-

ޕްރޮގްރާމް އޮޑިޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-78) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-133)

މިއީ، ގަވާއިދު ނަންބަރު 2022-78 (ޕްރޮގްރާމް އޮޑިޓް ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފިޔަވަޅު އެޅުން 9.

އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ އެއްވެސް ޕްރޮގްރާމެއްގެ އޮޑިޓްކުރުމުގެ އެއްވެސް މަރުހަލާއެއްގައި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ އެއްވެސް މިންގަނޑަކާ ހިލާފުވެއްޖެނަމަ، ނުވަތަ މި ގަވާއިދާ ހިލާފުވެއްޖެނަމ،ަ ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަންވާނެއެވެ.

  1. އެކްރެޑިޓޭށަން މިންގަނޑުތަކާ ހިލާފުވިކަމެއް، ނުވަތަ މި ގަވާއިދާ ހިލާފުވި ކަމެއް 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަންގައި، އިންޒާރުގެ ސިޓީ އެއް ފޮނުވުން.
  2. އަދި މި މާއްދާ ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންޒާރުގެ ސިޓީ ފޮނުވުމަށްފަހު، ދީފައިވާ މުއްދަތުގެ ތެރޭގައި އެކްރެޑިޓޭށަން މިންގަނޑުތަކާ ހިލާފުވިކަމެއް ނުވަތަ މި ގަވާއިދާ ހިލާފުވިކަމެއް ރަނގަޅުނުކޮށްފި ނަމ،ަ ތިރީގައިވާ 2 (ދޭއް) ފިޔަވަޅު އަޅަންވާނެއެވެ.
  • އެ މަރުކަޒެއް 8,000 (އަށްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  • އެ ޕްރޮގްރާމެއްގެ އިތުރު ބެޗެއް ނެގުމަށް ހުއްދަ ނުދިނުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕްރޮގްރާމް އޮޑިޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-78)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕްރޮގްރާމް އޮޑިޓް ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު