-

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-66) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-173)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 އޮކްޓޫބަރު 2022 ގައި)

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ގަވާއިދު ނަންބަރު 2021-66 (ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ޑައިވަރށަނަށް ފޮނުވުމާމެދު ގޮތެއް ނިންމުން 18.

(ށ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ އެނޫންވެސް ޖިނާއީ ކުށާއި އިޖުރާއަތު ބަޔާންކުރާ ގާނޫނެއްގައި، ދައުވާކުރުމުގެ މުއްދަތެއް ކަނޑައަޅައިފައިވާ ހާލަތެއްގައި، އެ ބާވަތުގެ ކުށެއްގެ ދައުވާއެއް ކުއްޖެއްގެ މައްޗަށް ކުރަންޖެހިއްޖެނަމަ، އެ މައްސަލައަކީ ޑައިވަރށަން ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރަން އެއްބަސްވެފައިވާ މައްސަލައެއްނަމަ، ޑައިވަރށަން ޕްލޭ ނާއެކު، ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ކޯޓަށް ހުށަހަޅައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 92 ވަނަ މާއްދާގެ (ހ) އާއި، ޕްރޮސިކިއުޓްކުރުމުގެ ގަވާއިދު ނަންބަރު 2017-76 (ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 26 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުން، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބޭ އިހްތިޔާރުގެ ދަށުން އެ މައްސަލައެއް ކޯޓުން އަނބުރާ ގެނެވިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 66/2021)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދީންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-66) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-66)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު