-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311-2014) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-174)

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311-2014) އަށް 9 ވަނަ މާއްދާ އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު، އަންނަނިވިގޮތަށް އިސްލާހުކުރުން. 

ޕަރމަނަންޓް ސެކްރެޓަރީންގެމަގާމުގެ ށަރުތު 28.

(ނ) 5 .އައްޔަނުކުރާ ޕަރމަނަންޓް ސެކްރެޓަރީގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަދަރިޔަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިޔަކު، ނުވަތަ އެއްބަނޑު އެއްބަފާމީހަކު، ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ސީދާގޮތުންޕަރމަނަންޓް ސެކްރެޓަރީ ސުޕަވައިޒްކުރަންޖެހޭ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީއަށް ރިޕޯޓުކުރަންޖެހޭ މީހަކަށް ނުވުމާއި، ނުވަތަ އެއިންފަރާތަކީ މިނިސްޓްރީއެއްގެ ދަށުން ހިނގާ ވަކި އޮފީހެއްގައި ޕަރމަނަންޓްސެކްރެޓަރީއަށް ސީދާ ރިޕޯޓުކުރަންޖެހޭ ޒިންމާދާރު ވެރިޔާކަމުގައި ނުވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3-35 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއައްޔަނުކުރުމުގެ ށަރުތުތައް 3-35

(ށ) 5 .އައްޔަނުކުރާ ސެކްރެޓަރީ ޖެނެރަލްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަދަރިޔަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިޔަކު، ނުވަތަ އެއްބަނޑު އެއްބަފާމީހަކު، ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ސީދާގޮތުން ސެކްރެޓަރީ ޖެނެރަލް ސުޕަވައިޒްކުރަންޖެހޭ ނުވަތަ ސެކްރެޓަރީ ޖެނެރަލަ ށް ރިޕޯޓުކުރަންޖެހޭ މީހަކަށް ނުވުމާއި، ނުވަތަ އެއިން ފަރާތަކީ ކައުންސިލްގެއިދާރާގެ ދަށުން ހިނގާ އިދާރާއެއް ނުވަތަ އަވަށު އޮފީހެއްގައި ސެކްރެޓަރީޖެނެރަލަށް ސީދާ ރިޕޯޓުކުރަންޖެހޭ ޒިންމާދާރުވެރިޔާކަމުގައި ނުވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 258 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

މައްސަލައެއް ބެލުމަށްޓަކައި އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތައް 258.

ތިރީގައި މިވާ ހާލަތްތަކުގައި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްޗަށް ކުރެވޭ އިދާރީމައްސަލައެއްގެ ތުހުމަތަށް އޮފީހަށް ނުކުތުން މަނާކުރެވިދާނެއެވެ.މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަށް ފުރަތަމަ 30 (ތިރީސް) ދުވަހަށް އެ މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ލިބޭނެއެވެ. ނަމަވެސް، 30 (ތިރީސް )ދުވަހަށް ވުރެ އިތުރަށް މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރާނަމަ، އިތުރަށް ހިނގާމުއްދަތަށް މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ލިބޭނީ ތުހުމަތުކުރެވޭ ކުށާ ގުޅިގެންމައްސަލަ ބެލުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭނަމައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 260 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭމުވައްޒަފުން އޮފީހަށް ނުކުތުންމަނާކުރުން 260.

(ށ) މި މާއްދާގެ ދަށުން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފަށް ފުރަތަމަ 30 (ތިރީސް) ދުވަހަށް އެ މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ލިބޭނެއެވެ . ނަމަވެސް، 30 (ތިރީސް) ދުވަހަށް ވުރެ އިތުރަށް މުވައްޒަފު އޮފީހަށް ނުކުތުންމަނާކުރާނަމަ، އިތުރަށް ހިނގާ މުއްދަތަށް މުވައްޒަފަށް މުސާރައާއި އިނާޔަތްތައްލިބޭނީ، ތުހުމަތުކުރެވޭ ކުށާ ގުޅިގެން މައްސަލަ ބެލުމަށްފަހު، މަދަނީ މިންގަނޑުންބަލާއިރު، އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނުޖެހޭނަމައެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު