-

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-74) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-112)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 މޭ 2023)

 

ގަވާއިދު ނަންބަރު 2023-74 (ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ގަވާއިދު ތަންފީޒުކުރާނެ އިދާރާ 6.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީހުން ދިރިއުޅޭ ރަށްރަށުގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގޭނެކަން ނުވަތަ ނޫންކަން ކަނޑައެޅުން 8.

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގައި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަން ފިޔަވައ،ި މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގައި ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފުރަތަމަ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބުމުނ،ް ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމަށް އެދޭ ރަށުގައި ނުވަތަ ސިޓީގައި ސްޕާގެ ވިޔަފާރި ހިންގޭނެކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެ ރަށެއްގެ ރަށު ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި މިނިސްޓްރީން އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ފޮނުވާ ފޮނުވުމަކާ ގުޅިގެން ރަށު ކައުސިލުން ނުވަތަ ސިޓީ ކައުންސިލުން ނިންމާ ނިންމުމަކ،ީ އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގުމާ ގުޅޭގޮތުން ކަނޑައެޅޭ ކަނޑައެޅުމެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހެޅުން 12.

(ހ) މި ގަވާއިދުގެ ދަށުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރަން ހުށަހަޅާނ،ީ އޮންލައިން ޕޯޓަލް މެދުވެރިކޮށ،ް Registration Activity Business ގެ ދަށުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއ،ި (8) ވަނަ ނަންބަރާއ،ި (11) ވަނަ ނަންބަރާއ،ި އެ މާއްދާގެ (ށ) އުނިކޮށ،ް އެ މާއްދާގެ (ނ) އަކީ (ށ) ގެ ގޮތުގައި ހަމަޖެއްސުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާ ހުކުރުން.

އިންސްޕެކްށަން 15.

ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން ތަނުގައ،ި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި މިންގަނޑުތައް ފުރިހަމަވާކަން ކަށަވަރުކުރުމުގެ ގޮތުނ،ް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއެއް މެދުވެރިކޮށ،ް އަންނަނިވި އިންސްޕެކްށަންތައް ކުރިޔަށް ގެންދަންވާނެއެވެ.

(ހ) ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ކުރިނ،ް ސްޕާގެ ވިޔަފާރި ހަރަކާތ،ް މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ހިންގާ އިންސްޕެކްށަން.

(ށ) ސްޕާގެ ވިޔަފާރި ހަރަކާތް ހިންގަނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ ރޫޓީން އިންސްޕެކްށަން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށ،ް އެ މާއްދާގެ (ނ) އުނިކުރުން.

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިންގާ އިންސްޕެކްށަނަކަށް 2,000 (ދެހާސް) ރުފިޔާގެ ފީއެއް ނެގިދާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (އ) އުނިކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުން އުނިކުރެވޭ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-74)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-74)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު