-

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 106/2020)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ

(ށ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހްގީގުކުރަމުންގެންދާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމަލުކުރާނެ ގޮތުގެ އެންމެހައި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔު މާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހްގީގުކުރަމުންގެންދާ މައްސަލަތަކާ ގުޅިގެން ތަހްލީލުކުރުމުގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކުގައި، މާއްދީހެކި ވައިގެ މަގުން ފޮނުވުމުގައި އަމަލުކުރާނެ ގޮތްތަކާއި، ފުލުހުން ތަހްގީގުކުރަމުންގެންދާ އެކިއެކި މައްސަލަތަކުގައި ހިމެނޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުމެވެ. އަދި މި ގަވާއިދުގެ ދަށުން ފޮނުވޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި އެއް މިންގަނޑެއްގައި އަމަލުކުރުމަށް ބާރުއެޅުމާއެކު އެކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއި ދު ހިންގުން

(ހ) މި ގަވާއިދު ތަންފީޒުކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރުމުގައި އެއަރލައިން އޮޕަރޭޓްކުރާ ފަރާތް މެދުވެރިކޮށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުމަށްޓަކައި އަދި އެއަރޕޯރޓް އޮޕަރޭޓްކުރާ ފަރާތާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި އެފަރާތްތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ދެމެދު މެމޮރިންޑަމް އޮފް އަންޑަރސްޓޭންޑިންގ (ފަހުމުނާމާ) ނުވަތަ އެއްބަސްވުމެއް މި ގަވާއިދާ ތައާރަޒްނުވާނެ ގޮތުގެމަތިން ހެދުމަށްފަހު އެ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - މާއްދީހެކި ގިންތިކުރުން

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހްގީގު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތައް ފުލުހުންގެ ބޭނުމަށް ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގިންތިކުރަންވާނެއެވެ.

(ހ) އެއްވެސް ބާވަތެއްގެ "ބައޮލޮޖިކަލް ނުވަތަ ހަޔަވީ މާއްދީހެކި" ވައިގެމަގުން އެއްތަނުން އަނެއްތަނަށް ފޮނުވާނަމަ، މި ގަވާއިދުގެ ބޭނުމަށްޓަކައި އެ އެއްޗެއް ގިންތިކުރަންވާނީ ޕޮލިސް ކޮންސޯލް 1A ގެ ގޮތުގައެވެ.

(ށ) ބައޮލޮޖިކަލް ނުވަތަ ހަޔަވީ މާއްދީހެކި ފިޔަވައި އެހެނިހެން މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ފޮނުވާނަމަ، މި ގަވާއިދުގެ ބޭނުމަށްޓަކައި އެ އެއްޗެއް ގިންތިކުރަންވާނީ ޕޮލިސް ކޮންސޯލް 1B ގެ ގޮތުގައެވެ.

(ނ) އެއްވެސް ބާވަތެއްގެ ލިޔެކިޔުމެއް ނުވަތަ ފައިސާ، ކެމިކަލް ސްޓޭންޑަރޑްސް އަދި ރީއެޖެންޓްސް ފަދަ އެއްޗެއް އެއްތަނުން އަނެއްތަނަށް ގެންދާނަމަ، މި ގަވާއިދުގެ ބޭނުމަށްޓަކައި އެ ތަކެތި ގިންތިކުރަންވާނީ ޕޮލިސް ކޮންސޯލް 2 ގެ ގޮތުގައެވެ.

 

5 ވަނަ މާއްދާ - ޕޮލިސް ކޮންސޯލްގެ ގޮތުގައި ފޮނުވޭ ތަކެތި ލޭބަލްކުރުމާއި އެއަރލައިނަށް ފޮނުވުން

(ހ) ޕޮލިސް ކޮންސޯލްގެ ގޮތުގައި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ފޮނުވާ އެންމެހައި ތަކެތި ބަންދުކުރުމުގައި އަމަލުކުރަންޖެހޭނެ ގޮތުގެ ތަފުސީލު ބަޔާންކުރާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) އެއް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ. އަދި އެ ތަކެތި ބަންދުކުރުމާ ގުޅޭ އެންމެހައި ކަންތައް ކުރުމުގައި އަމަލުކުރަންވާނީ އެ އެސް.އޯ.ޕީ އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ށ) ޕޮލިސް ކޮންސޯލްގެ ގޮތުގައި ކަނޑައެޅިފައިވާ ތަކެތި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ފޮނުވުމުގައި އެތަކެތި ހުންނަންވާނީ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަ ރ (އެސް.އޯ.ޕީ) ގައި ކަނޑައެޅިފައިވާ މިންގަނޑަށް ބަންދުކުރެވި ނަންބަރު ނުވަތަ ކޯޑު ދެވިފައެވެ.

(ނ) ފޮނުވާ ތަކެތީގެ ޕެކިންގ ލިސްޓު ނުވަތަ އެ ޕެކެޖްގެ ތެރޭގައި ހިމެނޭ ހުރިހާ ތަކެތީގެ ތަފުސީލު، އެއަރލައިން އާ ހިއް ސާކުރާނީ، އެ ތަކެތި ފޮނުވުމުގެ ކުރިން އެއަރލައިނަށް ފޮނުވާ ސިޓީ/ފެކްސް/އީ-މެއިލް ފަދަ ރަސްމީ ލިޔެކިޔުން މެދުވެރިކޮށެވެ.

(ރ) ޕޮލިސް ކޮންސޯލްގެ ގޮތުގައި އެއްވެސް އެއްޗެއް ވައިގެ މަގުން ފޮނުވާނަމަ، ޕޮލިސް ކޮންސޯލް ތައްޔާރުކުރާ ޕޮލިސް ސްޓޭށަން ނުވަތަ ފުލުހުންގެ އިދާރާގެ ފަރާތުން ފުރިހަމަކުރަންޖެހޭ އެންމެހައި ލިޔެކިޔުން ފުރިހަމަކުރުމަށްފަހު ޕޮލިސް ކޮންސޯލާއެކު އެ ލިޔެކިޔުންތަކުގެ ތެރެއިން އެއަރލައިން އަދި އެއަރޕޯޓް އޮޕަރޭޓްކުރާ ފަރާތަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ފަރާތަކަށް ހުށަހަޅަންޖެހޭނެއެވެ. މިފަދަ އެންމެހައި ލިޔެކިޔުމެއް ފުރިހަމަކުރަންވާނީ ޕޮލިސް ކޮންސޯލް ފޮނުވާ ޕޮލިސް ސްޓޭށަން ނުވަތަ ފުލުހުންގެ އިދާރާއަކުން އެކަމަށް ކަނޑައަޅާ މުވައްޒަފެކެވެ.

 

6 ވަނަ މާއްދާ - ޕޮލިސް ކޮންސޯލް ފޮނުވުމަށް ކުރާ ހަރަދުތައް

ޕޮލިސް ކޮންސޯލް ފޮނުވުމަށް ހިނގާ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނަށް ދައްކަންޖެހޭ ކާރގޯ ފޮނުވުމުގެ ހަރަދު އަދި އެއަރޕޯޓް ހިންގާ ފަރާތަށް ދައްކަންޖެހޭ ކާރގޯ ކްލިއަރ ކުރުމުގެ ހަރަދުތައް ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، އެއަރލައިން އޮޕަރޭޓްކުރާ އިދާރާ އަދި އެއަރޕޯޓް ހިންގާ ފަރާތާއެކު އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

 

7 ވަނަ މާއްދާ - ޑޭންޖަރަސް ގުޑްސް ފޮނުވުން

ޕޮލިސް ކޮންސޯލް ފޮނުވާ އެއަރލައިނެއްގެ ފަރާތުން ޑޭންޖަރަސް ގުޑްސްގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ޕޮލިސް ކޮންސޯލްގެ ގޮތުގައި ފޮނުވާނަމަ، އެފަދަ އެއްޗެއް ފޮނުވުމުގެ ކުރިން އެއަރލައިންގެ ފަރާތުން ހޯދަންޖެހޭ ހުއްދައެއްވާނަމަ، އެ ހުއްދައެއް ހޯދަންވާނެއެވެ. މިގޮތުން، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނީ ، އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ނުވަތަ ފޮނުވާ އެއަރލައިނަކުން ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މިފަދަ އެއްޗެއް ފޮނުވުމުގައި އެކަމަށް ހާއްސަ ކުރެވިފައިވާ އިތުރު ލިޔުމެއް ފުރިހަމަކުރަންޖެހޭނަމަ އެލިޔުމެއް ވެސް ފުރިހަމަކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕޮލިސް ކޮންސޯލް އެއަ ރލައިނާ ހަވާލުކުރުން

(ހ) ޕޮލިސް ކޮންސޯލްގެ ގޮތުގައި ކަނޑައެޅިފައިވާ ތަކެތި ފޮނުވުމަށްޓަކައި އެއަރޕޯރޓްގައި ގާއިމު ކުރެވިފައިވާ އެއަރލައިންގެ ކާރގޯ ކައުންޓަރަށް ގެންގޮސް އެ ތަކެއްޗާ ހަވާލުވެހުރި މުވައްޒަފުގެ ބެލުމުގެ ދަށުން އެ ތަކެތި "ސްޕެށަލް ވެލުއެބަލް ކާރގޯ" ނުވަތަ "ކާރގޯ" ގެ ގޮތުގައި ދަފްތަރު ކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާގޮތުގެމަތިން ޕޮލިސް ކޮންސޯލް ދަފްތަރު ކުރުމަށްފަހު ބޯޓު ފުރާ ވަގުތު ކައިރިވުމުން އެއަރލައިންގެ ގްރައުންޑް ހެންޑްލިންގގައި މަސައްކަތްކުރާ މުވައްޒަފުންގެ ބެލުމުގެ ދަށުން އެ ތަކެތި ރައްކާތެރިކަމާއެކު އެއަރލައިންގެ ބޯޓުގެ "ސޭފް ބޮކްސް" ނުވަތަ ބޯޓުގެ "ކާރގޯ ކޮމްޕާޓްމަންޓް" އަށް ލާންވާނީ އެ ތަކެއްޗާ ހަވާލުވެހުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުގެ ހާޒިރުގައެވެ. އަދި އެ ތަކެއްޗާ ހަވާލުވެހުރި މުވައްޒަފު، އެ ތަކެތި ބޯޓަށް ލެވުނު ތާރީހާއި ގަޑި ލިޔުމުން ރިކޯޑްކުރަންވާނެއެވެ.

(ނ) ޕޮލިސް ކޮންސޯލް ހިފައިގެން ވައިގެ މަގުން ދަތުރުކުރާ އުޅަނދުގެ ދަތުރުކުރާ މަންޒިލަށް އެއްވެސް ސަބަބަކާ ހުރެ ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު އައުމުގެ ސަބަބުން ދެން ބޯޓު ޖައްސާ އެއަރޕޯރޓަކާ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކުން ކަނޑައަޅާ މުވައްޒަފަކު، އެއަރޕޯޓަށް ގޮސް އެ ޕޮލިސް ކޮންސޯލާ ހަވާލުވާން ވާނެއެވެ.

(ރ) ޕޮލިސް ކޮންސޯލް ވައިގެމަގުން ފޮނުވާއިރު އެ ތަކެއްޗާބެހޭ އެން މެހައި ލިޔެކިޔުން ހިމެނޭ ފައިލް ޕޮލިސް ކޮންސޯލާއެކު ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން ޕޮލިސް ކޮންސޯލެ އް އެއަރލައިންގެ ބޯޓުން ބާލަން ޖެހިއްޖެނަމަ، ޕޮލިސް ކޮންސޯލް ބޯޓުން ބޭލުނު ތާރީހާއި ގަޑި އަދި ބާލަންޖެހުނު ސަބަބު ލިޔުމުން ރިކޯޑްކޮށް، އެކަން ޕޮލިސް ކޮންސޯލް ރައްދުވާންޖެހޭ ފަރާތަށް ވީ އެންމެ އަވަހަކަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން ޕޮލިސް ކޮންސޯލެ އް އެއަރލައިންގެ ބޯޓުން ބާލަން ޖެހިގެން ބޯޑުން ބޭލުމަށްފަހު ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ބޯޓުން ބޭލި ފުލުހެއްގެ ޒިންމާއެކެވެ. އަދި އެ ތަކެތި އަލުން ބޯޓަށް ލުމުގައި މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އާއި، އެ ތަކެތި ބޯޓަށް ލުމަށްފަހު 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ޕޮލިސް ކޮންސޯލާ ހަވާލުވުން

(ހ) ޕޮލިސް ކޮންސޯލްގެ ގޮތުގައި ވައިގެމަގުން ދިވެހިރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންދެވޭ ތަކެތީގެ ތެރެއިން މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްޗެއް ފޮނުވާނަމަ، އެ އެއްޗަކާ ގުޅޭ އަންނަނިވި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސްއަށް ވީ އެންމެ އަވަހަކަށް ފޮނުވަންވާނެއެވެ.

  1. އެއަރލައިންގެ ނަމާއި ފްލައިޓް ނަންބަރު؛
  2. ބޯޓު ފުރި ވައިގެބަނދަރާއި، ލޭންޑްކުރަން ހަމަޖެހިފައިވާ ވައިގެ ބަނދަރު؛
  3. ބޯޓު ފުރި ތާރީހާއި ގަޑި، އަދި ލޭންޑްކުރުމަށް ށެޑިއުލް ކުރެވިފައިވާ ތާރީހާއި 
    ގަޑި؛

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތު ފޮރެންސިކް ސަރވިސްއަށް ލިބުމާއެކު، ބޯޓު ލޭންޑްކުރުމަށް ހަމަޖެހިފައިވާ ވަގުތުގެ 10 މިނެޓް ކުރިން ޕޮލިސް ކޮންސޯލާ ހަވާލުވާނެ މުވައްޒަފަކު އެއަރޕޯޓަށް ފޮނުވައި، އެއަރޕޯޓުގައި ތިބޭ އެއަރލައިންގެ މުވައްޒަފުންނާ ބައްދަލުކޮށް، އެ ފަރާތްތަކުން އަންގާގޮތެއްގެމަތިން އަމަލުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ގިންތިކުރެވިފައިވާ ޕޮލިސް ކޮންސޯލް އެއަރލައިންގެ ބޯޓުން ބާލަންވާނީ، އެ ޕޮލިސް ކޮންސޯލާ ހަވާލުވުމަށް ފޮރެންސިކް ސަރވިސަސްގެ ފަރާތުން ކަނޑައަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުގެ ހާޒިރުގައެވެ. އަދި އެހިނދުން ފެށިގެން ޕޮލިސް ކޮންސޯލް ހިފައިގެންގުޅެންވާނީ އެ މުވައްޒަފުގެ ބެލުމުގެ ދަށުންނެވެ. މިގޮތުން ޕޮލިސް ކޮންސޯލާ މުވައްޒަފު ހަވާލުވި ތާރީހާއި ގަޑި ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

(ރ) ޕޮލިސް ކޮންސޯލްގެ ގޮތުގައި ވައިގެމަގުން ދިވެހިރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންދެވޭ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުވަތަ ބަދަލެއް ގެންނަން މަސައްކަތްކޮށްފައިވޭތޯ ތަކެއްޗާ ހަވާލުވުމުގެ ކުރިން އެ ތަކެއްޗާ ހަވާލުވާ މުވައްޒަފުން ރަނގަޅަށް ބަލައި ޗެކްކުރަންވާނެއެވެ. އަދި އެފަދަ ކަމެއް ދިމާވެފައިވާނަމަ އެކަން ލިޔުމުން ރިކޯޑްކޮށް، ވަގުތުން ފޮރެންސިކް ސަރވިސްއަށް އަންގައި ފޮރެންސިކް ސަރވިސްއިން އަންގާގޮތެއްގެމަތިން އަމަލުކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ގިންތިކުރެވިފައިވާ ޕޮލިސް ކޮންސޯލެއް ދިވެހިރާއްޖޭގެ އެއްރަށުން އަނެއްރަށަށް ފޮނުވުމުގައި މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުން ލާޒިމެއްނުވާނެއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ އެލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ޕޮލިސް ކޮންސޯލް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ، މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތަކެވެ.
(ށ) "ބައޮލޮޖިކަލް ނުވަތަ ހަޔަވީ މާއްދީހެކި" ކަމުގައި ބުނެފައި އެވަނީ، އިންސާނުންގެ ލޭ، މަނި، ކުޅު، މަސް، ދަތް، ކަށި، އިސްތަށި، ނިޔަފަތި ނުވަތަ ގުނަވަނަށެވެ. ނުވަތަ މި ތަކެތީގެ ތެރެއިން އެއްޗެއްގެ އެއްވެސް މިންވަރެއް ވައިގެ މަގުން އެއްތަނުން އަނެއްތަނަށް ފޮނުވުމަށްޓަކައި އެ ތަކެތި ގިންތިކުރެވޭ ގިންތިކުރުމަށެވެ.

 

11 ވަނަ މާއްދާ - ގަވާ އި ދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަންފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު