އާއިލާބެހޭ ގަވާއިދު (2 ފެބްރުއަރީ 2006)
(ގަވާއިދު ނަންބަރު 2006)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ފެބުރުއަރީ 2006 ގައި)
(މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވޭ)
(ތިރީގައި އެޓޭޗްކުރެވިފައި އެވަނީ މި ގަވާއިދުގެ ގެޒެޓްކުރެވުނު ޕީޑީއެފް ކޮޕީއެވެ. މި ގަވާއިދުގެ ވޯޑްފޮމޭޓް ނިމޭވަރަކުން އަޕްލޯޑްކުރެވުނުމް ދެވޭނެއެވެ)
1 ވަނަ މާއްދާ - ތައާރަފު
(ހ) މިއީ "އާއިލާއާބެހޭ ގަވާއިދު" އެވެ.
(ށ) އާއިލާއާބެހޭ މައްސލަތަކުގައި އަމަލުކުރަންޖެހޭނީ މިގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
ކާވެނި
2 ވަނަ މާއްދާ - ކަވެނި ކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) ކާވެންޏެއްކުރަން ބޭނުންވެއްޖެނަމަ، ކާވެނި ކޮށްދިނުމަށް އެދޭ ފޯމުގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، އެފޯމު ކާވެނިކުރަން އެދޭ ތާރީހުގެ 7 ދުވަސްކުރިން ރަސްމީ ގަޑީގައި ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމާއެކު 25 (ފަންސަވީސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.
(ށ) ކާވެނި ކޮށްދިނުމަށް އެދޭ ފޯމުގައި ހިމަނަންޖެހެ މައުލޫމާތު ފުރިހަމަވެފައި ނުވާނަމަ އެފޯމު ބަލައެއް ނުގަނެވޭނެއެވެ.
(ނ) ރަޖުއީ ވަރިއަކުން ވަރިވެފައިވާ އަންހެނާ އިއްދައިގެ މުއްދަތުގައި ރުޖޫއަ ކުރުންނޫން ގޮތަކަށް ކާވެނި ކުރުމަށް ހުށަހެއެއް ނޭޅޭނެއެވެ. ތަފްރީގު ނުވަތަ ފަސްހު ކުރެވިފައިވާ ކާވެންޏެއްގެ އިއްދާގައި އިން އަންހެނާއަށް ކާވެނި ކުރަން ހުށަހެޅޭނީ ހަމައެކަނި ތަފްރީގު ނުވަތަ ފަސްހުކުރެވުނު ފިރިހެނާއާ އެކުގައެވެ. އެހެން މީހަކާ ކާވެނިކުރާނަމަ ކާވެނި ކުރަން ހުށަހަޅަންވާނީ އިއްދަހަމަކޮށް، އެކަން ސެޓްފިކެޓްގައި ލިޔުމަށްފަހުގައެވެ. މިކަން ކުރާނީ ކޯޓުންނެވެ.
(ރ) ވަރި ސާބިތު ކުރި ކޯޓުނޫން ކޯޓެއްގައި އިއްދަ ހަމަކޮށްފިނަމަ އެކޯޓުން، ވަރި ސާބިތުކުރި ކޯޓަށް އެކަން އަންގަން ވާނެއެވެ.
3 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
ކާވެނި ކޮށްދިނުމަށް އެދޭ ފޯމުގައި ހަގީގަތާއި ހިލާފު މައުލޫމާތެއް ދީފައިވާނަމަ، ހަގީގަތާއި ހިލާފަށް ދީފައިވާ މައުލޫމަތަކީ ގަސްދުގައި ދީފައިވާ މައުލޫމާތެއް ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެކާވެންޏެއް ކޮށްދެވޭނީ ށަރީއަތަށް އެ މައްސަލަ ހުށަހަޅައި، ށަރީއަތުން ވަކިގޮތަކަށް އެ މައްސަލަ ނިންމުމަށްފަހުގައެވެ.
4 ވަނަ މާއްދާ - މަދަރަސާކުދިން ކައިވެނިކޮށް ނުދިނުން
މަދަރުސާއެއްގައި ކިޔަވަން އުޅޭ އެއްވެސް ކުއްޖެއްގެ ކާވެނި ކޮށެއް ނުދެވޭނެއެވެ.
5 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
(ހ) އާންމުގޮތެއްގައި ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯޓުގައެވެ. ކޯޓުނޫން އެހެން ތަނެއްގައި ކާވެނީގެ މަޖިލިސް ބާއްވާނަމަ، ކާވެނީގެ މަޖިލިސް ބާއްވާ ތަނަކީ އެފަދަ މަޖިލީހަކަށް އެކަށީގެންވާ ތަނަކަށް ވާންޖެހޭނެއެވެ. (އެކަށީގެންވާ ތަނެއްކަމަށް ބެލެވޭނީ ހަމައެކަނި ކޭވެނީގެ މަޖިލީހަށް ތައްޔާރު ކޮށްފައިވާ، ފަސޭހަކަމާއިެކު އިށީދެވޭނެ ޖާގައޮތް ތަނެކެވެ. ކާވެނީގެ މަޖިލީހަށް ތައްޔާރު ކޮށްފައިވާކަމަށް ބެލެވޭނީ މޭޒު، ގޮނޑި ފިޔަވައި އެނދު، ފަދަ ތަކެތި ނެތްތަންތަނެވެ)
(ށ) ކާވެނީގެ މަޖިލީހުގައި ކާވެނިކުރާ އަންހެންމީހާއާއި ފިރިހެން މީހާ ތިބެންވާނެއެވެ.
6 ވަނަ މާއްދާ - ކާވެނިކޮށްދިނުމަށް ހަމެޖިފައިވާ ގަޑިއަށް ހާޒިރުނުވުމާއި ކާވެނީގެ ފޯމު ކެންސަލް ކުރުން
(ހ) ކޯޓުގައި ކުރާ ކާވެންޏާއި، ކޯޓު ފިޔަވައި އެހެން ތަންތާނގައި ކުރާ ކާވެނި ތަކުގައި ކާވެންޏަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު، ކާވެނި ކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، އެކާވެންޏެއް ކޮށްދެވޭނީ، ގަޑިޖެހުނު ކޮންމެ މީހަކަށް ކާވެނިވާން އެދޭ ފަރާތުން 75 (ހަތްދިޔަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.
(ށ) ކާވެންޏަށް ހާޒިރުވާންޖެހޭ މީހުންގެ ތެރެއިން މީހަކު ކާވެންޏަށް ހާޒިރު ނުވެއްޖެނަމަ ކާވެނީގެ މައުލޫމާތު ފޯމު ކެންސަލް ކުރެވޭނެއެވެ. އަދި އެކާވެނި އަލުން ކުރުމަށް ފޯމު ބަލައިގަނެވޭނީ، ކެންސަލް ކުރިދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް ފަހުންނެވެ. ކާވެނީގެ މަޖިލީހަށް ހާޒިރުނުވާކަމަށް ބަލާނީ އެކާވެންޏެއް ކުރަން އޮތް ވަގުތުން ފެށިގެން 15 (ފަނަރަ) މިނެޓު ހިނގާއިރު ހާޒިރުނުވިނަމަވެއެވެ. ކާވެންޏަށް ހާޒިރުވާންޖެހޭ މީހުން ކަމަށް ބެލެވޭނީ ކާވެނި ކުރާ ދެމީޙުންނާއި، ހެކިވެރިންނާއި، ވަލީ ވެރިޔާއެވެ.
(ނ) މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކާވެނީގެ މައުލޫމާތު ފޯމު ކެންސަލް ކުރެވިއްޖެނަމަ ދެން އެކާވެނި ކޮށްދެވޭނީ އަލުން ފީދައްކައި، ރަޖިސްޓްރީ ކޮށްގެންނެވެ. އަދި އެފަދަ ކާވެންޏެއްގެ ފޯމު 7 (ހަތެއް) ދުވަސް ވުމުގެ ކުރިން ބަލައިގަނެވޭނީ ކާވެނި ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީގެ އިތުރުން 500 (ފައްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
7 ވަނަ މާއްދާ - ކާވެނި ރަޖިސްޓަރީ ކުރުމުގެ ފީ އާއި ރަސްމީގަޑީގައި ކޯޓުގައި ކާވެނިކޮށްދޭ ގަޑި
(ހ) ރާއްޖޭގައި ކުރާ ކާވެނި ރަޖިސްޓަރީ ކުރުމުގެ ފީއަކީ 100 (ސަތޭކަ) ރުފިޔާ އެވެ.
(ށ) ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކާވެނި ރަޖިސްޓްރީކުރުމުގެ ފީއަކީ 500 (ފައްސަތޭކަ) ރުފިޔާއެވެ.
(ނ) ކާވެނި ރަޖިސްޓްރީ ކުރުމުގެ ފީގެ އިތުރުން، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނުގައި ވާ ގޮތުގެ މަތިން، ކާވެނީގެ ސެޓޤފިކެޓުގައި ޖެހުމަށް ސްޓޭމްޕް ހުށަހަލަންވާނެއެވެ.
(ރ) ރަސްމީ ގަޑިގައި ކޯޓުގައި ކާވެނި ކޮށްދިނުން އޮންނާނީ މެންދުރުފަހު 1.00 އިން ފެށިގެންނެވެ.
8 ވަނަ މާއްދާ - ނުރަސްމީ ގަޑީގައި ކުރާ ކާވެންޏާއި، ކޯޓުނޫން ތަންތާނގައި ކުރާ ކާވެނީގެ ފީ
(ހ) ނުރަސްމީ ގަޑީގައި ކޯޓުގައި ކާވެނި ކޮށްދެވޭނީ، ބަންދުނޫން ދުވަސްދުވަހުގެ ރޭގަނޑު 8.30 ން 9.30 އަށެވެ. ނުރަސްމީ ގަޑީގައި ކޯޓުގައި ކާވެނި ކޮށްދެވޭނީ، ކާވެނި ރަޖިސްޓްރީކުރުމުގެ ފީގެ އިތުރުން 500 (ފައްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
(ށ) ކޯޓުން ބޭރުގައި ކުރާ ކާވެނިތަކުގެ ތެރެއިން ގޭގައި ކުރާ ކާވެންޏެއްނަމަ އެކާވެނި ކޮށްދެވޭނީ ހަވީރު 4.00 އާއި ރޭގަނޑު 10.30 އާ ދެމެދުގައެވެ. ގޭގައި ކުރާ ކާވެނީގެ ފީއަކީ ކާވެނި ރަޖިސްޓަރީ ކުރުމުގެ ފީގެ އިތުރުން 1000 (އެއްހާސް) ރުފިޔާއެވެ.
(ނ) ރިސޯޓެއްގައި ނުވަތަ މީހުން ނޫޅޭ ރަށެއްގައި ނުވަތަ އުޅަނދެއްފަދަ ތަނެއްގައި ކާވެނި ކުރާނަމަ އެތަންތާނގައި ކާވެނި ކުރުމުގެ ފީއަކީ، ކާވެނި ރަޖިސްޓްރީ ކުރުމުގެ ފީގެ އިތުރުން 5000 (ފަސްހާސް) ރުފިޔާއެވެ. މީގެ އިތުރުން ކަވެނި ކޮށްދިނުމަށްޓަކައި ކޯޓުން ދާބަޔަކު އެތަނަށް ދިއުމާއި އެނބުރި އައުމުގެ ހަރަދާއި، މިނޫންވެސް ކޮންމެހެން ކުރަންޖެހިއްޖެނަމަ އެ ހަރަދެއް، ކާވެނި އިންތިޒާމު ކުރާ ފަރާތުން ކުރަންވާނެއެވެ.
ކޮންމެހެން ކުރަންޖެހިއްޖެ ހަރަދެއް ކަމަށް ބުނެފައި އެވަނީ، ކެއިންބުއިމާއި، އެނބުރި ރަށަށް އެދުވަހަކު ނާދެވޭ ގޮތަށް ދާނަމަ، އެތަނެއްގައި ތިބުމުގެ ހަރަދަށެވެ.
(ރ) ކާވެނި ކޮށްދިނުމަށް ފީނެގުމުގަށްފަހު، ދިމާވާ ސަބަބަކާހުރެ ކާވެނި ކޮށްދިނުން ހުއްޓާލަން ޖެހިއްޖެނަމަ، ހުއްޓާލަން މެދުވެރިވި ސަބަބަކީ ކާވެނި ކުރުމަށް އެދިފައިވާ، އެކާވެންނާ ބެހޭ މީހުން (ކާވެނިވާ ދެމީހުން، ވަލީވެިޔާ، ހެކިވެރިން) ގެ ތެރެއިން މީހެއްގެ އިހުމާލުން މެދުވެރި ސަބަބެއް ކަމުގައިވާނަމަ، ކޯޓަށް ދައްކާފައިވާ ފީ އަނބުރާ ނުދެވޭނެއެވެ. އެފަދަ ސަބަބެއް މެދުވެރިވީ ކޯޓުގެ އިހުމާލުން ކަމުގައިވާނަމަ، ނެގިފީ އަނބުރާ އެފަރާތަށް ލިބިދެވޭނެއެވެ.
9 ވަނަ މާއްދާ - ކާވެންޏަށް ތައްޔާރު ކުރުން
ކާވެނި ކުރުމުގެ ކަންތައް މުޅިން ހަމަޖެހި ނިމުމުގެކުރިން، ވަކި ދުވަހަކަށް ކާވެނި ތައްޔާރުކުރުމުގެ ސަބަބުން ލިބޭ ގެއްލުން ކޯޓަކުން ބަލައެއް ނުގަންނާނެއެވެ.
10 ވަނަ މާއްދާ - ހާކުމުގެ ވަލީއަށް ކާވެނި ކޮށްދިނުން
އާއިލާއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ހާކުމުގެ ވަލީ ދޭންޖެހިއްޖެނަމަ، ހާކިމު ގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަ ދޭނީ އާއިލާއާބެހޭ ކޯޓުންނެވެ.
(ހ) އާއިލާއާބެހޭ ކޯޓަށް ހުށަހެޅޭ ކާވެނިތަކުގެ ތެރެއިން ހަކމުގެ ވަލީއަށް ކާވެނި ކޮށްދޭން ޖެހޭ ކަމަށް ފެންނަ ހާލަތުތަކުގައި ހާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމުގެ ހުއްދަ ދޭނީ އެވަގުތަކު ކޯޓު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ވެރިއެކެވެ.
(ށ) ރަށުކޯޓުތަކަށް ހުށަހެޅޭ ކާވެނިތަކުގެ ތެރެއިން، ހާކިމުގެ ވަލީއަށް، ކާވެނި ކޮށްދޭންޖެހޭ ކަމަށް ފެންނަ ހާލަތުގައި ހާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އެއީ ހާކިމުގެ ވަލީއަށް ކާވެނި ކޮށްދޭންޖެހޭ ހާލަތެއްކަމަށް ފެންނަ ނަމަ އެކާވެންޏެއް ހާކމުގެ ވަލީއަށް ކުރުމުގެ ހުއްދަ ދޭނީ އެވަގުތަކު އާއިލާއާބެހޭ ކޯޓު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްވެރިއެކެވެ.
(ނ) ސައްޔިބު އަންހެންމީހާއަށް ވަލީދިނުމަށް ވަލީވެރިޔާ އިންކާރު ކުރާނަމަ ނުވަތަ ވަލީވެރިޔާ ރާއްޖެއިން ބޭރުގައި އުޅޭނަމަ، ނުވަތަ ވަލީވެރިޔާ ވީތަނެއް ނޭނގޭނަމަ، ކޯޓުން އެކަން ބެލުމަށްފަހު ހާކިމުގެ ވަލީއަށް ކާވެނި ކޮށްދޭނީއެވެ.
(ރ) ދަރިއެއްނޫން ކަމަށްބުނެ އަންހެން ކުއްޖެއްގެ ކާވެންޏަށް ވަލީ ދިނުމަށް އިންކާރުކުރާ ހާލަތުގައި ކޯޓުން އެކަން ބެލުމަށްފަހު އަންހެން ކުއްދާގެ ކާވެނި ހާކިމުގެ ވަލީއަށް މިމާއްދާގައިވާ ގޮތުގެ މަތިން ކޮށްދެވިދާނެއެވެ.
(ބ) މިމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކޯޓުން ހާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމަށްފަހު ކުއްޖާގެ ނަސަބު ނަފީ ކުރުމުގެ މައްސަލަ ނިމޭގޮތަކުން އެކުއްޖާކޮށްފައިވާ ކާވެންޏަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
11 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
ކައިވެނީގެ މައުލޫމަޓު ފޯމުގައި ހާކިމުގެ ވަލީއަށް ކާވެނި ކުރުމުގެ ހުއްދަ ދިންކަން އެނގެން އޮންނަންވާނެއެވެ.
12 ވަނަ މާއްދާ - ވަލީވެރިޔާ ރަށުގައި ނެތުން
އަންހެނަކު ކާވެނި ކުރުމަށް ހުށަހަޅާއިރު ވަލީވެިޔާ ރަށުގައި ނެތްނަމަ، އަމަލުކުރާނީ ތިރީގައި މިވާ ގޮތަށެވެ.
(ހ) ވަލީވެރިޔާ ހުރި ރަސެއްގެ ކޯޓު މެދުވެރިކޮށް ކާވެނީގެ ރުހޭބަސް ލިބުމުން ހާކިމުގެ ވަލީއަށް ކަވެނި ކޮށްދޭނީއެވެ.
(ށ) ވަލީވެިޔާ އެހެން ފަރާތަކާ ވަލީ ހަވާލު ކުރާނަމަ، ވަލީއާ ހަވާލުވާނެ ފަރާތެއް ވަލީވެރިޔާ އައްޔަންކޮށް، ވަލީވެރިޔާ ކޯޓަށް ހާޒިރު ވުމުން ވަލީ ހަވާލު ކުރުމުގެ ކަންތައް ކޯޓުން ހަމަޖައްސައި ދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ވަލީއާ ހަވާލުވި ފަރާތުން ކާވެނި ކުރާކޯޓަށް ހާޒިރުވެ ވަލީއާ ހަވާލުވި ކަމަށް ސޮއިކުރަން ވާނެއެވެ. އަދި ކާވެނި ކޮށްދެވޭނީ އެ ކާވެނީގެ ވަލީއާ ހަވާލުވި ފަރާތުން ކާވެނީގެ މަޖިލީހަށް ހާޒިރުވެ ވަލީ ދިނުމުންނެވެ.
(ރ) ވަލީވެރިޔާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، އެގައުމެއްގައި ހުރި ދިވެހިސަރުކާރު ތަމްސީލުކުރާ އޮފީޙެއް މެދުވެރިކޮށް ރުހޭބަސް ނުވަތަ ވަލީ ފޮނުވިދާނެއެވެ. އެފަދަ އޮފީހެއް ނެތް ގައުމެއްގައި ނަމަ އެގައަުމެއްގެ ކަމާބެހޭ ކޯޓު މެދެވެރިކޮށް ނުވަތަ އެތަނެއްގެ ސަރުކާރު ގަބޫލުކުރާ މުސްލިމް ޖަމާއަތެއް ނުވަތަ އެފަދަ ތަނެއް މެދުވެރިކޮށޤ ފޮނުވިދާނެއެވެ. މިގޮތުން ފޮނުވީ ރުހޭ ބަސްކަމަށް ވާނަމަ އެކާވެނި ކޮށްދޭނީ ހާކިމުގެ ވަލީއަށެވެ. ވަލީ ދިނުމަށް މީހަކު ފޮނުވާނަމަ ނުވަތަ ވަލީ ދިނުން މީހަކާ ހަވާލުކުރާނަމަ ކާވެނި ކޮށްދޭނީ، ވަލީއާ ހަވާލުވި ފަރާތުން ކާވެނީގެ މަޖިލީހަށް ހާޒިރުވެ ވަލީ ދިނުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބުނެފައިވާ ހާލަތްތަކުގައި ކާވެނިކޮށްދޭނީ، ކަމާބެހޭ ރަސްމީ ލިޔުން ކޯޓަށް ލިބުމުންނެވެ.
13 ވަނަ މާއްދާ - ވަލީވެރިޔާ ވީތަނެއް ނޭނގުން
ކާވެނި ކުރުމަށް އެދި ހުށަހަޅާއިރު ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް ބުނާނަމަ، ވަލީވެރިޔާގެ އެންމެގާތް ތިމާގެ މީހުން ކޯޓަށް ހާޒިރުކޮށް އެކަން ސާފުކުރުމުން ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެމީހުން ބުާނަމަ، ހާކިމުގެ ވަލީއަށް ކާވެނިކޮށްދެވިދާނެއެވެ.
14 ވަނަ މާއްދާ - ވަލީވެރިޔާ ދުނިޔޭގައި ނެތުން
(ހ) ކާވެނި ކުރުމަށް އެދި ހުށަޅާއިރު ވަލީވެރިޔާ ދުނިޔޭގައި ނެތްކަމަށް ބުނާނަމަ، ނުވަތަ ނަސަބު ވަލީވެރިއަކު ނެތްނަމަ ކޯޓުން އެކަން ބެލުމުން ވަލީވެރިޔާ ދުނިޔޭގައި ނެތްކަން ސާބިތުވެއްޖެނަމަ، ހީކިމުގެ ވަލީއަށް ކާވެނި ކޮށްދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހާކިމުގެ ވަލީއަށް ކާވެނި ކޮށްދެވޭނީ، އަންހެން ކުއްޖާގެ މަންމަ ނުވަތަ ބަލަދުވެރިޔަކު ދުނިޔޭގައި ހުރިނަމަ އެ ކައިވެންޏާ މެދު މަންމަ ނުވަތަ ބަލަދުވެރިޔާ ބުނާ އެއްޗަކަށް ރިއާޔަތްކުރުމަށް ފަހު މި ގަވާއިދުގެ 10 (ދިހައެއް) ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
15 ވަނަ މާއްދާ - އަޒްލު ކުރުން
(ހ) ވަލީވެރިޔާ ވަލީ ނުދީގެން އަންހެންމީހާ ހުށަހަޅާ މައްސަލަތަކުގައި ވަލީވެރިޔާ ވަލީދިނުމަށް އިންކާރު ކުރަނީ މަގްބޫލު އުޒުރެއް އޮވެގެން ނޫންކަމަށް ށަރީއަތަށް ފެނިއްޖެނަމަ، ހާކިމުގެ ވަލީއަށް ކާވެނި ކޮށްދޭނީއެވެ.
(ށ) ވަލީ ހޯދުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވަނިކޮށް ށަރީއަތުން ވަކިގޮތަކަށް ނުނިމެނީސް، ވަލީވެރިޔާ ފުރައިގެން ރަށުން ބޭރަށް، ނުވަތަ ރާއްޖޭން ވޭރަށް ހިގައެއްޖެނަމަ، ވަލީވެރިޔާ އަޒްލުކުރަނީ ކަމަށް ފެންނަ މައްސަލަ ތަކުގައި ހާކިމުގެ ވަލީއަށް ކާވެނިކޮށްދޭނީއެވެ.
16 ވަނަ މާއްދާ - (ނޯޓް: މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
އަންހެނާ ކާވެންޏަށް ހުށަހެޅުމަށްފަހު، އެކަން ހަމަނުޖައްސައި ށަރުއީ ސަބަބެއްނެތި ވަލީވެރިޔާ ރަށުން ބޭރަށް ހިނގައްޖެނަމަ، ވަލީވެރިޔާ އަޒްލު ކުރަނީކަމަށް ބަލައި ހާކިމުގެ ވަލީއަށް ކާވެނި ކޮށްދެވޭނެއެވެ.
17 ވަނަ މާއްދާ - ވަލީދިނުމަށް ނުކުޅެދުން
ވަލީވެރިޔާ ބައްޔެއްގެ ސަބަބުން ވަލީ ދިނުމަށް ނުކުޅެދިއްޖެކަން ސާބިތުވާ ހާލަތެއް ދިމާވެއްޖެނަމަ، އެކާވެންޏެއް ކޮށްދޭނީ ހާކިމުގެ ވަލީއަށެވެ.
18 ވަނަ މާއްދާ - އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރުން
އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރަން އެދި ހުށަހަޅަންޖެހޭނީ އެކަމަށް އެދޭ ފޯމަކުންނެވެ.
19 ވަނަ މާއްދާ - (މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނި ކުރުމުގެ ހުއްދަ ދެވޭނީ، އެކާވެނި ކުރާ ފިރިހެނާއަކީ ތިރީގައި ބަޔާންވެފައިވާ ށަރުތުތައް ފުރިހަމަވާމީހެއްކަން ކޯޓަށް ސާބިތުވުމުމުންނެވެ. އަދި ހުށަހަޅާފައިވާ ސަބަބުތަކަކީ ށަރުއީ ހަމަތަކުގެ މަތިން ބަލާއިރު މަގުބޫލު ސަބަބުތަކެއް ކަމަށް ވާނަމައެވެ.
(ހ) އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނިކުރަން އެދޭ ފިރިހެނާއަކީ، އެފިރިހެނާ އިނދެގެން އުޅޭ އަނބިމީހާއަށާއި ދަރިންނަށް ކުރަންޖެހޭ ހަރަދު ކުރަމުންދާ މީހަކު ކަމުގައިވުން.
(ށ) ހަރަދު ނުދީގެން މައްސަލައެއް ހުށަހެޅި، ހިނގަމުންދާ މީހަކު ކަމުގައި ނުވުން.
(ނ) އެއްއަންބަށްވުރެ ގިނަ އަންބަށް ކާވެނި ކުރަން އެދޭ ފިރިހެނާއަކީ އޭނާގެ އަނބިދަރިން ދިރިއުޅޭނެ ގޮތާއި ހަރަދުބަރަދު ބެލެހެއްޓޭވަރުގެ މީހަކަށްވުން. (މިކަން ބަލާނީ އޭނާކުރާ މަސައްކަތާއި، ލިބޭ އާމްދަނީއަށާއި އަދި އޭނާގެ ގޯތިގެދޮރު ހުރިނެތްގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ)
(ރ) ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ބ) އެމީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާނަމަ، އެފައިސާ ގަވާއިދުން ދައްކަމުންދާ މީހަކު ކަމުގައިވުން.
20 ވަނަ މާއްދާ - ދިވެހި ބިދޭސި ކާވެންޏާއި ވަރި
ބިދޭސި އަކާއި ދިވެހިރައްޔިތަކާ ކާވެނި ކުރެވޭނީ އާއިލާބެހޭ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
21 ވަނަ މާއްދާ - (މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
އިސްލާމްދީނުގެ ށަރުއީ ހަމަތަކާ ހިލާފަށް ދިވެހި ރައްޔިތަކު ބިދޭސިއަކާ ކާވެނި ކޮށްފިނަމަ، އެކާވެންޏެއްވާނީ ބާތިލު ކާވެންޏަކަށެވެ.
22 ވަނަ މާއްދާ - (މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
ބިދޭސި ފިރިހެނަކު ދިވެހި އަންހެނަކާ ކާވެނި ކުރުމަށްފަހު، ވަރިކުރަންވާނީ އިސްލާމްދީނުގެ ށަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
23 ވަނަ މާއްދާ - (މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
ބިދޭސި ފިރިހެނަކު ދިވެހި އަންހެނަކާއި ކާވެނި ކުރުމަށްފހު ވަރިކޮށްފިނަމަ މި ގަވާއިދުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ އެމާއްދާގައިވާ ގޮތުގެ މަތިން އެމީހަކާމެދު އަމަލުކުރަންވާނެއެވެ.
24 ވަނަ މާއްދާ - (މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
ބިދޭސި ފިރިހެނަކު، އަނބިމީހާއަށް ނުވަތަ ދަރިންނަށް ހަރަދު ނުދީގެން މައްދަލަ ކޯޓަށް ހުށަހެޅިފައި ވަނިކޮށް، އެމީހަކަށް ރާއްޖޭން ބޭރަށް ދެވޭނީ އެމީހަކު ދޭންޖެހޭކަމަށް ކޯޓުން ކަނޑައަޅާ ހަރަދު ކޯޓަށް ދެއްކުމަށް ފަހުގައެވެ. ނުވަތަ އެއިން ކޮންމެ ހަރަދެއްވެސް ގަވާއިދުން އަދާކުރަމުން ގެންދާނޭ، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުން ގަބޫލުކުރާ ދިވެހިރާއްޖޭގެ ވަޒަންވެރިޔަކު އެބިދޭސީ ފިރިހެންމީހާ އައްޔަންކޮށް، މިއައްޔަންކުރާމީހާ ކޯޓަށް ހާޒިރުވެ އެހަރަދު ދޭން އެއްބަސްވާކަމުގެ ސޮއި، ލިޔުމަކުން ދިނުމަށްފަހުގައެވެ.
25 ވަނަ މާއްދާ - (މި މާއްދާއަށް ސުރިހީއެއް ދެވިފައި ނުވޭ)
ދިވެހި ފިރިހެނަކު ބިދޭސީ އަންހެނަކާ ކާވެނިކޮށްފިނަމަ، ށަރުއީ ހަމަތަކުގެ މަތިން އަނބިމީހާބަލައި، އަނބިމީހާއަށް ދޭންޖެހޭ ހުރިހާ ހަރަދެއް ދޭންވާނެއެވެ. އަދި އަނބިމީހާ ވަރިކޮށްފިނަމަ، އެއަންހެންމީހާގެ ގައުމުގެ އޭނާގެ ވަޒަނަށް ދެވޭނޭގޮތް ހަމަޖައްސައިދީ، އެކަމަށް ހިނގާނޭ ހުރިހާ ހަރަދެއް، ފިރިހެންމީހާ ދޭންވާނެއެވެ.
26 ވަނަ މާއްދާ - ދިވެހި އަންހެނުން ކާވެނިކުރާ ބިދޭސީ ފިރިހެނުން އިގްރާރު ވާންޖެހޭ ކަންތައްތައް
87 ވަނަ މާއްދާ - ގައިރު ހާޒިރުގައި އާއިލީ މައްސަލަ ބެލުން
ދަރީންގެ ހަރަދާއި ވަރިޔާއި ދެމަފިރިންގެ ދެމެދު ސުލްހަކުރުމުގެ މައްސަލަތަކާއި ހަޒާނަތުގެ މައްސަލަތަކާއި ވަލީގެ މައްސަލަތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަިތން ހިންގާ ނިންމިދާނެއެވެ.
(ހ) މިމާއްދާގައި ބަޔާންކޮށްފައިވާފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާއިރު މައްސަލަ ރައްދުވާ ފަރާތް މައްސަލަ ހުށަހެޅުނު ރަށުގައި ނޫޅޭނަމަ، އޭނާ އެވަގުތަކުގެ ހުރި ރަށެއްގެ ކޯޓުމެދުވެރިކޮށް ބަޔާންތައް ނަގައިގެން ގެނެސް ގެން.
(ށ) މިމާއްދާގައިވާ ގޮތުގެ މަތިން ގައިރު ހާޒިރުގައި މައްސަލައެއް ނިންމައިފިނަމަ އެ މައްސަލައެއް ނިމުނުގޮތް ދައުވާ ލިބުނުފަރާތް ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށް އަންގަންވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާ އިރު ދައުވާ ލިބޭފަރާތް އުޅޭތަނެއް ނޭނގޭނަމަ ކޯޓުންއެކަން ބެލުމަށްފަހު މައްސަލަ ރައްދުވާ ފަަރާތް ކޯޓަށް ހާޒިރުވުމަށް އަންގާ އިއުލާންކުރުމުން އެއިއުލާނުގައިވާ ތާރީހާއި ގަޑިއަށް އެމީހަކު ހާޒިރުނުވެއްޖެނަމަ، މައްސަލަ ރައްދުވާފަރާތުގެ އައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ރ) ގާނޫނާއި ހިލާފަށް ވަރިކޮށް ނުވަތަ ވަރިއާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލައެއްނަމަ، އެމައްސަލާގެ ދެފަރާތުން ކުރެ ފަރާތެގެ ގައިރު ހާޒިރުގައި މައްސަލަ ނިންމަންވާނީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިއުލާނުކުރުމުގެ އިތުރަށް ދެފަރާތުގެ ގާތްތިމާގެ މީހުންގެ ވާހަކައަށް ރިއާޔަތްކުރުމަށްފަހުގައެވެ.
މައި ގާނޫނު
އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/2000)
ކިޔުންތެރިންގެ ހިޔާލު