-

ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-132)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

ފުރަތަމަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ފައިނޭންސިންގް ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، އެ ވިޔަފާރި  ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ ކަންކަން ކަނޑައެޅުމާއި، އެ ވިޔަފާރިއާގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމުގެ ގަވާއިދެވެ.
(ށ) މިއީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 29 އަދި 38 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔަނީ، "ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ދެވަނަ ބާބު

ލައިސަންސް ދޫކުރުމާއި، ހިފެހެއްޓުން އަދި ބާތި ލުކުރުން  

3 ވަނަ މާއްދާ - ލައިސަންސް ނެތި ކުރުން މަނާ ކަންތައްތައް

(ހ) އެ ވިޔަފާރިއެއް ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން މެނުވީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ފައިނޭންސިންގް ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ވިޔަފާރިއެއް ކުރާ ކަމަށް ދައްކައިގެން ވެސް، ނުވަތަ  އިސްތިހާރުކޮށްގެން ވެސް ނުވާނެއެވެ.

(ށ) އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް، ނުވަތަ އެއިން އިބާރާތަކާ ނުވަތަ ލަފްޒަކާ ގުޅުން ހުރި އެހެނިހެން ލަފުޒެއް ނުވަތަ އިބާރާތެއް، ނުވަތަ ފައިނޭންސިންގް ވިޔަފާރިއެއް ކުރާ ކަމަށް ދޭހަވާ އެހެންވެސް ލަފުޒެއް ނުވަތަ އިބާރާތެއް، ދިވެހިބަހުން ނުވަތަ އެހެން ބަހަކުންވެސް، ވިޔަފާރީގައި ނުވަތަ ހިދުމަތް ދިނުމުގައި ނަމުގެ ބައެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.

  1. ފައިނޭންސިންގް ކުންފުނި ނުވަތަ ފައިނޭންސިންގް
  2. ފައިނޭންސް ލީސިންގް ކުންފުނި ނުވަތަ ފައިނޭންސް ލީސިންގް ނުވަތަ ލީސިންގް ނުވަތަ ލީސިންގް ފައިނޭންސް

 

4 ވަނަ މާއްދާ - އިސްތިސްނާވާ އިދާރާތައް

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ދިވެހިރާއްޖޭގައި ބޭންކިންގްވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކްތަކާއި އިންށުއަރެންސް ކުންފުނިތަކުގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.

 

5 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން

(ހ) ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިޔުމުން އޮތޯރިޓީއަށެވެ.

(ށ) ލައިސަންސަށް އެދި ހުށަހަޅާއިރު އަންނަނިވި މައުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އުފައްދަން ހުށަހަޅާފައިވާ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާގަވާއިދުގެ ދެލިކޮޕީ؛
  2. ރައުސްމާލުގެ ގޮތުގައި ހުށަހަޅާ ފައިސާގެ އަދަދާއި، އެ ރައުސްމާލުގެ ފައިސާ ހޯދަނީ ކޮން ގޮތަކުންކަން؛ ހުށަހަޅާ ރައުސްމާލުގެ ފައިސާއަކީ އެއްވެސް ފަރާތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާއަކަށް ނުވަތަ ރަހުނު ކުރެވިފައިވާ ފައިސާއަކަށް ވެގެން ނުވާނެއެވެ. އަދި މިކަންކަން ބަޔާންކުރާ ލިޔުމެއް ހުށަހެޅުމަށް އޮތޯރިޓީން އަންގައިފިނަމަ، އެފަދަ ލިޔުމެއް އޮތޯރިޓީން އަންގާ ގޮތަކަށް ހުށަހަޅަންވާނެއެވެ.
  3. ލައިސަންސަށް އެދިފައިވާ ވިޔަފާރި ހިންގުމަށް ގަސްދުކޮށްފައިވާ ނަން؛
  4. އުފައްދަން ހުށަހަޅާފައިވާ ކުންފުނީގެ މޭޖަރ ހިއްސާދާރުންގެ ގޮތުގައި، ހަގީގީ ވެރިފަރާތްތަކުގެ ގޮތުގައި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި، އަދި ސީނިއަރ މެނޭޖްމަންޓުގެ މެންބަރުންގެ ގޮތުގައި ހުށަހަޅާ ކޮންމެ ފަރާތެއްގެ ނަމާއި، ގައުމީ ނިސްބަތާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، މީގެއިތުރުންވެސް އޮތޯރިޓީން ކަނޑައަޅާ އެ ފަރާތަކާބެހޭ އެހެނިހެން މައުލޫމާތު؛
  5. އުފައްދަން ހުށަހަޅާފައިވާ ކުންފުނީގެ މޭޖަރ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ށަހުސުތަކުގެ ވޭތުވެދިޔަ 3) ތިނެއް) އަހަރުގެ މާލީ ހިސާބުތަކާއި، މޭޖަރ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ފަރުދުންގެ މާލީ ހާލަތު އަންގައިދޭ މާލީ ހިސާބުތަކާއި، ކުންފުނީގެ ހަގީގީ ވެރިފަރާތްތައް ކަމުގައިވާ ފަރުދުންގެ މާލީ ހާލަތު އަންގައިދޭ މާލީ ހިސާބުތައް. މިގޮތުން ހުށަހަޅާ ކޮންމެ ގާނޫނީ ށަހުސެއް ގެ މާލީ ހިސާބުތަކުންވެސް އެ ގާނޫނީ ށަހުސެއްގެ މާލީ ހާލަތު ވަކިން އެނގެން އޮތުމުގެ އިތުރުން އެ ށަހުސެއް ހިމެނޭ ގްރޫޕުގެ (ކޮންސޮލިޑޭޓަޑް) މާލީ ހާލަތު ވެސް ދައްކުވައިދޭން ވާނެއެވެ. ހުށަހަޅާ ގާނޫނީ ށަހުސުންގެ މާލީ ހިސާބުތަކަކީ އޮޑިޓްކޮށްފައިވާ ހިސާބުތަކަކަށްވާންވާނެއެވެ. އަދި ހުށަހަޅާ ފަރުދުންގެ މާލީ ހިސާބުތައްވެސް ހުންނަންވާނީ އޮޑިޓް ކޮށްފައި ކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
  6. އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަވެސް ،ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާކުންފުންޏެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ސީނިއަރ މެނޭޖްމަންޓް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް، އުފައްދަން ހުށަހަޅާފައިވާ ކުންފުނީގެ ކޮންމެ މޭޖަރ ހިއްސާދާރަކު، ހަގީގީ ވެރިފަރާތަކު، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ،އަދި ސީނިއަރ މެނޭޖްމަންޓުގެ މެންބަރަކު ވެސް ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް އަދި މިއިން ކޮންމެ ފަރާތެއްގެ ޕޮލިސް ކްލިއަރެންސް ރިކޯޑެއް؛
  7. އުފައްދަން ހުށަހަޅާފައިވާ ކުންފުނީގެ މޭޖަރ ހިއްސާދާރުންގެ އަދިހަގީގީ ވެރިފަރާތްތަކުގެ މަސްލަހަތެއްވާ ހުރިހާ އިދާރާތަކުގެ ލިސްޓަކާއި އެ އިދާރާތައް ރަޖިސްޓަރީ ކޮށްފައިވާ އެޑްރެހާއި މަސްލަހަތު ހިމެނޭ މިންވަރު؛
  8. އަންނަނިވި ކަންކަން ހިމެނޭގޮތުން، ލައިސަންސަށް އެދިފައިވާ ވިޔަފާރި ކުރުމަށް ގަސްދުކޮށްފައިވާ ގޮތުގެ ތަފުސީލު (ބިޒްނަސް ޕްލޭން):
    (i) އެ ފަރާތުގެ އޮނިގަނޑު ކަނޑައަޅާފައިވާގޮތާއި، ކޯޕަރޭޓް ގަވަރނަންސް އާއި ރިސްކް މެނޭޖްމަންޓް ފްރޭމްވާރކްތަކާއި، އިންޓަރނަލް ކޮންޓްރޯލްތައް ހަމަޖެހިފައިވާގޮތް.
    (ii) މަނީ ލޯންޑްރިންގް އާއި ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާ ދެކޮޅަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް.
    (iii) ކުރިއަށްއޮތް 3 (ތިނެއް) އަހަރުދުވަހަށް ލަފާކުރެވޭ މާލީ ހިސާބުތައް. ހިސާބުތައް ލަފާ ކޮށްފައި ހުންނަންވާނީ އެކަށީގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ހުށަހަޅާ މާލީ ހިސާބުތަކުގެ ތެރޭގައި ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބޭނެގޮތާއި، ހަރަދުވާނެގޮތުގެ އަހަރީ ހިސާބު ހިމަނަންވާނެއެވެ.

(ނ) ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިއުމަށްޓަކައި، ހުށަހަޅާފައިވާ މައުލޫމާތު އިތުރަށް ސާފުކުރުމުގެ ގޮތުން، އޮތޯރިޓީއަށް އިތުރުލިޔެކިޔުންތައް ހުށަހެޅުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް އޮތޯރިޓީންއެންގިދާނެއެވެ.

(ރ) އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ރައުސްމާލުގެ ގޮތުގައި ހުށަހަޅާ ފައިސާގެ އަދަދު އޮތޯރިޓީގައި، ނުވަތަ އޮތޯރިޓީން ކަނޑައަޅާ ބޭންކެއްގައި ޑިޕޮސިޓް ކުރުމަށް އެންގިދާނެއެވެ.

(ބ) ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއި މައުލޫމާތާއި، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިއުމަށްޓަކައި އޮތޯރިޓީން ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތު ލަސްނުކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމައަށް ހުށަހަޅާފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (ނ) ގެ ދަށުން ފޯރުކޮށްދިނުމަށް އަންގާފައިވާ ލިޔެކިޔުމެއް އޮތޯރިޓީން ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާފައި ނުވާނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ  ހުށަހެޅުން ބާތިލުކޮށް، އެޕްލިކޭށަން ފީ އޮތޯރިޓީއަށް ހިފެހެއްޓިދާނެއެވެ.

 

6 ވަނަ މާއްދާ - އެޕްލިކޭށަން ފީ 

ލައިސަންސަށް އެދި ހުށަހަޅާއިރު، ގަވާއިދު ނަންބަރު 80/2016 (މާލީ އިދާރާތަކުން  ދައްކަންޖެހޭ ފީތަކާއި ޗާޖުތަކާބެހޭ ގަވާއިދު) ގައި ފައިނޭންސިންގް ވިޔަފާރިކުރުމުގެ ލައިސަންސް އެޕްލިކޭށަން ފީގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައިވާ އަދަދު އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް އޮތޯރިޓީން ނިންމި ކަމުގައިވީނަމަވެސް، އެޕްލިކޭށަން ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.

 

7 ވަނަ މާއްދާ - ލައިސަންސް ދޫކުރުމަށް ފުރިހަމަވާންޖެހޭ އާންމު ކަންކަން

(ހ) ލައިސަންސް ދޫކުރެވޭނީ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުން، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ކުންފުނި ރަޖިސްޓަރީކުރުމުންނެވެ.

(ށ) ލައިސަންސް ދޫކުރެވޭނީ، ލައިސަންސް ދޫކުރެވުނު ވިޔަފާރީގެ ހަރަކާތްތައް ރާއްޖޭގައި އޮފީހެއް ގާއިމުކޮށް، އެތަނުގައި ހިންގާ ގޮތަށެވެ.

 

8 ވަނަ މާއްދާ - ލައިސަންސް ދޫކުރުން ނުވަތަ ނުކުރުން

(ހ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ދެ ގޮތުންކުރެ ގޮތަކަށް އޮތޯރިޓީން ނިންމިދާނެއެވެ.

  1. އޮތޯރިޓީއަށް ފެންނަ ށަރުތުތަކެއް، ލާޒިމުކުރުންތަކެއް، ނުވަތަ ހަނިކުރުންތަކަކާ އެކު ނުވަތަ އެއިން އެއްވެސް ކަމެއް ނެތިލައިސަންސް ދޫކުރުން؛ ނުވަތަ
  2. ލައިސަންސް ދޫނުކުރުން.

(ށ) އޮތޯރިޓީން ލައިސަންސް ދޫކުރާއިރު، ޓިއަރ 1 ނުވަތަ ޓިއަރ 2 ގެ ފައިނޭންސިންގް ކުންފުންޏެއް ކަމާއި، އަދި ލައިސަންސް ދޫކުރާ ފައިނޭންސިންގް ވިޔަފާރީގެ ބާވަތް ނުވަތަ ފައިނޭންސިންގް ވިޔަފާރީގެ ހަރަކާތްތައް ކަނޑައަޅާ 
ބަޔާންކުރާނެއެވެ.

 

9 ވަނަ މާއްދާ - ލައިސަންސަށް ބަދަލު ގެނައުން

ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހުށަހެޅުމަކާ ގުޅިގެން އެ ފަރާތަށް ލައިސަންސް ދޫކުރެވުނުއިރު އޮތޯރިޓީން ކަނޑައަޅާފައިވާ ފައިނޭންސިންގް ވިޔަފާރީގެ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް އުނިކުރެވިދާނެއެވެ. ނުވަތަ ހަރަކާތެއް އިތުރުކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސުގެ ށަރުތު

(ހ) އޮތޯރިޓީން ލައިސަންސް ދޫކުރާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސުގެ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތުތަކަކާއެކު ލައިސަންސްދޫކުރެވިދާނެއެވެ. އަދި ލައިސަންސް ދޫކުރުމަށްފަހުގައި ވެސް، ލިޔުމަކުން އޮތޯރިޓީއަށް ލައިސަންސުގެ ށަރުތުތައް ބަދަލުކޮށް، އުނި އިތުރު ގެނެވިދާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރިހާ ވަގުތެއްގައި ވެސް، ތިރީގައިވާ ލައިސަންސުގެ ށަރުތުތަކާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.

  1. ލައިސަންސުގެ ށަރުތުތަކުގެ ތެރޭގައި ވިޔަފާރި ފެށުމަށް 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ދޫކުރެވުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ވިޔަފާރި ފަށަންވާނެއެވެ.
  2. އޮތޯރިޓީން ކަނޑައަޅާ ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތަކަށާއި ،ވިޔަފާރި ހަރުދަނާ އަދި ރައްކައުތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އެހެނިހެން ކަންތައްތަކަށާއި، އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް ކަންކަމަށް އަމަލުކުރަންވާނެއެވެ.
  3. އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް، ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އުސޫލުތައް އެކަށައަޅާ  ތަންފީޛުކުރަންވާނެއެވެ. މީގެ ތެރޭގައި އެކަށީގެންވާ ކޯޕަރޭޓް ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް ފްރޭމްވަރކް އެކަށައެޅުމާއި، އިންޓަރނަލް ކޮންޓްރޯލްތަކާއި އޮޑިޓްކުރާނެ އުސޫލުތައް ކަނޑައެޅުން ހިމެނޭނެއެވެ.
  4. ވިޔަފާރި ހިންގަންވާނީ އޮތޯރިޓީއަށް ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމާއެކު ހިމަނާފައިވާ ބިޒްނަސް ޕްލޭނާ އެއްގޮތަށެވެ. އަދި، އެއްވެސް ސަބަބަކާ ހުރެ ބިޒްނަސް ޕްލޭނާ ތަފާތު ގޮތަކަށް ވިޔަފާރި ހިންގަން ޖެހިއްޖެނަމަ، އެކަމަށް އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ.
  5. ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އޮތޯރިޓީން ނެރޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
  6. މަކަރު، ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގް، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް، ނުވަތަ މިނޫންވެސް ކުށެއް ކޮށްގެން ނުވާނެއެވެ. އަދި، އެފަދަ ކުށަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއްވެސް ކޮށްގެން ނުވާނެއެވެ.
  7. ލައިސަންސް ދޫކުރެވުނު ވިޔަފާރި ހިންގަންވާނީ އެ ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ނަމުގައި އެކަންޏެވެ.
  8. މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ސީނިއަރ މެނޭޖްމަންޓް މެންބަރުންނަކީ ހުރިހާ ވަގުތެއްގައިވެސް، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، ކަމަށް އެކަށޭނެ ފަރާތްތަކެއް ކަމުގައި ޔަގީން ކުރަންވާނެއެވެ.
  9. އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ، ލައިސަންސް ދޫކުރެވުނު ވިޔަފާރި ފިޔަވައި އެހެން އެއްވެސް ވިޔަފާރިއެއް ހިންގައިގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ލައިސަންސް ބާތިލުކުރުން

ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ ލައިސަންސް ލިބިފައިވާ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް، ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ލައިސަންސަށް އެދި ހުށަހެޅިއިރު އެ ހުށަހެޅުމުގައި، ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތައޮޅުންއަރާފާނެ ފަދަ މައުލޫމާތާއި ހިސާބުތައް އޮތޯރިޓީއަށް ހުށަހެޅުން.

(ށ) އެއްވެސް ގާނޫނަކާ، ނުވަތަ އޮތޯރިޓީގެ ގަވައިދަކާ ނުވަތަ އަމުރަކާ ނުވަތަ އެންގުމަކާ، ނުވަތަ ލައިސަންސުގެ ށަރުތަކާ ހިލާފުވުން.

(ނ) ލައިސަންސް ދޫކޮށްފައިވާ ވިޔަފާރި މާލީގޮތުން ދެމެހެއްޓެނިވި (ވަޔަބަލް) ނޫންކަމަށް ލައިސަންސް ލިބިފައިވާ ފަރާތުން އެންގުން ނުވަތަ އެ ވިޔަފާރިކުރުން ހުއްޓާލާފައިވުން ނުވަތަ ހުއްޓާލުމަށް ނިންމާފައިވުން.

(ރ) އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫންގޮތަކަށް، ލައިސަންސް ދޫކޮށްފައިވާ ވިޔަފާރީގެ ހަރަކާތްތައް ހިންގުން.

(ބ) ލައިސަންސް ލިބިފައިވާ ފަރާތް އިފްލާސްކުރުން ނުވަތަ އުވާލުން.

(ޅ) އޮތޯރިޓީން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެދުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހަޅާފައި ނުވުން.

(ކ) އެއްވެސް މޭޖަރ ހިއްސާދާރަކީ ނުވަތަ ހަގީގީ ވެރިފަރާތަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކީ ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ މެންބަރަކީ ކަމަށް އެކަށޭނަ ފަރާތެއް ކަމުގައި ނުވުން.

(އ) އޮތޯރިޓީއަށް ތެދު ނޫން ނުވަތަ އޮޅުން އަރާފާނެ ފަދަ މައުލޫމާތު ދިނުން ނުވަތަ އޮތޯރިޓީއަށް އޮޅުވާލުން.

12 ވަނަ މާއްދާ - އަހަރީ ފީ

(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ގަވާއިދު ނަންބަރު 80/2016 (މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖުތަކާބެހޭ ގަވާއިދު) ގައި ފައިނޭންސިންގް ވިޔަފާރިކުރާ ކުންފުނިތަކުން ދެއްކުމަށް ކަނޑައަޅާފައިވާ އަހަރީ ފީ، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީއަށް ދައްކަންވާނެއެވެ .

(ށ) ލައިސަންސް ބާތިލުކުރުމަކުން، ނުވަތަ ލައިސަންސް ހިފެހެއްޓުމަކުން، ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ވިޔަފާރިކުރުން ހުއްޓާލުމަކުން، މި މާއްދާގެދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ދައްކާފައިވާ އަހަރީ ފީ އަނބުރާއޮތޯރިޓީން އެ ފަރާތަކަށް ދޭކަށް ނުޖެހޭނެއެވެ.

 

ތިން ވަނަ ބާބު

ހަރުދަނާ އަދި ރައްކައުތެރިކަމުގެ މިންގަނޑުތަކާއި، ސުޕަރވިށަން

13 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ރައުސްމާލުގެ މިންގަނޑުތައް

(ހ) ޓިއަރ 1 ގެ ފައިނޭންސިންގް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރިކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ހުރިހާ ވަގުތެއްގައިވެސް 50،000،000 (ފަންސާސް މިލިއަން) ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް، ރައުސްމާލުގެ ގޮތުގައި ބަހައްޓަންވާނެއެވެ. މި އަދަދަކީ އެއްވެސް ފަރާތަކަށް ދަރާފައިވާ، ނުވަތަ ރަހުނު ކުރެވިފައިވާ ފައިސާއަކަށް ވެގެން ނުވާނެއެވެ.

(ށ) ޓިއަރ 2 ގެ ފައިނޭންސިންގް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރިކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ހުރިހާ ވަގުތެއްގައިވެސް 20،000،000 (ވިހި މިލިއަން) ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް، ރައުސްމާލުގެ ގޮތުގައި ބަހައްޓަންވާނެއެވެ. މި އަދަދަކީ އެއްވެސް ފަރާތަކަށް ދަރާފައިވާ، ނުވަތަ ރަހުނު ކުރެވިފައިވާ ފައިސާއަކަށް ވެގެން ނުވާނެއެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރިހާ ވަގުތަކުވެސް:

  1. 12 (ބާރަ އިންސައްތަ) އަށް ވުރެ މަދުނޫން އަދަދަކަށް ކެޕިޓަލް އެޑެކުއަސީ ރޭށިއޯ ބަހައްޓަންވާނެއެވެ.
  2. 10 (ދިހަ އިންސައްތަ) އަށް ވުރެ މަދުނޫން އަދަދަކަށް ލެވަރޭޖް ރޭށިއޯ ބަހައްޓަންވާނެއެވެ.

(ރ) ކެޕިޓަލް އެޑެކުއަސީ ރޭށިއޯ އާއި ލެވަރޭޖް ރޭށިއޯ ހިސާބުކުރާނެ ގޮތާއި، ރައުސްމާލު އަދި އެސެޓްތަކުގައި ހިމަނާނެ ބާވަތްތައް އޮތޯރިޓީން ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އަންގާނެއެވެ.

 

14 ވަނަ މާއްދާ - މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލުގެ ރިޒަރވް

(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އެ ފަރާތަކުން ބެހެއްޓުމަށް މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ ރައުސްމާލުގެ އަދަދާ އެއްވަރުގެ ރިޒަރވްއެއް ގާއިމުކޮށް ބަހައްޓަންވާނެއެވެ. އަދި، މި ރިޒަރވް ގާއިމުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ކޮންމެ މާލީ އަހަރެއް ނިމުމާއެކު، މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލުގެ %50 (ފަންސާސް އިންސައްތަ) އާ އެއްވަރަށް ރިޒަރވް ހަމަވަންދެން، ކުންފުނީގެ ޓެކްސް ކެނޑުމަށްފަހު ލިބޭ ސާފު ފައިދާއިން މަދުވެގެން %50 (ފަންސާސް އިންސައްތަ)، ރިޒަރވްއަށް ޖަމާކުރަންވާނެއެވެ.
  2. މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލުގެ %50 (ފަންސާސް އިންސައްތަ) އާ އެއްވަރަށް ރިޒަރވް ހަމަވުމުން، މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލާ އެއްވަރަށް ރިޒަރވް ހަމަވަންދެން، ކޮންމެ އަހަރެއްގެ އެ ކުންފުނީގެ ޓެކްސް ކެނޑުމަށްފަހު ލިބޭ ސާފު ފައިދާގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ރިޒަރވް އަށް ޖަމާކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ޕްރޮވިށަން ހެދުން

ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެކަށީގެންވާ މިންވަރަކަށް، އަދި އޮތޯރިޓީން އެކަމަށް އިރުށާދެއް ނެރެފައިވާ ނަމަ، އެ އިރުށާދުގައިވާ މިންގަނޑުތަކާއި ބައިނަލްއަގްވާމީ އެކައުންޓިންގް މިންގަނޑުތަކުގެ ތެރެއިން ގިނައިން ޕްރޮވިށަން ހަދަންޖެހޭ މިންގަނޑަކާ އެއްގޮތަށް، އެކްސްޕޯށަރ އަކުން ލިބިދާނެ ގެއްލުމާގުޅޭ ޕްރޮވިށަންތަކާއި، އެސެޓްތަކުގެ ޑިޕްރިސިއޭށަނަށް ވާ ޕްރޮވިށަން، އަދި ލިބިދާނެ އެހެނިހެން ގެއްލުންތަކަށް ޕްރޮވިށަން ހަދަންވާނެއެވެ.

 

16 ވަނަ މާއްދާ - އެކްސްޕޯށަރގެ މިންގަނޑުތައް

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ ތިރީގައިވާ މިންވަރަށެވެ.

  1. އެއްފަރާތަކަށް ނުވަތަ އެއްފަރާތެއް ކަމަށް ބަލަންޖެހޭ ގުޅިފައިވާ ފަރާތަކަށް، ފަންޑްކޮށްފައި އަދި ފަންޑް ކޮށްފައިނުވާ އެކްސްޕޯށަރ ހިމެނޭގޮތުން ޖުމްލަ އެކްސްޕޯށަރގެ ގޮތުގައި ކޮންމެ ވަގުތެއްގައިވެސް ގިނަވެގެން ބެހެއްޓޭނީ ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް ބޭސްގެ %15 (ފަނަރަ އިންސައްތަ) އެވެ. ނަމަވެސް، އޮތޯރިޓީން ނެރޭ ގައިޑްލައިންތަކާ އެއްގޮތަށް، ރިސްކް ކުޑަ އެކްސްޕޯށަރއެއް ނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް ބޭސްގެ %30 (ތިރީސް އިންސައްތަ) އަށް އިތުރު ކުރެވިދާނެއެވެ.
  2. ބޮރޮއިންގް ގްރޫޕަކަށް، ފަންޑް ކޮށްފައި އަދި ފަންޑް ކޮށްފައިނުވާ އެކްސްޕޯށަރ ހިމެނޭގޮތުން ޖުމްލަ އެކްސްޕޯށަރގެ ގޮތުގައި ކޮންމެ ވަގުތެއްގައިވެސް ގިނަވެގެން ބެހެއްޓޭނީ، ތިރީގައިވާ ކަންތައްތައް 
    ފުރިހަމަވާގޮތަށް، ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް ބޭސްގެ %40 (ސާޅީސް އިންސައްތަ) އެވެ.
    (i) ބޮރޮއިންގް ގްރޫޕުގައި ހިމެނޭ ވަކިވަކި ފަރާތްތަކަށްވާ އެކްސްޕޯށަރ ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް 
    ބޭސްގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ގިނަވެގެން ނުވާނެއެވެ.
    (ii) ބޮރޮއިންގް ގްރޫޕުގައި ހިމެނޭ ވަކިވަކި ފަރާތްތަކާ ގުޅޭ އެކްސްޕޯށަރ އެ ފަރާތަކުން އަމިއްލައަށް އަނބުރާ ދެއްކޭނެކަމުގެ ގާބިލުކަން ހުންނަންވާނެއެވެ.
    (iii) ބޮރޮއިންގް ގްރޫޕުގައި ހިމެނޭ ކޮންމެ ފަރާތަކާ ގުޅޭ އެކްސްޕޯށަރއަށް ބަހައްޓާފައިވާ ރަހުނަކީވެސް އެހެން ފަރާތްތަކާ ވަކި ރަހުނަކަށް ވާންވާނެއެވެ. އަދި،
    (iv) ބޮރޮއިންގް ގްރޫޕުގެ ކޮންމެ ފަރާތަކާ ގުޅޭ އެކްސްޕޯށަރއެއްގެ ދަށުން ލިބޭ ފައިސާ ނުވަތަ ނަފާ ބޭނުންކުރަންވާނީ ވެސް ހަމައެކަނި އެ ފަރާތަކުން ކަމުގައި ވާންވާނެއެވެ.
  3. ހުރިހާ ލާޖް އެކްސްޕޯށަރ އެއްކޮށްލުމުން ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް ބޭސްގެ %500 (ފަސް ސަތޭކަ އިންސައްތަ) އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
  4. ލައިސަންސް ލިބިފައިވާ ފަރާތަކުން، އެ ފަރާތަކާ ގުޅުން ހުރި ފަރާތަކަށް އަދި އެ ފަރާތަކާ ގުޅުންހުރި ކޯޕަރޭޓް ގްރޫޕަކަށް ޖުމްލަ އެކްސްޕޯށަރގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ، ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް ބޭސްގެ %15 (ފަނަރަ އިންސައްތަ) އަށް ވުރެ އިތުރުނުވާ މިންވަރަކަށެވެ. އަދި، ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ އެކްސްޕޯށަރ އެއްކޮށްލުމުން، ލައިސަންސް ލިބިފައިވާ ފަރާތުގެ ކެޕިޓަލް ބޭސް ގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

(ށ) ސީދާ ސަރުކާރަށް ދޫކުރާ އެއްވެސް އެކްސްޕޯށަރއެއް، ނުވަތަ އެ ދަރަންޏެއްގެ ޕްރިންސިޕަލާއި އިންޓްރެސްޓް ނުވަތަ ފައިދާގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިމެނޭ ގޮތަށް ސަރުކާރުން ދައްކާނެކަމަށް އެއްވެސް ށަރުތަކާ ނުލައި ސަރުކާރުން ޔަގީންކަން ދީފައިވާ ދަރަނި މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް، "ކެޕިޓަލް ބޭސް"، "ލާޖް އެކްސްޕޯށަރ"، "ބޮރޮއިންގް ގްރޫޕް"، "ގުޅުން ހުރި ފަރާތްތައް"، އަދި "އެއްފަރާތެއް ކަމަށް ބަލަންޖެހޭ ގުޅިފައިވާ ފަރާތްތައް"، މި އިބާރާތްތަކުގެ މާނަ އޮތޯރިޓީން ކަނޑައަޅާ ،ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އަންގާނެއެވެ.

 

17 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތުގެ ހިއްސާ ރަހުނުކުރުމަށްފަހު ދަރަނި ދޫކުރުމާއި، ހިއްސާ އަނބުރާ ގަތުން

ލައިސަންސް ލިބިފައިވާ ފަރާތަކުން، އެއްވެސް އެކްސްޕޯށަރއަކާ ގުޅިގެން، ރަހުނެއްގެ ގޮތުގައި، އެ ފަރާތުގެ ހިއްސާ ބަލައިގަނެގެން ނުވާނެއެވެ. އަދި އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، ލައިސަންސް ލިބިފައިވާ ފަރާތުން އެ ފަރާތުގެ ހިއްސާއެއް އަނބުރާ ގަނެގެންވެސް ނުވާނެއެވެ. ނަމަވެސް، ކުރިން ދޫކޮށްފައިވާ އެކްސްޕޯށަރއަކާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު އަދި އޮތޯރިޓީން އަންގާ ށަރުތުތަކުގެ މަތިން، ލައިސަންސް ލިބިފައިވާ ފަރާތުގެ ހިއްސާ އެފަދަ  އެކްސްޕޯށަރއެއްގެ ރަހުނެއްގެ ގޮތުގައި ނެގިދާނެއެވެ. އަދި، މަދުވެގެން ބަހައްޓަންޖެހޭ ރައުސްމާލާއި ކެޕިޓަލް އެޑެކުއަސީ ރޭށިއޯތައް ހިސާބުކުރުމުގައި، ލައިސަންސް ލިބިފައިވާ ފަރާތަކުން ގަނެފައިވާ އަދި ރަހުނުގެ ގޮތުގައި ނަގާފައިވާ އެ ފަރާތުގެ އަމިއްލަ ހިއްސާ ،ރައުސްމާލުން އުނިކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ޑިޕޮސިޓް ގަބޫލުކުރުން މަނާކުރުން

(ހ) ޓިއަރ 1 ގެ ފައިނޭންސިންގް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރިކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން، އޮތޯރިޓީގެ ހުއްދައާއެކު 1) އެކެއް) އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޓަރމް ޑިޕޮސިޓް، ގާނޫނީ ށަހުސުތަކުގެކިބައިން ގަބޫލުކުރުން ފިޔަވައި، އެއްވެސް ފަރާތެއްގެ ކިބައިން ޑިޕޮސިޓް ގަބޫލުކޮށްގެން ނުވާނެއެވެ.

(ށ) ޓިއަރ 2 ގެ ފައިނޭންސިންގް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރިކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން، އެއްވެސް ފަރާތެއްގެ ކިބައިން ޑިޕޮސިޓް ގަބޫލުކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - މަނާ ކަންތައްތައް

ލައިސަންސް ލިބިފައިވާ އެއްވެސް ފަރާތަކުން އަމިއްލައަށް ނުވަތަ އެހެން ފަރާތަކާއެކު ބައިވެރިވެގެން ވެސް، ހޯލްސޭލް ނުވަތަ ރީޓޭލް ވިޔަފާރި، މެނުފެކްޗަރ ކުރުން ،ދަތުރުފަތުރުކުރުމުގެ ވިޔަފާރި، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، މައިންކުރުން، އިމާރާތްކުރުން، އިންށުއަރެންސް އަންޑަރައިޓްކުރުން ފަދަ، އެއްވެސް ވިޔަފާރީގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. އޮތޯރިޓީގެ ހުއްދައާއެކު އިންށުއަރެންސް ވިޔަފާރިއެއްގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން ފިޔަވައި، އެއްވެސް ފަރާތެއްގެ އޭޖެންޓެއް ނުވަތަ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - އިންވެސްޓް ކުރެވޭނޭ ގޮތްތައް

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މެނުވީ ލައިސަންސް ލިބިފައިވާ ފަރާތަކުން އެއްވެސް ވިޔަފާރިއެއްގައި ނުވަތަ ކުންފުންޏެއްގައި އިންވެސްޓްކޮށްގެން ނުވާނެއެވެ. ނަމަވެސް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިދުމަތްދޭ ފަރާތްތަކުން، އެފަދަ ހިދުމަތެއް ދިނުމުގައި، އޮތޯރިޓީން އެކަށައަޅާ އުސޫލުތަކާ އެއްގޮތަށްފައިނޭންސް ކޮށްދިނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން، އެ ފަރާތުގެ ރައުސްމާލުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެހެން ކުންފުންޏެއްގެ ސްޓޮކް، ބޮންޑް، ހިއްސާ ނުވަތަ އިކުއިޓީއާ ގުޅިފައިވާ ބޮންޑެއްގައި އިންވެސްޓް ކޮށްގެން ނުވާނެއެވެ. މިގޮތުން، މާލީ އިދާރާއެއް ފިޔަވައި އެހެން ކުންފުންޏެއްގައި އިންވެސްޓް ކުރާނަމައިންވެސްޓް ކުރެވޭނީ، އެ ކުންފުންޏެއްގެ ވޯޓު ދިނުމުގެ ހައްގު ލިބިދޭ ހިއްސާގެ%5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރު ނުވާ މިންވަރަކަށެވެ.

(ނ) އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ލައިސަންސް ލިބިފައިވާ ފަރާތަކުން، އެހެން މާލީ އިދާރާއެއްގެ ވޯޓު ދިނުމުގެ ހައްގު ލިބިދޭ ހިއްސާގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރަށް ހޯދައިގެން ނުވާނެއެވެ. މިގޮތުން ހުއްދަ ދިނުމުގައި އޮތޯރިޓީން ށަރުތުތަކަކާއެކު ނުވަތަ އެއްވެސް ށަރުތަކާ ނުލައި ވެސް ހުއްދަ ދެވިދާނެއެވެ.

(ރ) ތިރީގައިވާ ކަންކަމަށް މެނުވީ ލައިސަންސް ލިބިފައިވާ ފަރާތަކުން، ބިން ނުވަތަ އިމާރާތް ގަނެގެން ނުވަތަ އެ ފަރާތުގެ ނަންމަތީ ބަހައްޓައިގެން ނުވާނެއެވެ.

  1. އެ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ނުވަތަ އެ ފަރާތުގެ ވިޔަފާރި ހަރަކާތްތައް ހިންގުމަށް؛
  2. އޮތޯރިޓީން އެކަމާ ގުޅޭ ގަވާއިދުތަކާއި އިރުށާދުތަކެއް އެކަށައަޅާފައިވާނަމަ އެއާ އެއްގޮތަށް، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށްފައިވާ މާލީ ހިދުމަތް ދިނުމަށް ގަންނަންޖެހޭ ބިން ނުވަތަ އިމާރާތް ގަތުމަށް؛ އަދި
  3. ރަހުނެއް ތަންފީޛުކުރުމުގެ ސަބަބުން ލިބިފައިވާ ބިން ނުވަތަ އިމާރާތް ވިއްކެންދެން ވަގުތީގޮތުން ލައިސަންސް ލިބިފައިވާ ފަރާތުގެ ނަންމަތީ ބެހެއްޓުމަށް.

(ބ) މި މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ އިތުރަށް، ވިޔަފާރި ހިންގުމުގެ ތެރޭގައި، ލައިސަންސް ލިބިފައިވާ ފަރާތަކުން، ކުންފުންޏެއްގެ ނުވަތަ މާލީ އިދާރާއެއްގެ މިލްކުވެރިކަމާގުޅޭ އެއްވެސް ބާވަތެއްގެ އިންވެސްޓްމަންޓެއް ކުރެވިފައި ވާނަމަ، އެފަދަ އިންވެސްޓްމަންޓެއް ކުރިތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއަށް ގެންނަންވާނެއެވެ. ނަމަވެސް، އެކަށީގެންވާ ސަބަބަކާހުރެ މި މުއްދަތު އިތުރުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން އެދިއްޖެ ނަމަ، މި މުއްދަތު އިތުރު 6 (ހައެއް) މަސްދުވަހަށްވުރެ ގިނަ ނުވާނެ ގޮތަކަށް އިތުރު ކުރުމަށް ހުއްދަ ކުރެވިދާނެއެވެ. ވިޔަފާރި ހިންގުމުގެ ތެރޭގައި، މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަށް ލިބޭ ބިން ނުވަތަ އިމާރާތް އެ ފަރާތުގެ މިލްކިއްޔާތުގައި ގިނަވެގެން ބެހެއްޓޭނީ އެފަދަ ތަނެއް ލިބުނުތާ 2 (ދޭއް) އަހަރުދުވަހުއެވެ. ނަމަވެސް، އެކަށީގެންވާ ސަބަބަކާ ހުރެ މި މުއްދަތު އިތުރު ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން އެދިއްޖެނަމަ، މި މުއްދަތު އިތުރު 2 (ދޭއް) އަހަރުދުވަހަށް ވުރެ ގިނަ ނުވާނެ ގޮތަކަށް އޮތޯރިޓީން އިތުރު ކޮށްދެވިދާނެއެވެ.

 

21 ވަނަ މާއްދާ - މަދުވެގެން ބަހައްޓަންޖެހޭ ލިކުއިޑް އެސެޓްތައް

ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތަކުން އަދާކުރަންޖެހޭ ލައިބިލިޓީތައް އަދާ ކުރަންޖެހޭ އިރަށް އަދާކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް އަދި އޮތޯރިޓީން ވަކި މިންވަރެއް ކަނޑައަޅާ އަންގައިފިނަމަ އެ މިންވަރަކަށް، ލިކުއިޑް އެސެޓްތައް ބަހައްޓަންވާނެއެވެ. މިގޮތުން ބަހައްޓަންޖެހޭ ލިކުއިޑް އެސެޓުގެ ގޮތުގައި ބަލާނެ އެސެޓްތަކާއި ލިކުއިޑް އެސެޓްތައް ހިސާބުކުރާނެ ގޮތް އޮތޯރިޓީން އަންގާނެއެވެ.

 

22 ވަނަ މާއްދާ - ސަބްސިޑިއަރީ އަދި އޮފީސް ގާއިމުކުރުން އަދި އޭޖެންޓުން އައްޔަންކުރުން

(ހ) އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، ލައިސަންސް ލިބިފައިވާ ފަރާތަކުން، އެ ފަރާތުގެ އޮފީހެއް ނުވަތަ ބްރާންޗެއް ނުވަތަ ސަބްސިޑިއަރީއެއް، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ގާއިމުކޮށްގެން ނުވާނެއެވެ. އަދި، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ އެއްވެސް އޭޖެންޓެއް މެދުވެރިކޮށް ލައިސަންސް ދޫކުރެވިފައިވާ ވިޔަފާރީގެ ހިދުމަތެއް ފޯރުކޮށްދީގެން ނުވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ އޮފީހެއް ނުވަތަ ބްރާންޗެއް ނުވަތަސަބްސިޑިއަރީއެއް ބަންދުކުރުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން ، ލައިސަންސް ލިބިފައިވާ ފަރާތުން އެކަން ލިޔުމަކުން އޮތޯރިޓީއަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް އަންގަންވާނެއެވެ. މިގޮތުން އޮތޯރިޓީއަށް އަންގާއިރު ބަންދުކުރުމަށްކަނޑައަޅާފައިވާ ވިޔަފާރި ބަންދުކުރުމަށް ރާވާފައިވާގޮތުގެ ތަފުސީ ލު ހުށަހަޅަންޖެހޭނެއެވެ.

 

23 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުވުމާއި މޭޖަރ ހިއްސާދާރަކަށްވުން

(ހ) އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، ލައިސަންސް ލިބިފައިވާ ފަރާތެއްގެ މޭޖަރ ހިއްސާދާރަކަށް ނުވަތަ ހަގީގީ ވެރިފަރާތަކަށް ވާނެ ފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްދުކުރާނަމަ ،އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އެއްވެސް ފަރާތަކުން އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ހިއްސާ ހޯދާކަމަށް ބެލެވޭނީ، ރަސްމީ ނުވަތަ ނުރަސްމީ އެއްބަސްވުމެއްގެ ދަށުން އެ ފަރާތްތަ ކާގުޅިގެން ލައިސަންސް ލިބިފައިވާ ފަރާތުގެ ވޯޓުދިނުމުގެ ބާރު ހޯދުމަށް މަސައްކަތް ކުރާކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވޭނަމައެވެ.

 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދައަށް އެދި ހުށަހަޅާއިރު ތިރީގައިވާ  މައުލޫމާތު ހުށަހަޅަންވާނެއެވެ. 

  1. މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ފަރާތުގެ އަދި އެ ފަރާތުގެ ހިއްސާގެ ހަގީގީ ވެރިފަރާތަކީ އެހެން ފަރާތެއްނަމަ އެ ފަރާތެއްގެ ނަމާއި، ގައުމީ ނިސްބަތާއި، ދާއިމީ އެޑްރެހާއި، އަދާކުރާ ވަޒީފާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އެ ފަރާތެއްގެ މާލީ ހާލަތު އަންގައިދޭ މާލީ ހިސާބުތަކާއި، އޮތޯރިޓީން ކަނޑައަޅާ އެ ފަރާތަކާ ބެހޭ އެހެނިހެން މައުލޫމާތު؛ މިގޮތުން ހުށަހަޅާ މާލީ ހިސާބުތައް ހުންނަންވާނީ އޮޑިޓް ކޮށްފައި ކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
  2. މޭޖަރ ހިއްސާދާރަކަށް ވުމަށް ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހުސެއްނަމަ، އެ ގާނޫނީ ށަހުސުގެ އަދި އެ ފަރާތުގެ ހަގީގީ ވެރިފަރާތްތަކާ ބެހޭ މި މާއްދާގެ (ށ) ގެ (1) ނަންބަރުގައިވާ މައުލޫމާތު، އަދި ގާނޫނީށަހުސުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް؛ މިގޮތުން ހުށަހަޅާ ގާނޫނީ ށަހުސެއްގެ މާލީ ހިސާބުތަކުންވެސް އެ ގާނޫނީ ށަހުސެއްގެ މާލީ ހާލަތު ވަކިން އެނގެން އޮތުމުގެ އިތުރުން އެ ށަހުސެއް ހިމެނޭ ގްރޫޕުގެ (ކޮންސޮލިޑޭޓަޑް) މާލީ ހާލަތު ވެސް ދައްކުވައިދޭން ވާނެއެވެ.
  3. މޭޖަރ ހިއްސާދާރަކަށް ވުމަށް ހުށަހަޅާ ކޮންމެ ފަރުދެއްވެސް އަދި ގާނޫނީ ށަހުސެއްގެ ހަގީގީ ވެރިފަރާތެއް ވެސް، އެ ފަރާތެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ ބޯޑު މެންބަރެއް ނުވަތަ ސީނިއަރ މެނޭޖްމަން ޓް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް ހަގީގަތްކަމަށް ބުނެ ސޮއި ކޮށްފައިވާ ބަޔާނެއް އަދި ޕޮލިސް ކްލިއަރެންސް ރިކޯޑެއް؛
  4. މޭޖަރ ހިއްސާދާރަކަށް ވުމަށް ހުށަހަޅާ ހިއްސާދާރާއި، ހަގީގީ ވެރިފަރާތްތަކުގެ މަސްލަހަތެއްވާ ހުރިހާ އިދާރާތަކުގެ ލިސްޓަކާއި އެ އިދާރާތައް ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި މަސްލަހަތު ހިމެނޭ މިންވަރު؛
  5. ހިއްސާ ހޯދުމުގައި ވެވޭނެ އެއްބަސްވުންތަކާއި ށަރުތުތައް އަދި އެ ހިއްސާ ހޯދުމަށް ގަސްދުކުރާ ގޮތް؛
  6. ހޯދުމަށް ގަސްދުކުރާ ހިއްސާ ގަތުމަށް ނުވަތަ ހޯދުމަށް ބޭނުންވާ ފައިސާގެ އަދަދާއި އެ ފައިސާ ހޯދާނެ ގޮތް؛
  7. ލައިސަންސް ލިބިފައިވާ ފަރާތުގެ ވިޔަފާރިއަށް، އޮނިގަނޑަށް، ނުވަތަ މެނޭޖްމަންޓަށް މުހިންމު ބަދަލެއް ގެންނަން ގަސްދުކުރާނަމަ ، އެ ބަދަލެއްގެ ތަފުސީލު؛
  8. އޮތޯރިޓީން އަންގާ އެހެނިހެން މައުލޫމާތު.

(ނ) ލައިސަންސް ލިބިފައިވާ ފަރާތުގެ އެއްވެސް މޭޖަރ ހިއްސާދާރެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް، އެ ކުންފުނީގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާގެ %20 (ވިހި އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ، ނުވަތަ %33 (ތެއްތިރީސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ، ނުވަތަ %50 (ފަންސާސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ މިންވަރަކަށް ހިއްސާ އިތުރުކުރުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. މިގޮތަށް ހުއްދައަށް އެދުމުން، މި މާއްދާގެ (ށ) ގައި ބުނާ ހުރިހާ މައުލޫމާތު ނުވަތަ އެ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތު ހުށަހެޅުމަށް އޮތޯރިޓީން އެ ފަރާތަށް އެންގިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ނ) ގައިވާ ފަދައިން އެއްވެސް ފަރާތަކުން ލައިސަންސް ލިބިފައިވާ ފަރާތުގެ ހިއްސާ ހޯދުމަށް ގަސްދުކުރާކަން ލައިސަންސް ލިބިފައިވާ ފަރާތަށް އެނގުމުން އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ - ފައިނޭންސް ކުންފުންޏެއް އެފަދަ އެހެން ކުންފުންޏަކާ އެއްކޮށްލުން (މަރޖް ކުރުން)

އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ލައިސަންސް ލިބިފައިވާ ފަރާތަކުން، އެހެން ފައިނޭންސިންގް ވިޔަފާރިކުރާ ކުންފުންޏަކާ އެއްކޮށްލައިގެން ނުވާނެއެވެ. އޮތޯރިޓީއަށް މިގޮތުން ހުށަހަޅާ ހުށަހެޅުމަކަށް ހުއްދަ ނުދިނުމަށް އޮތޯރިޓީއަށް ނިންމިދާނެއެވެ.

 

25 ވަނަ މާއްދާ - އެކައުންޓިންގްގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ރިކޯޑުތައް ބެހެއްޓުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެ ފަރާތުން ހިންގާ ވިޔަފާރީގެ ކަންކަން ހަރުދަނާ ގޮތެއްގައި ބެހެއްޓުމަށް އެކަށީގެންވާ ފޮތްތަކާއި ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ރިކޯޑުތަކާއި ލިޔެކިޔުންތައް ހިމެނެއެވެ.

  1. ކަސްޓަމަރަކީ ކާކުކަން އަންގައިދޭ މައުލޫމާތުގެ ރިކޯޑުތައް؛
  2. ކަސްޓަމަރުންގެ އެޕްލިކޭށަންތަކާއި އެކި މުއާމަލާތްތަކާބެހޭ ލިޔެކިޔުންތައް، ކޮންމެ މުއާމަލާތަކަށް ހުއްދަ ދިނުމަށް ނިންމާ ސޮއިކޮށްފައިވާ ރިކޯޑުތައް، އަދި ށައްކުކުރެވޭ މުއާމަލާތްތަކާ ބެހޭ ލިޔުންތައް ނުވަތަ ރިކޯޑުތައް؛
  3. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ރިކޯޑުތަކާއި ލިޔެކިޔުންތައް.

(ށ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ވިޔަފާރީގެ ކަންކަމާ ގުޅޭ މާލީ ހިސާބުތަކާއި ރިކޯޑުތަކާއި އެހެނިހެން ލިޔެކިޔުންތައް ބަހައްޓަންވާނީ ދިވެހިރާއްޖޭގައެވެ. 
އަދި އެފަދަ މާލީ ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް ހުންނަންވާނީދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ.

(ނ) އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅާފައިނުވާހައި ހިނދެއްގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވިޔަފާރީގެ ގުޅުމަކާ ގުޅޭގޮތުން ހޯދާފައިވާ ލިޔުންތަކާއި ރިކޯޑުތައް، އެ ގުޅުމެއް ނިމުމަކަށް ގެންނަ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި ކަސްޓަމަރުން ދެނެގަތުމަށްޓަކައި ހޯދި މައުލޫމާތާއި، މުއާމަލާތްތަކުގެ ހިސްޓްރީ އަދި ވިޔަފާރީގެ ގުޅުމާ ބެހޭގޮތުން ހޯދާ އެހެނިހެން މައުލޫމާތާއި ލިޔުންތައް ހިމެނޭނެއެވެ.

(ރ) އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅާފައިނުވާހައި ހިނދެއްގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި ރިކޯޑުތައް ފިޔަވައި އެހެން ލިޔެކިޔުންތަކާއި ރިކޯޑުތައް މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

(ބ) ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ރިކޯޑެއް، ނުވަތަ ކޯޓެއްގައި އެ މައްސަލައެއް ހިނގުން އެކަށީގެންވާކަމަށް ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލު ކުރެވެންވާނެ ފަދަ ސަބަބުތަކެއް ހުރި އެއްވެސް މައްސަލައަކާ ގުޅޭ ރިކޯޑެއް، ނުވަތަ ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅޭގޮތުން ތަހުގީގީ އިދާރާއަކުން ބޭނުން ވެދާނެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލު ކުރެވެންވާނެ ފަދަ ރިކޯޑެއް ނަމަ، މި މާއްދާގެ (ނ) އާއި (ރ) ގައިވާ މުއްދަތުގެ އިތުރުންވެސް އެ ރިކޯޑެއްގެ ބޭނުން ދެން ނުޖެހޭނެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލު ކުރެވެންދެން އެ ރިކޯޑެއް ބަހައްޓައްވާނެއެވެ.

(ޅ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެކައުންޓިންގް އުސޫލުތައް ބޭނުން ކުރަންވާނީ ފުރިހަމަ އެކްރުއަލް އެކައުންޓިންގް ހިމެނޭގޮތަށް ބައިނަލްއަގްވާމީ އެކައުންޓިންގް މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ބޭނުންކުރާނެ އެކައުންޓިންގް އުސޫލުތަކާ ގުޅޭގޮތުން އޮތޯރިޓީން ހާއްސަ ގޮތްތަކެއް ކަނޑައަޅާފައިވާނަމަ އެފަދަ ގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

26 ވަނަ މާއްދާ - މާލީ އަހަރު

ލައިސަންސް ލިބިފައިވާ ފަރާތެއްގެ މާލީ އަހަރު ފެށޭނީ، މީލާދީ ކަލަންޑަރުގެ ޖަނަވަރީމަހުގެ 1 ގައެވެ. އަދި ނިމޭނީ އެ އަހަރުގެ ޑިސެންބަރުމަހުގެ 31 ގައެވެ.

 

27 ވަނަ މާއްދާ - މާލީ ހިސާބުތައް

(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތުގެ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބުނުގޮތާއި ހަރަދުވިގޮތުގެ އަހަރީ ހިސާބު އަދި ރައުސްމާލަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ހިސާބުތައް ހިމެނޭގޮތުން 
ކުންފުނީގެ ހަގީގީ މާލީ ހާލަތު ދައްކުވައިދޭފަދަ ގޮތަށް މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތެއްގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ ކޮޕީއެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޑިޓަރު ކުންފުންޏަށް ސިޓީއެއް ފޮނުވާފައިވާނަމަ، އެ ސިޓީގެ ކޮޕީއެއްވެސް އޮޑިޓްކޮށްފައިވާ ހިސާބުތަކާއެކު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

28 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތެއްގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އަދި ލަސްވެގެން ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެ ފަރާތުގެ އަހަރީ ރިޕޯޓުގެ ކޮޕީއެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓާއެކު، ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖްމަންޓުން ކުންފުނީގެ ހިއްސާދާރުންނަށް ފޮނުވާ ރިޕޯޓުތައްވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) އަހަރީ ރިޕޯޓުގައި ހިމަނަން މައުލޫމާތުތަކެއް އޮތޯރިޓީން ކަނޑައަޅާފައިވާނަމަ ،އެ މައުލޫމާތުތައް އެ ރިޕޯޓުގައި ހިމަނަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރުގެ ވިޔަފާރީގެ ހަރަކާތްތަކާއި ވިޔަފާރި ހިނގައިދިޔަގޮތާއި، ކުރިމަގުގައި އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް ޑިރެކްޓަރުންގެ ބޯޑުން ތައްޔާރުކުރާ ރިޕޯޓެއްވެސް އަހަރީ ރިޕޯޓާއެކު ހިމަނަންވާނެއެވެ.

 

29 ވަނަ މާއްދާ - އޮޑިޓްކުރުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެކްސްޓަރނަލް އޮޑިޓަރެއް އައްޔަންކުރަންވާނެއެވެ. މިގޮތުން އައްޔަންކުރާ އެކްސްޓަރނަލް އޮޑިޓަރ ވާންވާނީ، އޮތޯރިޓީން ވަކި ށަރުތުތަކެއް ކަނޑައަޅާފައިވާނަމަ، އެ ށަރުތުތަކެއް ފުރިހަމަވާ އޮޑިޓަރަކަށެވެ.

(ށ) އޮޑިޓްކުރުމަށް އައްޔަންކުރެވޭ އެކްސްޓަރނަލް އޮޑިޓަރާއެކު ކުރެވޭ އެއްބަސްވުމުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. އެކްސްޓަރނަލް އޮޑިޓަރުން ތައްޔާރުކުރާ ހުރިހާ ރިޕޯޓުތަކާއި އޮޑިޓްކުރުމަށް ބޭނުންކުރެވޭ މަސައްކަތު ކަރުދާސްތައް އޮތޯރިޓީއަށް ހުށަހެޅުމަށް އޮތޯރިޓީން އެދިއްޖެ ހިނދެއްގައި، އެ ލިޔުންތައް އޮތޯރިޓީއަށް ހުށަހެޅުމަށް.
  2. ލައިސަންސް ލިބިފައިވާ ފަރާތާގުޅޭ، އިތުރު މަސައްކަތެއް ކުރުމަށް ނުވަތަ އިތުރު ރިޕޯޓެއް ތައްޔާރުކުރުމަށް އޮތޯރިޓީން އެކްސްޓަރނަލް އޮޑިޓަރަށް އަންގައިފި ހިނދެއްގައި، އެކަންކަން ކުރުމަށް.

(ނ) އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ، ލައިސަންސް ލިބިފައިވާ ފަރާތަކުން، 
ވިދިވިދިގެން 4 (ހަތަރެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް އެއް އެކްސްޓަރނަލް އޮޑިޓް ފަރމެއް އައްޔަންކޮށްގެން ނުވާނެއެވެ.

(ރ) ލައިސަންސް ލިބިފައިވާ ފަރާތުގެ ވިޔަފާރީގެ ނުވަތަ ހިންގުމާ ގުޅޭ ވަކި ކަމެއްގެ އޮޑިޓްކުރުމަށް ނުވަތަ އެސެސްމަންޓެއް ހެދުމަށް، ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް، މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން އައްޔަންކޮށްފައިވާ އޮޑިޓަރާ އޮތޯރިޓީން ހަވާލު ކުރެވިދާނެއެވެ. ނުވަތަ އެކަމަށް އެހެން އޮޑިޓަރެއް އޮތޯރިޓީން އައްޔަން ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އޮތޯރިޓީން އޮޑިޓަރަށް ކުރުމަށް އަންގާ އިތުރު ކަންތައްތައް ކުރުމަށް ހިނގާ ހަރަދުތަކަށް އަދި އެކަންކަން ކުރުމަށް އެހެން އޮޑިޓަރެއް އައްޔަންކޮށްފިނަމަ އެ އޮޑިޓަރަށް ހިނގާ ހަރަދުތަކަށް ޒިންމާވާނީ ލައިސަންސް ލިބިފައިވާ ފަރާތުންނެވެ.

 

30 ވަނަ މާއްދާ - މައުލޫމާތާއި ރިޕޯޓު ހުށަހެޅުމާއި ސުޕަވައިޒް ކުރުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން އޮތޯރިޓީން އަންގާ ގޮތަށް، އަންގާ ތަފުސީލާއެކު، އަދި އަންގާ ވަގުތަކަށް، އޮތޯރިޓީން އަންގާ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ މާލީ ހާލަތު ނުވަތަ މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަން ދެނެގަތުމަށް، ނުވަތަ އެ ފަރާތަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތައް ބެލުމަށް، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ފަރާތުން އަމަލުކުރާ މިންވަރު ބެލުމަށް ނުވަތަ އޮތޯރިޓީން ބަލަންޖެހޭ ކަމަށް ފެންނަ އެނޫންވެސް ކަންކަން ބެލުމަށް، އޮތޯރިޓީގެ އޮފިސަރުން ނުވަތަ އޮތޯރިޓީން އައްޔަންކުރާ ފަރާތެއް މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ލައިސަންސް ލިބިފައިވާ ފަރާތުގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ . އޮންސައިޓް އެގްޒެމިނޭށަނެއްގައި އެ ތަނުގެ ރިކޯޑުތަކާއި ފޮތްތަކާއި ، ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި އެހެނިހެން ލިޔުންތައް ބަލައި، މައުލޫމާތު 
ހޯދައި، ލިޔުންތައް ނަކަލުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ އޮންސައިޓް އެގްޒެމިނޭށަނެއްގެ ތެރޭގައި ނުވަތަ އޮންސައިޓް އެގްޒެމިނޭށަނަކާ ގުޅިގެން އިތުރު މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ހެއްކެއް ހޯދުމަށް އޮތޯރިޓީގެ އޮފިސަރުން ބޭނުންވެއްޖެނަމަ ، ލައިސަންސް ލިބިފައިވާ ފަރާތުން އެ އެއްޗެއް ފޯރުކޮށްދޭންވާނެއެވެ. ނުވަތަ އޮފިސަރުން ބޭނުންވެއްޖެނަމަ، އެ އެއްޗެއް ލިޔުމުން އޮތޯރިޓީއަށް 
ފޮނުވައިދޭންވާނެއެވެ. އެފަދަ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭ ފަދަ ހާލަތްތަކުގައި، އެފަދަ ލިޔުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން، ވަކި މުއްދަތެއް ނުވަތަ ތާރީހެއްގެ ކުރިން މައުލޫމާތެއް ނުވަތަ ރިކޯޑެއް ނުވަތަ ލިޔުމެއް އޮތޯރިޓީއަށް ހުށަހެޅުމަށް އެންގުމުން، އެ އެއްޗެއް އެ ވަގުތަށް ނުފޮނުވައި ފާއިތުވާ ކޮންމެ ދުވަހަކަށް އިދާރީ އަދަބެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުނުވާ ގޮތަށް ޖޫރިމަނާކޮށް އެ ފައިސާ އޮތޯރިޓީއަށް ދެއްކުމަށް އެ ފަރާތަށް އެންގިދާނެއެވެ. 

 

ހަތަ ރުވަނަ ބާބު

އެހެނިހެން ކަންކަން

31 ވަނަ މާއްދާ - ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތައް

(ހ) ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ މެންބަރެއް ތިރީގައި ބަޔާންކޮށްފައިވާ 
ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 39 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި އަދަބުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.

  1. މި ގަވާއިދާ ނުވަތަ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އާ ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ ލައިސަންސުގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަ ކާ ނުވަތަ އެންގުމަކާ ހިލާފުވުން؛ ނުވަތަ
  2. ހަރުދަނާ ނޫން ގޮތަކަށް ވިޔަފާރީގެ ހަރަކާތްތައް ހިންގުން.

(ށ) ތިރީގައިވާ ކަމެއް ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްފިނަމަ، އެކަމެއް ރަނގަޅު ކުރަންދެން ދުވާލެއްގެ މައްޗަށް އިދާރީ އަދަބެއްގެ ގޮތުގައި 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުނުވާ ގޮތަށް ޖޫރިމަނާކޮށް، އެ ފައިސާ އޮތޯރިޓީއަށް ދެއްކުމަށް އެންގިދާނެއެވެ.

  1. ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދު ނޫން ނުވަތަ އެކަށީގެންވާ ވަރަށް ފުރިހަމަނުވާ ހިސާބުތަކާއި މައުލޫމާތު އޮތޯރިޓީއަށް ހުށަހެޅުން؛ ނުވަތަ
  2. އޮތޯރިޓީން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއްހުށަހެޅުމަށް އެދުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ލައިސަންސް ލިބިފައިވާ ފަރާތަށް ލިބިހުރެ، ހުށަހަޅާފައި ނުވުން.

 

32 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުރި ފައިނޭންސިންގް ވިޔަފާރިކުރާ ފަރާތްތައް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ލިބިގެން ފައިނޭންސިންގް ވިޔަފާރިއެއް ކުރާ ހުރިހާ ފަރާތްތައް، މި ގަވާއިދުގެ ބޭނުމަށްޓަކައި ބެލެވޭނީ ޓިއަރ 1 ގެ ފައިނޭންސިންގް ވިޔަފާރިކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ގޮތުގައެވެ. އެ ހުރިހާ ފަރާތްތަކުން ވެސް މި ގަވާއިދަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އެ ފަރާތްތަކުން މި ގަވާއިދުގައި ކުރުމަށް އަންގާފައިވާ އެއްވެސް ކަމަކާ ހިލާފުވާނަމަ، އެކަމެއް އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، އެ ކަމެއް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަމުން އިސްތިސްނާ ދިނުން ނުވަތަ ބަދަލުކުރުން

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ސަބަބު ބަޔާންކޮށް ހުށަހެޅުމުން، ށަރުތުތަކަކާއެކު ނުވަތަ އެއްވެސް ށަރުތެއް ނެތި، މި ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އިސްތިސްނާއެއް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ދީފައިވާ އިސްތިސްނާއެއް، ކޮންމެ ހިނދެއްގައިވެސް އުވާލުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، އާހިރުގައި ގާނޫނީ ށަހުސެއްގެ މޭޖަރ ހިއްސާދާރަކަށްވާ ފަރުދަކަށެވެ.

(ށ) "ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ޕެއިޑްއަޕް ކެޕިޓަލާއި ކުންފުނީގެ ރިޒަރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ ރައުސްމާލުގެ އަދަދަށެވެ. އަދި މީގެތެރޭގައި އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒަރވްސްއެއް ނުހިމެނޭނެއެވެ.

(ނ) "އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

(ރ) "އެކްސްޕޯށަރ" ކަމަށް ބުނެފައި އެވަނީ:

  1. އަނބުރާ ދައްކާގޮތަށް އެއްވެސް ފަރާތަކަށް ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާއާއި، ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަނބުރާ ލިބެންޖެހޭ ފައިސާއާއި، މިފަދަ ފައިސާއަށް ލިބެންޖެހޭ އިންޓްރެސްޓް ނުވަތަ ފައިދާ ނުވަތަ ސަރވިސް ޗާޖް؛
  2. އެއްވެސް ފަރާތަކަށް، ދޫކުރުމަށް އެއްބަސްވެފައިވާ ފައިނޭންސް ލީސްއާއި ދޫކޮށްފައިވާ ފައިނޭންސް ލީސްގެ ތެރެއިން އަނބުރާ ލިބެންޖެހޭ ލީސް ޕޭމަންޓުގެ ފައިސާއާއި، މިފަދަ ފައިސާއަށް ލިބެންޖެހޭ އިންޓްރެސްޓް ނުވަތަ ފައިދާ ނުވަތަ ސަރވިސް ޗާޖް؛
  3. ފައިސާ ދައްކަން ޖެހިދާނެގޮތަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ގެރެންޓީ؛
  4. މޫނުމަތީ އަގުގައި ނުވަތަ ޑިސްކައުންޓަކާއެކު ގަނެފައިވާ ޑެޓް ސެކިއުރިޓީ؛ އަދި
  5. މިނޫންވެސް އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާއަށެވެ.

(ބ) "މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ވަކި ށަހުސެއްގެރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލު ކުރެވޭގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.

(ޅ) "ފައިނޭންސިންގް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އަނބުރާ ދޭގޮތަށް އާންމުންގެ ކިބައިން ހޯދާ ފައިސާއިން ނުވަތަ އެނޫންވެސް ފައިސާއަކުން އާންމުންނަށް ދަރަނި ދޫކުރުމުގެ ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއަށެވެ. މީގެ ތެރޭގައި، ވިޔަފާރިއަކުން އެ ފަރާތެއްގެ މުދާ ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމެއް ނުހިމެނޭނެއެވެ. އަދި ސަރުކާރުން ކުރާ ދަރަނި ދޫކުރުމުގެ ހަރަކާތްތަކާއި، ކައުންސިލްތަކުން ކުރާ، ދަރަނި ދޫކުރުމުގެ މިފަދަ ވިޔަފާރިއެއް ނުވަތަ ފައިނޭންސް ލީސްކުރުމުގެ ވިޔަފާރިއެއް ވެސް ނުހިމެނޭނެއެވެ. (އިސްލާހު ކުރެވިފައި)
(ކ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ފައިނޭންސިންގް ވިޔަފާރިއެއް ހިންގުމަށްއޮތޯރިޓީން ދޫކުރާ ލައިސަންސަށެވެ.

(އ) "ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފައިނޭންސިންގް ވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.

(ވ) "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނަށާއި ،އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނަށާއި، ފައިނޭންސް ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންވެސްޓް ކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް މުވައްޒަފަށާއި، އިންޓަރނަލް އޮޑިޓްގެ އެންމެ އިސް މުވައްޒަފަށާއި، ރިސްކް މެނޭޖްކުރުމުގެ މަސައްކަތުގެ އެންމެ އިސް މުވައްޒަފަށާއި، އެ އިދާރާއިން ގާނޫނުތަކަށާއި ގަވާއިދުތަކަށާއި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފަށެވެ. މިފަދަ މުވައްޒަފުން ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ބެލެވޭނީ "ސީނިއަރ މެނޭޖްމަންޓް" މެންބަރުން ކަމުގައެވެ. މިގޮތުން، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ ޖެނެރަލް މެނޭޖަރ؛ ޗީފް ކްރެޑިޓް ނުވަތަ ފައިނޭންސިންގް އޮފިސަރ؛ ޗީފް ފައިނޭންށަލް އޮފިސަރ؛ ހިމެނޭނީ "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ. 

(މ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލް، ނުވަތަ ރަށު ކައުންސިލް، ނުވަތަ ސިޓީ ކައުންސިލަށެވެ. (އިތުރު ކުރެވިފައި)

 

މައި ގަވާއިދު

ފައިނޭންސިންގް ވިޔަފާރިއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-132)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ކިޔުންތެރިންގެ ހިޔާލު