-

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-30)

ގަވާއިދު ނަންބަރު 2021-155 (މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާރގެ ގަވާއިދު) އަށް އަންނަނިވި އިސްލާހްތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންޓަވިއު ޕެނަލް އެކުލެވިގެންވާ ގޮތް 4.

(ހ) ކައުންސިލުން ކަނޑައަޅާ 2 (ދޭއް) މެންބަރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގާމުގެ ށަރުތު 6.

ކައުންސިލުގެ ރަޖިސްޓްރާރގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވުން.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް، ސިއްހީ ހިދުމަތުގެ ފަންނަކުން ނުވަތަ ސިއްހީ ނިޒާމު ހިންގުމުގެ ރޮނގަކުން ހާސިލުކޮށްފައިވުން.

(ނ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު