-

ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-132) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-117)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 ޖުލައި 2022 ގައި)

ގަވާއިދު ނަންބަރު 2021-132 (ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ފައިނޭންސިންގް ވިޔަފާރި" ގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

34. (ޅ) "ފައިނޭންސިންގް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އަނބުރާ ދޭގޮތަށް އާންމުންގެ ކިބައިން ހޯދާ ފައިސާއިން ނުވަތަ އެނޫންވެސް ފައިސާއަކުން އާންމުންނަށް ދަރަނި ދޫކުރުމުގެ ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއަށެވެ. މީގެ ތެރޭގައި، ވިޔަފާރިއަކުން އެ ފަރާތެއްގެ މުދާ ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމެއް ނުހިމެނޭނެއެވެ. އަދި ސަރުކާރުން ކުރާ ދަރަނި ދޫކުރުމުގެ ހަރަކާތްތަކާއި، ކައުންސިލްތަކުން ކުރާ، ދަރަނި ދޫކުރުމުގެ މިފަދަ ވިޔަފާރިއެއް ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއެއް ވެސް ނުހިމެނޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

34. (މ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލް، ނުވަތަ ރަށު ކައުންސިލް، ނުވަތަ ސިޓީ ކައުންސިލަށެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-132)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-132)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު