-

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ނަންބަރު 2021-09) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-94)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ޖޫން 2022 ގައި)

 

ގަވާއިދު ނަންބަރު 2021-09 (ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (1-ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4. (2-ށ) މި މާއްދާގެ(ށ) ގައި ބަޔާންކޮށްފައިވާ ފައިލުކުރުމުގެ އިލްތިޒާމަށް އަމަލުކުރުން، މި އަކުރު އުވައިލުމާ ހަމަޔަށް ނުވަތަ މި އަކުރު އެހެން ގޮތަކަށް އިސްލާހުކުރެވުމާ ހަމަޔަށް ވަނީ މެދުކަނޑައިލެވިފައެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ގަވާއިދު ނަންބަރު 2021-09)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު