-

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-259)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2021-03 (ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ދ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. (ދ) ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ފަރާތްތަކަށް، އެ ށަރުތު ފުރިހަމަކުރުމަށް 31 ޑިސެންބަރު 2022 އަށް މުހުލަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގައި، އެ ށަރުތު ފުރިހަމަ ނުވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ބާތިލު ކުރެވޭނެއެވެ.

 

2 މަވަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

މާއްދާ: 3 (ތ) 
3: (ތ) ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ފަރާތްތަކަށް، އެ ށަރުތު ފުރިހަމަކުރުމަށް 31 ޑިސެންބަރު 2023 އަށް މުހުލަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގައި، އެ ށަރުތު ފުރިހަމަ ނުވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ބާތިލު ކުރެވޭނެއެވެ.

 

މައި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު