-

 ބިޒްނަސް ވީޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-113) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-151)

ގަވާއިދު ނަންބަރު 2021-113 (ބިޒްނަސް ވީޒާއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހު ކުރުން. 

ބިޒްނަސް ވީޒާއަށް އެދޭ ފަރާތުން ހުށަހަޅާންޖެހޭ މައުލޫމާތު 5.

ބިިޒްނަސް ވީޒާއަށް އެދޭ ބިދޭސީ ފަރާތުން، މި މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބިޒްނަސް ޕޯޓަލް މެދުވެރިކޮށްހުށަހަޅާންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އަންނަނި ގޮތަށް އިސްލާހު ކުރުން. 

5. (ރ) ދިވެހިރާއްޖޭގައި އިންށޫރަންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރުންވިޔަސް އެފަދަ ފަރާތަކުން ދޫކޮށްފައިވާ ހެލްތް އެންޑް ޓްރެވަލް އިންށޫރަންސް ޕޮލިސީގެ ކޮޕީ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) އަންނަނި ގޮތަށް އިސްލާހު ކުރުން. 

މި ގަވާއިދުގެ 8 މާއްދާގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާކަމަށް ބަޔާންކޮށް، ރާއްޖެ އައުމަށް އެދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ޑިކްލަރޭށަން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނި ގޮތަށް އިސްލާހު ކުރުން. 

ބިޒްނަސް ވީޒާގެ މުއްދަތު 6.

(ހ) ބިިޒްނަސް ވީޒާ ދޫކުރެވޭނީ އެ ވީޒާއަށް އެދި ހުށަހަޅާ ފަރާތަކަށް، މީލާދީ ކޮންމެ އަހަރެއްގައި 180 (އެއް ސަތޭކަ އަށްޑިހަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 (ތިރީސް) ދުވަހާއި 90 (ނުވަދިހަ) ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނި ގޮތަށް އިސްލާހު ކުރުން. 

6. (ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މުއްދަތު އިތުރުކޮށްދެވޭނީ، މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ސަބަބަށް ރިއާޔަތްކޮށް، ވީޒާ އިތުރުކޮށްދިނުމަށް ފެނިއްޖެ ހިނދެއްގައި، ބިޒްނަސް ވީޒާގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، މީލާދީ އަހަރެއްގެ ތެރޭގައި، 180) އެއް ސަތޭކަ އަށްޑިހަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން، ފަހަރަކު 30 (ތިރީސް) ދުވަހާއި 90 (ނުވަދިހަ) ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނި ގޮތަށް އިސްލާހު ކުރުން. 

10. ބިިޒްނަސް ވީޒާއަށް އެދެވޭނީ، ހަމައެކަނި https://business.egov.mv ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނި ގޮތަށް އިސްލާހު ކުރުން. 

ބިޒްނަސް ވީޒާ ބާޠިލުކުރުން 12. 

(ހ) ބިިޒްނަސް ވީޒާގެ ހުއްދަ ދޫކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ހުއްދައިގެ ދަށުން ރާއްޖެއަށް އެތެރެވެފައި ނުވުން. 

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަދި 2 ބާޠިލުކުރުން.

 

9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިޒްނަސް ވީޒާ އާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-113)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިޒްނަސް ވީޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-113) (ކޮންސޮލިޑޭޓެޑް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު