-

 ރަށުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދު (އއ.ފެރިދޫ)

(ގަވާއިދު ނަންބަރު 2022-106)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖޫން 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އެ މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން އެކުލަވައިލައިފައި ވާ، ރަށުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ރަށުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ކުރުމުގައި، ކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަދައިފައިވާ ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ރަށުގައި ޖަނަވާރު ގެންގުޅުމުގެ ހުއްދަ ދިނުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރަށުގައި ގެންގުޅެމުންދާ ދޫނިސޫފާސޫތްޕާއި ޖަނަވާރު ދެނެގަނެ، ދޫނިސޫފާސޫ ތްޕާއި ޖަނަވާރު ގެންގުޅުމުގެ ހުއްދަ ދޫކުރުމަށާއި، އެ ތަކެތި ގެންގުޅުމަށް ރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް ބިން ދޫކުރަން ފަށަންވާނެއެވެ.

 

4 ވަނަ މާއްދާ - ވަލުތެރޭގައި ގެންގުޅޭ ތަކެތި

(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ރަށުގެ ވަލުތެރޭގައި ކޮށިއެޅުމަކާ ނުލައި ނުވަތަ ކޮށިއަޅައިގެން ވަކި ފަރާތަކަށް ނިސްބަތްވާގޮތަށް ގެންގުޅެމުންދާ ދޫނިސޫފާސޫތްޕާއި ކުކުޅާއި ބަކަރި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޮށިއަޅައިގެން އެ ތަކެތި ގެންގުޅޭނެ ތަނެއް ހޯދުމަށް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ދޫނިސޫފާސޫފި ގެންގުޅުމާއި ޖަނަވާރު ގެންގުޅުމަށް ބިން ދޫކުރުމުގައި މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެމުންދާ ފަރާތްތަކަށް ކައުންސިލުން އިސްކަން ދޭންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ނަގައިގެން މެނުވީ ރަށުގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - އަމިއްލަ ގޯތީގައި ގެންގުޅޭ ތަކެތި

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، މުނިފޫހިފިލުވުމުގެ ބޭނުމަށް ޓަކައި ނުވަތަ ޕެޓުގެ ގޮތުގައި، މި ގަވާއިދާ ހިލާފުނުވާ ގޮތެއްގެ މަތީން ކައުންސިލުން ކަނޑައަޅާ އެކަށީގެންވާ މަދު އަދަދަކަށް ޖަނަވާރާއި، ދޫނި ފަދަ ތަކެތި އަމިއްލަ ގޯތީގައި ގެންގުޅުމަށް ކައުންސިލުން ހުއްދައެއް ނަގާކަ ށެއް ނުޖެހޭނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި އެކަށީގެންވާ މަދު މިންވަރަކީ ކޮބައިކަން ކަނޑައަޅާނީ ކައުންސިލުންނެވެ.

(ށ) މުނިފޫހިފިލުވުމުގެ ބޭނުމަށް ޓަކައި ގޯތިތެރޭގައި ގެންގުޅޭ ދޫނިސޫފާސޫފި ނުވަތަ ބުޅާފަދަ ޖަނަވާރު ގެންގުޅޭ ފަރާތްތަކުން، އެ ތަކެތި މަގުމައްޗަށް ދޫކޮށް ލައި، އެ ތަކެތި މަގުމައްޗަށް ގިނަކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - އާންމުކޮށް ނޫޅޭ ބާވަތުގެ ދޫނިސޫފާސޫތްޕާއި ޖަނަވާރު ގެންގުޅުން

(ހ) ރާއްޖޭގައި އާންމުކޮށް ނޫޅޭ އެއްވެސް ބާވަތެއްގެ ޖަނަވާރެއް ނުވަތަ ދޫންޏެއް އެއްވެސް ބޭނުމަކަށް ގެންގުޅެންވާނީ ، ކަމާ ގުޅޭ އިދާރާތަކުން އެކުލަ ވައިލައިފައިވާ ގަވާއި ދުތަކާ އެއްގޮތްވާ ގޮތުގެ މަ ތީން ނަގަންޖެހޭ ހުއްދަތަ ކާއި، ކައުންސިލުން ލިޔުމުން ހުއްދަ ނަގައިގެންނެވެ. އަދި ހުއްދައަށް އެދޭ ޖަނަވާރު ނުވަތަ ދޫންޏަކީ، ކަމާބެހޭ ގާނޫނާއި ނުވަތަ ގާނޫނުތަކާއި ގަވާއިދު ތަކު ގެ ދަށުން ހުއްދަ ނަގައިގެން މެނުވީ އެތެރެނުކުރެވޭނެ ޖަނަވާރެއް ނުވަތަ ދޫންޏެއް ނަމަ، އެފަދަ ޖަނަވާރެއް ނުވަތަ ދޫންޏެއް ގެންގުޅުމަށް ކައުންސިލުގެ ހުއްދައަށް އެދޭއިރު، އެ ދޫނި ނުވަތަ ޖަނަވާރު ރާއްޖެއަށް އެތެރެކުރުމަށް ދޫކޮށްފައިވާ ހުއްދަ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުމުގެ ސަބަބުން އާންމުވެފައިވާ ތަފާތު ބާވަތްތަކުގެ ދޫނީގެ ތެރެއިން، ނުވަތަ ޖަނަވާރުގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ލިބިފައިވާ ދޫނި ގެންގުޅުމަށް ކައުންސިލުން ވަކި ހުއްދައެއް ނަގާކަ ށެއް ނުޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ވިޔަފާރީގެ ބޭނުމަށް ރަށުގައި ދޫނި ނުވަތަ ޖަނަވާރު ގެންގުޅުން

ވިޔަފާރީގެ ބޭނުމަށް ރަށުގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވޭނީ، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން، އެ ކަމަށް ކައުންސިލުގެ ހުއްދަ ހޯދުމުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ކައުންސިލަށް ދެއްކުމަށްފަހުގައެވެ.

 

 

8 ވަނަ މާއްދާ - ރަށުގައި ދޫނިސޫފާސޫ ތްޕާއިޖަނަވާރު ގެންގުޅުމަށް ބިން ދޫކުރުން

ރަށުގައި ދޫނިސޫފާސޫތްޕާއި އެކި ވައްތަރުގެ ޖަނަވާރު ގެންގުޅުމަށް އެ މީހެއްގެ އަމިއްލަ ބިން ފިޔަވައި ބަންޑާރަ ބިން ދޫކުރެވޭނީ ، ތީރީގައިވާ ކަންކަމަށް ބެލުމަށްފަހު، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ ގުޅޭގޮތުން ބިމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ހ) ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅުމުގެ ހުއްދަ ދެވޭ ބިމަކީ އާންމުން މުނިފޫހިފިލުވުމަށް ނުވަތަ އާންމު ބޭނުންތަކަށް ބޭނުންކުރާ ބިމަކަށް ނުވުން.

(ށ) އެ ބިމަކީ އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުރި ތަނަކަށް ވުން.

(ނ) އެ ބިމުގައި ގެންގުޅެން އެދިފައިވާ ޖަނަވާރަކީ މީހުންނަށް ނުރައްކާތެރި ބާވަތެއްގެ ޖަނަވާރަކަށް ނުވުން.

(ރ) އެ ބިމުގައި ގެންގުޅޭ ބާވަތުގެ ދޫނިސޫފާސޫތްޕާއި ޖަނަވާރު ފަދަ ތަކެތީގެ ސަބަބުން އެ ސަރަހައްދެއްގެ އާންމު ސާފުތާހިރުކަމަށް ނޭދެވޭ އަސަރެއް ނުފޯރާ ނޭ ގޮތަކަށް އެކަން ކުރެވޭނޭ ވަސީލަތްތައް ގާއިމްކުރުމުގެ ގާބިލުކަން އެ ކަމަށް އެދޭ ބަޔަކަށް ލިބިފައިވުން.

 

9 ވަނަ މާއްދާ - މުނިފޫހިފިލުވުމަށް ޓަކައިއާންމު ތަންތަނުގައި ދޫނިސޫފާސޫތްޕާއި ޖަނަވާރު ގެންގުޅުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ، މުނިފޫހިފިލުވުމަށް ހާއްސަކޮށްފައިވާ ބިން ނުވަތަ ޕާކު ފަދަ ތަންތަނުގައި މުނިފޫހިފިލުވުމުގެ ބޭނުމަށް ދޫނިސޫފާސޫތްޕާއި ޖަނަވާރު ގެންގުޅުމުގެ ހުއްދަ، ކައުންސިލުން ކަނޑައަޅާ ގޮތެއް ގެ މަތީން ދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ދޫނިސޫފާސޫތްޕާ އި ޖަނަވާރު ގެންގުޅެން ފެށުން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކައުންސިލުން ބިން ދޫކުރުމަށްފަހުވެސް، އެ ތަނުގައި ނުވަތަ އެ ބިމެއްގައި ޖަނަވާރު ނުވަތަ ދޫނި ގެންގުޅެންވާނީ، އެ ތަނުގައި އެ ތަކެތި ގެންގުޅުމަށް ކައުންސިލުން ލިޔުމުން ވަކި ހުއްދައެއް ނެގުމަށްފަހުއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ކައުންސިލުން ހުއްދަ ދޫކުރަންވާނީ، ބިން ލިބުނު ފަރާތުން،ތިރީގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހުއެވެ.

  1. އެ ތަނުގައި ގެންގުޅެން ބޭނުންވާ ދޫނިސޫފާސޫތްޕާއި ޖަނަވާރަށް އެކަށީގެންވާ ފަދަ ކޮށްޓެއް އަޅައިފައިވުން؛
  2. އެ ކޮށީގައި ގެންގުޅޭނެ ދޫނިސޫފާސޫތްޕާއި ޖަނަވާރަށް، ފެނާއި ކާނާ ލިބޭނެގޮތެއް ހަމަޖައްސައިފައިވުން؛
  3. އަތްވާއި ވާރެއިން ސަލާމަތްވުމަށް ޓަކައި ވަދެތިބޭނޭ ރައްކައުތެރި ތަނެއް އެ ކޮށީގައި ހަދައި ފައި ހުރުން؛
  4. ދާއިމީގޮތެއްގައި އެ ކޮށި ބެލެހެއްޓުމުގައި ޒިންމާވާނެ މީހަކު ނުވަ ތަ ބަޔަކު ހަމަޖައްސައިފައިވުން؛
  5. ޖަނަވާރާއި ދޫންޏަށް ޖެހޭ ނުރައްކާތެރި ބަލިމަޑުކަމަކުން ސަލާމަތްވުމަށް އަމަލުކުރާނޭ ގޮތުގެ ޕްލޭނެއް އޮތުން؛
  6. ކޮށީ ގައި ނަޖިސް ގިނަވިޔަ ނުދީ، މަދުވެގެން ހަ ފުތާއަކު 1( އެކެއް( ފަހަރު ކޮށި ސާފުކޮށް ބެލެހެއްޓުމާއި، ދާއިމީގޮތެއްގައި ނަޖިސް ނައްތައި ލުމަށް އެކަށީގެންވާ ނިޒާމެއް ގާއިމްކޮށްފައި ވުން؛
  7. ކޮށީގައި ބަހައްޓައި ފައި ހުންނަ ފެންއަޅާ ތަކެތި، އެންމެ މަދުވެގެން ހަފުތާއަކު 1( އެކެއް( ފަހަރު ރަނގަޅަށް ދޮވެ ސާފުކޮށް، ފެން ބަދަލުކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައި ހުރުން.

(ނ) މި ގަވާއިދުގެ ދަށުން ބިން ދޫކޮށްފައިވާ ފަރާތްތަކުން ބިން ބޭނުންކުރުމުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮ ށްފައިވާ ކަންކަން ފުރިހަމަކޮށް، އެ ކަންކަން އެ ގޮތުގައި ދަމަހައްޓާކަން، ކޮންމެ 3( ތިނެއް( މަހުން 1( އެކެއް( މަހު ކައުންސިލުން ބަލައި އިންސްޕެކްޓުކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން ބަލައި އިންސްޕެކްޓު ކުރުމަށްފަހު، އިސްލާހު ކުރަންޖެހޭ ކަމެއް ނުވަތަ ކަންކަން ހުރިނަމަ، ކައުންސިލުން ދޭ މުއްދަތެއްގެ ތެރޭގައި އެ ކަންކަން ނުވަތަ އެ ކަމެއް އިސްލާހުކޮށްފައި ނުވާނަމަ، މި ގަވާއި ދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

11 ވަނަ މާއްދާ - ވިޔަފާރީގެ ބޭނުމަށް އަމިއްލަ ގޯތީގައި ޖަނަވާރު ނުވަތަ ދޫނި ގެންގުޅުން

(ހ) އަމިއްލަ ގޯތީގައި ނުވަތަ ބަންޑާރަ ގޯތީގައި، މި ގަ ވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ މުނިފޫހިފިލުވުމުގެ ބޭނުމަށްވުރެ އިތުރަށް، ވިޔަފާރީގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫނި ނުވަތަ ޖަނަވާރު ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ގޯއްޗަކީ އާންމުން ދިރިއުޅޭ ސަރަހައްދާ އެކަށިގެންވާ ދުރުތަނެއްގައިވާ ގޯއްޗެއްނަމަ، އަދި އެ ގޯތި ދޫކުރި ހިނދުން ފެށިގެން އެ ގޯތީގައި އިމާރާތްކޮށް މީހުން ދިރިއުޅެން ފެށުމާ ހަމަޔަށް ނުވަތަ އެ ގޯތީގެ ވަށައިގެންވާ ގޯތިތަކުގައި މީހުން ނޫޅޭކަމަށް ވާނަމަ، އެފަދަ ގޯއްޗެއްގައި ކައުންސިލުން ލިޔުމުން ދޭ ހުއްދަޔާއެކު، މި ގަވާއިދުގެ 7 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ވިޔަފާރީގެ ބޭނުމަށް ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވިދާނެއެވެ.

 

12 ވަނަ މާއްދާ - ގެންގުޅުން މަނާ ބާވަތްތައް 

(ހ) ރާއްޖޭގައި އާންމުކޮށް ނޫޅޭ އެއްވެސް ބާވަތެއްގެ ޖަނަވާރެއް ނުވަތަ ދޫންޏެއް ނުވަތަ ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް، އަދި ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާ ހަދާއެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތެއްގެ ދިރޭ އެއްޗެއް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) ރަށުގައި އެއްވެސް ބޭނުމަކު ޖަނަވާރާއި ދޫނި ސޫފާސޫފި ގެންގުޅުމަށް ނިންމުމުގެ ކުރިން، އެ ތަކެއްޗަކީ ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ނުވަތަ ބައިނަލްއަގްވާމީ އެއްވެސް މުއާ ހަދާއެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތެއްތޯ ބަލައި ޔަގީންކޮށް، އެކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ހަދައި ފައިވާ ގަވާއިދުތަކަށް ތަބާވާންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު، އެހެން ގާނޫނެއްގައި ނުވަތަ ގަވާއި ދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ އެ ގާނޫނުގައި ނުވަތަ އެ ގަވާއި ދުގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ނޫން ކަންކަމުގައި ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ، 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ތަކުރާރުކޮށްފިނަމަ، 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކު ރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ޖަނާވަރު ނުވަތަ ދޫނި ސޫފާސޫފި ގެންގުޅުމަށް ދޫކޮށްފައިވާ ބިން ބޭނުންކުރުމުގައި، ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާ ކުރުމުގެ އިތުރުން، ބިން ވަކިކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.ފީ ދެއްކުން މި ގަވާއިދުގައި ހިމެނޭ އެންމެހައި ފީތަކާއި ޖޫރިމަނާތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކޮށް ފައި ނުވާނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލަށެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު