-

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ނަންބަރު 2021-102) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގަވާއިދު ނަންބަރު 2022-95)

 

ގަވާއިދު ނަންބަރު 2021-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލައިސަންސްގެ ބާވަތާއި މުއްދަތު 6.

(ނ) ދާއިމީ ލައިސަންސަކީ، ލައިސަންސް ނަގައިފައިވާ ދިވެހި ރައްޔިތުންނަށާއި، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސެކެވެ. ދާއިމީ ލައިސަންސަކީ، ކޮންމެ 10 (ދިހައެއް) އަހަރަކުން އައުކުރަންޖެހޭ ލައިސަންސެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ލައިސަންސްގެ ބާވަތާއި މުއްދަތު 6.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ދާއިމީ ލައިސަންސެއް ދޫކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، (ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ލައިސަންސްގެ ކެޓަގަރީތައް 14.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަކާ ނުލައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ކެޓަގަރީއެއް އިތުރުކޮށްދެވިދާނެއެވެ. މިގޮތުން ކެޓަގަރީ އިތުރުކުރުމަށް އެދޭނަމަ،މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ފޯމު ހުށަހަޅައި، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަން ވާނެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-102)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-102)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު