-

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 11/2021)

 

ގަވާއިދު ނަންބަރު 51/2013 (އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކުރިން އިނާޔަތަކާއެކު ވަކިކޮށްފައިވާ ފަނޑިޔާރުންގެ މުއްދަތު ބަލާނެ ގޮތް 4.

ގާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން، ނުވަތަ އަލަށް ތަސްދީގުކުރާ ގާނޫނަކުން، ނުވަތަ އެހެން ސަބަބަކާހުރެ ވެސް، ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިކުރިއިރު ދައުލަތަށް ހިދުމަތްކޮށްފައިވާ މުއްދަތަށް، ނުވަތަ ފަނޑިޔާރުކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި، އެއްފަހަރާ ދެވޭ އިނާޔަތެއް ދައުލަތުން ދީފައިވާ ފަނޑިޔާރުން، ދެވަނަ ފަހަރަށް ފަނޑިޔާރުކަމަށް އައްޔަނު ކޮށްފައި ވަނިކޮށް މަގާމުން މުސްކުޅިކުރާ ހާލަތުގައި، އެފަދަ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އެއްފަހަރާ ދޭ އިނާޔަތާއި މަހުންމަހަށް ދޭ އިނާޔަތް ދިނުމުގައި މުއްދަތު ބަލާނީ ތިރީގައިވާ ގޮތަށެވެ.

(ހ) އެއްފަހަރާ ދޭ އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ބަލާނީ، އެ ފަނޑިޔާރަކު ފަހުން އައްޔަނު ކުރުމަށްފަހު މަގާމުން މުސްކުޅިކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތަށެވެ.

(ށ) މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަނުކުރި މުއްދަތު ގުޅުވައި، މަގާމުން މުސްކުޅިކުރުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްފަހަރާ ދެވޭ އިނާޔަތް 4.

މި ގަވާއިދުގެ 1 ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތީން ށަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންގެ ތެރެއިން މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ހިސާބުކުރާނީ ތިރީގައިވާ ގޮތަށެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާއާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

4 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 51/2013)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-51)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު