ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-149) އަށް 1 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-18)
ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-149) އަށް 1 ވަނަ އިސްލާހު ގެނައުން
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުން 3.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެސެންށިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު) ގައި ހިމެނޭ ހުރިހައި ބޭހެއް ވެސް،1 މާރިޗު 2022 އިން ފެށިގެން ވިއްކަންވާނީ، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ އެމް.އާރު.ޕީ. އަށް ވުރެ ބޮޑު ނޫން އަގެއްގައެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެމް.އާރު.ޕީ ފެންނާނޭ ހެން ބެހެއްޓުން 5.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 މާރިޗު 2022 އިން ފެށިގެން، މި ގަވާއިދުގެ 4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެސެންށިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު) ގައި ހިމެނޭ ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު،ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަން ވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެމް.އާރު.ޕީ ފެންނާނޭހެން ބެހެއްޓުން 5.
(ބ) 1 މާރިޗު 2022 އިން ފެށިގެން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމް.އާރް.ޕީ، ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަން ހުންނަންވާނެއެވެ. ނުވަތަ އެމް.އާރް.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީތަކުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު