ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-176)
(ގަވާއިދު ނަންބަރު 2021-176)
ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް ބާބެއް އިތުރުކުރުން.
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން 1-32.
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދިވެހިރާއްޖޭގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓަރީކޮށް ހިންގިދާނެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރާ ޓޫރިސްޓް ގެސްޓްހައުސްތަކަށް ހިންގުމުގެ ހުއްދަ ދީ، އެ ފަދަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، އެ ފަދަ ތަންތަނުން ލިބިދޭންޖެހޭ ހިދުމަތްތަކާއި ފަސޭހަތައް ކަނޑައަޅައި، އެ ފަދަ ތަންތަން ހިންގާނީ މި ބާބުގައިވާ ގޮތަށެވެ.
(ނ) މި ބާބުގެ ބޭނުމަށް ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ޓޫރިސްޓް ގެސްޓްހައުސް ކަމަށް ބުނެފައި އެވަނީ މީހުން ދިރިއުޅެމުންދާ އިމާރާތެއްގެ މީހުން ދިރިއުޅެމުންދާ ޔުނިޓެއްގައި ހަދައިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަށެވެ.
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ހޯދުން 2-32.
(ހ) މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެ ވިޔަފާރިއެއްގައި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ހިއްސާވާ ވިޔަފާރިތަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖެއިން ބޭރުގެ ބްރޭންޑްތައް ފްރެންޗައިޒް އުސޫލުން ބޭނުންކޮށްގެން ދިވެހި ވިޔަފާރިތަކުން ހޯމްސްޓޭ ހިންގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްހިންގުމުގެ ހުއްދައަށް އެދި ހުށަހެޅުން 3-32.
(ހ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދުމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމު؛
- ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ހުއްދައަށް އެދި ހުށަހަޅާ ތަން އިމާރާތްކޮށްފައިވާ ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ އެއްމެދު އިމާރާތެއްގައިވާ ވަކި ޔުނިޓެއްނަމަ އެ ޔުނިޓުގެ މިލްކުވެރި ފަރާތް އަންގައިދޭ ލިޔުމެއްގެ ކޮޕީ ނުވަތަ ރަޖިސްޓަރީގެ ކޮޕީ؛
- ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، އިމާރާތާއި ގޯތީގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އިމާރާތާއި ގޯތީގެ ވެރިފަރާތާއި ހުއްދައަށް އެދޭ ފަރާތާ ދެމެދު އިމާރާތް ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން؛ މިފަދަ އެއްބަސްވުމެއްގައި، އެ އިމާރާތެއްގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުން މަނާކުރާ މާއްދާއެއް ހިމަނައިފައި ނެތުން؛
- ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ ރަޖިސްޓަރީ؛
- ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީކުރާ ޓޫރިސްޓް ގެސްޓްހައުސްއަށް ކިޔަން ހުށަހަޅާ ނަމަކީ، އެޕްލިކޭށަން ހުށަހަޅާ ފަރާތުންވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނަމެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް؛
- ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ވިޔަފާރީގެ އެންމެހައި ބައިވެރީންނާއި ޑިރެކްޓަރުންގެ 5 (ފަހެއް) އަހަރުދުވަހުގެ ކުށުގެ ރިކޯޑު؛
- ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ފަދަ ކުލީގެ އެއްބަސްވުމެއްގެ ދަށުން އެ ތަން ކުއްޔަށް ހިފައިފައިވާ ފުރަތަމަ ފަރާތުން އެ ފަދަ އެއްބަސްވުމެއްގެ ދަށުން ލިބިދީފައިވާ ހައްގުތައް އިތުރު ފަރާތަކަށް ބަދަލުކޮށްފައިވާނަމަ، ނުވަތަ ކުއްޔަށް ދީފައިވާނަމަ، އެ ފަދައިން ހައްގުތައް ބަދަލުކުރުމަށް ނުވަތަ ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ފަދައިން އިތުރު ފަރާތަކަށް ހައްގުތައް ބަދަލުކުރެވޭނީ، ނުވަތަ ކުއްޔަށް ދެވޭނީ، އިމާރާތުގެ ނުވަތަ ޔުނިޓުގެ ވެރިފަރާތާއި އެ ތަން ފުރަތަމަ ކުއްޔަށްހިފި ފަރާތާ ދެމެދު ހަދައިފައިވާ ކުލީގެ އެއްބަސްވުމުގައި އެ ފަދައިން އިތުރު ފަރާތަކަށް ހައްގުތައް ބަދަލުކުރުން ނުވަތަ ކުއްޔަށް ދިނުން މަނާކޮށްފައި ނުވާނަމައެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ނަކަލު، މިނިސްޓްރީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން އެ ހުށަހެޅުން ބަލައިގަންނަންވާނެއެވެ.
(ރ) ހުއްދަ ދޫކުރުމުގެ ކުރިން، މި މާއްދާގައިވާ ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީން ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދިފައިވާނަމަ، ހުއްދަ ދޫކުރެވޭނީ، އެ ލިޔެކިޔުންތަކުގެ އަސްލު، މިނިސްޓްރީއަށްހުށަހެޅުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތުގައި ލިޔެކިޔުންތަކުގެ އަސްލު ބެލުމަށް އެދުމުގެ އިހްތިޔާރު،މިނިސްޓްރީއަށް ލިބިގެންވެއެވެ.
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް 4-32.
މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވެފައިވާނަމައެވެ.
(ހ) މި ގަވާއިދުގެ 3-32 ވަނަ މާއްދާގައި ބުނެފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައިފައިވުން.
(ށ) މިނިސްޓްރީއން ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކުން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ބޭނުންވާ އިމާރާތް ބެލުމަށްފަހު، އެ އިމާރާތަކީ ޓޫރިސްޓުން ބޭތިއްބުމަށް ޓަކައި ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގެ ޖަދުވަލު 6 ގައި ކަނޑައަޅައިފައިވާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އިމާރާތެއް ކަމުގައި ވުމާއި، ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއަކުން ލިބެން ހުންނަންޖެހޭނެ ކަމަށް މި ބާބުގައި ކަނޑައަޅައިފައިވާ ހިދުމަތްތަކާއި ފަސޭހަތައް މި ބާބުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ލިބެންހުރި ތަނެއް ކަމުގައި ވުން.
(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގުމަށް އެދޭ ޓޫރިސްޓް ގެސްޓްހައުސްއަކީ، މި ގަވާއިދުގެ 13-32 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާ ރަށެއްގައި ނުވަތަ ސިޓީއެއްގައި ހަދައިފައިވާ ތަނަކަށް ވުން.
(ރ) ހުއްދައަށް އެދޭ ފަރާތުން ދައުލަތަށް އެއްވެސް ޓެކުހެއް ނުވަތަ ފައިސާއެއް ދައްކަންޖެހި، އެ ޓެކުހެއް ނުވަތަ އެ ފައިސާއެއް ދެއްކުމަށް ދީފައިވާ މުއްދަތުގައި އެ ޓެކްސް ނުވަތަ އެ ފައިސާ ދައްކައި ހަލާސްކޮށްފައި ވުން؛ އެގޮތުން، ހުއްދަ ދިނުމުގެ ކުރިން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހެއް ނުވަތަ ފައިސާއެއް ވޭތޯ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް،މިނިސްޓްރީން ބަލަންވާނެއެވެ.
(ބ) ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓަރީކުރުމަށް ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ބުނެފައިވާ ރަޖިސްޓަރީ ފީ ދައްކައި ހަލާސްކުރުން.
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރުން 5-32.
(ހ) މި ގަވާއިދުގެ 3-32 ވަނަ މާއްދާގައިވާ ގޮތަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، މި ގަވާއިދުގެ 4-32 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، މިނިސްޓްރީން އެ ތަނަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ހުއްދައިގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެ ރިފަރާތް ނޫން ފަރާތެއް ނަމަ، މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމަންޓް ނުވަތަ މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އެގްރީމަންޓުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، އެ އެގްރީމަންޓުގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާ ގޮތަށެވެ.
(ރ) މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ހ) ގެ (6 (ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން، ކުށުގެ ރިކޯޑު ސާފުކުރާއިރު ހުއްދައަށް އެދޭ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ ކުށުގެ ރެކޯޑެއް އޮތްނަމަ، އެ ކުށަކީ ހޯމްސްޓޭއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާނެ ފަދަ އަމަލެއްކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭހާލަތުގައި ހުއްދަ ދޫނުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ބަލައި ފާސްކުރުން 6-32.
މި ބާބުގެ ދަށުން ހުއްދައަށް އެދޭ ތަންތަނާއި ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތައް، މަދުވެގެން 24) ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހު، ބަލައި ފާސްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކަށް ލިބިގެންވެއެވެ.
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކުރުން 7-32.
(ހ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތަކުން އެ ތަނެއް ހިންގުން ހުއްޓައިލާން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުއްދަ ބާތިލުކޮށް، ހުއްދަ ބާތިލުކުރުމަށް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.
(ނ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތަކީ ގޯއްޗާއި އިމާރާތުގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ހ) ގެ (3 )ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމަންޓާ ނުވަތަ މި ގަވާއިދުގެ 3-32 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އެގްރީމަންޓާ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތުން ހިލާފުވެގެން އެގްރީމަންޓް ބާތިލުކުރެވޭ ހާލަތުގައި، އެ އެގްރީމަންޓުގެ ދަށުން އިމާރާތް ކުއްޔަށް ދޫކުރި ފަރާތުން މި މާއްދާގެ (ހ) ގައިވާ ގޮތަށް، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން އެ ފަރާތަކަށް ލިބިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން މި މާއްދާގައިވާ ގޮތަށް ހުއްދަ ބާތިލު ނުކުރާނަމަ، މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ފުރިހަމަވާން ޖެހޭނެކަމަށް ކަނޑައަޅައިފައިވާ ކަންތައްތައް ފުރިހަމަ ނުކުރާނަމަ، މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ.
(ބ) މި ގަވާއިދުގެ 8-32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފައިވާނަމަ، އެ ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ކަނޑައަޅަންދެން އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލެއް ނުވާނެއެވެ.
(ޅ) މި ގަވާއިދުގެ ދަށުން ހިންގުމުގެ ހުއްދަދީފައިވާ ހޯމްސްޓޭއެއް ހިންގާ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ށަރުއީ ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އަދި އެ ޖިނާއީ ކުށަކީ ހޯމްސްޓޭއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާނެ ފަދަ އަމަލެއްކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ހާލަތުގައި އެ ހޯމްސްޓޭ ހިންގުމުގެ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުން 8-32.
ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއަށް ދީފައިވާ ހުއްދައިގެ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަން ބޭނުންނަމަ، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން (ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން) މި ގަވާއިދުގެ 3-32 ވަނަ މާއްދާއާ އެއްގޮތަށް ހުއްދަ އައުކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، މި ގަވާއިދުގެ 4-32 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، މި ގަވާއިދުގެ 5-32 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެ ތަން ހިންގުމަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތް ބަދަލުކުރުން 9-32.
މި ބާބުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީފައިވާ ހުއްދަ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރެވޭނީ، މި ގަވާއިދުގެ 3-32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވުމާއެކު،ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުން، އެ ތަނަކާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހިފައިވާ ޓެކުހެއް ނުވަތަ ފައިސާއެއް އޮތް ނަމަ، އެ ޓެކުހެއް ނުވަތަ އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގާ އިމާރާތުގެ ވެރިފަރާތް ބަދަލުވުން 10-32.
މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގެ އިމާރާތުގެ ވެރިފަރާތް ބަދަލުވެއްޖެނަމަ، އެ ތަނެއްގެ ރަޖިސްޓަރީއަށާއި އޮޕަރޭޓިންގ ލައިސަންސަށް އެ ބަދަލު ގެނައުމަށް ޓަކައި، އެ ބަދަލެއް އަންނަތާ، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދު 3-32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކޮށްފައި މިނިސްޓްރީއަށް ހުށަހަޅައިގެން އެ ތަނަކަށް ދީފައިވާ އޮޕަރޭޓިންގ ލައިސަންސަށް އެ ބަދަލުތައް ގެންނަންވާނެއެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ވަސީލަތްތަކާއި، ލިބިދޭންޖެހޭ ފަސޭހަތަކާއި ހިދުމަތްތައް 11-32.
(ހ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި 1 (އެކެއް) ކޮޓަރިން ފެށިގެން 5 (ފަހެއް) ކޮޓަރިއާ ހަމައަށް، ފަތުރުވެރީން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަންވާނެއެވެ.
(ށ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގެ ވަކި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާހާނާއެއް ހުންނަންވާނެއެވެ.
(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގައި ފަތުރުވެރީންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދުމަށް 2 (ދޭއް) އެނދު ހުންނަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިތުރު އެނދެއް ބެހެއްޓުމަށް ނުވަތަ އެއް އާއިލާއަކުން އެ ކޮޓަރި ބޭނުންކުރާނަމަ، އެ އިންތިޒާމު ހަމަޖެއްސުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގައި ހުންނަ ފަތުރުވެރިއަކަށް އެ ތަނެއް ހިންގާ ފަރާތަކަށާއި އެ ތަނެއްގެ ކަންކަމުގައި ޒިންމާވާނެ ފަރާތަކާ 24 (ސައުވީސް) ގަޑިއިރު ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި ހުންނަންވާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސް ހަދައިފައި ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްހިންގުމުގެ ހުއްދަ ދޫކުރެވޭ ރަށްތައް 12-32.
މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދެވޭނީ، އެ ތަނެއް ހަދައިފައި ހުންނަ ރަށުގައި ނުވަތަ ސިޓީގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
(ހ) އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކެއް ހުރުން. އަދި މި ޑެސްކުން، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުން.
(ށ) ޓޫރިޒަމް ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރއަކަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސައިފައި ވުން.
(ނ) ރަށުގައި ފަތުވެރިކަމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، ފަތުރުވެރީން އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި އަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލައިފައިވުން.
(ރ) އެންމެ މަދުމިންވަރަކަށް، ރޯދަމަސްވެސް ހިމެނޭ ގޮތަށް، އާންމުކޮށް ކައިބޮއި އުޅޭ ހުރިހާ ވަގުތެއްގައި ކެއިންބުއިމުގެ ހިދުމަތާއި ދޮވެއިސްތިރިކުރުމުގެ ހިދުމަތް، އެ ކަންކަމަށް ކަނޑައެޅިފައިވާ ހުއްދަތައް އޮތް ފަރާތެއް މެދުވެރިކޮށް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން. އަދި މި ކަން ކައުންސިލުން ނުވަތަ ރަށުގެ ޓޫރިޒަމް ޑެސްކުން ކަށަވަރުކުރުން.
(ބ) އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ރަށުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ކައުންސިލުން އެކުލަވައިލައިފައި އޮތުން. އަދި ވަކިވަކި ހޯމްސްޓޭތަކުން އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރުމަށް ފަތުރުވެރީންނަށް އިރުށާދު ދޭނީ މި ޕްލޭނާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައިވުން.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްހިންގުން 13-32.
(ހ) މި ގަވާއިދުގެ ދަށުން ހިންގުމުގެ ހުއްދަ ދެވޭ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދުގެ މި ބާބާއި، ޓޫރިޒަމް ވިޔަފާރި ހިންގުމުގައި އަމަލުކުރަންޖެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއިން ފަތުރުވެރީން އަތުން ނަގައި ދައުލަތަށް ދެއްކުމަށް ގާނޫނުތަކުން ލާޒިމުކޮށްފައިވާ ޓެކްސްތައް ދެއްކުމުގެ އިލްތިޒާމު އަދާކުރުމުގެ ޒިންމާ އުފުލާނީ އެ ތަނެއް ހިންގުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ދެވިފައިވާ ފަރާތެވެ.
(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް މުވައްޒަފުން ގެންގުޅޭނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް އަމަލުކުރަންވާނެއެވެ.
(ރ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތްތަކުން އެ ތަނެއް ހިންގުމުގައި، ނުވަތަ އެ ތަނެއްގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ބ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ތިބޭ ފަތުރުވެރީންގެ އަންނަނިވި މައުލޫމާތުގެ ރިކޯޑު، 5 (ފަހެއް) އަހަރުދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް، އެ ތަނެއް ހިންގާ ފަރާތުން ބަލަހައްޓަންވާނެއެވެ.
- ފަތުރުވެރިޔާގެ ފުރިހަމަ ނަން؛
- ފަތުރުވެރިޔާ ނިސްބަތްވާ ގައުމު؛
- ފަތުރުވެރިޔާގެ ޕާސްޕޯޓު ނަންބަރު ނުވަތަ ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- އެ ތަނަށް ޗެކްއިން ކުރި ތާރީހު؛
- އެ ތަނުން ޗެކްއައުޓް ކުރި ތާރީހު.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ދަފުތަރު ބެލެހެއްޓުން 14-32.
(ހ) ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާ ކޮންމެ ތަނެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގެ ދަފުތަރުގައި ރިކޯޑު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެ ތަނެއްގެ ނަން؛
- އެ ތަނެއް ތަރައްގީކޮށްފައިވާ ގޯތީގެ އެޑްރެސް؛
- ގޯތީގެ ވެރިފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- އެ ތަން ހިންގުމުގެ ހުއްދަ ދެވިފައިވާ ފަރާތް؛
- އެ ތަން ހިންގުމުގެ ހުއްދަ ދެވިފައިވާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެނަންބަރު؛
- ހިންގުމުގެ ހުއްދަ ދޫކުރި ތާރީހު؛
- ހިންގުމުގެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހު؛
- ހުއްދަ ދެވިފައިވާ ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދު؛
- އެ ތަނެއް ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރާއި، އެ ފަރާތުގެ އީމެއިލް އެޑްރެސް؛
- މިނިސްޓްރީން އެ ތަނެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު.
(ނ) ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދޫކުރާތާ، ނުވަތަ ހިންގުމަށް ދޫކޮށްފައިވާ ހުއްދައަކަށް ބަދަލުގެންނަތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ވެބްސައިޓުގައި، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައިވާ މައުލޫމާތު ށާއިއު ކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ށ-1) "ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅެމުންދާ އިމާރާތެއްގެ މީހުން ދިރިއުޅެމުންދާ ޔުނިޓެއްގައި ހަދައިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަށެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ނ-1) "މީހުން ދިރިއުޅެމުންދާ ޔުނިޓް" ކަމަށް ބުނެފައި އެވަނީ، އާންމު ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ގެއެއް ނުވަތަ ގެއެއްގެ ވަކި އެޕާޓްމަންޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ވަކި އެޕާޓްމަންޓަކަށެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގެ ފަހަތަށް، އަންނަނިވި ގޮތަށް 2 ޖަދުވަލު އިތުރުކުރުން.
ޖަދުވަލު 6
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގެ އާން މު މިންގަނޑުތަކާއި ހިދުމަތްތައް
- ހޯމްސްޓޭގެ ގޮތުގައި ހުއްދަދެވޭނީ، 1 (އެކެއް) ކޮޓަރިއާއި 5 (ފަހެއް) ކޮޓަރިއާ ދެމެދުގެ ކޮޓަރިއަށެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ގޯއްޗަށް ނުވަތަ އިމާރާތަށް ވަންނަން، ތަޅުލެވޭ ދޮރެއް ހުންނަނަމަ، އެ ދޮރެއްގެ ތަޅުދަނޑި ނުވަތަ އިލެކްޓްރޯނިކް ކީ، ކޮންމެ ފަތުރުވެރިއަކަށް ދޭންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގައި މީހުން ދިރިއުޅޭ ކޮޓަރިތަކާއި ގެސްޓް ކޮޓަރިތައް ވަކިކުރަން އެ ކަން ލިޔުމުން އެނގޭނެ ފަދަ ނިށާނެއް، ކޮޓަރީގެ ދޮރުގެ ބޭރުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އެ ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު، ޗެކިން ކުރާއިރު ފަތުރުވެރިޔާއަށް ދޭންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތާއި ނުވަތަ ހިންގާ ފަރާތުން ކަނޑައަޅާ މަސްއޫލުވެރި ފަރާތަކާ، ކޮންމެ ވަގުތެއްގައި ވެސް ފަތުރުވެރިޔާއަށް ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި އޮންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަ ފަތުރުވެރިއަކަށް ދިމާވާ ހާދިސާއަކުން ނުވަތަ މަރުވުމުން ނުވަތަ ލިބޭ ޖިސްމާނީ ގެއްލުމަކަށް ނުވަތަ މުދަލެއް ގެއްލުމުން ނުވަތަ މުދަލަށް ލިބޭ ގެއްލުމެއްގެ މާލީ ބަދަލުން އެތަނެއް ހިންގާ ފަރާތް ރައްކައުތެރިކޮށްދޭނެ ފަދަ ތާޑް-ޕާޓީ ލައިބިލިޓީ އިންށުއަރެންސެއް ހޯދައިފައި އޮންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގާ ފަރާތުގެ އިހުމާލުން އެ ތަނެއްގައި ފަތުރުވެރީން ނުބޭތިއްބޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހޯމްސްޓޭއެއްގައި ހުރުމަށް ފަތުރުވެރިޔާ ބުކިންގ ހައްދައިފައިވާ މުއްދަތަށް ނުވަތަ ބުކިންގެ ބާކީ އޮތް މުއްދަތަށް އެ ފަތުރުވެރިޔާ އެހެން ތަނެއްގައި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެ ތަނެއް ހިންގާ ފަރާތުގެ ޒިންމާއެކެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން ރައްކައުތެރިވުމަށް،ކަމާ ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަލިފާން ނިއްވާ އާލާތްތައް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަ ފަތުރުވެރިއަކަށް ދިމާވެދާނެ އެކިއެކި ކުދި ޒަހަމްތަކާއި ސިއްހީ މައްސަލަތަކަށް ފަރުވާކުރުމަށް، ކަމާ ގުޅޭ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކަށް ފެތޭ ފަސްޓް-އެއިޑް ކިޓެއް، ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަ ށް ހުންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ވިޔަފާރި ނަން ދައްކުވައިދޭ ނަން ބޯޑެއް، އެ އިމާރާތެއްގެ ބޭރުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ހޯމްސްޓޭއެއްގެ ގޮތުގައި ހިންގާ ގެސްޓްހައުސްއެއްގައި އެންމެން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކާއި ވަސީލަތްތައް ހުންނަންވާނީ، އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި އެފަދަ ތަންތަނުގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެގޮތަށް ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސް ހަދައިފައިވާ އިމާރާތަށް ވަދެ ނުކުތުމަށް ކަނޑައަޅައިފައިވާ ދޮރުތައް ފާހަގަކުރެވޭ ގޮތަށް ނިށާންތަކެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަންޖެހޭ މިންގަނޑު
- ކޮންމެ ކޮޓަރިއެއް ވެސް ހުންނަންވާނީ، އެ ގެއެއްގެ ނުވަތަ އި މާރާތުގެ ގޯތިތެރެއިން ނުވަތަ ކޮމަން އޭރިއާއަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައެވެ. މީގެ އިތުރުން، އިންޓަ -ކަނެކްޓިންގ ކޮޓަރީގެ ބޭނުމަށް އެއްކޮޓަރިން އަނެއް ކޮޓަރިއަށް ދެވޭގޮތަށް އިތުރު ދޮރެއް ހަރުކުރެވިދާނެއެވެ.
- ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭގޮތަށް، މަދުވެގެން 120 (އެއްސަތޭކަ ވިހި) އަކަފޫޓު ހުންނަންވާނެއެވެ.
- ކޮޓަރީގެ ދޮރުގައި، ރަނގަޅަށް ތަޅުލެވޭ، ތަޅުދަނޑިން ނުވަތަ އިލެކްޓްރޯނިކް އާލާތަކުން އޮޕަރޭޓްކުރާ ތަޅެއް ހަރުކޮށްފައި ހުންނަންވާނެއެވެ. ކޮންމެ ދޮރެއްގައި، އެތެރެއިން ބޭ ރު ފެންނާނޭހެން އަދި ބޭނުންވެއްޖެނަމަ އެތެރެއިން ބަންދުކުރެވޭ ފަދަ ޑޯ ވިއުވަރއެއް ނުވަތަ ޕީޕްހޯލެއް ހުންނަންވާނެ އެވެ. މީގެ އިތުރުން، އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އިންޓަރ-ކަނެކްޓިންގ ދޮރުތަކުގެ ދެފަރާތުގައި ވެސް އެއްފަރާތުން ތަންޑު އެޅުމުން އަނެއް ފަރާތުން ދޮރު ނުހުޅުވޭނެފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުވޭގޮތަށް ކުޑަދޮރެއް ނުވަތަ ފެން ލައިޓެއް ހުންނަންވާނެއެވެ.
- ކޮޓަރީގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެ ގޮތަށް ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ނިދާ ބޮކީގެ ގޮތުގައި އަލި ގަދަކޮށް މަޑުކުރެވޭގޮތަށް މަދުވެގެން އެއް ބޮކި ހުންނަންވާނެއެވެ. މީގެ އިތުރުން، ފަސޭހައިން ކަރަންޓު ނެގޭނެގޮތަށް ކަރަންޓް ސޮކެޓް ހުންނަންވާނެއެވެ. އެއަރ ކޮންޑިށަން ކުރާނަމަ، ފިނިހޫނުމިން ކޮންޓްރޯލު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ. ނުވަތަ އެނބުރޭ ބާރުމިން ކޮންޓްރޯލްކުރެވޭ ގޮތަށް ފަންކާއެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއް ވެސް ކަނޑައެޅޭނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އިތުރު އެނދެއް ވެއްދުމާއެކު 3 (ތިނެއް) މީހުން ބޭތިއްބިދާނެއެވެ. ނުވަތަ، ކޮޓަރީގައި އާއިލާއެއް ބައިތިއްބާ ހާލަތުގައި 2) ދޭއް) މީހުންގެ އިތުރުން، ކުޑަ 2) ދޭއް) ކުދިން ބޭތިއްބިދާނެއެވެ.
- ކޮންމެ އެނދެއްގައި ވެސް، އެނދުގެ ބޮޑުމިނާ އެކަށީގެންވާ ގޮދަޑިއަކާއި، ބެޑްށީޓަކާއި، ގައިމަތީގައި އަޅާނެ ފޮތިގަނޑަކާއި، މަދުވެގެން 2 (ދޭއް) ބާލީސް އޮންނަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގައި ރަނގަޅަށް އަލި ލިބޭގޮތަށް އެންމެ ކުޑަވެގެން 3 (ތިނެއް) ފޫޓު 2 (ދޭއް) ފޫޓުގެ މޫނުބަލާ ލޯގަނޑެއް ހުންނަންވާނެއެވެ. އަދި ކޮނޑުގައި ހެދުން އެޅުވޭގޮތަށް އަލަމާރިއަކާއި ލަގެޖް ބަހައްޓާނެ އެއްޗެއް ހުންނަންވާނެއެވެ.
- އިމަޖެންސީ ހާލަތެއްގައި ބޭނުންކުރެވޭ ގޮތަށް ކޮޓަރީގައި ޓޯޗު ބައްތިއެއް އޮންނަންވާނެއެވެ. އަދި އިމަޖެންސީ ހާލަތުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، ކުރެހުމާއި، މުހިންމު ނަންބަރުތައް ކޮޓަރީގެ ދޮރުގެ އެތެރެފަރާތުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ޕާސްޕޯޓާއި، ފައިސާއާއި، މިފަދަ އެހެން ތަކެތި ކޮޓަރީގައި ރައްކައުކުރެވޭ ގޮތަށް ރޫމް ސޭފްއެއް ނުވަތަ ތަޅުލެވޭ ސެކިއުރިޓީ ބޮކްސެއް ހުންނަންވާނެއެވެ.
- ކޮޓަރި ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާނަމަ، އެކަން އަންގައިދޭ ލިޔުމެއް، ކުރެހުމަކާއެކު ހުންނަންވާނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަނަމަ، އަޅިކެނޑިއެއް ބަހައްޓަންވާނެއެވެ.
- ކޮންމެ ކޮޓަރިއެއްގައި، ސާފު ބޯފެން، ދުވާލަކަށް މަދުވެގެން 2) ދޭއް) ލީޓަރުގެ މަގުން ލިބެން ހުންނަންވާނެއެވެ.
- މަދުވެގެން ކޮންމެ މީހަކަށް ތުވާޔެއްގެ މަގުން ތުވާލި ފޯރުކޮށްދޭންވާނެއެވެ.
- ކޮޓަރީގައި ނުވަތަ ފާހާނާގައި މަތިޖަހައި ލެއްޕޭގޮތަށް، ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
- ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ފާހާނާ ތައް ހުންނަންޖެހޭނެ މިންގަނޑުތައް
- ކޮންމެ ކޮޓަރިއެއްގައި، ކޮޓަރީގެ އެތެރެއިން ވަދެވޭގޮތަށް ވަކި ފާހާނާއެއް ހުންނަންވާނެއެވެ.
- ފާހާނާގައި ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭނޭހެން ހުޅުވައި ލެއްޕޭގޮތަށް ފެން ލައިޓެއް ނުވަތަ ވައި ދައުރުކުރާ ނިޒާމެއް ހުންނަންވާނެއެވެ.
- ފާހާނާގެ ތަޅުމާއި ބިތްތަކުގައި ހުންނަންވާނީ، ކައްސައިނުލާނެ ފަދަ ރަނގަޅު ފިނިށިންއެކެވެ. އަދި ތަޅުން ހުންނަންވާނީ، ފަސޭހައިން ފެން ހިނދޭނޭ ގޮތަކަށެވެ. މީގެ އިތު ރުން، ފާހާނާތަށްޓާއި މޫނުދޮންނަ ތަށި ހިމެނޭބައި ހުންނަންވާނީ، ފެންވަރާ ބަޔާ ވަކިންނެވެ. މި ފަދައިން ވަކިކުރުމަށް ށަވަރ ކަރޓެއިންއެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.
- ފާހާނާގައި ފްލަށިންގ ސިސްޓަމަކާއެކު މަތިޖެހޭގޮތަށް ފާހާނާ ތަށްޓެއް ހުންނަންވާނެއެވެ. އަދި ހޭންޑް ބިޑޭ ށަވަރެއް ނުވަތަ ބިޑޭއަކާއި، ފެންވަރާނެ މާގަނޑަކާއި، ތުވާލި އަޅުވާނެ ހަރަކާއި، މޫނުދޮންނަ ތަށްޓެއް ހުންނަންވާނެއެވެ. މޫނުދޮންނަ ތަށްޓާއެކު، ފެން އިސްކުރަކާއި މޫނުބަލާ ލޯގަނޑެއް ހުންނަންވާނެއެވެ.
- ފާހާނާގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެގޮތަށް ބޮކި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ފާހާނާގައި ނުވަތަ ކޮޓަރީގައި މަތިޖަހައި ލެއްޕޭގޮތަށް، ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެއެވެ.
ޖަދުވަލު 7
ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި ރަށު ޓޫރިޒަމް ޑެސްކުގެ ދައުރު
(ހ) ރަށު ޓޫރިޒަމް ޑެސްކަކީ އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި،
ދަތުރުފަތުރާއި، އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ހިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ފަރާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސްގޮސްވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށުފެންވަރުގައި ބަލަހައްޓާ
މަސްއޫލުވެރި ފަރާތެވެ.
(ށ) ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭށަން ޑެސްކް ގާއިމުކުރަންވާނެއެވެ. އަދި ޓޫރިސްޓް އިންފޮމޭށަން ޑެސްކަކީ، ފަތުރުވެރީންނަށް ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ ފަދަ ތަނެއްގައި ހުންނަ ތަނަކަށް ވެފައި، ރަށުގައި ފަތުރުވެރީން އުޅޭ ހުރިހާ ވަގުތެއްގައި ހިދުމަތް ދޭންވާނެއެވެ. މިގޮތުން، ސީދާ ޑެސްކުގައި މީހަކު ހުރެގެން ހިދުމަތްދޭނެ ވަގުތުތަކާއި، ވާޗުއަލްކޮށް ހިދުމަތްދޭނެ ވަގުތުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، 24 (ސައުވީސް) ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް އޮންނަންވާނެއެވެ.
(ނ) ރަށު ޓޫރިޒަމް ޑެސްކުން ގާއިމުކުރާ ޓޫރިސްޓް އިންފޮމޭށަން ޑެސްކުން، ރަށުގައި ހުރި ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްއާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޓޫރިސްޓް ހޮޓާތަކުގެ މައުލޫމާތާއި، ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭ ރެސްޓޯރެންޓާއި، ހޮޓަލާއި، ކެފޭއާއި، ގާޑިޔާ ފަދަ ތަންތަނުގެ މައުލޫމާތާއި، ގުޅުންހުރި ހިދުމަތްތައް ކަމުގައިވާ ލޯންޑްރީއާއި، ސެލޫނާއި، ޑޭކެއަރ ސެންޓަރާއި، ފެރީއާއި، ވޯޓަރ ސްޕޯޓްސްއާއި، ޑައިވިންގއާއި، ސައިޓްސީންގ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް ކަމުގައިވާ ކައުންސިލާއި، ހެލްތް ސެންޓަރާއި، ހޮސްޕިޓަލާއި، ޕޮލިހާއި، ބޭންކް ފަދަ އިދާރާތަކާ ގުޅޭ މައުލޫމާތު ދީ، އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ރ) ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުންގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކޮންސޮލިޑޭޓެޑް ގަވާއިދު
ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2009)
ކިޔުންތެރިންގެ ހިޔާލު