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނާއި ފަންނީ މުވައްޒަފުން ރަޖިސްޓަރީކޮށް ލައިސަންސްދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށް، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އުފައްދައިފައިވާ ބޯޑެކެވެ.

(ރ) "ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމާއި، ޓީޗަރުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް މިނިސްޓްރީގެ ކޮލިޓީ އެށުއަރެންސް ޑިޕާޓްމަންޓުގައި ގާއިމުކޮށްފައިވާ ޔުނިޓަށެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު