-

ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 27/2021)

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމު ކޮށްފައިވާ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބޭނުމަށް ޕެންށަނަށް ބަލާ މުސާރަ (ޕެންށަނަބަލް ވޭޖް) ކަނޑައަޅައި، ޕެންށަނަށް ބަލާ މުސާރައާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ގަވާއިދު" އެވެ.
 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދު އެކުލަވައިލުމުގެ މަގުސަދަކީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުމާއި، ޕެންށަނަށް ބަލާ މުސާރައާބެހޭ ތަފުސީލީ އުސޫލުތައް ބަޔާންކުރުމާއި، އެ އުސޫލުތައް ހިންގައި ތަންފީޒުު ކުރުމެވެ.


3 ވަނަ މާއްދާ -  ގަވާއިދު އެކުލަވައިލުމުގެ ބާރު

މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އަށް ރިއާާޔަތްކޮށް، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އިން ޕެންށަން އޮފީހަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

 

4 ވަނަ މާއްދާ - އިހްްތިސާާސާް

މި ގަވާއިދުގެ ބާރު ހިނގާނީ، ވަޒީފާދޭ ފަރާތްތަކުގެ މައްޗަށާއި، މުވައްޒަފުންގެ މައްޗަށާއި، ޖުމުލަކޮށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ އެންމެހައި ބައިވެރިންގެ މައްޗަށެވެ. 

 

5 ވަނަ މާއްދާ - އެހެނިހެން ގަވާއިދުތަކުގެ ބާރު ހިނގުން

މި ގަވާއިދުގެ މާއްދާތަކާ ތައާރުޒު ނުވާހައި ހިނދަކު، މި ގަވާއިދު ކިޔަންވާނީ އަދި މާނަކުރަންވާނީ، ގަވާއިދު ނަންބަރު 20/2014 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ގަވާއިދު) ގެ މާއްދާތަކާ އެކުއެކީގައެވެ.

 

6 ވަނަ މާއްދާ - ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުން

ޕެންށަން އޮފީހުގެ ބޯޑުން ޕެންށަނަށް ބަލާ މުސާރަކަމަށް ކަނޑައަޅައިފައިވަނީ، ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަ ކަމަށް ބަޔާންކޮށްފައިވާ އަދަދެވެ. މިގޮތުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ މަދުވެގެން %7 (ހަތެއް އިންސައްތަ) އެ މުވައްޒަފެއްގެ ފަރާތުން، އަދި އަސާސީ މުސާރައިގެ މަދުވެގެން %7 (ހަތެއް އިންސައްތަ) އެ މުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން، ސްކީމަށް، ކޮންމެ މީލާދީ މަހަކު ދައްކާން ޖެހޭނެއެވެ.

 
7 ވަނަ މާއްދާ - ޕެންށަނަށް ބަލާ މުސާރައިން އުނިކުރެވޭނެ ހާލަތްތައް

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އަސާސީ މުސާރައިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކަންޖެހޭ %7 (ހަތެއް އިންސައްތަ) ކަނޑައަޅާނީ، އެ ހާލަތެއް މެދުވެރިވުމުން އަސާސީ މުސާރައިން ކަނޑަންޖެހޭ އަދަދެއް އުނިކުރުމަށްފަހު، އެ މަހަކު އެ މުވައްޒަފަކަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އަދަދަށް ބިނާކޮށެވެ. 

  1. ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ގަޑީ ލާރީގެ ގޮތުގައި އަސާސީ މުސާރައިން އުނިކުރާ އަދަދު؛
  2. ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ވަޒީފާއަށް ނުނުކުންނަ ދުވަހަށް އަސާސީ މުސާރައިން އުނިކުރާ އަދަދު؛
  3. ވަޒީފާ ފެށުނު ތާރީހަަށް ނުވަތަ ނިމުނު ތާރީހަަށް ބިނާކޮށް އެ މަހެއްގައި މުސާރަ ދޭން ނުޖެހޭ ދުވަސްތަކަށް އަސާސީ މުސާރައިން އުނިކުރާ އަދަދު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ހާލަތު ފިޔަވައި އެހެން ހާލަތެއްގައި، ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް، އަސާސީ މުސާރައިން ބައެއް އުނިކުރި ނަމަވެސް، އެ މިންވަރު އުނިކުރާނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދައްކާންޖެހޭ ފައިސާ ކެނޑުމަށް ފަހުގައެވެ.

 

8 ވަނަ މާއްދާ -  ވަޒީފާގެ އެއްބަސްވުމުގައި ޕެންށަނަށް ބަލާ މުސާރަ ބަޔާންކުރުމުގެ ޒިންމާ

(ހ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕެންށަން ކޮންޓްރިބިއުށަންގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑާނެ ގޮތް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާން ޖެހޭތީ، ކޮންމެ މީލާދީ މަހަކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ޕެންށަން ކޮންޓްރިބިއުށަން ޖަމާކުރުމަށް ޓަކައި އަސާސީ މުސާރައިން ކަނޑާނެ ގޮތް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ޕެންށަން ކޮންޓްރިބިއުށަންގެ ގޮތުގައި ދައްކާންޖެހޭ ފައިސާ ކަނޑާނެ ގޮތާއި، ޖަމާކުރާނެ ގޮތް، ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރުމަށް، ވަޒީފާ ދޭ ފަރާތަށް އެންގުމުގެ ބާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

9 ޕެންށަނަށް ބަލާ މުސާރަ ބަޔާންކޮށްފައި ނުވާނަމަ އަމަލުކުރާނެ ގޮތް

(ހ) ވަޒީފާގެ އެއްބަސްވުމުގައި ޕެންށަނަށް ބަލާ މުސާރަ ބަޔާންކުރުމެއް ނެތި، ނުވަތަ ޕެންށަން ކޮންޓްރިބިއުށަން ދެއްކުމަށް ކެނޑޭނީ އަސާސީ މުސާރައިންކަމަށް ބަޔާންކުރުމެއް ނެތި، ހަމައެކަނި މުސާރައިގެ ގޮތުގައި ލިބޭ އަދަދެއް ބުނެފައިވާނަމަ، ނުވަތަ އަސާސީ މުސާރަ ނޫން އެހެން ނަމެއް ބޭނުންކޮށްފައިވާނަމަ، މި ހާލަތުގައި ޕެންށަނަށް ބަލާ މުސާރަ ކަމުގައި ބަލާނީ، ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުސާރަ އަދި/ނުވަތަ އާިނާޔަތުގެ ގޮތުގައި މީލާދީ ކޮންމެ މަހަކު ލިބޭ ޖުމުލަ އަދަދަށެވެ.

(ށ) ދުވަހު މުސާރައަށް، ނުވަތަ ހަފުތާ މުސާރައަށް، ނުވަތަ މަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ މުސާރައިން ޕެންށަން ކޮންޓްރިބިއުށަން ދެއްކުމަށް ކެނޑޭނީ އަސާސީ މުސާރައިން ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ ވަޒީފާގެ އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާނަމަ، އެފަދަ މުވައްޒަފުންގެ ޕެންށަނަށް ބަލާ މުސާރަ ކަމުގައި ބަލާނީ، ދުވަހު މުސާރައަށް، ނުވަތަ ހަފުތާ މުސާރައަށް، ނުވަތަ މަހު މުސާރަ އަދި/ނުވަތަ އާިނާޔަތް މަހަކަށް ހިސާބުކުރުމުން ޖެހޭ ޖުމުލަ އަދަދަށް، ނުވަތަ މިނޫންވެސް އުސޫލަކުން ދެވޭ މުސާރަ އަދި/ނުވަތަ އާިނާޔަތް މަހަކަށް ހިސާބުކުރުމުން ޖެހޭ ޖުމުލަ އަދަދަށެވެ.

 

10 ވަނަ މާއްދާ - ޕެންށަނަށް ބަލާ މުސާރަ މުރާޖައާާ ކުރުން

ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 33 ވަނަ މާއްދާގައި ޕެންށަނަށް ބަލާ މުސާރައަކީ، ޕެންށަން އޮފީހުގެ ބޯޑުން ހަދާ ގަވާއިދުތަކުގައި ޕެންށަނަށް ބަލާ މުސާރަކަމުގައި ކަނޑައަޅާ މުސާރަތަކާ އާިނާޔަތްތައް ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، ޕެންށަނަށް ބަލާ މުސާރަ މުރާޖައާާ ކުރުމަށް ޕެންށަން އޮފީހުގެ ބޯޑުން ނިންމައިފިނަމަ، ޕެންށަނަށް ބަލާ މުސާރަ މާނަކުރުން ބަދަލުކުރި ގޮތާއި، ގެނެވުނު ބަދަލާ އެއްގޮތަށް އަމަލުކުރަން ފަށަންޖެހޭ ތާރީހު ބަޔާންކޮށް މި ގަވާއިދަށް ގެނެވޭ އިސާްލާހު ޕެންށަން އޮފީހުން އާންމުކޮށް ށާއިއު ކުރާންވާނެއެވެ.

 

11 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގެ ލަފުޒުތަކާއި އާިބާރާތްތައް ބޭނުންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 20/2014 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ގަވާއިދު) ގައި، އެ ލަފުޒުތަކާއި އާިބާރާތްތަކަށް ދީފައިވާ މާނައިގައެވެ.

 

12 ވަނަ މާއްދާ -  ގަވާއިދު އިސާްލާހުކުރުން

މި ގަވާއިދަށް އިސާްލާހެެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި، އެ އިސާްލާހެެއް ގެނައުމުގެ ބާރު ލިބިގެންވަނީ ޕެންށަން އޮފީހަށެވެ.


13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 8/2009)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު