-

ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-140) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-262)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2022-140 (ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

  1. މަންމަ، ބައްޕަ؛
  2. ފިރިމީހާ ނުވަތަ އަނބިން؛
  3. އުފަންދަރިންނާއި ދަރީންގެ ދަރިން؛
  4. މާމަ، ކާފަ؛
  5. އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހުން؛
  6. ބޮޑުބޭބެ، ބޮޑުދައިތަ؛
  7. އެއްބަނޑުއެއްބަފާ މީހުންގެ ދަރިން، އެއްބަނޑު މީހުންގެ ދަރިން، އެއްބަފާ މީހުންގެ ދަރިން؛ 
  8. ށަރުއީގޮތުން ނުވަތަ ޤާނޫނީގޮތުން ބަލަދުވެރިކަން ލިބިފައިވާ މީހުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބައްދަލުވުމަށް ފުރުސަތު ދެވޭ ފަރާތްތައް 58.

(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން، އާއިލީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ، މި މާއްދާގައި ބަޔާންވެގެންވާ ފަރާތްތަކަށެވެ.

  1. ދަރިންނާއި، ދަރިންގެ ދަރިން؛
  2. މަންމަ، ބައްޕަ؛
  3. ބަންދުކޮށްފައި ހުރި ފަރާތުގެ މަންމަޔާ ނުވަތަ ބައްޕަޔާ ކައިވެނިކޮށްގެން އުޅޭ މީހުން؛
  4. މާމަ، ކާފަ؛
  5. ފިރިމީހާ ނުވަތަ އަނބިން؛
  6. އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުން؛
  7. ބޮޑުބޭބެ، ބޮޑުދައިތަ؛
  8. އެއްބަނޑުއެއްބަފާ މީހުންގެ ދަރިން، އެއްބަނޑު މީހުންގެ ދަރިން، އެއްބަފާ މީހުންގެ ދަރިން؛ 
  9. ށަރުއީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިކަމާ ހަވާލުވެގެންހުރި މީހާ؛
  10. ށަރުއީ ނުވަތަ ޤާނޫނީ ބަލަދުވެރިކަން ނުވަތަ ބެލެނިވެރިކަން ލިބިފައިވާ ފަރާތްތައް؛
  11. ދޮންދަރިން؛
  12. ދޮންމާމަ، ދޮންކާފަ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-140)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-140)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު