-

މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-137)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖުލައި 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ސްކޫލްތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 37 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ) އިން، ޓީޗަރސް ރަޖިސްޓްރޭށަން ބޯޑަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވައި ލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.

(ހ) މުދައްރިސުންނަކީ، ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި، ހުނަރާއި، މަސައްކަތުގެ އަހުލާގު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުން.

(ށ) ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ، އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި، ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި، މި ގަވާއިދުގެ ދަށުން މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަން ކަށަވަރުކުރުން.

(ނ) ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓަރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާގުޅޭ އިޖުރާތުތައް ބަޔާންކުރުމާއި، މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރަޖިސްޓަރީވެ، ލައިސަންސް ހޯދުން ލާޒިމުވާ ފަރާތްތަކާއި، އެ ކަންކަމުން އިސްތިސްނާވާ ފަރާތްތައް ބަޔާންކުރުން.

(ރ) މި ގަވާއިދުގެ ދަށުން މުދައްރިސުންނަށް ދޫކުރާނެ ލައިސަންސުގެ ބާވަތްތަކާއި މުދައްރިސުންނަށް ލައިސަންސް ދިނުމުގައި ރިއާޔަތްކުރާނެ ކަންކަން ބަޔާންކުރުން.

(ބ) މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުމާއި، އެފަދައިން ލައިސަންސް ނުހޯދައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެފަދަ ފަރާތެއްގެ ހިދުމަތް ހޯދާ އިދާރާތަކާމެދު އަމަލުކުރެވޭނެ ގޮތް ބަޔާންކުރުން.

(ޅ) މުދައްރިސުންނަކީ ގަދަރުވެރ،ި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމާއި، ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުން.

 

3 ވަނަ މާއްދާ - ސްކޫލްތައް

މި ގަވާއިދުގެ ބޭނުމަށް ޓަކައި، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތައް ކަމުގައި ބަލާނީ، އަންނަނިވި ތަންތަނެވެ.

(ހ) ސަރުކާރު ސްކޫލްތައް.

(ށ) އަމިއްލަ ސްކޫލްތައް.

(ނ) ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕ.ީޕ.ީޕީ) ސްކޫލްތައް.

(ރ) ކޮމިއުނިޓީ ސްކޫލްތައް.

 

4 ވަނަ މާއްދާ - ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން

މި ގަވާއިދުގެ ބޭނުމަށް ސްކޫލްތައް ފިޔަވައި، ދިވެހިރާއްޖޭގައި ހިންގާ ކިޔަވައިދޭ އެނޫން ތަންތަން ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.

(ހ) ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން.

(ށ) ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ، އެ ފެންވަރުގެ ތަންތަން.

(ނ) ޓިއުށަން ދޭ ތަންތަން.

(ރ) ގުރްއާން ކްލާސްތައް.

(ބ) ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނު ދޭ ތަންތަން.

(ޅ) 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ދޭ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، މަތީގައިވާ އަކުރުތަކުގައި ނުހިމެނޭ އެހެނިހެން ތަންތަނާއި ޕްރޮގްރާމްތައް.

 

5 ވަނަ މާއްދާ - މުދައްރިސެއްގެ ގޮތު ގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދުން ލާޒިމުވާ ފަރާތްތައް

ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެ، ލައިސަންސް ހޯދުން ލާޒިމުވާ ފަރާތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޓީޗަރުން.

(ށ) ސްކޫލުގެ ލީޑިންގ ޓީޗަރުންނާއި، ސުޕަވައިޒަރުންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން.

(ނ) ޑެޕިއުޓީ ޕްރިން ސިޕަލުންނާއި، އެކްޓިންގ ޕްރިންސިޕަލުންނާއި، ޕްރިންސިޕަލުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން.

(ރ) ސުޕްރިންޓެންޑެންޓުން.

(ބ) ޓިއުޓަރުން.

(ޅ) ސްކޫލް ޕްރޮފެށަންތަކުގައި މަސައްކަތްކުރާ ފަރާތްތައް (ތެރަޕިސްޓުންނާއި، ކައުންސެލަރުން ނާއި،ސްކޫލް ހެލްތު އޮފިސަރުންނާއި، ސްޕޯޓްސް ސުޕަވައިޒަރުންނާއި، ވޮކޭށަނަލް އިންސްޓްރަކްޓަރުންނާއި، ލައިބްރޭރިއަނުން ފަދަ މުވައްޒަފުން).

(ކ) ވަގުތީ ޓީޗަރުން.

(އ) ސްކޫލްތައް ފިޔަވައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދޭ ތަންތަނާއި ޕްރޮގްރާމްތަކުގައި އުނގަންނައިދޭ މުދައްރިސުން.

 

6 ވަނަ މާޢްދާ - ލައިސަންސް ހޯދުމުން އިސްތިސްނާވާ ފަރާތްތައް

ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެ، ލައިސަންސް ހޯދުމުން އިސްތިސްނާވާ ފަރާތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި ގަވާއިދުގެ ދަށުން ކިޔަވައިދިނުމުގެ ލައިސަންސް ލިބިފައިވާ މުދައްރިސެއްގެ ސީދާ ބެލުމުގެ ދަށުން، އެ މުދައްރިސެއްގެ ހާޒިރުގައި ދަރިވަރުންނަށް މައުލޫމާތު ނުވަތަ ތަމްރީނު ނުވަތަ ހުނަރު ފޯރުކޮށްދޭ ފަރާތްތައް.

(ށ) ކިޔަވައިދިނުމުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން ކިޔަވައިދިނުމުގެ ލައިސަންސް ލިބިފައިވާ މުދައްރިސެއްގެ ސީދާ ބެލުމުގެ ދަށުން މަސައްކަތްކުރާ ޓްރެއިނީން.

(ނ) ލެބް އެސިސްޓެންޓުންނާއި، އިދާރީ މަސައްކަތްކުރާ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުން.

 

7 ވަނަ މާޢްދާ - ލައިސަންސުގެ ތައް

(ހ) ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަށް މި ގަވާއިދުގެ ދަށުން ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ލައިސަންސެވެ.

  1. ޓީޗިންގ ލައިސަންސް (ޓީޗަރުންނާއި، ޓިއުޓަރުންނާއި، ލީޑިންގ ޓީޗަރުންނާއި، ސުޕަވައިޒަރުންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ ފަންނީ މަސައްކަތްކުރުމަށް ދެވޭ ލައިސަންސް) - މި ބާވަތުގެ ލައިސަންސުގެ ރޭންކުތައް ތިރީގައި މިވަނީއެވެ.
    1.1. ޓީޗަރ – ޓީޗިންގ ލައިސަންސް ރޭންކް 1
    1.2 ގްރެޖުއޭޓް ޓީޗަރ - ޓީޗިންގ ލައިސަންސް ރޭންކް 2
    1.3 ޕްރޮފިށަންޓް ޓީޗަރ - ޓީޗިންގ ލައިސަންސް ރޭންކް 3
    1.4 އެކޮމްޕްލިށްޑް ޓީޗަރ - ޓީޗިންގ ލައިސަންސް ރޭންކް 4
    1.5 ޑިސްޓިންގް އިށްޑް ޓީޗަރ - ޓީޗިންގ ލައިސަންސް ރޭންކް 5
    1.6 ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް – 2029 ވަނަ އަހަރުން ފެށިގެން ކިޔަވައިދިނުމުގެ ދާއިރާއިން ދަސްވެނިވެގެން ކިޔަވައިދިނުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ވަގުތީ ލައިސަންސް.
    1.7 ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް – ވަގުތީ މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ލައިސަންސް.
  2. ސްކޫލް ލީޑަރށިޕް ލައިސަންސް (ސްކޫލްތަކާއި ޕްރީސްކޫލްތަކުގެ ލީޑަރށިޕްގައި މަސައްކަތްކުރުމަށް ދޫކުރާ ލައިސަންސް).
    މި ބާވަތުގެ ލައިސަންސުގެ ރޭންކުތައް ތިރީގައި މިވަނީއެވެ.
    2.1 ޑެޕިއުޓީ ޕްރިންސިޕަލް - ރޭންކް 1
    2.2 ޑެޕިއުޓީ ޕްރިންސިޕަލް - ރޭންކް 2
    2.3 ޑެޕިއުޓީ ޕްރިންސިޕަލް - ރޭންކް 3
    2.4 ޕްރިންސިޕަލް - ރޭންކް 1
    2.5 ޕްރިންސިޕަލް - ރޭންކް 2
    2.6 ޕްރިންސިޕަލް - ރޭންކް 3
    2.7 ސުޕްރިންޓެންޑެންޓް - ރޭންކް 1
    2.8 ސްޕްރިންޓެންޑެންޓް - ރޭންކް 2
  3. ސްކޫލް ޕްރޮފެށަންސް ލައިސަންސް؛ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓީޗިންގ ލައިސަންސެއް ނުވަތަ ސްކޫލް ލީޑަރށިޕް ލައިސަންސެއް ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ދަރިވަރުންނާއެކު މަސައްކަތްކުރާ ޕްރޮފެށަނަލް ފަރާތްތަކަށް ދޫކުރާ ލައިސަންސް؛ (ތެރަޕިސްޓުންނާއި ،ކައުންސެލަރުންނާއި، ސްކޫލް ހެލްތް އޮފިސަރުންނާއި، ސްޕޯޓްސް ސުޕަވައިޒަރުންނާއި، ވޮކޭށަނަލް އިންސްޓްރަކްޓަރުންނާއި، ލައިބްރޭރިއަނުންފަދަ މުވައްޒަފުން).

(ށ) ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސުގެ ބާވަތްތަކުގެ ތެރެއިން އަދާކުރާ ޒިންމާއާގުޅޭ ބާވަތުގެ ލައިސަންސް އޮވެގެންނެވެ.

 

8 ވަނަ މާއްދާ - ލައިސަންސުގެ ށަރުތުތައް

ލައިސަންސުގެ އެކިއެކި ބާވަތްތަކުގެ ރޭންކުތަކާއި، އެ ރޭންކުތަކުގެ ށަރުތުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "މުދައްރިސުންނަށް ލައިސަންސް ދިނުމުގައި ބަލާނެ ށަރުތުތައް" ގައި ބަޔާންކޮށްފައި ވާނެއެވެ.

 

9 ވަނަ މާއްދާ - ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދައްރިސުން ރަޖިސްޓަރީކޮށް، މުދައްރިސުންނަށް ލައިސަންސް ދިނުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓާނީ، މިނިސްޓްރީގައި ގާއިމުކޮށްފައިވާ "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" އިންނެވެ.

(ށ) މި ބޯޑުގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. މުދައްރިސުން ރަޖިސްޓަރީކޮށް މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދުތައް އެކުލަވައިލުމާއި، އެ ގަވާއިދުތައް ތަންފީޒުކުރުން؛
  2. މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް ލައިސަންސް ދޭ މުދައްރިސުންގެ ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުން؛
  3. ލައިސަންސް ހޯދުމަށާއި ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތްތަކަށް ދޫކުރާނެ ލައިސަންސް ކަނޑައެޅުން؛
  4. ލައިސަންސް ދޭންޖެހޭ ފަރާތްތަކަށާއި، ލައިސަންސް އައު ކޮށްދޭންޖެހޭ ފަރާތްތަކަށާއި، ލައިސަންސުގެ ރޭންކް ބަދަލުކޮށްދޭންޖެހޭ ފަރާތްތަކަށް، އެ ކަމަކަށް އެދި ހުށަހަޅާތާ ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރުން؛
  5. ލައިސަންސް އޮތް މީހެއްގެ އަމަލަކާ ގުޅިގެން ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހ،ު ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ނުވަތަ ބްލެކްލިސްޓް ކުރުމަށް ބޯޑަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅުން؛
  6. މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމާ ގުޅުންހުރި ކަންކަމުގައި، މުދައްރިސުންނާއި ކަމާ ގުޅުންހުރި އެހެން ފަރާތްތައް ހޭލުންތެރިކޮށް އަހުލުވެރި ކުރުވުން.

(ނ) މުދައްރިސުން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގައި ބޯޑަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދ،ީ ކުރަންޖެހޭ މަސައްކަތްތައް ކުރާނީ، މިނިސްޓްރީގައި ގާއިމުކޮށްފައިވާ "ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓް" އިންނެވެ.

 

10 ވަނަ މާއްދާ - ލައިސަންސް ހޯދުމަށާއި ލައިސަންސް އައު ކުރުމަށާއި ލައިސަންސުގެ ރޭންކް ބަދަލުކުރުމަށް ހުށަހަޅާނެ ގޮތް

މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށާއި، ލައިސަންސުގެ މުއްދަތު ހަމަވެގެން ލައިސަންސް އައު ކުރުމަށާއި، ލައިސަންސުގެ ރޭންކު ބަދަލުކުރުމަށް އެދި ހުށަހަޅާނީ، "ޓީޗަރސް ރަޖިސްޓްރޭށަން ޕޯޓަލް" މެދުވެރިކޮށެވެ.

 

11 ވަނަ މާއްދާ - މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން

(ހ) މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ހާސިލުކޮށްފައިވާ ސަނަދުތައް (ޓްރާންސްކްރިޕްޓްތަކާއެކު)؛
  2. ކުށުގެ ރިކޯޑު (ހަމައެކަނި ދިވެހީންނަށް)؛
  3. ޕޮލިސް ރިޕޯޓު (ދިވެހީންނާއި ބިދޭސީންނަށް)؛
  4. މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާގުޅޭ އުސޫލު" ގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް އަމަލުކުރުމަށް ވާ އިގުރާރު؛
  5. ކިޔަވައިދިނުމުގެ ތަޖުރިބާއާއި ތައުލީމީ ދާއިރާއިން ހޯދައިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

(ށ) ލައިސަންސް ހޯދުމަށް އެދި އަލަށް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޕޮލިސް ރިޕޯޓަކީ، އެ މީހަކު އެންމެ ފަހުން ދިރިއުޅުނު ގައުމަކުން ދޫކޮށްފައިވާ އަދި ދޫކުރިތާ 3 (ތިނެއް) މަހަށްވުރެ ގިނަ ދުވަސްނުވާ ޕޮލިސް ރިޕޯޓަކަށް ވާންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން، އެއްވެސް ފަރާތެއް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި، 2029 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ހާސިލުކުރ،ާ ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދުތައް ގަބޫލުކުރެވޭނީ، އެ ސަނަދަކީ، މިނިސްޓްރީން އެކުލަވައި ލައި، އާންމުކުރާ "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭށަން ސްޓޭންޑަޑްސް" ގައި ބަޔާން ކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ކޯހަކުން ހާސިލުކޮށްފައިވާ ސަނަދެއް ކަމުގައި ވާނަމައެވެ.

(ރ) މި ގަވާއިދުގެ ދަށުން، އެއްވެސް ފަރާތެއް ރަޖިސްޓަރީކޮށް އަދި ލައިސަންސް ދޫކުރުމުގައި، 2029 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރިން ހާސިލުކޮށްފައިވާ ތައުލީމީ ދާއިރާގެ ސަނަދުތައް ގަބޫލުކުރުމުގައި ބަލާނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީގެ މިންގަނޑުތަކާއި، ސިވިލް ސަރވިސް ކޮމިށަނުން އާންމުކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކަށެވެ.

 

12 ވަނަ މާއްދާ - ލައިސަންސް އައު ކުރުމަށް އެދި ހުށަހެޅުން

(ހ) ލައިސަންސުގެ މުއްދަތު ހަމަވާން 3 (ތިނެއް) މަސްދުވަހަށް ވުމުން، ލައިސަންސް އައު ކުރުމަށް އެދި ހުށަހަޅަންވާނެއެވެ. އަދި ލަސްވެގެން، މުއްދަތު ހަމަވުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.

(ށ) ލައިސަންސުގެ މުއްދަތު ހަމަވުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން، ލައިސަންސް އައު ކުރުމަށް ހުށަނާޅާ މުދައްރިސުންނަށް، އެ މުދައްރިސެއްގެ ލައިސަންސުގެ މުއްދަތު ހަމަވާ ދުވަހާ ހަމަޔަށް ލައިސަންސް އައުކުރުމަށް އެދި ހުށަހެޅިދާނެއެވެ. ނަމަވެސް، މިގޮތަށް ހުށަހެޅޭނީ، 800 (އަށްސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. މިގޮތަށް ހުށަހަޅާ މުދައްރިސުންގެ ލައިސަންސް، އެ ލައިސަންސް އައުކުރުމާމެދު ބޯޑުން ގޮތެއް ނިންމަންދެން ދެމިއޮންނާނެއެވެ.

(ނ) މުދައްރިސެއްގެ ލައިސަންސުގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކުރުމަށް އެދި ހުށަނާޅައިފިނަމަ، އެ މުދައްރިސަކަށް ދޫކޮށްފައިވާ ލައިސަންސުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، އެ މުދައްރިސެއްގެ ނަން، ޓީޗަރސް ރަޖިސްޓްރޭށަން ދަފުތަރުން އުނިކުރެވޭނެއެވެ. އަދި މިފަދަ މުދައްރިސުންނަށް، ދިވެހިރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ ލައިސަންސަށް އެދި އަލުން ހުށަހަޅައި، ލައިސަންސް ލިބުމުންނެވެ.

(ރ) ލައިސަންސުގެ މުއްދަތު ހަމަވެގެން އައުކުރަން ހުށަހަޅާއިރު މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސުގެ ރޭންކް ބަދަލުކުރު މަށް އެދި ހުށަހެޅުން

ލައިސަންސުގެ ރޭންކް ބަދަލުކުރުމަށް އެދި ހުށަހެޅުމުން، އެ ރޭންކަކަށް ށަރުތު ހަމަވާނަމަ، ރޭންކް ބަދަލު ކޮށްދެވޭނެއެވެ. ރޭންކް ބަދަލުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ލިބިފައިވާ ތައުލީމީ ސަނަދުތައް (ޓްރާންސްކްރިޕްޓްތަކާ އެކު).

(ށ) ކިޔަވައިދިނުމުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

(ނ) މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ.

 

14 ވަނަ މާއްދާ - ބިދޭސީ މުދައްރިސުންނަށް ލައިސަންސް ދޫކުރުން

(ހ) ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީ މުދައްރިސުންނަށް މަސައްކަތްކުރެވޭނީ ޒިންމާއާގުޅޭ ލައިސަންސް ލިބިގެންނެވެ.

(ށ) ބިދޭސީ ޓީޗަރުންނަށް ކިޔަވައިދެވޭނެ ގޮތް ފަހިކުރުމަށް ޓަކައި، 1 (އެކެއް) އަހަރުދުވަހުގެ ޕްރޮވިށަނަލް ޓީޗިންގ ލައިސަންސެއް ދޫކުރެވޭނެއެވެ.

(ނ) ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން، ޕްރޮވިށަނަލް ޓީޗިން ލައިސަންސް ހޯދުމަށް އެދި، ބިދޭސީ ޓީޗަރުން ގެންނަ ފަރާތުން ހުށަހަޅަންވާނެއެވެ.

(ރ) ބިދޭސީ ޓީޗަރުންނަށް ދޫކުރާ ޕްރޮވިށަނަލް ޓީޗިންގ ލައިސަންސުގެ މުއްދަތު ހަމަވާން 3 (ތިނެއް) މަސްދުވަހަށް ވުމުން، ޓީޗިންގ ލައިސަންސަށް އެދި ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހެޅުމުން، ގްރެޖުއޭޓް ޓީޗަރ ލައިސަންސުގެ ށަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާނީ، ގްރެޖުއޭޓް ޓީޗަރ ލައިސަންސެވެ. ގްރެޖުއޭޓް ޓީޗަރ ލައިސަންސުގެ ށަރުތު ހަމަނުވާ ފަރާތްތަކަށް ދޫކުރާނީ ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސެވެ.

(ބ) ބިދޭސީ ޓީޗަރުންނަށް ދޫކުރާ ލައިސަންސުގެ އެންމެ މަތީ ރޭންކަކީ ގްރެޖުއޭޓް ޓީޗަރ - ޓީޗިންގ ލައިސަންސް ރޭންކް 2 އެވެ.

(ޅ) ބިދޭސީ ޕްރިންސިޕަލުންނަށް ދޫކުރާ ލައިސަންސުގެ އެންމެ މަތީ ރޭންކަކީ ޕްރިންސިޕަލް - ރޭންކް 1 އެވެ.

(ކ) ބިދޭސީ މުދައްރިސުންގެ ލައިސަންސް އައުކުރުމުގައި އަމަލުކުރާނީ ދިވެހި ނަސްލުގެ މުދައްރިސުންނާ އެއް އުސޫލަކުންނެވެ.

 

15 ވަނަ މާއްދާ - މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ

(ހ) މުދައްރިސުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ބޭނުންކުރާ ޕޯޓްފޯލިއޯ ގައި ހިމެނޭނީ އަންނަނިވި ބައިތަކެވެ.

  1. މަސައްކަތުގެ ފެންވަރު ބެލުން (އެޕްރެއިޒަލް)؛
  2. ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތްތައް ގަޑިއަށް ނިންމުން؛
  3. ފަންނީ ކަންކަމުގައި ހަރަކާތްތެރިވާ މިންވަރު؛
  4. ފަންނީ މިންގަނޑުތައް (މޯލްޑިވްސް ނެށަނަލް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ފޮރ ޓީޗަރސް/ މޯލްޑިވްސް ނެށަނަލް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ފޮރ ސްކޫލް ލީޑަރސް).

(ށ) ސްކޫލް ޕްރޮފެށަންސް ލައިސަންސާއި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް ފިޔަވައި އެހެނިހެން ލައިސަންސްތައް އައު ކުރުމަށާއި، ލައިސަންސުގެ ރޭންކް ބަދަލުކުރުމަށް އެދި މުދައްރިސުން ހުށަހަޅާއިރ،ު އެ މުދައްރިސެއްގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ ހުށަހަޅަން ވާނެއެވެ.

(ނ) ލައިސަންސް އައު ކުރުމަށާއި، ރޭންކް ބަދަލުކުރުމަށް މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކުރަން ވާނެއެވެ.

(ރ) ކިޔަވަ އިދިނުމުގެ ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް ލިބިފައިވާ މުދައްރިސުންގެ ތެރެއިން ޕޯޓްފޯލިއޯ އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުނުވާ މުދައްރިސުންނަށް ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް އައު ކުރުމަށް އެދި ހުށަހެޅިދާނެއެވެ. މިގޮތަށް އައު ކުރެވޭނީ 1 (އެކެއް) ފަހަރުއެވެ.

 

16 ވަނަ މާއްދާ - ލައިސަންސުގެ މުއްދަތު

(ހ) ޓީޗިންގ ލައިސަންސް؛ 4 (ހަތަރެއް) އަހަރު؛

(ށ) ސްކޫލް ލީޑަރށިޕް ލައިސަންސް؛ 4 (ހަތަރެއް) އަހަރު؛

(ނ) ސްކޫލް ޕްރޮފެށަންސް ލައިސަންސް؛ 4 (ހަތަރެއް) އަހަރު؛

(ރ) ޕްރޮވިށަނަލް ޓީޗިންގ ލައިސަން ސް؛ 1 (އެކެއް) އަހަރު؛

(ބ) ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް؛ 2 (ދޭއް) އަހަރު؛

 

17 ވަނަ މާއްދާ - މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގެ ފީ

ދިވެހިރާއްޖޭގައި މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ފީތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ)

  1. ލައިސަންސް ދޫކުރުން 400 (ހަތަރު ސަތޭކަ) ރުފިޔާ؛
  2. ލައިސަންސް އައު ކުރުން 400 (ހަތަރު ސަތޭކަ) ރުފިޔާ؛
  3. ލައިސަންސުގެ ރޭންކް ބަދަލުކުރުން 400 (ހަތަރު ސަތޭކަ) ރުފިޔާ؛

(ށ) ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް ދޫކުރުމާއި އައުކުރުން 200 (ދުއިސައްތަ) ރުފިޔާ؛

 

18 ވަނަ މާއްދާ - ލައިސަންސް ކާޑު

ލައިސަންސު ގެ ގޮތުގައި ދޫކުރާނީ ޑިޖިޓަލް ކާޑެކެވެ.

 

19 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން

(ހ) ދަރިވަރެއްގެ ސަލާމަތާއި ރައްކައުތެރިކަމާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުގައި ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގެއްލޭފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުގައި މުދައްރިސަކު ސަސްޕެންޑުކޮށްފިނަމަ، ސަސްޕެންށަނުގެ މުއްދަތު ހަމަވަންދެން އެ މުދައްރިސެއްގެ ލައިސަންސް ހިފެހެއްޓޭނެއެވެ.

(ށ) ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތުގެ ތެރޭގައި މުދައްރިސެއްގެ ޒިންމާ އަދައެއް ނުކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން

މުދައްރިސެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ، އެ މުދައްރިސަކަށް މުދައްރިސެއްގެ ޒިންމާ އަދާކުރެވޭނީ އަލުން ލައިސަންސަށް އެދި ހުށަހަޅައި، ލައިސަންސް ލިބުމަށް ފަހުގައެވެ.

ލައިސަންސް ބާތިލުކުރާނެ ހާލަތްތަކާއި، ލައިސަންސް ހޯދުމަށް އެދި އަލުން ހުށަހެޅޭނެ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ލައިސަންސް އައު ކުރަން ހުށަހަޅަން ޖެހޭނެކަމަށް، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލައިސަންސް އައު ކުރުމަށް އެދި ހުށަނޭޅުން.

މި ހާލަތުގައި ލައިސަންސަށް އެދި އަލުން ހުށަހެޅޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މަކަރާއި ހީލަތުން އޮޅުވައިލައިގެން ލައިސަންސް ހޯދުން ނުވަތަ އެގޮތަށް ލައިސަންސް ހޯދުމަށް އެހެންމީހަކަށް އެހީތެރިވިކަން އިދާރީ ތަހުގީގަކުން ސާބިތުވުން.

މި ހާލަތުގައި ލައިސަންސަށް އެދި އަލުން ހުށަހެޅޭނީ، ލައިސަންސް ބާތިލުކުރި ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވުމުންނެވެ.

(ނ)

  1. މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާގުޅޭ އުސޫލު" ގެ (6) ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކަމަކާ މުދައްރިސަކު ހިލާފުވިކަން އިދާރީ ތަހުގީގަކުން ސާބިތުވުން؛
  2. މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" ގެ (6) ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކަމަކަށް މުދައްރިސް އިހުމާލުވުމުގެ ސަބަބުން ނުވަތަ މުދައްރިސް ފަރުވާކުޑަވުމުގެ ސަބަބުން ދަރިވަރެއްގެ ސަލާމަތަށް ނުވަތަރައްކައުތެރިކަމަށް ނުވަތަ ކަރާމާތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބުނުކަން އިދާރީ ތަހުގީގަކުން ސާބިތުވުން.
  3. މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" ގެ (7) ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) ގައި ބަޔާންކޮށްފައިވާފަދަ ކަމަކާ މުދައްރިސަކު ހިލާފުވިކަން އިދާރީ ތަހުގީގަކުން ސާބިތުވުން.
  4. މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުން ގެ ސުލޫކީ މިންގަނޑާގުޅޭ އުސޫލު" ގެ (9) ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (ބ) އާއި (ވ) އާއި (ފ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ މުދައްރިސަކު ހިލާފުވިކަން އިދާރީ ތަހުގީގަކުން ސާބިތުވުން.
  5. މި އަކުރުގެ (1) އާއި (2) އާއި (3) އާއި (4) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ލައިސަންސް ބާތިލުކުރާނީ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދޭތެރޭގެ މުއްދަތަކަށެވެ. މި ހާލަތުގައި ލައިސަންސަށް އެދި އަލުން ހުށަހެޅޭނީ ލައިސަންސް ބާތިލުކުރި މުއްދަތު ހަމަވުމުންނެވެ. 
  6. މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" ގެ (9) ވަނަ މާއްދާގެ (ދ) އާއި (ތ) އާ ހިލާފުވީކަމަށް އިދާރީ ތަހުގީގަކުން ސާބިތުވުން.މިފަދަ ހާލަތްތަކުގައި ލައިސަންސް ބާތިލު ކުރުމުން އަލުން ލައިސަންސަށް އެދި ހުށަހެޅޭނެ މުއްދަތު ބޯޑުން ކަނޑައަޅާނީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދޭތެރޭގެ މުއްދަތަކަށެވެ. ނަމަވެސް، މިފަދަ މައްސަލައަކާ ގުޅިގެން މުދައްރިސެއްގެ މައްޗަށް ކޯޓަކުން ހުކުމެއްކޮށްފިނަމަ ލައިސަންސަށް އެދި އަލުން ހުށަހެޅޭނީ ކޯޓުގެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.

(ރ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައިވާ ހާލަތުގައި ލައިސަންސް ބާތިލުކުރުމަށް ބޯޑުން ނިންމުން.

(ބ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ށަރީއަތުން ސާބިތުވުން.

މި ހާލަތުގައި، ލައިސަންސަށް އެދި އަލުން ހުށަހެޅޭނީ، ކުށުގެ އަދަބު ތަންފީޒުކޮށް ނިމި އިތުރު 5 (ފަހެއް) އަހަރުދުވަސް ހަމަވުމުންނެވެ.

 

21 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުމާއެކ،ު ބްލެކް ލިސްޓްކުރުން

ލައިސަންސް ބާތިލުކުރުމާ އެކު ބްލެކްލިސްޓް ކުރެވޭނެ ހާލަތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

ބްލެކްލިސްޓް ވާ ފަރާތުގެ ނަން، އަބަދު ވެސް ބްލެކްލިސްޓުގައި އޮންނާނެއެވެ. އަދި މި ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތަކަށް އަލުން ލައިސަންސް ދޫނުކުރެވޭނެއެވެ. މިފަދަ ފަރާތްތަކުގެ މައުލޫމާތު ޓީޗަރސް ރަޖިސްޓްރޭށަން ޕޯޓަލްގައި ށާއިއުކުރެވޭނެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ނުވަތަ ޖިންސީ ފުރައްސާރަ ކުރިކަމަށް މުދައްރިސަކާމެދު ކުރެވޭ ތުހުމަތަކާ ގުޅިގެން، އެ މުދައްރިސަކީ ދަރިވަރުންނާއެކު މަސައްކަތްކުރަން އެކަށީގެންނުވާ މީހެއްކަމަށް މިނިސްޓްރީން ނުވަތަ ތަހުގީގީ އިދާރާއަކުން ނިންމުން.

 

22 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމަށްނުވަތަ ލައިސަންސް ބާތިލުކުރުމަށް އެދި ހުށަހެޅުން

މުދައްރިސަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ލައިސަންސް ބާތިލުކުރުމަށް އެދި މިނިސްޓްރީން ނުވަތަ ސްކޫލަކުން ނުވަތަ ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަނަކުން ބޯޑަށްހުށަހެޅިދާނެއެވެ.

 

23 ވަނަ މާއްދާ - ލައިސަންސްއާ ގުޅޭ ށަކުވާ ހުށަހެޅުން

(ހ) މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމާގުޅޭ ގޮތުން އެއްވެސް ފަރާތަކުން ށަކުވާ ހުށަހަޅަން ބޭނުންވާނަމަ، ހުށަހަޅާނީ ޓީޗަރސް ރަޖިސްޓްރޭށަން ޕޯޓަލް މެދުވެރިކޮށް ޓީޗަރސް ރަޖިސްޓްރޭށަން ބޯޑަށެވެ. މިގޮތަށް ހުށަހެޅޭ ށަކުވާތައް ބަލައި މި ގަވާއިދާ އެއްގޮތަށް ބޯޑުން ފިޔަވަޅު އަޅާނެއެވެ.

(ށ) މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" އާ ހިލާފުވާ ފަރާތްތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ށަކުވާ ހުށަހަޅަން ބޭނުންވާނަމަ ހުށަހަޅާނީ، އެ މުދައްރިސަކު މަސައްކަތްކުރާ މުއައްސަސާއަކަށް ނުވަތަ މިނިސްޓްރީއަށެވެ.

 

24 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދަންޖެހޭ އެއްވެސް ފަރާތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ނުހޯދައި ހިދުމަތް ދިނުމަކީ، 2024 ޖަނަވަރީ 6 (ހައެއް) ވަނަ ދުވަހުގެ ފަހުން މަނާކަމެކެވެ .

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ނުހޯދައި މުދައްރިސެއްގެ ހިދުމަތްދީފިނަމަ، ނުވަތަ އެފަދަ ފަރާތެއްގެ ހިދުމަތް ސްކޫލެއް ނުވަތަ ކިޔަވައިދޭ އެނޫން ތަނަކުން ހޯދައިފިނަމަ، އެ ފަރާތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

  1. ލައިސަންސް ހޯދަންޖެހޭ ފަރާތަކުން ލައިސަންސް ނެތި ހިދުމަތްދީފިނަމަ، ހިދުމަތްދިންކަން ސާބިތުވާ ކޮންމެ ފަހަރަކު އެ ފަރާތެއް، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ލައިސަންސް އޮންނަންޖެހޭ ފަރާތްތަކުގެ ތެރެއިން ލައިސަންސް ނެތް ފަރާތެއްގެ ހިދުމަތ،ްސްކޫލެއް ނުވަތަ ކިޔަވައިދޭ އެނޫން ތަނަކުން ހޯދައިފިކަން ސާބިތުވެއްޖެ ނަމަ، 2,000 (ދެހާސް) ރުފިޔާއިން، އެ ތަނެއް ޖޫރިމަނާކުރުން؛
  3. ލައިސަންސް އޮންނަންޖެހޭ ފަރާތްތަކުގެ ތެރެއިން ލައިސަންސް ނެތް ފަރާތެއް މެދުވެރިކޮށް ސްކޫލެއް ނުވަތަ ކިޔަވައިދޭ އެނޫން ތަނަކުން ހިދުމަތް ހޯދައިފިކަން ސާބިތުވެއްޖެނަމަ، އެ ތަނެއް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާގެ ލައިސަންސް ބާތިލުކުރުން؛
  4. ލައިސަންސް އޮންނަންޖެހޭ ފަރާތްތަކުގެ ތެރެއިން ލައިސަންސް ނެތް ފަރާތެއް މެދުވެރިކޮށް ސްކޫލެއް ނުވަތަ ކިޔަވައިދޭ އެނޫން ތަނަކުން ހިދުމަތް ހޯދައިފިކަން ސާބިތުވެއްޖެނަމަ،އެ ތަނަކަށް މިނިސްޓްރީން ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުން.

 

25 ވަނަ މާއްދާ - ސްކޫލްތަކާއި، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ، އެ ނޫން ތަންތަނާއި ޕްރޮގްރާމުތައް ހިންގާ ފަރާތްތަކުގެ ޒިންމާ

ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ކިޔަވައިދޭ އެނޫން ތަންތަނާއި ޕްރޮގްރާމުތައް ހިންގާ ފަރާތްތަކުން، ތިރީގައިވާ ޒިންމާތައް އަދާކުރަންވާނެއެވެ.

(ހ) ހިދުމަތުގައި ތިބި މުދައްރިސުންނަކީ، މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާރީހާ ހަމަޔަށް، ލައިސަންސް ހޯދައިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މުދައްރިސުންގެ ގޮތުގައި ވަޒީފާ އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ، ލައިސަންސް ހޯދައިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމާއި، އެފަދައިން ލައިސަންސް ހޯދައިފައިނުވާ ފަރާތްތަކަށް މުދައްރިސެއްގެ ވަޒީފާ ނުދިނުން.

(ނ) މުދައްރިސުންގެ ޕޯޓްފޯލިއޯއާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ރިކޯޑުތައް ބެލެހެއްޓުން.

(ރ) މުދައްރިސުންގެ ފެންވަރު ކަށަވަރުކުރުމަށާއި، ބޯޑުގެ ބޭނުންތަކަށް ބޯޑުން އެދޭ ލިޔެކިޔުންތަކާ އި މައުލޫމާތު ފޯރުކޮށްދިނުމާއި ފުރިހަމަކުރުން.

(ބ) މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" އާ އެއްގޮތަށް،އެ ތަނެއްގައި މަސައްކަތްކުރާ މުދައްރިސުން އަމަލުކުރާކަން ކަށަވަރުކުރުން.

(ޅ) އެ ތަނެއްގައި މަސައްކަތްކުރާ މުދައްރިސެއްގެ ކިބައިން މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" އާ ހިލާފު ކަމެއް ފާހަގަކުރެވ،ި އެކަމާ ގުޅޭގޮތުން، އެ ފަރާތަކާމެދު ތަކުރާރުކޮށް އިސްލާހީ ފިޔަވަޅު އެޅުމަށްފަހު ވެސް، އެ ކަމެއް އިސްލާހު ނުވިނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް، އެ މައްސަލަ ބޯޑަށް ހުށަހެޅުން.

(ކ) މުދައްރިސުން ފަންނީގޮތުން ކުރިއެރުވުމަށް މަސައްކަތްކުރުން.

(އ) މުދައްރިސުންނަކީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރާ ބަޔަކަށް ހެދުން.

(ވ) މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެގެން ވަޒީފާއިން ވަކިކުރާ މުދައްރިސުން، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން (ސަބަބު ބަޔާންކޮށް) ވަޒީފާއިން ވަކިކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ބޯޑަށް ފޮނުވުން.

 

26 ވަނަ މާއްދާ - މުދައްރިސުންގެ ޒިންމާތައް

ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ތިރީގައިވާ ޒިންމާތައް އަދާކުރަންވާނެއެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ހޯދުމާއި، ދޫކޮށްފައިވާ ލައިސަންސުގެ މުއްދަތު ހަމަވުމުން ލައިސަންސް އައު ކުރުން.

(ށ) ބޯޑަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހުށަހެޅުން.

(ނ) ފަންނީގޮތުން ކުރިއެރުމަށް އަބަދު ވެސް މަސައްކަތްކުރުން.

(ރ) ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން.

(ބ) މިނިސްޓްރީން އާންމުކޮށްފައިވާ "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" އަށް ފުރިހަމައަށް އަމަލުކުރުން.

 

27 ވަނަ މާއްދާ - ހިދުމަތުގައި ތިބި މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދުން

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހިދުމަތުގައި ތިބި މުދައްރިސުން، ބޯޑުން އަންގާ ގޮތެއްގެ މަތީން ރަޖިސްޓަރީވެ، ލައިސަންސް ހޯދަންވާނެއެވެ.

 

28 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކ،ު އަންނަ ނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތ،ު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ތައުލީމީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީއާއި، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ، އެ ނޫން ތަންތަނަށެވެ.

(ނ) "މުދައްރިސުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ކިޔަވަ އިދޭ ޓިއުޓަރުންނާއި، ތެރަޕިސްޓުންނާއި، ޓީޗަރުންނާއި، ސްކޫލްގެ ލީޑިންގ ޓީޗަރުންނާއި، ސުޕަވައިޒަރު ންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، އެކްޓިންގ ޕްރިންސިޕަލުންނާއި، ޕްރިންސިޕަލުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ސުޕްރިންޓެންޑެންޓުންނާއި، ވަގުތީ ޓީޗަރުންނާއި، ސްކޫލުގެ ޕްރޮފެށަންތަކުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭގޮތުން، މި ގަވާއިދުގެ ދަށުން މުދައްރިސެއްގެ ގޮތުގައި ރަޖިސްޓަރީވެ، ލައިސަންސް ހޯދުން ލާޒިމުވާ ކޮންމެ ފަރާތަކަށެވެ.

(ރ) "ސުޕްރިންޓެންޑެންޓް" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ހަރުދަނާ ނިޒާމެއްގެ ދަށުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި،  ޕްރިންސިޕަލުންނަށް ފަންނީ ލަފަޔާއި އިރުށާދު ދިނުމާއި، ގާނޫނާއި ގަވާއިދުތަކާއި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ސްކޫލްތައް ހިންގަމުންދާކަން ކަށަވަރުކޮށް ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ  ހަވާލުކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ.

(ބ) "ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނާއި ޕްރޮގްރާމްތައް ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސްކޫލް ހިންގުމާ ހަވާލުވެ ހުންނަ ފަރާތާއި، ކިޔަވައިދޭ އެނޫން ތަންތަނާއި ޕްރޮގްރާމްތަކުގެ މަސްއޫލުވެރި ފަރާތަށެވެ.

(ޅ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ކިޔަވައިދޭ އެނޫންތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން، މި ގަވާއިދުގެ ދަށުން ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުގައި ރަޖިސްޓަރީވުމާއެކ،ު އެ ބޯޑުން ހޯދަންޖެހޭ ލައިސަންސަށެވެ.

(ކ) "ސްކޫލް ލީޑަރށިޕް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއިސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ލީޑަރށިޕްގެ ދާއިރާއާއި މެނޭޖްމަންޓުގެދާއިރާގައި މަސައްކަތްކުރާ ސުޕްރިންޓެންޑެންޓުންނާއި، ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، އެކްޓިންގ ޕްރިންސިޕަލުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށެވެ.

(އ) "ސްކޫލް ޕްރޮފެށަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ދަރިވަރުންނާއެކު މަސައްކަތްކުރާ ތެރަޕިސްޓުންނާއި، ކައުންސެލަރުންނާއި، ސްކޫލް ހެލްތް އޮފިސަރުންނާއި، ސްޕޯޓްސް ސުޕަވައިޒަރުންނާއި، ވޮކޭށަނަލް އިންސްޓްރަކްޓަރުންނާއި، ލައިބްރޭރިއަނުންފަދަ މުވައްޒަފުންނަށެވެ.

(ވ) "މަދުރަސީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް ތައުލީމަށާއި، ޕްރައިމަރީ ތައުލީމަށާއި، ސާނަވީ ތައުލީމަށާއި، މަތީ ސާނަވީ ތައުލީމަށެވެ.

(މ) "ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދުތައް" ކަމަށް ބުނެފައި އެވަނީ، މަދުރަސީ ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ހާސިލުކުރަންޖެހޭ ސަނަދުތަކަށެވެ.

(ފ) "ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް ހާސިލުކުރުމަށްފަހ،ު އަލަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ވަގުތީ ލައިސަންސަށެވެ.

(ދ) "ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ކިޔަވައިދިނުމުގެ ލައިސަންސުގެ ގިންތިއަކަށް ށަރުތު ހަމަނުވި ނަމަވެސް، މުދައްރިސުންގެ ގޮތުގައި ވަގުތީގޮތުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ލައިސަންސަށެވެ.

(ތ) "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދ،ީ މުދައްރިސުންގެ އަހުލާގ،ީ ފަންނީ އަދި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމަށް، ތައުލީމުގެ ގާނޫނުނޫނު ގެ 38 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު އުފައްދައިފައިވާ ބޯޑަށެވެ.

(ލ) "ޓީޗަރސް ރަޖިސްޓްރޭށަން ޔުނިޓް" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމާގުޅޭ މަސައްކަތް ކުރުމަށް ޓަކައި، މިނިސްޓްރީގައި އުފައްދައިފައިވާ ޔުނިޓަށެވެ.

(ގ) "ޕްރިންސިޕަލް" ކަމަށް ބުނެފައި އެވަނީ، ސަރުކާރު ސްކޫލެއްގައި ނުވަތަ އަމިއްލަ ސްކޫލެއްގައި، އެ ސްކޫލް ހިންގުމާ ހަވާލުވެހުންނަ އެންމެ އިސް ފަރާތަށެވެ.

(ޏ) "ޓީޗަރުން" ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖު ނުވަތަ މިނިސްޓްރީން ފާސްކޮށް ހުއްދަދީފައިވާ މަންހަޖެއް ތަންފީޒު ކުރުމުގެ ގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތްކުރާ ކޮންމެ ފަރާތަކަށެވެ.

(ސ) "ވަގުތީ މުދައްރިސުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ސަބަބަކާހުރެ ވަގުތީގޮތުން ސްކޫލެއްގައި ނުވަތަ ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަނެއްގައި މުދައްރިސެއްގެ ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.

(ޑ) "ޓިއުޓަރުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ކިޔަވައިދޭ ތަންތަނާއި ޕްރޮގްރާމްތަކުގައި އުނގަންނައިދިނުމުގައި ދަރިވަރުންނަށް އެހީތެރިވާ ކޮންމެ ފަރާތަކަށެވެ.

(ޒ) "ސަޕޯޓް ސްޓާފުން" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މަސައްކަތު މުވައްޒަފުންނަށެވެ.

(ޓ) "ބިދޭސީ ޓީޗަރުން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރ،ާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށެވެ.

(ޔ) "ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕ.ީޕ.ީޕީ) ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި ހިދުމަތްދޭ އަމިއްލަ ފަރާތްތަކާ ދެމެދު ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި އެއްބަސްވެވިފައިވާ އަގެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކަށެވެ.

(ޕ) "ކޮމިއުނިޓީ ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި މުޖުތަމައާ ގުޅިގެން ހިންގާސްކޫލްތަކަށެވެ.

(ޖ) "ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް (UKG ,LKG) ގެ ކުރިން ފުރިހަމަ ކުރާ ތައުލީމީ މަރުހަލާއަށެވެ.

(ޗ) "ޓިއުށަން ދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ތައުލީމުދޭ ސްކޫލް ނުވަތަ މަދަރުސާތަކުން ދޭ ފިލާވަޅުތައް އޮޅުންފިލުވައިދީ ދަސްކޮށްދިނުމަށް ހިންގާ ކްލާސްތަކަށެވެ. ޓިއުށަން ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދީންނަށްވުރެ ގިނަ ކުދިންނަށް ޓިއުށަން ދޭނަމައެވެ.

(ހހ) "ގުރްއާން ކްލާސްތައް" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ދަރިވަރުންނަށް ގުރްއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކަށެވެ. އެގޮތުން، ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދީންނަށް ކިޔަވައިދޭނަމައެވެ.

(ހށ) "ޕްރީސްކޫލް ތައުލީމު" ކަމަށް ބުނެފައި އެވަނީ، ފަށާ ތައުލީމުގެ ކުރިޔަށް އުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ތައުލީމުގެ މަރުހަލާއަށެވެ.

(ހނ) "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން އާންމު ކޮށްފައިވާ އުސޫލު ނަންބަރު 2023-20 (މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު) އަށެވެ.

(ހރ) "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭށަން ސްޓޭންޑަޑްސް" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ހުންނަންޖެހޭ ށަރުތުތައް ބަޔާންކޮށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށެވެ.

(ހބ) "ޕޮލިސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، މީހަކާ ބެހޭގޮތުން އެއްވެސް މައްސަލައެއް އޮތްކަން ނުވަތަ ނެތްކަން ހާމަކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތުން ދޫކުރާ ލިޔުމަކަށެވެ.

(ހޅ) "އިދާރީ ތަހުގީގު" ކަމަށް ބުނެފައި އެވަނީ، މައްސަލައަކާ ގުޅިގެން މުވައްޒަފު މަސައްކަތްކުރާ ތަނަކުން ހޯދާ ހޯދުންތަކަށެވެ.

(ހކ) "ޕޯޓްފޯލިއޯ" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ފުރިހަމަކުރުމަށް ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުން ކަނޑައަޅައިފައި ވާ ކަންތައްތައް ފުރިހަމަކޮށް ރިކޯޑުކުރަން ބޭނުންކުރާ ލިޔެކިޔުންތަކަށެވެ.

(ހއ) "ބްލެކްލިސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ދާއިމީގޮތެއްގައި ލައިސަންސް ނުލިބޭނެކަމަށް ކަނޑައެޅުމަށެވެ.

 

29 ވަނަ މާޢްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

____________________

ޖަދުވަލު 1

 

މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގެ ށަރުތުތައް

 

1 ވަނަ މާއްދާ - ޓީޗިން ލައިސަންސުގެ ރޭންކްތަކާއި ށަރުތުތައް

ޓީޗިންގ ލައިސަންސުގެ ރޭންކްތަކާއި ށަރުތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. ލައިސަންސް ދޫކުރާނީ، އެ ލައިސަންސަކަށް ކަނޑައަޅައިފައިވާ ހުރިހާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.ނަމަވެސް، ޕްރޮވިށަނަލް ލައިސަންސް ށަރުތެއްގެ ގޮތުގައި ބަލާނީ 2029 ވަނަ އަހަރުން ފެށިގެންނެވެ.

(ހ) ޓީޗިންގ ލައިސަންސް - ޓީޗަރ (ޓީޗިންގ ލައިސަންސް ރޭންކް 1)
ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

(ޓީޗިންގ ލައިސަންސް ރޭންކް 1 ގެ ލައިސަންސް ދޫކުރާނީ 2028 ގެ ނިޔަލަށެވެ. ނަމަވެސް، މި ރޭންކުގެ ލައިސަންސް ލިބިފައިވާ މުދައްރިސުންގެ ލައިސަންސް އައު ކޮށްދެވޭނެއެވެ.)

(ށ) ޓީޗިންގ ލައިސަންސް - ގްރެޖުއޭޓް ޓީޗަރ )ޓީޗިންގ ލައިސަންސް ރޭންކް 2)

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ޕްރޮވިށަނަލް ޓީޗިންގލައިސަންސުގައި 1 (އެކެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮވިށަނަލް ޓީޗިންގ ލައިސަންސުގައި 1 (އެކެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން؛
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ޓީޗިންގ ލައިސަންސް ރޭންކް 2 އަށް ށަރުތެއްގެ ގޮތުގައި ޕޯޓްފޯލިއޯ ހިމެނޭނީ 2028 ވަނަ އަހަރުން ފެށިގެންނެވެ.)

(ނ) ޓީޗިންގ ލައިސަންސް - ޕްރޮފިށަންޓް ޓީޗަރ (ޓީޗިންގ ލައިސަންސް ރޭންކް 3)

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގްރެޖުއޭޓް ޓީޗަރ ރޭންކުގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގްރެޖުއޭޓް ޓީޗަރ ރޭންކުގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގްރެޖުއޭޓް ޓީޗަރ ރޭންކުގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮވިށަނަލް ޓީޗިންގ ލައިސަންސުގައި 1 (އެކެއް) އަހަރުދުވަހުހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮވިށަނަލް ޓީޗިންގ ލައިސަންސުގައި 1 (އެކެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ރ) ޓީޗިން ލައިސަންސް - އެކޮމްޕްލިށްޑް ޓީޗަރ )ޓީޗިންގ ލައިސަންސް ރޭންކް 4)

  1. ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއި، ޕްރޮފިށަންޓް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮފިށަންޓް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮފިށަންޓް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮފިށަންޓް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ޕްރޮފިށަންޓް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ބ) ޓީޗިންގ ލައިސަންސް - ޑިސްޓިންގުއިށްޑް ޓީޗަރ (ޓީޗިންގ ލައިސަންސް ރޭންކް 5)

  1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެކޮމްޕްލިށްޑް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެކޮމްޕްލިށްޑް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެކޮމްޕްލިށްޑް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެކޮމްޕްލިށްޑް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމ/ީ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެކޮމްޕްލިށްޑް ޓީޗަރ ރޭންކުގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން .

(ޅ) ޓީޗިންގ ލައިސަންސް - ޕްރޮވިށަނަލް ޓީޗިންގ ލައިސަންސް ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން.

ނުވަތަ؛

ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ،ކިޔަވައިދިނުމުގެ ދާއިރާއިން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

(ކ) ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް

މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ އެއްވެސް ލައިސަންސަކަށް ށަރުތުހަމަނުވި ނަމަވެސް، މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާނީ ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސެކެވެ. ވަގުތީ ލައިސަންސް ދޫކުރުމުގައި ބަލާނެ ށަރުތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

ވަގުތީ މުދައްރިސްކަމުގެ މަގާމަށް މިނިސްޓްރީން ކަނޑައަޅާ ތައުލީމީ ފެންވަރު ހުރުން.

 

ނުވަތަ؛

ކިޔަވައިދިނުމުގެ ކޯހެއް ފުރިހަމަކޮށްފައިވުން.

 

ނުވަތަ؛

ކިޔަވައިދިނުމުގެ، މަދުވެގެން 1 (އެކެއް) އަހަރުދުވަހު ގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ؛

ތަމްރީން/ ހުނަރު ފޯރުކޮށްދިނުމަށް ބޭނުންވާ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ނުވަތަ؛

ތަމްރީން/ ހުނަރު ފޯރުކޮށްދިނުމަށް ބޭނުންވާ ދާއިރާއިން ލައިސަންސެއް އޮތުން.

 

ނުވަތަ؛

ތަމްރީން/ ހުނަރު ފޯރުކޮށްދިނުމަށް ބޭނުންވާ ދާއިރާގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު 
މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

2 ވަނަ މާއްދާ - ސްކޫލް ލީޑަރށިޕް ލައިސަންސުގެ ރޭންކުތަކާއި ށަރުތުތައް

ސްކޫލް ލީޑަރށިޕް ލައިސަންސުގެ ރޭންކްތަކާއި ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. ލައިސަންސް ދޫކުރާނީ، އެ ލައިސަންސަކަށް ކަނޑައަޅައިފައިވާ ހުރިހާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ސްކޫލް ލީޑަރށިޕް ލައިސަންސް - ޑެޕިއުޓީ ޕްރިންސިޕަލް (ރޭންކް 1)

ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށް ފައިވުން.

(ށ) ސްކޫލް ލީޑަރށިޕް ލައިސަންސް - ޑެޕިއުޓީ ޕްރިންސިޕަލް (ރޭންކް 2)

  1. ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛
    ޑެޕިއުޓީ ޕްރިންސިޕަލް (ރޭންކް 1) ގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ނ) ސްކޫލް ލީޑަރށިޕް ލައިސަންސް - ޑެޕިއުޓީ ޕްރިންސިޕަލް (ރޭންކް 3)

  1. ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ޑެޕިއުޓީ ޕްރިންސިޕަލް (ރޭންކް 2) ގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން 75% (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ރ) ސްކޫލް ލީޑަރށިޕް ލައިސަންސް - ޕްރިންސިޕަލް (ރޭންކް 1)

ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާ އިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

 

ނުވަތަ؛

ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 (އަށެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

(ބ) ސްކޫލް ލީޑަރށިޕް ލައިސަންސް - ޕްރިންސިޕަލް (ރޭންކް 2)

  1. ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކު ން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހުހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛
    ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 (އަށެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ޅ) ސްކޫލް ލީޑަރށިޕް ލައިސަންސް - ޕްރިންސިޕަލް (ރޭންކް 3)

  1. ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހުހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 (އަށެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛
    ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ޕްރިންސިޕަލް (ރޭންކް 2) ގައި 6 (ހައެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

(ކ) ސްކޫލް ލީޑަރށިޕް ލައިސަންސް - ސުޕްރިންޓެންޑެންޓް (ރޭންކް 1)

ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ 
ދާއިރާގައި 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

 

ނުވަތަ؛

ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވަ އިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 (އަށެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

(އ) ސްކޫލް ލީޑަރށިޕް ލައިސަންސް - ސުޕްރިންޓެންޑެންޓް (ރޭންކް 2)

  1. ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހުހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 (އަށެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.

    ނުވަތަ؛

    ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނު ވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއި، ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 12 (ބާރަ) އަހަރުދުވަހު ހިދުމަތްކޮށްފައިވުން.
  2. "މުދައްރިސުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ ޕޯޓްފޯލިއޯ" އިން ދަށްވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ހާސިލުކޮށްފައިވުން.

 

3 ވަނަ މާއްދާ - ސްކޫލް ޕްރޮފެށަންސް ލައިސަންސުގެ ށަރުތުތައް

ސްކޫލް ޕްރޮފެށަންސް ލައިސަންސުގެ ށަރުތުގެ ގޮތުގައި ބަލާނީ، މި ލައިސަންސް ދޫކުރާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް، ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅައިފައިވާ ށަރުތުތަކަށެވ.

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު