-

އާއިލާއާބެހ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2016)

(މި ގަވާއިދުގެ ނަންބަރެއް ދެވިފައިނުވޭ)

 

އާއިލާއާބެހ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

1 ވަނަ މާއްދާ - 1 ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަދި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12 (ހ) ވަލީވެރިޔާ ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށް ކާވެނީގެ ރުހޭބަސް ލިބުމުން، އެ ކާވެންޏެއް ކޮށްދިނުމުގެ ހުއްދަ ދޭނީ އެ ކާވެންޏެއް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓުންނެވެ.

(ރ) ވަލީވެރިޔާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، އެ ޤައުމެއްގައި ހުރި ދިވެހި ސަރުކާރު ތަމްސީލުކުރާ އޮފީހެއް މެދުވެރިކޮށް ރުހ ބަސް ނުވަތަ ވަލީ ފޮނުވިދާނެއެވެ. އެފަދަ އޮފީހެއް ނެތް ޤައުމެއްގައި ނަމަ އެ ޤައުމެއްގެ ކަމާބެހ ކޯޓު މެދުވެރިކޮށް ނުވަތަ އެ ތަނެއްގެ ސަރުކާރު ޤަބޫލުކުރާ މުސްލިމް ޖަމާޢަތެއް ނުވަތަ އެފަދަ ތަނެއް މެދުވެރިކޮށް ފޮނުވިދާނެއެވެ. މިގޮތުން ފޮނުވީ ރުހޭ ބަސްކަމަށްވާނަމަ އެ ކާވެނި ކޮށްދޭނީ، އެ ކާވެންޏެއް ކޮށްދިނުމަށް އެދި ހުށަހެޅި ކޯޓުންނެވެ. ވަލީ ދިނުމަށް މީހަކު ފޮނުވާނަމަ ނުވަތަ ވަލީ ދިނުން މީހަކާ ހަވާލުކުރާނަމަ ކާވެނި ކޮށްދޭނީ، ވަލީއާ ހަވާލުވި ފަރާތުން ކާވެނީގެ މަޖިލީހަށް ޙާސިރުވެ ވަލީ ދިނުމުންނެވެ. 

 

2 ގާވާޢިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ވަލީވެރިޔާ ބައްޔެއްގެ ސަބަބުން ވަލީ ދިނުމަށް ނުކުޅެދިއްޖެކަން ސާބިތުވާ ޙާލަތެއް ދިމާވެއްޖެ ނަމަ، އެ ކާވެންޏެއް ގެ ވަލީ ނަގުލުވާނީ މި ގަވާޢިދުގެ 80 ވަނަ މާއްދާގައިވާ ތަރުތީބުގެ މަތިން ދެންޖެހިގެން ހުރި ވަލީވެރިއަށެވެ.

 

16 އޮކްޓޫބަރު 2016

މައި ގަވާއިދު

އާއިލާބެހޭ ގަވާއިދު (2 ފެބްރުއަރީ 2006) (ގަވާއިދު ނަންބަރު 2006/2)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު