-

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-160) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-114)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖުލައި 2022 ގައި)

ގަވާއިދު ނަންބަރު 2021-160 (ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުމުގެ ގަވާއިދު

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. (ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީީ ކޮށްގެން ހިންގަމުންދާ ތަންތަން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. (ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ އިންސްޓިޓިއުޓްތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ކ) ގެ (12) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

31. (ކ) (12) ދަރިވަރުންގެ ރިކޯޑުތައް، މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ހުރުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

45. (ށ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު، މި ގަވާއިދަށް ނުފެތި އެއްވެސް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ހުރިނަމަ، 2 ޑިސެންބަރު 2022 ގެ ކުރިން މި ގަވާއިދުގެ މިންގަނޑުތަކަށް ފައްތައިފައި ރަޖިސްޓަރީ އައުކުރަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މި ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ރަޖިސްޓަރީ ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމަ، ސަބަބު ބަޔާންކޮށް، މިނިސްޓްރީ އަށް އެކަން ލިޔުމުން އަންގަންވާނެއެވެ. މިގޮތަށް އަމަލު ނުކޮށްފިނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުވައިލައި، މިނިސްޓްރީ ގައި ރަޖިސްޓަރީ ކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުނިކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-160)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-160)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު