-

ށަރީއާ އެޑްވައިޒަރުން ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-54) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-254)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2013-54 (ށަރީއާ އެޑްވައިޒަރުން ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ށަރުތު ހަމަވާ ފަރާތްތައް 4.

އަމިއްލަ ފަރުދެއްގެ ގޮތުން ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ށަރީއާ އެޑްވައިޒަރަކަށް ވުމަށް ހުށަހަޅާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ށަރީއާގެ ރޮނގުން ޑިގްރީއެއް (ހާއްސަކޮށް، ފިގްހުލް މުއާމަލާތު، ނުވަތަ އުސޫލުލް ފިގްހު ނުވަތަ ށަރީއާ އެންޑް ލޯގެ ރޮނގުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވުން، ނުވަތަ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ބެޗްލާރސް އޮފް ލޯ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މި އޮތޯރިޓީން ގަބޫލުކުރާ ށަރީއާއާ ގުޅޭ މާއްދާތައް ފުރިހަމަކޮށްފައިވުން.

(ށ) ށަރީއާ އެޑްވައިޒަރީއާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. އޮތޯރިޓީން ގަބޫލުކުރާ ދާއިރާތަކުގެ ތެރޭގައި ށަރީއާގެ ދާއިރާއިން ކިޔަވައިދިނު މާއި ދިރާސާކުރުން ނުވަތަ ށަރީއާއާ ގުޅޭ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ އެ ކަމާ ގުޅޭ ސެކްށަނެއްގައި ނުވަތަ ޑިޕާޓްމެންޓެއްގައި މަސައްކަތްކުރުން ހިމެނެއެވެ. ނުވަތަ

(ނ) އޮތޯރިޓީން ގަބޫލުކުރާ ބޭރުގެ ކޮމްޕިޓެންޓް އިދާރާއަކުން ށަރީއާ އެޑްވައިޒަރީ ލައިސަންސެއް އޮތުން. މިފަދަ ލައިސަންސެއް އޮތް ނަމަ، މި މާއްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން ލާޒިމެއް ނޫނެވެ.

(ރ) އޮތޯރިޓީން ކަނޑައަޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" ގެ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވުން.

(ބ) މުސްލިމަކު ކަމުގައި ވުން.

(ޅ) އަމިއްލަ ފަރުދެއްގެ ގޮތުގައި ވިޔަފާރިކުރުމުގެ ހުއްދަ (މުއްދަތު ހަމަނުވާ) އޮތުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ގާނޫނީ ށަހްސެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ށަރުތު ހަމަވާ ފަރާތްތައް 1-4.

ގާނޫނީ ޒަހްސެއްގެ ގޮތުން ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ވުން ނުވަތަ ޕާޓްނަރށިޕަކަށް ވުން.

(ށ) އޮތޯރިޓީން ށަރީއާ އެޑްވައިޒަރ ލައިސަންސް ދީފައިވާ ށަރީއާ އެޑްވައިޒަރެއް ހުރުން.

(ނ) ކުންފުންޏެއް ނަމަ، ހުރިހާ ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓުގެ ހުރިހާ މެންބަރުން، އޮތޯރިޓީން ކަނޑައަ ޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް ފެތުން.

(ރ) ޕާޓްނަރށިޕެއް ނަމަ، ހުރިހާ ޕާޓްނަރުން، އޮތޯރިޓީން ކަނޑައަޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް ފެތުން.

 

މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާވުން 2-4.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ލިބިގެން ރާއްޖޭގައި ހިންގާ އިސްލާމިކް ބޭންކެއް، ނުވަތަ ބޭންކެއްގެ އިސްލާމިކް ބޭންކިންގ ވިންޑޯއެއް، ނުވަތަ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަނެއް، ނުވަތަ ފަ އިނޭންށަލް އިންސްޓިޓިއުށަނެއްގެ އިސްލާމިކް ފައިނޭންށަލް ވިންޑޯއެއްގައި، އޮތޯރިޓީން ލައިސަންސް ލިބިފައިވާ ފުލްޓައިމް ށަރީއާ އެޑްވައިޒަރެއް ހުރުމާއެކު، އިންހައުސް ށަރީއާ ކައުންސިލެއް ގާއިމުކޮށްފައިވާނަމަ، މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އާއި (ޅ) އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ތިން އަކުރު އިތުރުކުރުން.

(ބ) އޮތޯރިޓީން ގަބޫލުކުރާ އިސްލާމިކް ފައިނޭންސް ޕްރޮގްރާމެއް، ކޮންމެ ތިން އަހަރަކުން އެއް ފަހަރު ފުރިހަމަކުރަންވާނެއެވެ.

(ޅ) އޮތޯރިޓީން ކަނޑައަޅާ ވަކި ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރާ އަހަރީ ރިޕޯޓެއް، މާލީ އަހަރު ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ ށަރީއާ އެޑްވައިޒަރަކު ވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ކ) ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމުގެ ސެޓުފިކެޓު، ޕްރޮގްރާމް ފުރިހަމަ ކުރާތާ އެންމެ ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-54) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-54)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު