-

ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-186) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-209)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 ނޮވެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2022-186 (ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާޙުކުރުން.

7.(ށ) ނޮޓަރައިޒްކޮށްފައިވާ ނުވަތަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ރަހުނުކުރުމުގެ އެއްބަސްވުމުގެ އަސްލު.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-186)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-186)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު