ޓޫރިސްޓް ރިސޯޓު ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-14) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-44)
ގަވާއިދު ނަންބަރު 2010-14 (ޓޫރިސްޓް ރިޒޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތައާރުފު 1.
މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާއާއި 1-5 ވަނަ މާއްދާއިން ބާރު ލިބިގެން ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓުތައް ސަބްލީސް ކުރުމާއި، ރިޒޯޓުގެ މެނޭޖްމަންޓް އެގްރީމަންޓް ކުރުމާއި، ލީސް ޓްރާންސްފަރ ކުރުމާއި، މޯގޭޖް ކުރުމާއި، ހިއްސާ ބަދަލުކުރުމާއި، ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެއް ފަޅެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތައް ވަކިވަކިން ހިންގުމާބެހޭގޮތުން ހަދައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އުނިކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ބ) އާއި (ޅ) އުނިކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލީސް ޓްރާންސްފަރ ފީ 34.
(ހ) ލީސް ޓްރާންސްފަރ ކުރުމަށް އެދޭ ފަރާތުން ލީސް ޓްރާންސްފަރ ފީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދައްކަންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިމުމުގެ ކުރިން، އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅާ ގުޅޭ ހައްގުތައް އެއްވެސް ފަރާތަކަށް ބަދަލުކުރާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް ވިއްކައިލާނަމަ، އެ ހައްގުތައް ބަދަލުކުރުމުގެ ފީއަކީ 10،000 (ދިހަ ހާސް) އެމެރިކާ ޑޮލަރެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅަކާ ގުޅޭ ހައްގުތައް މޯގޭޖްކޮށްގެން ނަގައިފައިވާ ލޯނެއް ނުދެއްކުމުގެ ސަބަބުން ބޭންކުން އެ ރަށެއް، ނުވަތަ އެ ބިމެއް، ނުވަތަ އެ ފަޅަކާ ގުޅޭ ހައްގުތައް ވިއްކައިލާނަމަ،ލީސް ޓްރާންސްފަރ ކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމުން އިސްތިސްނާވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.
އެއް ފަޅެއްގައި ހިމެނޭ ދެ ރަށް ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުން
ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތައް ވަކިވަކިން ހިންގުން 1-44.
(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެއް ފަޅެއްގައި އެއް ރަށަށްވުރެ ގިނަ ރަށްތައް އުފެދިފައިވާނަމަ، ނުވަތަ ހިއްކައިފައިވާނަމަ، އެ ރަށްތައް ވަކިވަކިން ސަބްލީޒްކުރުމާއި ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހެދުމުގެ ހައްގު، އެ ސަރަހައްދެއް ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ވަކިވަކި ރަށްތައް ސަބްލީޒްކުރުމުގައްޔާއި، ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހަދަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ވަކިވަކި ރަށްތައް ސަބްލީޒްކުރުމުގައްޔާއި، ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހެދުމުގެ ކުރިން، މި ގަވާއިދުގެ 4-44 ވަނަ މާއްދާގައިވާ ގޮތަށް އެއް ފަޅެއްގައި ހިމެނޭ ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅައި، އެ ރަށްތަކުގެ ފަޅުގެ ސަރަހައްދު، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކަށް ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުން 2-44.
(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެއް ފަޅެއްގައި އެއް ރަށަށްވުރެ ގިނަ ރަށްތައް އުފެދިފައިވާނަމަ، ނުވަތަ ހިއްކައިފައިވާނަމަ، އެ ރަށްތަކަށް ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލެވިދާނެއެވެ.
(ށ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، މި ގަވާއިދުގެ 3-44 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
(ނ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެދި ހުށަހަޅަންވާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމުންނެވެ. އެ ފޯމާއެކު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތަކީ ކުންފުންޏެއް ނަމަ، އެ ސަރަހައްދުގައިވާ ރަށްތަކާ ގުޅޭގޮތުން ވަކިވަކި ކުލީގެއެއްބަސްވުން އެކުލަވައިލުމަށް ހުށަހެޅުމަށް ނިންމިކަމުގެ ބޯޑް ރެޒޮލިއުށަން.
- ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދާއި ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ސަރވޭޔަރެއް ތައްޔާރުކޮށްފައިވާ ޗާޓު.
ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކަށް ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް 3-44.
(ހ) ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދޭ ރަށަކީ ނުވަތަ ރަށްތަކަކީ އެ ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތުން ހިއްކައިފައިވާ ރަށްތަކެއްނަމަ، އެ ރަށްތައް ހިއްކައިފައިވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމުގައި ވާންވާނެއެވެ.
(ށ) ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާންވާނެއެވެ.
(ނ) ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަ ހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން މުޅި ސަރަހައްދު ކަނޑައަޅައި، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ސަރވޭޔަރަކު، ޗާޓެއް ތައްޔާރުކޮށްފައި ވާންވާނެއެވެ.
(ރ) މި ގަވާއިދުގެ 4-44 ވަނަ މާއްދާއާ އެއްގޮތަށް ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅައި، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ސަރވޭޔަރަކު، ޗާޓެއް ތައްޔާރުކޮށްފައި ވާންވާނެއެވެ.
(ބ) ވަކިވަކި ރަށްތައް ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2020-35 (ގާނޫނު ނަންބަރު 1999-02 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަކަށް ވާންވާނެއެވެ.
(ޅ) ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދޭ ރަށްތަކުގެ ހޭޅިފަށުން ފެށިގެން ދެ ރަށުގެ ދެމެދުގައި މަދުވެގެން 200) ދުއިސައްތަ) މީޓަރުގެ ދުރުމިނެއް ހުންނަންވާނެއެވެ.
(ކ) ވަކިވަކި ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ރަށަކަށް 500،000 (ފަސްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް، އެ ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއްފަހަރާ ދައްކައި ހަލާސްކޮށްފައި ވާންވާނެއެވެ.
(އ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު، މާލީ އިދާރާއެއްގައި ރަހުނުކޮށްފައިވާނަމަ، އެ ސަރަހައްދުން ބައެއް ވަކިކޮށް، ކުލީގެ ވަކި އެއްބަސްވުމެއް އެކުލަވައިލުމާމެދު އެ މާލީ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައިއުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުން 4-44.
(ހ) ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅަންވާނީ، އެ ރަށްތަކުގެ ފަޅުގެ ސަރަހައްދު، ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅޭ މުޅި ސަރަހައްދުގެ ބައުންޑަރީއަށްވުރެ އިތުރުނުވާ ގޮތަށެވެ.
(ށ) ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި މަދުވެގެން 100 (އެއްސަތޭކަ) މީޓަރުގެ ސަރަހައްދެއް ކަނޑައަޅަންވާނެއެވެ.
(ނ) ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގައި އެ ރަށްތަކަށް ފަސޭފައިން ލަފައި ފުރައި ހެދުމުގެ އިންތިޒާމު ހަމަޖެހޭނެ ފަދަ ގޮތަކަށް ފަޅުގެ ސަރަހައްދު ކަނޑައަޅަންވާނެއެވެ.
(ރ) ވަކިވަކި ދެ ރަށުގެ ފަޅުގެ ސަރަހައްދުތައް ވަކިވާ ހިސާބުން ފެށިގެން ކޮންމެ ރަށެއްގެ ފަޅުން މަދުވެގެން 100 (އެއްސަތޭކަ) މީޓަރު، އިމާރާތް ނުކުރެވޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުނުވާނެ ފަދަ ގޮތަކަށް ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ އިހްތިޔާރު، މުޅި ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެންވެއެވެ.
ވަކިވަކި ރަށްތަކާ ގުޅޭ ކުލީގެ އެއްބަސްވުން އެކުލަ ވައިލުމުގެ އުސޫލުތައް 5-44
(ހ) ވަކިވަކި ރަށްތަކާ ގުޅިގެން ކުލީގެ ވަކިވަކި އެއްބަސްވުން އެކުލަވައިލަންވާނީ، އެ ސަރަހައްދެއް ކުއްޔަށް ދިނުމަށް
ހަދައިފައިވާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ހައްގުތަކާއި އިލްތިޒާމުތަކަށް ބަދަލެއް ނާންނާނެ ގޮތަށެވެ.
(ށ) ވަކިވަކި ރަށްތަކާ ގުޅޭ ގޮތުން އެކުލަވައިލާ ކުލީގެ ވަކިވަކި އެއްބަސްވުންތަކުގެ މުއްދަތު ހިނގަން ފަށާ ތާރީހު ކަމުގައި ވާނީ، އެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ވެފައިވާ ފުރަތަމައެއްބަސްވުމުގެ މުއްދަތު ހިނގަން ފަށާ ތާރީހު ކަމުގައިވާ ތާރީހެވެ.
(ނ) ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ސަރަހައްދެއް ކުއްޔަށް ދިނުމަށް ވެފައިވާ ފުރަތަމަ އެއްބަސްވުމުގެ ދަށުން ދީފައިވާ ކޮންސްޓްރަކްށަން މުއްދަތު ހިނގަމުންދާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުންތަކުގެ ކޮންސްޓްރަކްށަން މުއްދަތަކީ ވެސް ކުއްޔަށް ދިނުމަށް ވެފައިވާ ފުރަތަމަ އެއްބަސްވުމުގެ ދަށުން ދީފައިވަ މުއްދަތެވެ.
(ރ) އެ ރަށަކާ ގުޅޭގޮތުން ކުލީގެ ވަކި އެއްބަސްވުމެއް އެކުލަވައިލާ ރަށެއް އިމާރާތްކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން އިމާރާތްކުރުމުގެ މުއްދަތު އިތުރުކުރެވޭނީ އަދި އެ ރަށަކާ ގުޅިގެން ދައްކަންޖެހޭ ކުލި ފަސްކޮށްދެވޭނީ، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.
6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-14)
ކިޔުންތެރިންގެ ހިޔާލު