-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2020) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 80/2021)

 

ގަވާއިދު ނަންބަރު 5/2020 (ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

5.ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް އިދާރީގޮތުން ހިނގަމުންދާގޮތް ކޮމިށަނުން މޮނިޓަރކުރުން 

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު އެކުލަވައިލުމަކީ ކޮމިށަނުގެ ޒިންމާއެއް ކަމަށް ވުމާއެކު، މި ގަވާއިދާ އެއްގޮތަށް ޔުނިޓުގެ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރ ކުރުމަށްޓަކައި، އަންނަނިވި މައުލޫމާތުތައް ޔުނިޓުން ކޮމިށަނަށް ހިއްސާކުރަންވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން 

  1. ގާނޫނީ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކުރުމަށްފަހު، ސަރުކާރުގެ ނުވަތަ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާގައި ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވުން، ނުވަތަ
  2. ގާނޫނީ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް، ސަރުކާރުގެ ނުވަތަ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާގައި ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވުން.
  3. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  4. ސިޔާސީ އެއްވެސް ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
  5. ޑިސިޕްލިނަރީ ނުވަތަ އިދާރީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހަކަށް ނުވުން.
  6. ށަރުއީ ކޯޓެއްގައި ދަރަންޏެއް ސާބިތުވެ އެ ދަރަނި ހަލާސްކޮށްފައިނުވާ މީހަކަށް ނުވުން.
  7. އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން
  8. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރާ ފަރާތަކަށް ނުވުން
  9. އަމިއްލަ ޖަމުއިއްޔާ އަދި ޖަމާއަތެއްގެ ބައިވެރިއެއް ކަމުގައި ނުވުން

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

 

7(ށ). ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަގާމަކީ ޑިރެކްޓަރ ޖެނެރަލްގެ ފެންވަރުގެ މަގާމެކެވެ. މި މަގާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ހިއުމަން ރައިޓްސް ކޮމިށަނުންނެވެ.  

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

7.(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަގާމުގެ މުއްދަތަކީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތެވެ. އަދި އެންމެ ގިނެވެގެން އަދާކުރެވޭނީ ވިދިވިދިގެން 2 (ދޭއް) ދައުރެވެ.

 

5 ވަނަ މާއްދާ - ބުނެވެދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން

 

7(ޅ). ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ސުވާލުތަކަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ ޖަވާބުދާރީ ވާން ޖެހޭނެއެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ އާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބަލާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ ރައީސް ނުވަތަ ހިންގުމާ ހަވާލުވެހުންނަ މެންބަރަކު އެކުލަވައިލާ ކޮމިޓީއަކުންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. އަދި މި މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރު އުނިކޮށް އަންނަނިވި ގޮތަށް ނަންބަރުތައް ތަރުތީބު ކުރުން.

 

8(ނ). ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ތެރޭގައި އަންނަނިވި ދާއިރާތަކުގެ މުވައްޒަފުން ނެގުމުގައި އިސްކަން ދޭންވާނެއެވެ.

  1. ގާނޫނީ ދާއިރާ؛ 
  2. އިންޓަރނޭށަނަލް ލޯގެ ދާއިރާ؛
  3. ސިއްހީ ދާއިރާ؛
  4. ތިމާވެށި ރައްކައުތެރިކުރުމުގެ ދާއިރާ؛
  5. އެކައުންޓިންގއާއި އޮޑިޓިންގގެ ދާއިރާތައް؛
  6. އިންވެސްޓިގޭށަން ދާއިރާ؛

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގައި، އަންނަނިވި މަގާމުތައް އުފައްދައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިރާތައް ހިމެނޭގޮތަށް އެ މަގާމުތަކުގެ ށަރުޠުތައް ކަނޑައަޅައި، މުސާރައާއި އިނާޔަތްތައް ހަމަޖައްސައި، އެ މަގާމުތަކަށް މީހުން ހަމަޖެއްސުމަކީ ހިއުމަން ރައިޓްސް ކޮމިށަނުގެ ޒިންމާއެކެވެ. އަދި ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ މަގާމުތަކާއި އިދާރީ މަގާމުތައް އުފައްދައި، އެ މަގާމުތަކުގެ ށަރުޠުތަކާއި މުސާރައާއި އިނާޔަތްތައް، ހިއުމަން ރައިޓްސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.  

  1. ސީނިއަރ ލީގަލް އޮފިސަރުން؛ 
  2. ލީގަލް އޮފިސަރުން؛
  3. ސީނިއަރ އިންވެސްޓިގޭށަން އޮފިސަރުން؛
  4. އިންވެސްޓިގޭށަން އޮފިސަރުން؛
  5. ކޭސް ވޯކަރުން ނުވަތަ ޕެރަލީގަލް މުވައްޒަފުން؛
  6. އެޑްމިން ސަޕޯޓް މުވައްޒަފުން.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި އިސްލާހުތައް ކޮމިށަނުން ފާސްކޮށް، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު