-

ކުޑަކުދިންގެ އަދުލުގެ ގަވާއިދު

(ގަވާއިދު ނަންބަރު 101/2020)

 1 ވަނަ މާއްދާ - ތައާާރަފު

މި ގަވާއިދަކީ، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ އަދުލުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި، ބައިނަލްއަގްްވާމީ މުއާާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބިދިނުމާއެކު، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ މަފްހޫމާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަހުގްީގު ހިންގުމާއި، ށަރީއަތް ހިންގުމުގައި ވެސް ކުޑަކުދިންނާ ރައްޓެހި އަދި އެ ކުދިންނަށް ފަހުމްވާނެ ގޮތްތަކަށް ކަންތައްތައް އިންތިޒާމްކުރުމާއި، ދައުވާ އުފުލުމާއި ށަރީއަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުސޫލުތަކެއް ގާއިމްކުރުމަށް މަގުފަހިކުރުމާއި، އެކަށީގެންވާ އަވަސް ގޮތެއްގައި ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތުތަކުގެ ތަހުގްީގާއި، ދައުވާކުރުމާއި ށަރީއަތުގެ މަރުހަލާތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުން.

(ށ) ކުޑަކުދިންނަކީ ހާާއްސަ އެހީތެރިކަމާއި ރައްކައުތެރިކަން ލިބިދޭންޖެހޭ ބަޔަކަށްވާތީ، ޖިނާއީ އަދުލުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، އެ ކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތެއްގެ މަތިން އަމަލުކުރުން؛

(ނ) ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމަކީ ކުދިން އިސްްލާހުކޮށް، މުޖުތަމައަށް އަނބުރާ ގެނައުމުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ ނިޒާމަކަށްވާތީ، އެ ކުދިންގެ އިސްްލާހީީ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމާއި، މި މަސައްކަތުގައި މުއައްސަސާތަކުގެ މެދުގައި އެއް ތަސައްވުރެއް އޮތުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކުރުން.

 

4 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

މި ގަވާއިދު ހިނގާނީ، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގްީގުކޮށް، އިންސާފުވެރި އަދަބުދީ، އިސްްލާހުކޮށް،  މުޖުތަމައަށް އަނބުރާ ގެނައުމުގެ ދާއިރާގެ ތެރޭގައެވެ.

 

5 ވަނަ މާއްދާ - ކުޑަކުދިންގެ މައްސަލަތައް އަވަސްކުރުން

ކުޑަކުދިން ކުރާ ކުށްތަކާބެހޭ މައްސަލަތައް ނިންމުން އަވަސްކުރުމަށް، މައްސަލަ ތަހުގްީގު ކުރާ ފަރާތުންނާއި، ދައުވާކުރާ ފަރާތުންނާއި އަދި ށަރީއަތް ކުރާ ފަރާތުން  އިސްކަން ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - މައުލޫމާތު ހާމަ ނުކުރުން

(ހ) ކުށްކުރާ ކުޑަކުދިންގެ މައުލޫމާތު ތަހުގްީގު މަރުހަލާގައި ނުވަތަ ދައުވާކުރާ މަރުހަލާގައި ނުވަތަ ށަރީއަތުގެ މަރުހަލާގައި، މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކުން ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ފަރާތަކުން ކުއްޖާއާ ގުޅޭ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ ފަރާތަކަށް އެ މައުލޫމާތު ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެއްވެސް މަރުހަލާއެއްގައި، ނޫސްވެރިންނާއި ރިޕޯޓަރުންނާއި ފޮޓޯގްރާފަރުންނާއި އާންމުން ބައިވެރިކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ މީހުންގެ ތެރޭގައި، ތައުލީމާއި ތަމްރީނު ހޯދުމުގެ ބޭނުމުގައި، ކޯޓުގެ ހުއްދަ ލިބިގެން ށަރީއަތް އަޑުއެހުމަށް ވަންނަ ފަރާތްތަކެއް ނުހިމެނޭނެއެވެ.

(ބ) ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތުތައް މީޑިއާއިން  ގެނެސްދިނުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ޅ) ކުށްކުރާ ކުޑަކުދިންގެ މައުލޫމާތު، ތަހުގްީގު މަރުހަލާގައި ނުވަތަ ދައުވާކުރާ މަރުހަލާގައި ނުވަތަ ށަރީއަތުގެ މަރުހަލާގައި، މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކުން ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުދިންގެ އޮމްބަޑްސްޕާރސަންއަށް ނުވަތަ ދެންވެސް އެ ކުއްޖެއްގެ މަސްްލަހަތު ހިމާޔަތްކުރާ ފަރާތަކަށް ބޭނުންވާ މައުލޫމާތު ދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ރެކޯޑު ހާމަނުކުރުން

އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދިން ކުރާ ކުށުގެ މައްސަލަތަކާ ގުޅިގެން، އެއްވެސް މުއައްސަސާއަކުން، އެ ކުދިންގެ ކުށުގެ ރެކޯޑު، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - އުމުރު ކަނޑައެޅުން

(ހ) "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކޮންމެ ކުއްޖަކަށެވެ.

(ށ) ކުޑަކުދިންގެ އުމުރު ބަލާނީ، ރަސްމީ ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. ރަސްމީ ލިޔުމެއް ނެތް ހާލަތްތަކުގައި އުމުރު ކަނޑައަޅާނީ، ޑަކްޓަރެއްގެ ލަފާގެ މަތިން ކުޑަކުދިންގެ މައްސަލަ ބަލާ ފަނޑިޔާރެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކުއްޖާގެ އުމުރާމެދު ށައްކު އުފެދި، އުމުރާމެދު ގޮތެއް ކަނޑައަޅައިފި ނަމަ، އުމުރު ކަނޑައެޅުމުގައި ބެލި މިންގަނޑުތައް ބަޔާންކޮށްފައި، ކޯޓުގައި އެކަން   ރެކޯޑު ކުރަން ވާނެއެވެ.

(ރ) ގާނޫނުން ބާރު ލިބިދީފައިވާ ފަރާތަކުން އެއްވެސް މީހަކާމެދު ފިޔަވަޅު އެޅުމުގައި އެ މީހަކީ ފެންނަ ފެނުމަށް ކުޑަކުއްޖެއް ކަމުގައި ބެލެވޭ ނަމަ، ނުވަތަ ކުޑަކުއްޖެއް ކަމަށް ށައްކު ކުރެވޭ ނަމަ، ނުވަތަ އެފަދަ މައުލޫމާތެއް އެ ފަރާތަށް ލިބިއްޖެ ނަމަ، އެކަމާ ދެކޮޅަށް ސާފު ހެކި (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ އުފަންދުވަހުގެ ސެޓުފިކެޓު، ނުވަތަ ޕާސްޕޯޓު ފަދަ އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް) ނުލިބޭހައި ހިނދަކު، އެ ފަރާތުން އޭނާއާމެދު އަމަލުކުރަންވާނީ އެއީ ކުޑަކުއްޖެއްގެ ގޮތުގައި ބަލައިގެންނެވެ.

(ބ) އެ މީހެއްގެ އުމުރާމެދު ސުވާލު އުފެދިފައިވާ މީހަކީ ކުޑަކުއްޖެއް ކަމަށް ބަލައިގެން ރަސްމީ އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅައިފައިވަނިކޮށް، ފަހުން ލިބޭ ހެއްކެއްގެ ސަބަބުން އެ މީހަކީ ކުޑަކުއްޖެއް ނޫންކަމަށް ސާބިތުވެއްޖެ ނަމަ، ކުރީގައި އަޅައިފައިވާ ފިޔަވަޅެއް ބާތިލެއް ނުވާނެއެވެ. އަދި ކޯޓަށް ހާޒިރުކުރެވޭ އެ ފަދަ މީހެއްގެ ހަގްީގްީ އުމުރެއް ކަމަށް މި ގަވާއިދުގެ މަގުސަދަށް ޓަކައި ބެލެވޭނީ، އޭނާގެ އުމުރުކަމަށް ކޯޓުގައި ރިކޯޑު ކުރެވިފައިވާ އުމުރެވެ. 

 

9 ވަނަ މާއްދާ - ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު

ކުއްޖާގެ އުމުރުން 15 (ފަނަރަ) އަހަރު ފުރިހަމަވުމާ ހަމަޔަށް ކުޑަކުދިން ކުރާ ކުށްކުށުގެ ޖިނާއީ މަސްއޫލިއްޔަތު އެ ކުއްޖަކު އުފުލާކަށެއް ނުޖެހޭނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ އުމުރަށް ވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން ގާނޫނާ ހިލާފުވާ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭށަނާއި ފަރުވާގެ އެނޫން ޕްރޮގްރާމްތައް ވެސް ފޯރުވައިދެވޭނެ އިންތިޒާމްތައް ދައުލަތުން ހަމަޖައްސައިދޭން ވާނެއެވެ.

 

10 ވަނަ މާއްދާ - ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލަންޖެހޭ މިންގަނޑު

(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވުމާ ހަމަޔަށް އެ ކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ، އެ ކުއްޖެއްގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުއްޖެއް ކަމުގައި ވިޔަސް، ވަޒީފާއެއްގައި އުޅޭ ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ކުއްޖެއް ނަމަ، އެ ކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެ ކުއްޖެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހުކުމް ކުރާއިރު ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ނަމަ، އެ ކުށުގެ މަދަނީ މަސްއޫލިއްޔަތު އެ ކުއްޖަކު އުފުލުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ

 

11 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުން

(ހ) ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ ކުށުގެ މައްސަލަތަކުގެ ހުރިހާ މަރުހަލާއެއްގައިވެސް އެ ކުދިންގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ގާނޫނީ ވަކީލުން ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ޖިނާއީ ހުރިހާ މައްސަލަތަކުގައިވެސް ތުހުމަތުކުރެވޭ ކުއްޖާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް ކުއްޖެއް ނަމަ، އެ ކުއްޖަކަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ.

(ނ) ކުޑަކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގާނުނީ ވަކީލަކު ހަމަޖައްސަންވާނީ، އެ ކުއްޖެއްގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއެވެ. ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނެތް ހާލަތެއްގައި، ގާނުނީ ވަކީލަކު ހަމަޖައްސަންވާނީ، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއިންނެވެ. 

(ރ) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 114 ވަނަ މާއްދާގެ (މ) ގެ ދަށުން، ކޯޓުގެ އިސްނެގުމުގެ މަތިން، ތުހުމަތުކުރެވޭ ކުއްޖާއަށް ވަކީލެއް ހަމަޖެއްސުމަށްޓަކައި ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް، ބަންދުކޮށްފައިވާ ތަނުގެ އިދާރާއަށް ކޯޓުން އެންގިދާނެއެވެ. 

 

12 ވަނަ މާއްދާ - އްހީީ ފަރުވާ

(ހ) ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުދިންނަށް، އެ މުއްދަތުގެ ތެރޭގައި ސްިއްހީީ ފަރުވާ ދޭން ޖެހިއްޖެ ނަމަ، އެ ކުއްޖަކަށް ބޭނުންވާ ފަރުވާ ލިބިދޭންވާނެއެވެ.

(ށ) ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުދިންނަށް، އެ މުއްދަތުގެ ތެރޭގައި ސްިއްހީީ ފަރުވާ ދޭން ޖެހިއްޖެ ނަމަ، އެ ފަރުވާއެއް ދޭންވާނީ، ފަރުވާދޭކަން އެ ކުއްޖާއަށާއި ކުއްޖާގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާއަށް ނުވަތަ ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް އެންގުމަށްފަހުގައެވެ.   

(ނ) ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުދިންނަށް، އެ މުއްދަތުގެ ތެރޭގައި، އެ ކުއްޖަކު ބަންދުކޮށްފައި ހުރި ތަނެއްގައި ބަހައްޓައިގެން ސްިއްހީީ ފަރުވާ ދޭން ޖެހިއްޖެ ނަމަ، ބަލީގެ ބާވަތަށް ރިއާާޔަތްކޮށް، އެ ކުއްޖަކަށް ފަރުވާ ދެވޭކަން ކުއްޖާގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާއަށް ވަގުތުން އަންގަންވާނެއެވެ. ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނެތް ހާލަތެއްގައި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ރ) ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުޑަކުއްޖަކު، ސްިއްހީީ ފަރުވާއަކަށް ޓަކައި، ބަންދުކޮށްފައި ހުރި ތަނުން އެހެން ތަނަކަށް ގެންދާ ނަމަ، އެ ކުއްޖެއްގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާއަށް ވަގުތުން އަންގަންވާނެއެވެ. ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނެތް ހާލަތެއްގައި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގްީގުކުރުން

(ހ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގްީގު ކުރާނީ، އެކަމަށް ހާާއްސަކޮށްފައިވާ ތަނެއްގައި، ކުޑަކުދިންގެ މައްސަލަތައް ތަހުގްީގު ކުރުމަށް ހާާއްސަކޮށްފައިވާ އަދި އެކަމަށް ހާާއްސަ ތަމްރީނު ލިބިފައިވާ ދެ ޖިންސުގެ ފުލުހުންނެވެ.

(ށ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގްީގު ކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހެން އިދާރާއަކުން ކަމުގައި ވީ ނަމަވެސް، ކުޑަ ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގެ ތަހުގްީގު ވެސް ހިންގަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާާއްސަކޮށްފައިވާ ޑިޕާޓްމަންޓާ ގުޅިގެންނެވެ.   

(ނ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަހުގްީގުގެ ހުރިހާ މަރުހަލާތަކެއްގައި މަސައްކަތް ކުރަންވާނީ ޔުނިފޯމު ނާޅާ ފުލުހުންނެވެ.

(ރ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގްީގު ކުރަންވާނީ، ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ މަސްްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މީހެއްގެ ހާޒިރުގައެވެ.

ބ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގްީގު ކުރުމުގައި، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކަށް ރިއާާޔަތް ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ތަހުގްީގު މަރުހަލާގައި ކުއްޖާއާ މެދު އެޅިދާނެ ފިޔަވަޅުތައް

ތުހުމަތު ކުރެވުނު ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ނުވާ ނަމަ، އަދި ކުށުގެ ތުހުމަތު ކުރެވިފައިވާ ކުއްޖާއަކީ ތަކުރާރުކޮށް ކުށްކުރާ ކުއްޖެއް ކަމުގައި ނުވާ ނަމަ، އަދި އެ ކުށަކީ ށަރީއަތަށް ހުށަހަޅަންޖެހޭ ފަދަ ބޮޑު ކުށެއް ކަމުގައި ނުވާ ނަމަ، އެ ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު، ތިރީގައިވާ ގޮތަށް އަމަލުކުރުމުގެ އިހާްތިޔާރު، ތަހުގްީގުކުރާ ފަރާތަށް ލިބިގެންވެއެވެ.
 
 
(ހ) ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާ ގުޅިގެން ތަހުގްީގަށް ހާޒިރުކުރެވޭ ފުރަތަމަ ފަހަރު، ކުށުގެ އަމަލުގައި ކުއްޖާ ބައިވެރިވެފައިވާކަމަށް ގަބޫލުކުރެވޭ ނަމަ، ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މީހެއްގެ ހާޒިރުގައި،  ތަހުގްީގުކުރާ ފަރާތުން ކުއްޖާއަށް ނުރަސްމީ އިންޒާރެއް ދޭންވާނެއެވެ. ނުރަސްމީ އިންޒާރު ދިނުމުގައި އަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ކުއްޖާއަށް ނަސޭހަތްތެރިވެ، ކުށެއް ތަކުރާރު ވެއްޖެ ނަމަ، ދެން ކަންތައް ހިނގާނެ ގޮތުގެ މައުލޫމާތު ދީ، އެއީ ކުއްޖާއަށް ދެވޭ ފުރުސަތެއްކަން ބުނެދިނުން.
  2. ނުރަސްމީ އިންޒާރު އަނގަބަހުން 1 (އެކެއް) ފަހަރު ދިނުން.
  3. ނުރަސްމީ އިންޒާރަކީ އިދާރީ ރިކޯޑު ބެލެހެއްޓުމުގެ މަގުސަދުގައި ރިކޯޑުކުރާ އެއްޗެއް ކަމުގައި ވިޔަސް، އެއީ ރަސްމީކޮށް ދެވޭ އިންޒާރެއް ކަމަށް ނުބެލުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ނުރަސްމީ އިންޒާރެއް ދީފައިވާ ކުއްޖަކު، ކުށަކާ ގުޅިގެން ތަހުގްީގުކުރާ ފަރާތަށް ދެވަނަ ފަހަރަށް ހާޒިރު    ކުރެވިއްޖެ ނަމަ، އެ ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ އަދި ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މީހެއްގެ ހާޒިރުގައި، އެ ކުއްޖާއަށް ރަސްމީ އިންޒާރެއް ދޭންވާނެއެވެ. ރަސްމީ އިންޒާރު ދިނުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ކުއްޖާއަށް ނަސޭހަތްތެރިވެ، ކުށެއް ތަކުރާރު ވެއްޖެ ނަމަ، ދެން ކަންތައް ހިނގާނެގޮތުގެ މައުލޫމާތުދީ، އެއީ ކުއްޖާއަށް ދެވޭ ފުރުސަތެއްކަން ބުނެދިނުން.
  2. ރަސްމީ އިންޒާރު ލިޔުމުން 1 (އެކެއް) ފަހަރު ދިނުން.
  3. ރަސްމީ އިންޒާރުގައި ތަހުގްީގު ކުރި ފަރާތާއި، އެ ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއާއި އެ ކުއްޖާގެ ސޮއިކުރުވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ނުރަސްމީ އިންޒާރެއް ދޭންވާނީ އަދި މި މާއްދާގެ (ށ) ގައިވާ ފަދަ ރަސްމީ އިންޒާރެއް ދޭންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޑައިވަރށަންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ނުރަސްމީ އިންޒާރެއް އަދި މި މާއްދާގެ (ށ) ގައިވާ ފަދަ ރަސްމީ އިންޒާރެއް ދިނުމަށްފަހު،  ކުށެއްގެ ތުހުމަތަކާ ގުޅިގެން ތަހުގްީގު ކުރާ ފަރާތަށް ކުއްޖަކު ހާޒިރު ކުރެވިއްޖެ ނަމަ، އެ ކުއްޖެއްގެ މައްސަލަ ތަހުގްީގުކޮށް ށަރީއަތަށް ހުށަހެޅުމަށް ޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

 

15 ވަނަ މާއްދާ - ދައުވާ ކުރުމުގެ މަރުހަލާގައި ކުއްޖާއާ މެދު އެޅިދާނެ ފިޔަވަޅުތައް

ތުހުމަތުކުރެވުނު ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ނަމަ، އަދި ކުށުގެ ތުހުމަތު ކުރެވިފައިވާ ކުއްޖާއަކީ ތަކުރާރުކޮށް ކުށްކުރާ ކުއްޖެއް ކަމުގައި ނުވާ ނަމަ، އަދި އެ ކުށަކީ ށަރީއަތަށް ހުށަހަޅަންޖެހޭ ފަދަ ބޮޑު ކުށެއް ކަމުގައި ނުވާ ނަމަ، އެ ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، ތިރީގައިވާ ގޮތަށް އަމަލުކުރުމުގެ އިހާްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ހ) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 100 ވަނަ މާއްދާގެ ދަށުން ދައުވާ ކުރުމެއް ނެތި، ނަސޭހަތްދީ ދޫކޮށްލުމަށް ނިންމުން.

(ށ) ތުހުމަތުކުރެވޭ ކުއްޖާ ހިމެނޭގޮތަށް ޑައިވަރށަންގެ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން މައްސަލަ ނިންމުން.

(ނ) މި މާއްދާގެ (ށ) ގައި ބުނާ ފަދަ ޑައިވަރށަންގެ ނިޒާމެއްގެ ދަށުން މައްސަލަ ނިމިފައިވާ ނަމަ، އެ މައްސަލަ ނިމުނުގޮތް، މައްސަލަ ފައިލުގައި ރެކޯޑު ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނާ ފަދަ ޑައިވަރށަންގެ އުސޫލުން މައްސަލައިގައި ނިންމި ނިންމުމާއެކު، ތުހުމަތުކުރެވޭ ކުއްޖާގެ މައްޗަށް ކުރުން ލާޒިމު   ކަންތައްތަކެއް ވާ ނަމަ، ތުހުމަތުކުރެވޭ ކުއްޖާ އެ ކަންކަން ކުރަމުންދޭތޯ، ނުވަތަ ކޮށް ނިންމައިފައިވޭތޯ ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލައި މޮނީޓަރ ކުރަން ވާނެއެވެ. 

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ، ޑައިވަރށަންގެ ފިޔަވަޅުތައް އަޅަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ - ދައުވާ އުފުލުމުގެ ކުރިން ކުއްޖާއާމެދު ކޯޓު މެދުވެރިކޮށް އެޅިދާނެ ފިޔަވަޅުތައް

(ހ) ތަހުގްީގު މަރުހަލާގައި، ތުހުމަތުކުރެވޭ ކުއްޖާ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިސްލާމިކް ކައުންސެލިންގ ސެށަންތަކުގައި ބައިވެރިކޮށް، އިސްލާމިކް ކައުންސެލިންގ ސެށަންތަކަށް ހާޒިރުވަމުން ގެންދިއުމަށް ކުއްޖާގެ މައްޗަށް އަމުރުކުރެވިދާނެއެވެ. މިފަދައިން  އަމުރުކުރުމުގައި އަމަލުކުރާނީ، ތިރީގައިވާ ގޮތުގެ މަތިންނެވެ.  

  1. އިސްލާމިކް ކައުންސެލިންގ ސެށަންތަކަށް ހާޒިރުވާނެކަމުގެ އިގްްރާރުގައި، ތުހުމަތުކުރެވޭ ކުއްޖާއާއި، ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ފަރާތެއް ސޮއިކުރުން.
  2. ސެށަންތަކަށް ގަވާއިދުން ހާޒިރުވަމުން ގެންދިއުމުގެ މުހިންމުކަން، ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ފަރާތަކަށް އޮޅުންފިލުވައިދިނުން.
  3. މަގްްބޫލު އުޒުރެއް ނެތި ސެށަންތަކަށް ހާޒިރު ނުވުމަކީ ކޯޓު އަމުރާ ހިލާފުވުންކަމާއި، ކޯޓު އަމުރާ ހިލާފުވާ ނަމަ، ގާނޫނީ ފިޔަވަޅު އެޅޭނެކަން އޮޅުންފިލުވައިދިނުން.  

(ށ) ތުހުމަތު ކުރެވުނީ ޖިނާއީ ބޮޑު ކުށެއް ނޫން ނަމަ، ތުހުމަތުކުރެވޭ ކުއްޖާ، ކޯޓު އަމުރެއްގެ ދަށުން ޑައިވަރށަން ޕްރޮގްރާމެއްގައި ބައިވެރިކުރެވިދާނެއެވެ. މިފަދައިން އަމުރުކުރުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ކޯޓު އަމުރާ އެއްގޮތަށް އަމަލުކުރާނެކަމަށް، ތުހުމަތު ކުރެވޭ ކުއްޖާއާއި، ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ފަރާތް އިގުރާރުގައި ސޮއިކުރުން.
  2. ކޯޓު އަމުރާ އެއްގޮތަށް ޑައިވަރށަން ޕްރޮގްރާމް ފުރިހަމަކުރުމުގެ މުހިންމުކަން، ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ފަރާތަށް އޮޅުންފިލުވައިދިނުން.
  3. ކޯޓުން ކޮށްފައިވާ ޑައިވަރށަން ޕްރޮގްރާމުގެ އަމުރާ އެއްގޮތަށް، ތުހުމަތުކުރެވޭ ކުއްޖާ އަމަލުކޮށް، ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ނަމަ، ޕްރޮގްރާމް ފުރިހަމަކުރި ގޮތުގެ މައުލޫމާތު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކުރުން. 
  4. ކޯޓުން ކޮށްފައިވާ ޑައިވަރށަން ޕްރޮގްރާމުގެ އަމުރާ އެއްގޮތަށް، ތުހުމަތު ކުރެވޭ ކުއްޖާ އަމަލުކޮށްފައި ނުވާ ނަމަ، ކުއްޖާއަށް ލިބިދީފައިވާ ފުރުސަތު ބާތިލުކޮށް، އެ މައުލޫމާތު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކުރުން.

(ނ) ތުހުމަތު ކުރެވުނު ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ނަމަ، އަދި ކުށުގެ ތުހުމަތު ކުރެވިފައިވާ ކުއްޖާއަކީ ތަކުރާރުކޮށް ކުށްކުރާ ކުއްޖެއް ކަމުގައި ނުވާ ނަމަ، އަދި އެ ކުށަކީ ށަރީއަތަށް ހުށަހަޅަންޖެހޭ ފަދަ ބޮޑު ކުށެއް ކަމުގައި ނުވާ ނަމަ،     އެ ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ދައުވާ އުފުލުމުގެ ކުރިން، ތުހުމަތުކުރެވޭ ކުއްޖާ ހިމެނޭގޮތަށް ޑައިވަރށަން ނިޒާމުގެ ދަށުން މައްސަލައިގައި ފިޔަވަޅުއަޅައި، ށަރީއަތަކާ ނުލައި މައްސަލަ ހައްލުކުރުމަށް ކޯޓާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރަން ވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ޑައިވަރށަންގެ ފިޔަވަޅުތައް އަޅަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ބ) މި މާއްދާގެ (ނ) ގައި ބުނާ ފަދަ ޑައިވަރށަން ޕްރޮގްރާމެއްގެ ދަށުން  މައްސަލަ ނިމިފައިވާ ނަމަ، އެ މައްސަލަ ނިމުނު ގޮތް، މައްސަލަ ފައިލުގައި ރެކޯޑު ކުރަން ވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބުނާ ފަދަ ޑައިވަރށަން ޕްރޮގްރާމަކުން ނިންމި ނިންމުމާއެކު، ތުހުމަތުކުރެވޭ ކުއްޖާގެ މައްޗަށް ކުރުން ލާޒިމުވާ ކަންތައްތަކެއް   ހުރި ނަމަ، ތުހުމަތުކުރެވޭ ކުއްޖާ އެ ކަންކަން ކުރަމުންދޭތޯ، ނުވަތަ ކޮށް ނިންމައިފައިވޭތޯ ކޯޓުން ބަލައި މޮނީޓަރ ކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ - ށަރީއަތް ހިންގުމުގެ މަރުހަލާގައި ކުއްޖާއާމެދު އެޅިދާނެ ފިޔަވަޅުތައް

(ހ) ތުހުމަތު ކުރެވުނު ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ނަމަ، އަދި ކުށުގެ ތުހުމަތު ކުރެވިފައިވާ ކުއްޖާއަކީ ތަކުރާރުކޮށް ކުށްކުރާ ކުއްޖެއް ކަމުގައި ނުވާ ނަމަ، އަދި އެ ކުށަކީ ށަރީއަތަށް ހުށަހަޅަންޖެހޭ ފަދަ ބޮޑު ކުށެއް ކަމުގައި ނުވާ ނަމަ،     އެ ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ދައުވާ އުފުލުމުގެ ކުރިން، ތުހުމަތުކުރެވޭ ކުއްޖާ ހިމެނޭގޮތަށް ޑައިވަރށަން ނިޒާމުގެ ދަށުން މައްސަލައިގެ ފިޔަވަޅުއަޅައި، ށަރީއަތަކާ ނުލައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ، ޑައިވަރށަންގެ ފިޔަވަޅުތައް އަޅަންވާނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނާ ޑައިވަރށަން ނިޒާމުގެ ދަށުން ނިންމި ނިންމުމާ އެއްގޮތަށް ދައުވާ ލިބޭ ކުއްޖާ އަމަލުކުރުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ރ) ދައުވާ ލިބޭ ކުއްޖާ އަމަލުކުރަންވީ ގޮތް އަންގާނީ، ކޯޓު އަމުރެއްގެ ދަށުން،    ދައުވާ ލިބޭ ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ މަސްްލަހަތު ހިމާޔަތްކުރާ ފަރާތުން އެ އަމުރާ އެއްގޮތަށް އަމަލުކުރުމަށް އިގުރާރުވެ ސޮއިކުރުވުމަށްފަހުގައެވެ.

(ބ) ދައުވާ ލިބޭ ކުއްޖާގެ މައްޗަށް ކޯޓުން ކުރި އަމުރާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދޭތޯ، ކޯޓާއި ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ބަލައި މޮނިޓަރ ކުރަމުން ގެންދަންވާނެއެވެ.

(ޅ) މި މަރުހަލާގައި، ކޯޓުން ކުރި އަމުރާ އެއްގޮތަށް، ދައުވާ ލިބޭ ކުއްޖާ އަމަލު ކޮށްފައިވާ ނަމަ، އެ ކުއްޖާގެ މައްޗަށް ށަރީއަތުގެ އިތުރު އިޖުރާއަތުތައް ހިންގުމެއްނެތި، މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ރ) ގައި ބުނާ ފަދަ ނިންމުމެއް ކޯޓުން ނިންމުމަށްފަހު، އެ މައްސަލަ ނިމުނު ގޮތް، އެ މައްސަލައިގެ ފައިލުގައި ރެކޯޑުކޮށް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(އ)ނމި މަރުހަލާގައި ކޯޓުން ކުރި އަމުރާ އެއްގޮތަށް ދައުވާ ލިބޭ ކުއްޖާ އަމަލުކޮށްފައި ނުވާ ނަމަ، ށަރީއަތުން މައްސަލަ ބަލައި، ހުކުމް ކުރަން ވާނެއެވެ.

 

18 ވަނަ މާއްދާ - ކުޑަކުދިން ހައްޔަރުކުރުމާއި ބަންދުކުރުން

(ހ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށް ބަންދުކުރަން ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި މެނުވީ ކުޑަކުއްޖަކު ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެއެވެ. އެގޮތުން ކުއްޖާ ބަންދުކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާާޔަތް ކުރަން ވާނެއެވެ.

  1. ކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ބެލުމާއި، ފިޔަވަޅެއް އެޅިފައިވާ ނަމަ، އެޅުނު ފިޔަވަޅުގެ ނަތީޖާއަކީ ކޮބައިތޯ ކަށަވަރުކުރުން؛
  2. ކުއްޖާ ހައްޔަރުކުރާ ނުވަތަ ބަންދުކުރާ މުއްދަތަކީ އެ ހާލަތެއް ލާޒިމްކުރާ އެންމެ ކުރު މުއްދަތަކަށް ވުން.

(ށ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކުރާ ހިނދު، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ކުއްޖާއަށް ގާނޫނީ އިންޒާރު ދޭންވާނެއެވެ.    

(ނ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށް ބަންދުކޮށްފި ނަމަ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި، ހައްޔަރު ކުރި ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއަށާއި ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އަންގަންވާނެއެވެ.   

(ރ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރު ކުރުމަށްފަހު، 24 (ސައުވީސް) ގަޑިއިރު ހަމަވުމުގެ ކުރިން ދޫކޮށްލި ކަމުގައި ވިޔަސް، އެ ކުއްޖާ ހައްޔަރުކުރި މައްސަލަ ތަހުގްީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ނަމަ،  ކުޑަކުދިންގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ދައުލަތުގެ އިދާރާއިން ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ ބަލަދުވެރިޔާއަށް ވެސް އެކަން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހައްޔަރުކޮށްފައިވާ ކުއްޖާ ނުވަތަ ބަންދުކޮށްފައިވާ ކުއްޖާ، ބަންދުކޮށްފައިވަނީ ފުރަތަމަ ފަހަރު ނަމަ، އެފަދަ ކުއްޖަކު، ތަކުރާރުކޮށް ކުށްކުރާ ކުއްޖަކާއެކު ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހައްޔަރުކުރާ ކުއްޖާ ނުވަތަ ބަންދުކުރާ ކުއްޖާ ބަންދުގައި ބަހައްޓަންވާނީ، ހުކުމް ތަންފީޒުު ކުރަމުންދާ އެހެން ކުދިންގެ އަޑު ނީވޭނެ ފަދަ ގޮތަކަށް، އެ ކުދިންނާއެކު އެއްވެސް މުއާާމަލާތެއް ނުކުރެވޭނެ ގޮތަކަށެވެ.

(ކ) ބަންދުގައި ތިބޭ ބޮޑެތި މީހުންނާ އެއްތަނެއްގައި، އެ މީހުންގެ އަޑުއިވޭ އަދި އެ މީހުންނާ މުއާާމަލާތު ކުރެވޭނޭ ފަދަ ގޮތަކަށް، އެއްވެސް މަރުހަލާއެއްގައި ކުޑަކުއްޖަކު ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ.

(އ) ކުދިން ހައްޔަރުގައި ނުވަތަ ބަންދުގައި ބައިތިއްބާއިރު، އެ ކުދިންގެ އަސާސީ ބޭނުންތައް ކަށަވަރުކޮށްދިނުމަކީ ބަންދުގައި ބަލަހައްޓާ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ހުރިހާ މަރުހަލާއެއްގައި ވެސް ކުދިން ބަންދުގައި ބައިތިއްބަންވާނީ، އަދި އެ ކުދިންނާ މުއާާމަލާތު ކުރަންވާނީ، އެ ކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް އެ ކުދިންނަށް ފަސޭހައިން ދޭހަވާނެ ގޮތަށެވެ. 

(ވ) އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖަކު ބަހައްޓައިފި ނަމަ، ނުރަސްމީ ތައުލީމު ދޭ ނިޒާމެއްގެ ދަށުން ނަމަވެސް، ކުއްޖާގެ ތައުލީމު ހުއްޓުމެއްނެތި ކުއްޖާގެ އުމުރުފުރަޔާ އެއްވަރަށް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތު ފަހިކޮށްދިނުމަކީ ކުއްޖާ ބަންދުގައި ބަލަހައްޓާ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ.

(މ) ކުޑަކުދިން ބަންދުކޮށްފައި ތިބޭއިރު، އެ ކުދީންގެ އުމުރާއި، ޖިންސާއި، ށަހާްސްިއްޔަތާ ގުޅޭ އިޖުތިމާއާީގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ހަރުދަނާ ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަނިވި އިޖުތިމާއާީ، ތައުލީމީ، ނަފްސާނީ، ސްިއްހީީ، ޖިސްމާނީ މުހިންމު ހުރިހާ އަޅައިލުމާއި، ރައްކައުތެރިކަމާއި، އެހީތެރިކަމެއް، އެ މަރުކަޒުގެ މާހައުލުގެ ތެރޭގައި ފޯރުވައިދޭން ވާނެއެވެ.

(ފ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ބަންދުކުރެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްކަމުގައިވާ ނަމައެވެ.

(ދ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެންގުމުން، ކުށްކުރާ ކުޑަކުދިންގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއިން ކުއްޖާއާ ގުޅޭ އެންމެހައި ކަންތައްތައް ބެލުމަށްފަހު، ފިޔަވަޅު އަޅަންވާނެއެވެ. އަދި އެ ކުއްޖާގެ ހައްޔަރު ކުރި ކުރުމާމެދު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަށް ހާޒިރުވެ، ކުއްޖާގެ މަސްްލަހަތުގައްޔާއި ކުއްޖާ ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައި އެ އިދާރާއިން ދެކޭގޮތް ހާމަކުރަންވާނެއެވެ.

(ތ) ކުޑަކުއްޖަކު، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކުއްޖެއްގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާއަށް ނުވަތަ އެއިން ފަރާތެއް ނެތް ހާލަތެއްގައި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއިން ށަރީއަތަށް ހާޒިރުވާ ފަރާތަށް، އެ ކުއްޖެއްގެ ހާލަތާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުން އެ ކުއްޖަކަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، އެ ކަމުގައި އެ ފަރާތަށް ފެންނަ އެންމެ ރަނގަޅު ގޮތް ށަރީއަތުގެ މަޖިލީހުގައި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ.

(ލ) މަރުކަޒެއްގައި ބަންދުކޮށްފައި ހުރި ކުއްޖަކު އިމްތިހީާނެއްގައި ނުވަތަ އާާއިލީ މުހިންމު ކަމެއްގައި ބައިވެރިވުމަށް، ނުވަތަ އާާއިލާގެ ނުވަތަ ތިމާގެ މީހަކު މަރުވެގެން، ނުވަތަ ބެލެނިވެރިޔަކު ބޮޑު ބައްޔެއްވެގެން ނުވަތަ އެފަދަ އެއްވެސް ކުއްލި ހާލަތެއް މެދުވެރިވެގެން ކުއްޖާ ދާންޖެހިއްޖެ ހާލަތެއްގައި ކުއްޖާ ބަލަހައްޓާނެ މީހެއްގެ ބެލުމުގެ ދަށުން، 7 (ހަތެއް) ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްޖާ ވީއްލުމުގެ އިހާްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މި މުއްދަތުގައި ދަތުރުމަތީ ހޭދަވާ ދުވަސްތައް ޗުއްޓީގެ ގޮތުގައެއް ނުހިމެނޭނެއެވެ.

(ގ) ކުއްޖާ ވަގުތީގޮތުން ދޫކުރުމަށް ދީފައިވާ ހުއްދައެއް ބާތިލުކޮށްފައިވަނިކޮށް، ކުއްޖާ ބަންދުގައި ބެހެއްޓުމަށް އަންގައިފައިވާ މަރުކަޒަށް އެނބުރި ދިއުމަށް އިންކާރު ކޮށްފި ނަމަ، ހާލަތަށް ރިއާާޔަތް ކުރުމަށްފަހު، އެ މަރުކަޒަށް އޭނާ ހައްޔަރުކޮށްގެން ގެންދިއުމަށް ފަނޑިޔާރަށް އަމުރު ކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ކުޑަކުދިން ބަންދުކުރާ މަރުކަޒުތަކުގެ މުވައްޒަފުން

ކުޑަކުދިން ބަންދުކޮށްފައި ތިބޭ މަރުކަޒުތަކުގައި އެ ކުދިންނާ މުއާާމަލާތު ކުރުމަށް އައްޔަނު ކޮށްފައިވާ ކޮންމެ ފަރާތެއް ވާންޖެހޭނީ މަގާމުގެ ލަޔާގަތާއި ގާބިލިއްޔަތު ހުރި އަދި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިފައިވާ ފަންނުވެރި މީހަކަށެވެ.

 

20 ވަނަ މާއްދާ - ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން

(ހ) ހައްޔަރުކުރުމަކަށް ނުވާގޮތަށް 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެއެވެ.                      

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ހާލަތުގައި، އަންނަނިވި ގޮތުގެމަތިން އަމަލު ކުރަން ވާނެއެވެ.

  1. ފުލުހުންގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދެވޭ ވަގުތުން ފެށިގެން 2 (ދޭއް) ގަޑިއިރުގެ ތެރޭގައި ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއަށާއި ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އެންގުން؛
  2. ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ގާނޫނީ އިންޒާރު ދިނުމާއެކު، ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއަށާއި ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް އެކަން އެންގުން؛
  3. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރާ ނަމަ، ކުއްޖާގެ ބަލަދުވެރިޔާ، ނުވަތަ ބެލެނިވެރިޔާ، ނުވަތަ އެއިން ފަރާތެއް ނެތް ނަމަ، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފެއްގެ ހާޒިރުގައި ސުވާލުކުރުން؛

 

21 ވަނަ މާއްދާ - ހައްޔަރުކޮށްފައި ބަހައްޓައިގެން ސުވާލުކުރުން

(ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާއާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާގެ ހާޒިރުގައެވެ. ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފެއްގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ހިމެނޭ ކުއްޖާއާ ސުވާލުކުރުމުގެ ކުރިން ވަކީލަކު އައްޔަނު ކުރުމާ ގުޅޭ ގޮތުން ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ ކުއްޖާގެ މަސްްލަހަތު ހިމާޔަތްކުރާ ފަރާތާ މަށްވަރާ ކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި ކުއްޖާ ވަކީލަކާއެކު ކުރިޔަށްދާން ބޭނުންވާ ނަމަ، ކުއްޖާއާ ސުވާލުކުރަންވާނީ ވަކީލެއްގެ ހާޒިރުގައެވެ. 

 

22 ވަނަ މާއްދާ - އެއް ތަނުން  އަނެއް ތަނަށް އުފުލުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުދިން، އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި، ކުށުގެ ތުހުމަތުގައިވާ ބޮޑެތި މީހުންނާ އެކުގައި މަސްހުނިކޮށްގެން، އެއް ތަނުން އަނެއް ތަނަށް އުފުލައި ހަދައިގެން ނުވާނެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުދިން، އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ދެ ޖިންސުގެ ކުދިން އެކުގައި މަސްހުނިކޮށްގެން، އެއް ތަނުން އަނެއް ތަނަށް އުފުލައި ހަދައިގެން ނުވާނެއެވެ.

(ނ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުއްޖަކު، އެއް ތަނުން އަނެއް ތަނަށް ގެންދަންވާނީ، އެ ކުއްޖާއާ އެއްޖިންސެއްގެ މުވައްޒަފަކާ އެކުގައެވެ. 

 

23 މާއްދާ - ތަހުގްީގުކުރުމުގައި ގާނޫނާ ހިލާފުވެފައިވުމުގެ ށަކުވާ

(ހ) ގާނޫނު ތަންފީޒުު ކުރުމުގައި ކުއްޖާއާމެދު ގާނޫނާ ހިލާފު އަމަލެއް ނުވަތަ އިޖުރާއަތާ ހިލާފު އަމަލެއް، ގާނޫނީ ބާރެއް ލިބިފައިވާ ފަރާތަކުން ކޮށްފައިވާ ކަމުގެ ށަކުވާ އެއްވެސް ފަރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ކޮށްފި ނަމަ، ލަސްނުކޮށް        އެ މައްސަލައެއް ތަހުގްީގު ކުރުމަށް، ކަމާބެހޭ ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ށަކުވާއާމެދު ހިންގޭ ތަހުގްީގްެއްގެ ނަތީޖާއަކީ، ކުއްޖާއާމެދު ދައުވާ އުފުލިފައިވަނީ ނުވަތަ އެނޫންވެސް ފިޔަވަޅެއް އެޅިފައިވަނީ ގާނޫނީ ބާރު ލިބިފައިވާ ފަރާތެއްގެ ގާނޫނާ ހިލާފު އަމަލެއްގެ ސަބަބުން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަށީގެންވާ މިންވަރަކަށް ގަބޫލު ކުރެވޭ ނަމަ، ކުއްޖާއާމެދު ކޮށްފައިވާ އެ ދައުވާއެއް ނުވަތަ އަޅައިފައިވާ އެ ފިޔަވަޅެއް ވަގުތުން ބާތިލު ކުރަން ވާނެއެވެ.

 

24 ވަނަ މާއްދާ - ކުއްޖާގެ މަސްްލަހަތުގައި ހާޒިރުވާ ފަރާތަށް އަންގާ އެންގުން

ކުށުގެ ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ގާނޫނު ތަންފީޒުުކުރާ އިދާރާތަކަށް، ކުއްޖާގެ މަސްްލަހަތު ދިފާއުކުރުމަށް ހާޒިރުވާ އެ ކުއްޖެއްގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާއަށް، ނުވަތަ އެއިން ފަރާތަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފަށް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 205 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އޭނާ ހާޒިރުކުރެވުނު މަގުސަދު އަނގަބަހުންނާއި ލިޔުމުން އަންގަންވާނެއެވެ.

 

25 މާއްދާ - ކުއްޖާގެ އިޖުތިމާއާީ ހާލަތު އަންގައިދޭ ރިޕޯޓު ތައްޔާރުކުރުން

(ހ) މައްސަލައިގެ ކުޑަބޮޑުމިނަށާއި، ކުއްޖާގެ ކުށުގެ ރެކޯޑަށް ބަލައި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ ކުއްޖަކާ ގުޅޭގޮތުން ކުއްޖާގެ އިޖުތިމާއާީ ހާލަތު އަންގައިދޭ ރިޕޯޓު، ކުދިންގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކުން ތައްޔާރު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރިޕޯޓު، ތަހުގްީގު މަރުހަލާގައްޔާއި، ދައުވާކުރުމުގެ މަރުހަލާގައްޔާއި، ށަރީއަތް ކުރުމުގެ މަރުހަލާގައި ބޭނުންވެއްޖެ ހިނދަކު އެ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

(ނ)ބތުހުމަތުގައިވާ ކުއްޖާގެ މައްޗަށް ކުރެވޭ ތަހުގްީގު ފުރިހަމަކުރުމަށްފަހު، ތަހުގްީގު ކުރި ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ފޮނުވަންވާނީ، ކުއްޖާގެ އިޖުތިމާއާީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ރިސްކް އެސެސްމަންޓް ރިޕޯޓާ އެކުގައެވެ.

 

26 ވަނަ މާއްދާ - ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ށަރީއަތަށް ހުށަހެޅުން

(ހ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ށަރީއަތަށް ހުށަހަޅާނީ ދައުލަތުންނެވެ.

(ށ) ކުޑަކުދިން ބައިވެރިކޮށްގެން ބޮޑެތި މީހުން ކުރާ ކުށުގެ މައްސަލަތަކުގައި ކުއްޖާގެ ބައި ހުށަހަޅާނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަ ބަލާ ކޯޓަކަށެވެ.  

 

27 ވަނަ މާއްދާ - ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ކޯޓު

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާނީ، މާލޭގައި ނަމަ، ޖުވެނައިލް ކޯޓުން އަދި އަތޮޅުތަކުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުތަކުންނެވެ.    

 

28 ވަނަ މާއްދާ - ށަރީއަތުގެ މަޖިލީހުގެ ހާޒިރީން

(ހ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅޭ މައްސަލަ ށަރީއަތުން ބަލާއިރު، އަންނަނިވި ފަރާތްތައް ށަރީއަތުގެ މަޖިލީހަށް ހާޒިރުވާންވާނެއެވެ.

  1. ދައުވާކުރާ ފަރާތް؛
  2. ދައުވާ ލިބޭ ފަރާތް؛
  3. ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ؛
  4. ކުއްޖާގެ ދިފާއާީ ވަކީލަކު ހުރި ނަމަ، ދިފާއާީ ވަކީލު؛
  5. ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، އަންނަނިވި ފަރާތްތައް ށަރީއަތުގެ މަޖިލީހަށް ވެއްދުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

  1. ގެއްލުން ލިބުނު ފަރާތް؛
  2. ކުއްޖާގެ މަސްްލަހަތު ހިމާޔަތް ކުރެވިދާނެ ފަރާތެއް ކަމުގައި ގާޟީ ކަނޑައަޅާ ފަރާތްތައް؛
  3. މައްސަލައާ ގުޅިގެން ށަރީއަތުން ހާޒިރުކުރާ އެންމެހައި ފަރާތްތައް؛
  4. ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅުންހުރި މަސައްކަތްތައް ކުރާ މުއައްސަސާތަކުން ކޯޓަށް ތަމްރީނު ހޯދުމަށް ޓަކައި އަންނަ ފަރާތްތަކުގެ ތެރެއިން ކޯޓުން ހުއްދަ ދޭ ފަރާތްތައް.

(ނ) ތުހުމަތުކުރެވޭ ކުއްޖާ ނުވަތަ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވޭ ފަރާތަކީ ސްކޫލަކަށް ނުވަތަ ތައުލީމު އުނގަންނައިދޭ  މަރުކަޒަކަށް ކިޔަވަންދާ ކުއްޖެއް ނަމަ، މައްސަލައިގެ ށަރީއަތް ތާވަލު ކުރަންވާނީ، ސްކޫލަށް ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ދަތިނުވާނޭ ފަދަ ގޮތެއްގެ މަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަރީއަތުގެ މަޖިލީހަށް ކުއްޖާގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާއަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، މަގްްބޫލު ސަބަބެއްނެތި އެ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ، އެ ށަރީއަތުގެ މަޖިލީހެއްގައި ބެލެނިވެރިޔެއްގެ ގޮތުން ކުއްޖާގެ މަސްްލަހަތު ބަލަހައްޓާނީ ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން  ހާޒިރުވާ މީހެކެވެ.

(ބ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅޭ މައްސަލައެއްގެ ށަރީއަތް މެޖިސްޓްރޭޓް ކޯޓެއްގައި ހިންގާއިރު، ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ މަޖިލީހަށް ހާޒިރު ނުވެއްޖެ ނަމަ، ނުވަތަ ހާޒިރު ނުވެވޭ ހާލަތެއްގައި ހުރި ނަމަ، އެ ކުއްޖެއްގެ ބެލެނިވެރިއެއްގެ ގޮތުން ހާޒިރުވާނީ، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފަކެވެ. ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފަށް ކޯޓަށް ހާޒިރު ނުވެވޭ ހާލަތްތަކުގައި، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ށަރީއަތުގައި ބައިވެރިވެވިދާނެއެވެ. ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ މުވައްޒަފަށް، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ށަރީއަތުގައި ބައިވެރިނުވެވޭ ހާލަތުގައި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއިން ކަނޑައަޅާ ފަރާތެއް، ކުއްޖާގެ ށަރީއަތަށް ހާޒިރުވާންވާނެއެވެ.

(ޅ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައިވާ ނަމަ، މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާ ދުވަހާއި ގަޑި އަދި މައްސަލައިގެ ހުކުމްކުރާ ދުވަހާއި ގަޑި، ގެއްލުން ލިބުނު ފަރާތަށް ކޯޓުން އަންގަންވާނެއެވެ. ނަމަވެސް އެ ފަރާތް ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމަކީ ލާޒިމު ކަމެއް ނޫނެވެ.

(ކ) ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައިވާ ނަމަ، އެ މައްސަލައެއްގެ ހުކުމް ކުރުމާއެކު، މައްސަލަ ނިމުނު ގޮތް، ގެއްލުން ލިބުނު ފަރާތަށް ކޯޓުން އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ކުށްކުރާ ކުޑަކުއްޖާއަކީ އަނިޔާ ލިބިފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭ ކުއްޖެއް ނަމަ، އަނިޔާ ލިބޭ ފަރާތްތަކުގެ މަސްްލަހަތު ހިމާޔަތްކުރާ ދައުލަތުގެ އިދާރާގެ މީހަކު ނުވަތަ އެފަދަ ކުދިންނާއެކު މަސައްކަތްކުރާ ފަރާތުން މީހަކު ށަރީއަތުގެ މަޖިލީހަށް ހާޒިރުވާންވާނެއެވެ. 

 

29 ވަނަ މާއްދާ - ކުޑަކުދިންގެ މައްޗަށް ށަރީއަތުން ހުކުމް ކަނޑައެޅުން

(ހ) ވަކިގޮތަކަށް ގާނޫނަކުން އަދަބު ކަނޑައަޅަން ބަޔާންކޮށްފައި އޮންނަ ހާލަތްތަކުގައި އަމަލުކުރާނީ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށެވެ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އަދަބަކީ ޖަލަށްލުން ނަމަ، ގާނޫނުގައިވާ ގޮތަށް ހުކުމްކޮށް، ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށް ރިއާާޔަތްކޮށް، ކުށްކުރާ ކުދިން ބޭތިއްބުމަށް ގާއިމްކޮށްފައިވާ ކަރެކްށަނަލް ސެންޓަރެއްގައި ނުވަތަ ރިހެބިލިޓޭށަން ސެންޓަރެއްގައި ހުކުމުގެ މުއްދަތަށް ކުއްޖާ ބެހެއްޓުން، ނުވަތަ މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވުމަށް ޓަކައި ހުކުމް ކޮށްފައިވާ މުއްދަތަށް އެ ކުއްޖަކު ގޭގައި ބަންދުކުރުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ.

(ނ) ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން އެ ކުދިން ގޭގައި ބަންދުކުރުމަށް ހުކުމް ކުރެވޭނީ، ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނަށް ރިއާާޔަތްކޮށް، މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއްގައި ބައިވެރިވާ ގޮތަށެވެ.  

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނުން އަދަބު ކަނޑައަޅަންޖެހޭ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

  1. ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެ ކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ އެ ކުށަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ކުޑަ އަދަބެއްގެ ތިންބައިކުޅަ ދެބައެވެ.
  2. އުމުރުން 18 (އަށާރަ) އަހަރު ވުމަށްފަހުގައި ވެސް، އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން، ކުއްޖަކު ކޮށްފައިވާކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެއެވެ.
  3. އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުއްޖެއްގެ މައްޗަށް ކޮށްފައިވާ ހުކުމް، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަން ވާނެއެވެ.
  4. ކުށަކަށް ދެވޭ އެންމެ ކުޑަ އަދަބު ގާނޫނުގައި ކަނޑައެޅިފައި ނުވާ ނަމަ، ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެ ކުއްޖާގެ ހާލަތަށާއި، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރަށް ރިއާާޔަތްކޮށް، ހުކުމް ކަނޑައެޅުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދަބު ކަނޑައެޅުމުގައި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގްޫބާތު) ގެ 1005 ވަނަ މާއްދާގެ ދަށުން، ''ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު'' އާ އެއްގޮތަށް އަދަބު ކަނޑައެޅުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ. 

(ޅ) ކުށްކުރި ކުއްޖަކީ ސްކޫލެއްގައި ނުވަތަ ތައުލީމު އުނގަންނައިދޭ މަރުކަޒެއްގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ، ކުށުގެ ބާވަތަށާއި، ކުއްޖާގެ އުމުރަށް ރިއާާޔަތްކޮށް، ކިޔަވަންދާ ގަޑިތަކުގައި ބަލަދުވެރިއެއްގެ ބެލުމުގެ ދަށުން ނުވަތަ ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން ކުއްޖާ ކިޔަވަން ގޮސްއައިސްވެ އުޅުމަށް އަމުރުކުރުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ.

(ކ) ކުޑަކުއްޖަކު ތަކުރާރުކޮށް ކުށެއް ކޮށްފި ނަމަ، އެ ކުއްޖާގެ ކުށުގެ ރިކޯޑާއި، ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮމިނަށާއި، އެ ކުއްޖާގެ ހާލަތު އަންގައިދޭ ރިޕޯޓަށް ރިއާާޔަތްކޮށްގެން އަދަބު ކަނޑައެޅުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - އިސްްލާހީީ ޕްރޮގްރާމުގައި ބައިވެރިކުރުވުން

ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ހުކުމް ކުރާއިރު، ދައުވާ ލިބޭ ކުއްޖާގެ އުމުރުން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވިޔަސް، ކުއްޖާ އިސްްލާހީީ ޕްރޮގްރާމުގައި ބައިވެރިކުރުމުގެ އިހާްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

31 ވަނަ މާއްދާ - ކުދިން އިސްްލާހުކޮށް  މުޖުތަމައަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރުން

(ހ) ކުއްޖަކު ކުށެއް ކޮށްފި ނަމަ، އެ ކުއްޖެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުު ކުރަމުންދާ މުއްދަތުގައި، އިސްްލާހު ކުރުމަށް އެހީތެރިވުމުގެ ގޮތުން، އެ ކުއްޖާ ގޭގައި ބަންދުކުރުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮގްރާމެއްގައި ބައިވެރި ކުރެވިދާނެއެވެ.

  1. މަސައްކަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް؛
  2. ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ޖަމްއާިއްޔާ / ޖަމާއަތަކުން  ހިންގާ ކުޑަކުދިންނާ ގުޅޭ އެކިއެކި ޕްރޮގްރާމްތައް؛
  3. ސިޓީ ފެންވަރުގައި، ނުވަތަ ރަށު ފެންވަރުގައި، ނުވަތަ އަވަށު ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް؛
  4. ސްކޫލަކުން ނުވަތަ ތައުލީމު ދޭ މަރުކަޒަކުން އުނގެނުން؛
  5. ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ނުވަތަ ސެލްފް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިން، ޕްރޮގްރާމް ފުރިހަމަކުރަމުންދާ ގޮތުގެ ރިޕޯޓެއް، އެ ޕްރޮގްރާމެއް ހިންގާ ފަރާތަކުން، މަހަކު އެއްފަހަރު، ކުއްޖާގެ މައްޗަށް ހުކުމް ކުރި ކޯޓަށާއި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ފޮނުވަންވާނެއެވެ. އަދި ކުއްޖާ ޕްރޮގްރާމް ފުރިހަމަ ކުރުމުގައި މައްސަލައެއް ދިމާވާ ނަމަ، ލަސްނުކޮށް، އެ ކުއްޖާގެ މައްޗަށް ހުކުމް ކުރި ކޯޓަށާއި ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއާއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ އަހުލާގްީ ރިޕޯޓެއް، ކުއްޖާގެ ބަންދާ ގުޅޭ ކަންތައްތައް ބަލަހައްޓާ އިދާރާއިން، މަހަކު އެއްފަހަރު، ކުއްޖާގެ މައްޗަށް ހުކުމް ކުރި ކޯޓަށާއި، ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރުމަށް ނިންމައި، ކޯޓުން އަމުރުނެރޭ ވަގުތު، އިސްްލާހީީ ޕްރޮގްރާމާ ގުޅޭ އަމުރާ އެއްގޮތަށް އަމަލަކުރުމަށް ކުއްޖާ އިގުރާރު ވާންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރުމަށް ނިންމައި، ކޯޓުން އަމުރުނެރޭ ވަގުތު، ކުއްޖާގެ ބަލަދުވެރިޔާ، ނުވަތަ ބެލެނިވެރިޔާ، ނުވަތަ ކުއްޖާގެ ޒިންމާ އުފުލާ ފަރާތުން، އެ ޒިންމާ ހެޔޮގޮތުގައި އަދާކުރާނޭކަމަށް އިގުރާރު ވާންވާނެއެވެ.

 

32 ވަނަ މާއްދާ - އިސްްލާހީީ ޕްރޮގްރާމުގެ މުއްދަތު

އިސްްލާހީީ ޕްރޮގްރާމެއްގައި ބައިވެރިކޮށްފައިހުރި ކުއްޖެއްގެ އުމުރުން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރުމަކުން، ކުއްޖާ ޕްރޮގްރާމުގައި ބައިވެރިކުރުމަށް ނެރެފައިވާ އަމުރު ނިމުމަކަށް ނާންނާނެއެވެ.

 

33 ވަނަ މާއްދާ - އިސްްލާހީީ ޕްރޮގްރާމުގައި ބައިވެރިކުރާ ކުދިން މޮނިޓަރކޮށް ބެލެހެއްޓުން

އިސްްލާހީީ ޕްރޮގްރާމުގައި ބައިވެރިކުރާ ކުދިން އެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ މުއްދަތުގައި، ހުކުމް ތަންފީޒުުކުރާ ފަރާތުންނާއި ޕްރޮގްރާމް ހިންގާ ފަރާތުން، ކުއްޖާ ރަނގަޅަށް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.

 

34 ވަނަ މާއްދާ - ޕްރޮގްރާމް ފުރިހަމަކުރުން

ކަރެކްށަނަލް ޕްރޮގްރާމެއްގައި ނުވަތަ އިސްްލާހީީ ޕްރޮގްރާމެއްގައި ބައިވެރިކޮށްފައިވާ ކުއްޖަކު އިސްްލާހުވެއްޖެކަމަށް ބަޔާންކޮށް، ކުއްޖާއަށް ޕްރޮގްރާމް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން ރިޕޯޓް ފޮނުވުމާއެކު، ކުއްޖާއާ ގުޅޭގޮތުން ކޯޓުގެ ފަރާތުން ކުރިޔަށްގެންދާ ރިވިއު ބައްދަލުވުންތަކުން ކުއްޖާ އިސްްލާހުވެއްޖެކަމަށް ފާހަގަކުރެވިއްޖެ ނަމަ، ކުއްޖާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ބާކީބައި ތަންފީޒުު ނުކުރުމަށް އަމުރުކުރުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ. 

 

35 ވަނަ މާއްދާ - ޕްރޮގްރާމް ފުރިހަމަ ނުކުރުން

މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުއްޖެއްގެ މައްޗަށް ކުށެއް ސާބިތުވެގެން އެ ކުއްޖަކު  މުޖުތަމައަށް އަނބުރާ ގެނައުމަށް ޓަކައި ދެވެންހުރި ފުރުސަތުތައް ދިނުމުން ވެސް އެ ކުއްޖަކު އިސްްލާހުވަމުން ނުދާ ނަމަ، ނުވަތަ އެ ކުއްޖެއްގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުރާކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ކުއްޖެއްގެ މައްޗަށް ސާބިތުވި ކުށަށް ކަނޑައަޅައިފައިވާ އަދަބު ތަންފީޒުުކުރަން އަމުރު ކުރަން ވާނެއެވެ.

 

36 ވަނަ މާއްދާ - ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ބައްދަލުވުން ބޭއްވުން

މި ގަވާއިދުގެ ދަށުން "މުޖުތަމައުގެ ބައްދަލުވުން" (ކޮމިޔުނިޓީ ކޮންފަރެންސް) ނުވަތަ "އާާއިލީ ބައްދަލުވުން" (ފެމެލީ ކޮންފަރެންސް) ނުވަތަ "މައްސަލައާ ގުޅޭ ބައްދަލުވުން" (ކޭސް ކޮންފަރެންސް) ނުވަތަ ''ރުޖޫއާީ އިންސާފާ ގުޅޭ ބައްދަލުވުން'' (ރެސްޓޯރޭޓިވް ކޮންފަރެންސް) ބޭއްވުމުގެ އޮނިގަނޑު ތައާާރަފުކޮށް، އެ އޮނިގަނޑު ހިންގިދާނެއެވެ.

 

37 ވަނަ މާއްދާ - ބެލެނިވެރިން ޒިންމާދާރު ކުރުވުން

(ހ) ކުށް ކުރާ ކުޑަކުދިން އިސްްލާހު ކުރުމަށް ޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތަކީ އެ ކުދިންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ކަމުގައި ވާތީ، އެ ކުދިންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ކޯޓަށް އެއްބާރުލުން ދޭންވާނެއެވެ.

(ށ) ތުހުމަތުކުރެވޭ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ކޯޓަށް އެއްބާރުލުން ނުދޭކަމަށް ކޯޓަށް ފާހަގަކުރެވިއްޖެ ނަމަ، އެ ފަރާތުގެ ހާލަތަށް ރިއާާޔަތްކޮށް، އަދުލު އިންސާފު ގާއިމް ކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގާޟީއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ އިހާްތިޔާރު ގާޟީއަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - އިސްތިއުނާފު މަރުހަލާ

ތުހުމަތުކުރެވޭ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމައިފައިވާ އަމުރު އިސްތިއުނާފު ކުރުމުގެ މަރުހަލާގައްޔާއި، ކުއްޖާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާގައި، ކުއްޖާގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާއާއި ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާގެ ފަރާތުން ބައިވެރިވުން ލާޒިމްވާނެއެވެ.

 

39 މާއްދާ - މާނަކުރުން

މި ގަވާއިދުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) ''ކޯޓު'' ކަމަށް ބުނެފައި އެވަނީ، ޖުވެނައިލް ކޯޓާއި، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމުގެ އިހާްތިސްާސްް ލިބިފައިވާ އެހެނިހެން ކޯޓުތަކަށެވެ.

(ށ) "ސްިއްހީީ ފަރުވާ" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީ ފަރުވާއާއި، ނަފްސާނީ ފަރުވާއާއި، ސްިއްހީީގޮތުން ލިބެންޖެހޭ ހާާއްސަ ބޭސް ނުވަތަ ފަރުވާއަށެވެ.

(ނ) ''އަސާސީ ބޭނުން" ކަމަށް ބުނެފައި އެވަނީ، ސާފު ބޯފެނާއި، އެކަށީގެންވާ ކާނާއާއި، ފާހާާނާކުރުމާއި ފެންވެރުމުގެ އިންތިޒާމަށެވެ.

(ރ) ''ކުއްޖާގެ މަސްްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާ'' ކަމަށް ބުނެފައި އެވަނީ، ކުށް ކުރާ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ކުދިންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމަށް ކަނޑައެޅިފައިވާ ދައުލަތުގެ އިދާރާއަށެވެ. 

(ބ) "ފެމިލީ ކޮންފަރެންސް" ކަމަށް ބުނެފައި އެވަނީ، ތުހުމަތުކުރެވޭ ކުއްޖާއާއި އެ ކުއްޖާގެ އާާއިލާއާއެކު ކަމާ ގުޅުންހުރި މުއައްސަސާތަކުން ބާއްވާ ބައްދަލުވުމަށެވެ.

(ޅ) "ކޭސް ކޮންފަރެންސް" ކަމަށް ބުނެފައި އެވަނީ، ހުކުމަށްފަހު،  އިސްްލާހީީ ޕްރޮގްރާމުގައި ކުއްޖާ ބައިވެރިކުރުމަށް ޓަކައި ގޮތެއް ނިންމުމާމެދު، ކަމާ ގުޅުންހުރި މުއައްސަސާތަކާއި، ކުއްޖާ އިސްްލާހުވުމަށް އެހީތެރިކަން ފޯރުވައިދެވިދާނެ އެހެނިހެން ފަރާތްތަކާއެކު ކޯޓުން ބާއްވާ ބައްދަލުވުމަށެވެ.

(ކ) "ކޮމިއުނިޓީ ކޮންފަރެންސް" ކަމަށް ބުނެފައި އެވަނީ، ހުކުމަށްފަހު، އިސްްލާހީީ ޕްރޮގްރާމްގައި ކުއްޖާ ބައިވެރިކުރުމަށް ޓަކައި ގޮތެއް ނިންމުމާމެދު ކަމާ ގުޅުންހުރި މުއައްސަސާތަކާއި، ކުއްޖާ އިސްްލާހުވުމަށް އެހީތެރިކަން ފޯރުވައިދެވިދާނެ އެހެނިހެން ފަރާތްތަކާއެކު ކޯޓުން ބާއްވާ ބައްދަލުވުމަށެވެ.

(އ) "ޑައިވަރށަންގެ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގާނޫނާ ހިލާފުވާ ކުދިންނަށް ށަރުއާީ ނިޒާމުން ބޭރުން ފުރުސަތުތައް ހޯދައިދިނުމަށެވެ. މިގޮތުން ޕްރޮގްރާމްތައް އެކުލަވައިލައި، އެ ޕްރޮގްރާމްތަކުގެ އެހީގައި ކުދިން ބައިވެރިކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް އެހީތެރިވުމުގެ ގޮތުން ހިންގޭ ބަދަލު ޕްރޮގްރާމްތަކަކީ ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން (ހައްޔަރުކުރި ނަމަވެސް) ށަރީއަތުގެ ކުރިން ކުއްޖާއާމެދު ގޮތެއް ނިންމުމުގެ ކުރިންވެސް ދެވިދާނެ ފުރުސަތެކެވެ.

 

40 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާާއިއުކުރާ ދުވަހުން ފެށިގެން، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާ ހަމައަށެވެ.

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 19/2019)

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 18/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު