-

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 95/2020) 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 33/2021)

 

1 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އަދި (ރ) އިތުރުކުރުން.

 
30.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރާ، ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަށްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ %100 ހިއްސާވާ ކުންފުނިތަކުން، އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށުގެ ކުއްޔާ ގުޅޭގޮތުން އަންނަނިވި ގޮތުގެމަތިން ޢަމަލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. އެއްބަސްވުމުގެ މުއްދަތަށް ކުލި ނުނެގުން.
  2. މިނިސްޓަރު ކަނޑައަޅާ މުއްދަތަކަށް ރަށުގެ ކުލީގެ މުއްދަތަށް ގްރޭސް ޕީރިއަޑެއް ކަނޑައެޅުން.
  3. އެއްބަސްވުމުގެ ކުލީގެ މިންވަރު މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ދަށްކޮށް ނެގުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓަރު ވަކި ގޮތަކަށް ނިންމަންވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.

(ބ) މި ގަވާއިދަށް ޢަމަލުކުރަން ފަށާ ދުވަހުގެ ކުރިން ވެފައިވާ އެއްބަސްވުންތައް މި މާއްދާގެ  (ނ) އިން އިސްތިސްނާވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 95/2020)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަޅުރަށްރަށާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-95)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު