-

އާއިލާއާބެހ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (20 ސެޕްޓެމްބަރު 2016)

(ގަވާއިދު ނަންބަރު 2016)

(މި ގަވާއިދުގެ ނަންބަރެއް ދެވިފައިނުވޭ)

އާއިލާއާބެހ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

1 ވަނަ މާއްދާ - ގަވާއިދުގެ 10 ވަނަ މާއްދާއާއި، އެ މާއްދާގެ (ހ)، (ށ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.

10.  އާއިލާއާބެހ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ހާކިމުގެ ވަލީ ދޭންޖެހިއްޖެނަމަ، ހާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުންނެވެ.

(ހ) އާއިލާއާބެހ ކޯޓަށް ހުށަހެޅ ކާވެނިތަކުގެ ތެރެއިން، ހާކިމުގެ ވަލީއަށް ކާވެނިކޮށްދޭން ޖެހޭ ކަމަށް ފެންނަ ހާލަތުގައި ހާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމުގެ ހުއްދަ ދޭނީ ދިވެހިރާއްޖ ގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖ ގެ އުއްތަމަ ފަނޑިޔާރެވެ.

(ށ) ރަށު ކޯޓުތަކަށް ހުށަހެޅ ކާވެނިތަކުގެ ތެރެއިން ހާކިމުގެ ވަލީއަށް، ކާވެނި ކޮށްދޭންޖެހޭ ކަމަށް ފެންނަ ހާލަތުގައި ހާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމުން  އެއީ ހާކިމުގެ ވަލީއަށް ކާވެނިކޮށްދެންޖެހ ހާލަތެއްކަމަށް ފެންނަނަމަ، އެކާވެންޏެއް ހާކިމުގެ ވަލީއަށް ކުރުމުގެ ހުއްދަ ދޭނީ ނީ ދިވެހިރާއްޖ ގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 85 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

85 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީލާދީގޮތުން 18 (އަށާރަ) އަހަރު ނުފުރ ކުއްޖެއްގެ ކާވެނި ކޮށްދިނުމުގެ ކުރިން އާއިލާއާބެހ ކޯޓުން ސުޕްރީމް ކޯޓަށް ލިޔެ، ހުއްދަ ހޯދަންވާ ނެއެވެ. އަދި، މިގޮތަށް ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އެސެސްމަން ޓް ރިޕޯޓަކާ އެކުގައެވެ.

20 ސެޕްޓެމްބަރު 2016

މައި ގަވާއިދު

އާއިލާބެހޭ ގަވާއިދު (2 ފެބްރުއަރީ 2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު