-

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު 2018-69) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-95)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 އެޕްރީލް 2023 ގައި)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2024-41 ގެ 25 ވަނަ މާއްދާއިން އުވާލެވިފައި)

 

ގަވާއިދު ނަންބަރު 2018-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި، ބިން މުއްދަތު އިތުރުކުރުން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ބިން ދޫކުރެވިފައިވާ ފަރާތުން ހުށަހަޅައިފިނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށްގެން އެސެސްމަންޓް ހެދުމަށްފަހު، އެ އެސެސްމަންޓުގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު، ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ބިން ދޫކުރާނަމަ، ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ކުރާ އިއުލާނުގައި، މި މާއްދާގެ ދަށުން މުއްދަތު އިތުރުކުރެވޭނެ އެންމެ ގިނަ މިންވަރު ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

އުވި ގަވާއިދު

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-41)

 

މައި ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69)

 

ކޮންސޮލިޑޭޓް ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69) (ކޮންސޮލިޑޭޓެޑް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު