-

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-58) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-109)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން

މި ގަވާއިދު ތަންފީޒުކުރުން 5.

(ހ) މި ގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީގެ ފަރާތުން އޭޖެންސީންނާއި އޮތޯރިޓީންނެވެ.

(ށ) ސިޓީ ނުވަތަ ރަށު ފެންވަރުގައި މި ގަވާއިދު ތަންފީޒު ކުރުމަށްޓަކައި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލާ ޒިންމާ ހަވާލުކުރުމުގެ އިހުތިޔާރު އޭޖެންސީއަށާއި އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ސިޓީ ކައުންސިލު ނުވަތަ ކައުންސިލުތަކާ ޒިންމާ ހަވާލުކުރަންވާނީ ކައުންސިލުތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ދެ މާއްދާ އިތުރުކުރުން.

ކުނި އުފައްދާ ފަރާތްތަކުގެ ޒިންމާ 1-6

ކުނި އުފައްދާ ފަރާތުން އުފައްދާ ކުނި މެނޭޖުކުރުމަށް ދާ ހަރަދަށް އެ ފަރާތްތަކުން ޒިންމާވާންވާނެއެވެ.

ކުނި ބައިބަޔަށް ވަކިކުރުން 2-6

ކުުނި އުފައްދާ ފަރާތްތަކުން އުފައްދާ ކުނި ހުންނަންވާނީ އެންމެ މަދުވެގެން އަންނަނިވިގޮތަށް ބައިބަޔަށް ވަކިކޮށް ބަހައިލާފައެވެ. އަދި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން އިތުރު ބައިބަޔަށް ކުނި ވަކި ކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ހ) މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ އަންނަނިވި ބައިތަކަށް ވަކި ކޮށްފައެވެ.

  1. ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
  2. ޕްލާސްޓިކް ފުޅި
  3. މައުދަނާއި ބިއްލޫރީގެ ބާވަތްތައް
  4. މި މާއްދާގެ (1) ،(2) އަދި (3) ގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި

(ށ) މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ އަންނަނިވި ބައިތަކަށް ވަކި ކޮށްފައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގައި ނުހިމެނޭ ބޮޑެތި (ބަލްކީ) ކުނި (ފަރުނީޗަރު، ގޭތެރޭގައި ހިފައިގެންގުޅޭ ސާމާނު، ފުރިޖް، ޓީވީ، ދޮންނަމެށިން، މިނޫންވެސް މިފަދަ ކުނި) އެހެން އެއްވެސް ކުންޏަކާ އެކުވެގެންނުވާނެއެވެ. އަދި މިފަދަ ކުނި އުކާލަންވާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅައިފައިވާ ދުވަސްތަކުގައި އެ ކައުންސިލަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

(ރ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައި ކަނޑައަޅައިފައިވާ ގޮތަށް ކުނި ބައިބަޔަށް ބަހައިފައިނުވާނަމަ، އެ ކުނި ބަލައިނުގަތުމުގެ އިހްތިޔާރު ކުނި މެނޭޖުކުމުގެ ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން

 ކުނި މެނޭޖުކުރުމުގެ ޕްލޭން 7.

(ހ) މި ގަވާއިދުގެ ދަށުން ކުނި މެނޭޖުކުރުމުގެ ޕްލޭންތައް މި ގަވާއިދުގެ ޖަދުވަލު (ގ) ގައި ބަޔާންކޮށްފައިވާ ނަމޫނާ އާ އެއްގޮތްވާގޮތުގެ މަތިން އޭޖެންސީގެ ތަންފީޒީ އިދާރާގެ އެހީތެރިކަމާއެކު ތައްޔާރުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އުނިކޮށް ދެން ހުރި އަކުރުތައް ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި 15 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގައި، "ތަންފީޒީ އިދާރާ" މިހެން ހުރި ތަންތަން "އޭޖެންސީ" މިގޮތަށް ބަދަލުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އުނިކުރުން.

 

7 ވަނަ މާއްދާ - 7 .ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާއިން 26 ވަނަ މާއްދާއަށް، އަދި 29 ވަނަ މާއްދާއިން 33 ވަނަ މާއްދާއަށް، އަދި 35 ވަނަ މާއްދާގައި "ތަންފީޒީ އިދާރާ" މިހެން ހުރި ތަންތަން "އޮތޯރިޓީ" މިގޮތަށް ބަދަލުކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން

އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް 26

(ހ)

  1. އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެކި ތަންތަނުން ކުނި ނަގައިގެން ގެންދަންވާނީ މި ގަވާއިދުގެ 1-6 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ބައިބަޔަށް ކުނި ވަކިކޮށްފައި ހުންނަ ގޮތަށް އެއްބައި އަނެއްބަޔާ އެއްނުވާނެހެން ވަކިންނެވެ.
  2. މި ގަވާއިދުގެ 2-6 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކުނި ނަގައިގެން އެ ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމުގައި އަމަލުކުރަންވާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށެވެ.
  3. ރާއްޖޭގެ ސިނާއީ މަސައްކަތް (ޓޫރިސްޓް ރިޒޯޓުތައް ހިމެނޭގޮތަށް) ކުރާ ރަށްރަށުގައި އުފައްދާ ކުނި އެ ރަށަކުން ބޭރުކޮށް އެ ރަށާ އެންމެ ކައިރީގައި ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒަކަށް ގެންދަންވާނީ، މި ގަވާއިދުގެ 2-6 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބުނެފައިވާ ގޮތަށް ބައިބަޔަށް ވަކިކޮށްގެންނެވެ.
  4. ކުނި އެޅުމަށް ނުވަތަ ކުނި ޖަމާކުރުމަށް ކަނޑައަޅައިފައިވާ ތަންތަނަށް ކުނި ގެންދިއުމުގެ ކުރިން އެ ކުންޏަކީ އެ ތަނަކަށް އެޅުމަށް ހުއްދަ ލިބިފައިވާ ކުނީގެ ބާވަތެއްތޯ ބަލައި ޔަގީންކުރުން.
  5. އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކުން އުފުލާ ކުނީގެ ރިކޯޑު، އޮތޯރިޓީން ގަބޫލުކުރާ ފެންވަރަށް ބަލަހައްޓަންވާނެއެވެ. މިގޮތުން މި ރިކޯޑުތައް ބެލެހެއްޓުމަށް ބޭނުންކުރާ ފޯމު، މިގަވާއިދުގެ ޖަދުވަލު (ބ) ގައިވާނެއެވެ. މި މައުލޫމާތަކީ އޭޖެންސީން ބޭނުންވެއްޖެ ހިނދެއްގައި ފޯރުވައިދޭންޖެހޭނެ މައުލޫމާތެކެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގެ 1 ގެ (ށ)، (ނ) އަދި (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން

ފިޔަވަޅު އެޅުން 34.

(ށ) (1)

(ށ) މި ގަވާއިދުގެ ދަށުން ހާއްސަ ކުނީގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް ބާވަތެއްގެ ކުނި، އޭ ޖެންސީގެ ހުއްދައަކާ ނުލައި ރާއްޖެއިން ބޭރުކުރުމާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންދިޔުމާއި ޓްރީޓްކުރުމުގެ މަސައްކަތްކުރުން.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭޖެންސީން ހުއްދަ ދީފައިވާ ތަނަކަށް މެނުވީ ކުނި އެޅުމާއި ކުނި އުކުން.

(ފ) ކުނި މެނޭޖުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަށް މިގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތަކުން މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތެއް ހުށަނޭޅުން ނުވަތަ ސައްހަ ނޫން މައުލޫމާތެއް ހުށަހެ ޅުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާއަށް "އޮތޯރިޓީ" މި ލަފުޒުގެ މާނަ އަންނަނިވިގޮތަށް އިތުރުކުރުން.

އޮތޯރިޓީ: އޮތޯރިޓީ ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާއަށް "އޭޖެންސީ" މި ލަފުޒުގެ މާނަ އަންނަނިވިގޮތަށް އިތުރުކުރުން އޭޖެންސީ: އޭޖެންސީ ކަމަށް ބުނެފައި އެވަނީ، "އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ" އަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާއަށް "ކުނި އުފުލުމުގެ ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތް" ގެ މާނަ އަންނަނިވި ގޮތަށް އިތުރުކުރުން

ކުނި އުފުލުމުގެ ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތް: ކުނި އުފުލުމުގެ ހިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތް ކަމުގައި ބުނެފައި އެވަނީ، ކުނި އުފުލުމަށް އޮތޯރިޓީން ލައިސަންސް ދީފައިވާ ފަރާތަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާއަށް "ސަރަހައްދީ މަރުކަޒު" ގެ މާނަ އަންނިވި ގޮތަށް އިތުރުކުރުން ސަރަހައްދީ މަރުކަޒު: ސަރަ ހައްދީ މަރުކަޒު ކަމުގައި ބުނެފައި އެވަނީ، އެކި ރަށްރަށުން ބޭރުކުރާ ކުނި ނަގައިގެން، ކުނި މެނޭޖުކުރަމަށް ގެންދިޔުމަށް އެކި ސަރަ ހައްދުތަކުގައި ގާއިމުކުރާ މަރުކަޒުތަކަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގައި ހިމެނޭ "ތަންފީޒީ އިދާރާ" މި ލަފުޒު އުނިކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު "ލ" އަށް 15 ،16 އަދި 17 ވަނަ ނަންބަރު އިތުރުކުރުން. 

    

   ކުށުގެ ބާވަތް ކުށްކުރާ ފުރަތަމަ ފަހަރު  ކުށްކުރާ ދެވަނަ ފަހަރު ކުށްކުރާ ތިންވަނަ
ފަހަރާއި 3 ވަނަ
ފަހަރަށްވުރެ ގިނަ
ފަހަރަށް
ތަކުރާރުކުރާނަމަ
15 މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ގޭބިސީތަކުން ކުނި
އުފައްދާ ފަރާތުން ކުނި ވަކި ނުކުރުން
300 500 500
16 މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް،
ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތަކުން، ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކުރުން
500 700 1000
17 މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، ސިނާއީ ރަށްތަކުގައާއި ޓޫރިސްޓު ރިޒޯޓުތަކުގައި ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކުރުން 1000 1500 2000

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު (ގ) ގެ 5 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހު ކުރުން 

5. ކުނި މެނޭޖްކުރުން

މި ބައިގައި މި ޕްލޭންގެ ދަށުން ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކާއި އެ ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ. މީގެ އިތުރުން ތިރީގައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

(ހ) މި ޕްލޭންގެ މުއްދަތުގައި ދާއިރާގައި/ ރަށުގައި އުފެދޭނެ ކުނި އިތުރުވާނެ މިންވަރުގެ އަންދާޒާ.

(ށ) ކުނި މެނޭޖުކުރުމުގެ ގޮތްތަކާއި، އުސޫލުތަކާއި، އެ ދާއިރާއެއްގައި/ ރަށެއްގައި އަމިއްލައަށް މެނޭޖްކުރެވޭނެ ކުނީގެ މިންވަރާއި، ބާވަތްތައް.

(ނ) ކުނި މެނޭޖްކުރާ ފަރާތަކަށް (ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކަށް) ހަވާލުކޮށްގެން މެނޭޖްކުރެވޭނެ ކުނީގެ (އޮން ސައިޓް/ އޮފް ސައިޓް މެނޭޖްމަންޓް) މިންވަރާއި ބާވަތްތައް.

(ރ) ކުނި އުފައްދާ ފަރާތުން ކުނި ބައިބައި ކުރާނެ ގޮތުގެ ތަފުސީލާއި ކުނި ބައިބައި ކުރުމުގެ އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް.

(ބ) ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުން ނުވަތަ ރަށު ނުވަތަ ސިޓީ ކައުންސިލުން ބައިކޮށްފައިވާ ކުނި ބަލައިގަންނާނެ ގޮތުގެ އުސޫލު

(ޅ) ކުނި މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް.

(ކ) ކުނި ރީސައިކަލް ނުވަތަ ރީޔޫސް ކުރަން ހަމަޖެހިފައިވާނަމަ އެ އިންތިޒާމުތައް އަދި މިންވަރު.

(އ) ކުނި އެއްކޮށް ޖަމާކުރެވޭނެ ގޮތްތަކާއި އިންތިޒާމުތައް.

(ވ) ކުނި މެނޭޖްކުރާ ސަރަހައްދަށް ކުނި އުފުލާނެ ގޮތްތައް.

(މ) ކުނި މެނޭޖްކުރުމަށް ކަނޑައަޅާ ވަސީލަތްތައް.

(ފ) ދާއިރާގައި/ ރަށުގައި ކުނި މެނޭޖްކުރުމުގެ ކަންތައް ބަލަހައްޓަން ކަނޑައަޅައިފައިވާ ފަރާތަކީ ކޮބައިކަމާއި، އެ ފަރާތުގެ މަސްއޫލިއްޔަތުތައް.

 

17 ވަނަ މާއްދާ - މި ގަވާއިދުގެ 2-6 ވަނަ މާއްދާގެ (ހ) އާއި (ށ) ފިޔަވައި އެހެން މާއްދާތަކަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ - މި ގަވާއިދުގެ 2-6 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

 

19 ވަނަ މާއްދާ - މި ގަވާއިދުގެ 2-6 ވަނަ މާއްދާގެ (ށ) އަށް އަމަލުކުރަން ފަށާނީ 1 ޖޫން 2022 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-58)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު