ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރި ކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-37)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމުގައްޔާއި، ސަގާފީ ތަރިކަ ގިންތިކުރުމުގައްޔާއި، ފާހަގަކުރެވޭ ސަގާފީ އަގު ކަނޑައެޅުމުގައްޔާއި، ދަފުތަރުކުރުމަގައްޔާއި، ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރި ކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްްސަދު
މި ގަވާއިދުގެ މަގްްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ސަގާފީ ތަރިކައަކީ ކޮބައިކަން ކަނޑައެޅުމުގައި އަމަލުކުރާނެ މިންގަނޑާއި އުސޫލު ބަޔާންކުރުން؛
(ށ) ސަގާފީ ތަރިކަ ގިންތިކުރުމުގައި އަމަލުކުރާނެ މިންގަނޑާއި އުސޫލު ބަޔާންކުރުން؛
(ނ) ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގު ކަނޑައެޅުމުގައި އަމަލުކުރާނެ މިންގަނޑާއި އުސޫލު ބަޔާންކުރުން؛
(ރ) ސަގާފީ ތަރިކަ ދަފުތަރު ކުރުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކުރުން؛
(ބ) އަލަށް ފެންނަ ސަގާފީ ތަރިކަކަމަށް ބެލެވޭ ތަންތަނާއި ތަކެއްޗާ ގުޅިގެން އަމަލުކުރަންޖެހޭ އުސޫލު ބަޔާންކުރުން؛
(ޅ) ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް އަމަލުކުރާނެ މިންގަނޑު ބަޔާންކުރުން؛
(ކ) އާސާރީ ބިނާތަކާއި އަސާރީ ސަރަހައްދުތަކާއި، އެ ތަންތަނުގެ ވަށައިގެންވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމުގައި އަމަލުކުރާނެ މިންގަނޑު ބަޔާންކުރުން؛
(އ) ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން؛
(ވ) ސަގާފީ ތަރިކަ ރާއްޖެއިން ބޭރަށް ގެންދިއުމަށާއި ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކުރުން؛
(މ) ސަގާފީ ތަރިކަ ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީތެރިކަމާއި އިިނާޔަތް ދިނުމުގެ އުސޫލު ބަޔާންކުރުން؛
(ފ) ސަގާފީ ތަރިކަ ކަމަށް ކަނޑައަޅާ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަތުން ފީ ނެގުމުގެ އުސޫލު ބަޔާންކުރުން؛
(ދ) ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ށަރުތުތައް ކަނޑައެޅުން.
ދެވަނަ ބާބު
ކޮމިޓީ އުފެއްދުން
3 ވަނަ މާއްދާ - ކޮމިޓީ އުފެއްދުން
(ހ) ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ ގުޅިގެން ކުރަންޖެހޭ އަންނަނިވި ކަންކަން ކުރުމަށް ވަޒީރުގެ ލަފާގެ މަތިން، މަރުކަޒުގެ އިސްވެރިޔާ، ކޮމިޓީއެއް އުފައްދަންވާނެއެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ މަރުކަޒުގެ އިސްވެރިޔާއެވެ.
- ސަގާފީ ތަރިކަ ގިންތިކުރުން؛
- ފާހަގަކުރެވޭ ސަގާފީ އަގު ކުރުން؛
- ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ކަނޑައެޅުން؛
- ސަގާފީ ތަރިކައެއް ދަފުތަރުން އުނިކުރުން؛
- ދާއިމީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމުގައި ލަފާދިނުން؛
- ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުން؛
- ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުން.
- ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން؛
- ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ތަންފީޒުކުރުމުގައި ލަފާ ހޯދުމަށް ވަޒީރު އެދޭ ކަންކަމަށް ލަފާ ދިނުން؛
- މިނޫންވެސް ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތަކުން، މި ކޮމިޓީން ކުރަން ޖެހޭނެކަމަށް ބުނާ ކަންކަންކުރުން.
(ށ) މި ކޮމިޓީ އެކުލެވިގެންވާނީ، 7 (ހަތެއް) އަކަށް ވުރެ މަދު ނޫން، އޮނަހިރި އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.
(ނ) މި ކޮމިޓީގައި ހިމަނަންވާނީ، އަންނަނިވި ދާއިރާތަކުގެ ތެރެއިން އިިލްމީ ނުވަތަ ތަޖުރިބާވެރި މީހުންނެވެ.
- ތާރީހު؛
- ކޮންޒަރވޭށަން/ ޕްރިޒަރވޭށަން؛
- އިސްލާމިކް ކަލްޗަރ؛
- އާކިއޮލޮޖީ؛
- ހެރިޓޭޖް މެނޭޖްމަންޓް؛
- ކަލްޗަރ އެންޑް ހެރިޓޭޖް ސްޓަޑީޒް؛
- މިއުޒިއޮލޮޖީ؛
- އެންތްރޮޕޮލޮޖީ؛
- ލިންގުއިސްޓިކް ނުވަތަ ދިވެހިބަސް؛
- އާކިޓެކްޗަރ؛
- ބިލްޓް ހެރިޓޭޖް؛
- ސިވިލް އިންޖިނިއަރިންގ؛
- އާކައިވަލް ސްޓަޑީޒް؛
- ތިމާވެށި؛
- ފަތުރުވެރިކަން؛
- މާލީ ދާއިރާ؛
- އިޖުތިމާއިީ ރޮނގުން.
4 ވަނަ މާއްދާ - ކޮމިޓީ ބައްދަލުވުން
ކޮންމެ އަހަރަކު މަދުވެގެން 4 (ހަތަރެއް) ބައްދަލުވުން ބާއްވަންވާނެއެވެ.
5 ވަނަ މާއްދާ - ކޮމިޓީ ޖަލްސާގެ ގާނޫނީ އަދަދާއި ކޮމިޓީން ކަންކަން ނިންމުން
ކޮމިޓީ ޖަލްސާގެ ގާނޫނީ އަދަދަކީ، ކޮމިޓީގައި ހިމެނޭ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައެވެ. އަދި މި ކޮމިޓީން ކަންކަން ނިންމާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
6 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުން
ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ މަރުކަޒުންނެވެ.
7 ވަނަ މާއްދާ - އެހެނިހެން
މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ނިންމުމަށްޓަކައި، މި ކޮމިޓީން، ކުދި ކޮމިޓީތައް އެކުލަވައިލުމަކަށް ހުރަހެއް ނާޅައެވެ.
ތިންވަނަ ބާބު
ހެރިޓޭޖް ޓްރަސްޓް ފަންޑް ބޯޑު
8 ވަނަ މާއްދާ - ބޯޑު އުފެދުން
މި ބޯޑަކީ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ "ހެރިޓޭޖް ޓްރަސްޓް ފަންޑް"، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގުމަށް އެކުލަވައިލައިފައިވާ ބޯޑެކެވެ.
9 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތު
"ހެރިޓޭޖް ޓްރަސްޓް ފަންޑް" ގެ ބޯޑުގެ މަސްއޫލިއްޔަތަކީ، ޓްރަސްޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަންޑުން ހަަރަދު ކުރުމުގެ ހުއްދަ ދިނުމާއި، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް، އަދި ކޮންމެ މާލީ އަހަރެއް ނިމޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މާލީ ބަޔާން ތައްޔާރުކޮށްފައި ވަޒީރަށް ހުށަހެޅުމެވެ.
10 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތް
ހެރިޓޭޖް ޓްރަސްޓް ފަންޑުގެ ބޯޑު އެކުލެވިގެންވަނީ، ތިރީގައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
(ހ) ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރު (ޗެއަރޕާސަން)؛
(ށ) ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރު އައްޔަނު ކުރާ 2 (ދޭއް) މެންބަރުން؛
(ނ) މާލީ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
(ރ) ތިމާވެށީގެ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
(ބ) ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
(ޅ) ތައުލީމާ ގުޅޭ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
(ކ) ދީނީ ކަންކަމަށް ޒިންމާވާ ވުޒާރާއިން ކަނޑައަޅާ މެންބަރެއް؛
(އ) ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ މެންބަރެއް.
11 ވަނަ މާއްދާ - ބައްދަލުވުން ބާއްވާނެ ގޮތް
ކޮމިޓީގެ ބައްދަލުވުން އޮންނާނީ ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހުއެވެ. ކޮންމެހެން ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވެއްޖެ ހިނދެއްގައި، 3 (ތިނެއް) މަހަށްވުރެ ކުރިންވެސް މި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިދާނެއެވެ.
12 ވަނަ މާއްދާ - ބޯޑުގެ ކޯރަމް
ކޮމިޓީގެ ބައްދަލުވުން ކުރިޔަށް ގެންދެވޭނީ، މަދުވެގެން ކޮމިޓީގެ 5 (ފަހެއް) މެންބަރުން (ކޯރަމް) ހަމަވުމުންނެވެ.
13 ވަނަ މާއްދާ - ބޯޑުގެ ރިޔާސަތު ބެލެހެއްޓުން
ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރު ނުވަތަ މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ހެރިޓޭޖް ޓްރަސްޓް ފަންޑުގެ ބޯޑު މެންބަރުންގެ ތެރެއިން ވަޒީރު ކަނޑައަޅާ ފަރާތަކުންނެވެ.
14 ވަނަ މާއްދާ - ހެރިޓޭޖް ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރާނެ ގޮތް
ހެރިޓޭޖް ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރާނީ، އަންނަނިވި ކަންކަން ކުރުމަށެވެ.
(ހ) ރާއްޖޭގެ ތަރިކައާއި ސަގާފަތު ދެމެހެއްޓުމަށް މީހުން ބިނާކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން؛
(ށ) ރާއްޖޭގެ ތަރިކައާއި ސަގާފަތު ދެމެހެއްޓުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ޕްރޮގްރާމްތައް ހިންގުން؛
(ނ) ރާއްޖޭގެ ތަރިކައާއި ސަގާފަތަށް މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގުން؛
(ރ) ރާއްޖޭގެ ތަރިކައާއި ސަގާފަތު ދެމެހެއްޓުމަށް ބޭނުންވާ އެކިއެކި ޕްރޮގްރާމްތަކާއި މަށްރޫއުތައް ހިންގުން؛
(ބ) ދަފުތަރު ކުރެވިފައިވާ މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ރައްކައުތެރި ކުރުމަށް ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން؛
(ޅ) މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ރައްކައުތެރި ކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން؛
(ކ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަރިކަ ރައްކައުތެރިކުރުމާބެހޭ ހަރަކާތްތަކާއި، ތައުލީމާއި، ތަމްރީނުތަކާއި، ދިރާސާތަކާއި، ސަރވޭތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން.
(އ) ދަފުތަރު ކުރެވިފައިވާ މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ރައްކައުތެރި ކުރުމަށް ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން؛
(ވ) ދާރުލްއާސާރުތަކާއި ސަގާފީ މަރުކަޒުތައް ބިނާކުރުމަށް ކުރާ ހަަރަދު؛
15 ވަނަ މާއްދާ - ހެރިޓޭޖް ޓްރަސްޓް ފަންޑަށް ޖަމާކުރާ ފައިސާގެ ބާވަތް
ހެރިޓޭޖް ޓްރަސްޓް ފަންޑަށް ޖަމާކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލިބޭ ފައިސާއެވެ.
(ހ) ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރި ކުރުމަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދޭ ހިލޭ އެހީއާއި، ވަގުފާއި ހަދިޔާ؛
(ށ) އެހީ ހޯދުމަށް ހިންގޭ ހަރަކާތްތަކުން ލިބޭ ފައިސާ؛
(ނ) ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާއި، މި ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ފައިސާ؛
(ރ) ގައުމީ ދާރުލްއާސާރުތަކާއި އެނޫންވެސް ސަގާފީ ތަރިކަ ކަމުގައި ކަނޑައަޅައިފައިވާ ތަންތަނަށް އާންމުން ވަނުމަށް ނަގާ ފީގެ ފައިސާ؛
(ބ)ފަންޑުން ގާއިމްކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ؛
(ޅ) ސަގާފީ ތަރިކަ ރައްކައުތެރި ކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކަށް ހޯދާ ފައިސާ؛
(ކ) ދައުލަތުގެ މާލިއްޔަތުން ސަގާފީ ތަރިކަ ރައްކައުތެރި ކުރުމަށް ޓަކައި ކަނޑައެޅޭ ފައިސާ؛
(އ) ގައުމީ ދާރުލްއާސާރުތަކާއި އެނޫންވެސް ސަގާފީ ތަރިކަ ކަމުގައި ކަނޑައަޅައިފައިވާ ތަންތަނުގައި ހަދާ ސުވެނިއަރ ށޮޕާއި ކެފޭ ފަދަ ތަންތަން ކުއްޔަށް ދީގެންނާއި، އެފަދަ ތަންތަނުގައި އިންވެސްޓްކޮށްގެން ލިބޭ ފައިސާ.
ހަތަރުވަނަ ބާބު
ސަގާފީ ތަރިކަ ކަނޑައެޅުމާއި ގިންތިކުރުން
16 ވަނަ މާއްދާ - ސަގާފީ ތަރިކައިގެ ބާވަތްތައް
ސަގާފީ ތަރިކަ ބެހިގެންވަނީ އަންނަނިވި ބާވަތްތަކަށެވެ.
(ހ) އުފުލޭ ސަގާފީ ތަރިކަ؛ (މިސާލަކަށް، ދޮންބަންޑާރައިންގެ ފަގުޑިކޮޅު)
(ށ) އާސާރީ ބިނާ؛ (މިސާލަކަށް، އުތީމު ގަނޑުވަރު)
(ނ) އާސާރީ ސަރަހައްދު؛ (މިސާލަކަށް؛ ކާށިދޫ ކުރުހިންނަ ތަރާގަނޑު)
(ރ) މައުނަވީ ސަގާފީ ތަރިކަ. (މިސާލަކަށް، ކަސަބު ވިޔުމުގެ ފަންނުވެރިކަން)
17 ވަނަ މާއްދާ - ސަގާފީ ތަރިކަ ކަނޑައެޅުން
މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް އެއްޗަކީ ނުވަތަ އެއްވެސް ތަނަކީ ނުވަތަ އެއްވެސް ކަމަކީ، ވަކި ބާވަތެއްގެ ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅާނީ، މި ގަވާއިދުގެ 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ބެލުމަށްފަހު، މަރުކަޒުންނެވެ.
18 ވަނަ މާއްދާ - އުފުލޭ ސަގާފީ ތަރިކަ ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް
(ހ) އުފުލޭ ސަގާފީ ތަރިކައެއްގެ ގޮތުގައި އެއްވެސް އެއްޗެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް މަރުކަޒުން ރިއާޔަތް ކުރަން ވާނެއެވެ.
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗެއް، ތާރީހަާއި ސަގާފަތާއި އާދަކާދައިގެ ތެރެއިން ބައްޓަންވެގެން އައިސްފައިވާ ހަާއްސަ ކަންކަމާ ގުޅުންހުރި މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗަކީ އާންމުނޫން ނުވަތަ މަދުންނޫނީ ނުފެންނަ އެއްޗަކަށް ވުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗަކީ ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ އެއްޗަކަށް ވުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗަކުން ތާރީހަާއި ސަގާފަތާއި އާދަކާދައަށް އިތުރު މުއްސަނދިކަމެއް ގެނުވޭ ފަދަ މައުލޫމާތުތަކެއް ލިއްބައިދޭ އެއްޗަކަށް ވުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗެއްގައި ތާރީހަާއި ސަގާފަތާއި އާދަކާދައާ ގުޅުންހުރިކަމަށް މުޖުތަމައަކަށް ގަބޫލުކުރެވޭ ފަދަ މާއްދީ ސިފަތަކެއް ފެންނަން ހުރުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗެއްގައި ވަކި ދުވަސްވަރެއްގެ އުފެއްދުންތެރިކަން ނުވަތަ ފަންނުވެރިކަން މަތީ ފެންވަރަކަށް ފެންނަން ހުރުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗެއް މުޖުތަމައަކުން އަގުވަޒަންކުރާ ވަކި އިޖުތިމާއިީ ނުވަތަ ސަގާފީ ނުވަތަ މައުނަވީ ސަބަބުތަކަކަށްޓަކައި ހަާއްސަވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗަކީ ހަާއްސަ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ އެއްޗަކަށް ވެފައި، އެ މީހަކު ނުވަތަ އެ ބަޔަކު ގައުމަށްޓަކައި ކޮށްދީފައިވާ ހިދުމަތެއްގެ ސަބަބުން ތާރީހަާއި ސަގާފަތާއި އާދަކާދައަށް އެ އެއްޗެއް މުހިންމުވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗަކީ ހަާއްސަ ހާދިސާއަކަށް ނުވަތަ މުނާސަބަތަކަށް ނިސްބަތްވާ އެއްޗަކަށް ވެފައި، އެ ހާދިސާއެއް ނުވަތަ މުނާސަބަތެއް، ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އެއްޗެއް، ތާރީހުގައި ހިނގައިދިޔަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިވެހިރާއްޖޭގެ ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު.
19 ވަނަ މާއްދާ - އާސާރީ ބިނާއެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް
(ހ) އަސާރީ ބިނާއެއްގެ ގޮތުގައި އެއްޗެއް ނުވަތަ ބިނާއެއް ނުވަތަ އިިމާރާތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ.
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއެއް ނުވަތަ އިިމާރާތެއް ތާރީހަާއި ސަގާފަތާއި އާދަކާދައިގެ ތެރެއިން ބައްޓަންވެގެން އައިސްފައިވާ ހަާއްސަ ކަންކަމާ ގުޅުންހުރި މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއަކުން ނުވަތަ އިމާރާތަކުން ތާރީހަާއި ސަގާފަތާއި އާދަކާދައަށް އިތުރު މުއްސަނދިކަމެއް ގެނެސްދެވޭ ފަދަ މައުލޫމާތުތަކެއް ލިބިދާނެ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއެއްގައި ނުވަތަ އިމާރާތެއްގައި ތާރީހަާއި ސަގާފަތާއި އާދަކާދައާ ގުޅުންހުރި ކަމަށް މުޖުތަމައަކަށް ގަބޫލުކުރެވޭ ފަދަ މާއްދީ ސިފަތަކެއް ފެންނަން ހުރުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއެއްގައި ނުވަތަ އިމާރާތެއްގައި ސަގާފަތާއި، ތާރީހަާއި، އާދަކާދައާ ގުޅިފައިވާ ބިނާކުރުމުގެ ފަންނުވެރިކަން އެކަށީގެންވާ ފެންވަރަކަށް ފެންނަން ހުރުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއެއް ނުވަތަ އިމާރާތެއް މުޖުތަމައަކުން އަގުވަޒަންކުރާ ވަކި އިޖުތިމާއިީ ނުވަތަ ސަގާފީ ނުވަތަ މައުނަވީ ސަބަބުތަކަށްޓަކައި ހަާއްސަވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއަކީ ނުވަތަ އިމާރާތަކީ ހަާއްސަ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ތަނަކަށް ވެފައި، އެ މީހަކު ނުވަތަ ބަޔަކު ގައުމަށްޓަކައި ކޮށްދީފައިވާ ހިދުމަތެއްގެ ސަބަބުން ތާރީހަާއި ސަގާފަތާއި އާދަކާދައަށް އެ ތަނެއް މުހިންމުވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއަކީ ނުވަތަ އިމާރާތަކީ ހަާއްސަ ހާދިސާއަކަށް ނުވަތަ މުނާސަބަތަކަށް ނިސްބަތްވާ ތަނަކަށް ވެފައި، އެ ހާދިސާއެއް ނުވަތަ މުނާސަބަތެއް ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ބިނާއެއް ނުވަތަ އިމާރާތެއް، ތާރީހުގައި ހިނގައިދިޔަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިވެހިރާއްޖޭގެ ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު.
20 ވަނަ މާއްދާ - އާސާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް
(ހ) އާސާރީ ސަރަހައްދެއްގެ ގޮތުގައި އެއްވެސް ބިނާއެއް ނުވަތަ އިމާރާތެއް ނުވަތަ ބިމެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަން ވާނެއެވެ.
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދެއް ތާރީހަާއި ސަގާފަތާއި އާދަކާދައިގެ ތެރެއިން ބައްޓަންވެގެން އައިސްފައިވާ ހަާއްސަ ކަންކަމާ ގުޅުންހުރި މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދަކުން ތާރީހަާއި ސަގާފަތާއި އާދަކާދައަށް އިތުރު މުއްސަނދިކަމެއް ގެނެސްދޭ ފަދަ މައުލޫމާތުތަކެއް ލިބިދޭނެ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދެއްގައި ތާރީހަާއި ސަގާފަތާއި އާދަކާދައާ ގުޅުންހުރިކަމަށް މުޖުތަމައަކަށް ގަބޫލުކުރެވޭ ފަދަ މާއްދީ ސިފަތަކެއް ފެންނަން ހުރުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދެއްގައި ސަގާފަތާއި، ތާރީހަާއި، އާދަކާދައާ ގުޅިފައިވާ ބިނާކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ އަސާރީ ބިނާއެއް އެ ސަރަހައްދެއްގައި ފެންނަން ހުރުން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދެއް، މުޖުތަމައުން އަގުވަޒަންކުރާ ވަކި އިޖުތިމާއިީ ނުވަތަ ސަގާފީ ނުވަތަ މައުނަވީ ސަބަބުތަކަށްޓަކައި ހަާއްސަވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދަކީ ހަާއްސަ ހާދިސާއަކަށް ނުވަތަ މުނާސަބަތަކަށް ނިސްބަތްވާ ތަނަކަށް ވެފައި، އެ ހާދިސާއެއް ނުވަތަ މުނާސަބަތެއް ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދެއްގައި ފެންނަންހުރި އިންސާނީ މަސައްކަތްތެރިކަމެއް ނުވަތަ އަސަރެއްގެ ސަބަބުން އެ ސަރަހައްދެއް، ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދެއް، ތާރީހުގައި ހިނގައިދިޔަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިވެހިރާއްޖޭގެ ތާރީހަާއި ސަގާފަތާއި އާދަކާދައަށް މުހިންމުވާ މިންވަރު.
21 ވަނަ މާއްދާ - މައުނަވީ ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް
(ހ) މައުނަވީ ސަގާފީ ތަރިކަ ކަމުގައި ބަލާނީ، ދިވެހިންގެ މާޒީއާއި ތާރީހަާއި އާދަކާދައާ ގުޅިފައިވާ އަންނަނިވި މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ އާދަކާދަތަކާއި، އިިލްމާއި ހުނަރެވެ.
- ދޫދޫމަތިން ކިޔަމުން އައިސްފައިވާ ކުރީގެ ވާހަކަތަކާއި، ދިވެހިބަހާއި ދިވެހިބަހުގެ ތަފާތު ބަހުރުވަތަކާއި، ބަސްލިޔަން ބޭނުންކުރި އަދި ކުރާ އަކުރާއި، އަދަބީ ބަސްބަހާއި، ވަޒަން ބަހުރުވައިގެ ބާވަތްތަކާއި، ވާހަކަދެއްކުންތެރިކަމާއި އަދަބިއްޔާތު ފަދަ ބާވަތްތަކެވެ.
- ދައްކައިދޭ ހުނަރު؛ މި ބައިގެ ތެރޭގައި ހިމެނޭނީ ތަމްސީލާއި، ނެށުމާއި، ފިލްމާއި، މިއުޒިކާއި، ކަންކަމާއި ތަކެތި.
- ދީނީ އަދި އިޖުތިމާއިީ އާދަކާދަތަކާއި ފާހަގަކުރުންތައް؛ (މިސާލަކަށް، އީދު ފާހަގަކުރުން.)
- ދިރިއުޅުމާ ނުވަތަ ގުދުރަތީ ކަންކަމާ ގުޅިފައިވާ އިިލްމާއި އާދަތައް؛ (މިސާލަކަށް، ނަކަތްތެރިކަން، ނިޔަމިކަން.)
- ފަންނުވެރިކަމާއި ސަގާފީ މަސައްކަތްތެރިކަން؛ (މިސާލަކަށް، ފަންގި ވިނުން، ކުނާވިޔުން، ލިޔެލާޖެހުން، ތިލޭރުކަމާއި ކަނބުރުވެރިކަމުގެ މަސައްކަތާއި، ކުރަހަނިކަން.)
- ސަގާފީ ކުޅިވަރު؛ (މިސާލަކަށް، މަންޑި ކުޅުން، އޮށްވަޅު ކުޅުން.)
(ށ) މައުނަވީ ސަގާފީ ތަރިކައެއްގެ ގޮތުގައި އެއްވެސް ކަމެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަން ވާނެއެވެ.
- މައުނަވީ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ކަމަކުން ތާރީހަާއި ސަގާފަތާއި އާދަކާދައަށް އިތުރު މުއްސަނދިކަމެއް ގެނެސްދޭ ފަދަ މައުލޫމާތުތަކެއް ލިބިދޭނެ މިންވަރު؛
- މައުނަވީ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ކަމެއް ތާރީހަާއި ސަގާފަތާއި އާދަކާދައާ ގުޅުންހުރިކަމަށް މުޖުތަމައުން ގަބޫލުކުރާ މިންވަރު؛
- މައުނަވީ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ކަމަކީ މުޖުތަމައިެއްގެ ބަޔަކު އެ މުޖުތަމައަކަށް ނިސްބަތްވީތީ އެ ބަޔަކަށް ހަާއްސަވާ ކަމެއްކަމަށް ގަބޫލުކުރާ ކަމަކަށް ވެފައި، އެ ފަދައިން ގަބޫލުކުރާ މިންވަރު؛ (ސެންސް އޮފް އައިޑެންޓިޓީ)
- މައުނަވީ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ކަމެއް، އެއް ޖީލުން އަނެއް ޖީލަށް ނަގުލުވަމުން އައިސްފައިވާ މިންވަރު.
- މައުނަވީ ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ކަމެއް މުޖުތަމައުން އާދަކޮށް ފެންނަމުންދާ މިންވަރު.
22 ވަނަ މާއްދާ - ސަގާފީ ތަރިކަ ކަނޑައެޅުމުގެ އިތުރު މިންގަނޑުތަކަށް ރިއާޔަތްކުރުން
ސަގާފީ ތަރިކައިގެ ގޮތުގައި އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ކަނޑައެޅުމުގައި، މި ގަވާއިދުގެ 18 ވަނަ މާއްދާއިން ފެށިގެން 21 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމުގެ އިތުރުން، ސަގާފީ ތަރިކައިގެ ގޮތުގައި ތަކެއްޗާއި ތަންތަނާއި ކަންކަން ކަނޑައެޅުމުގައި ރިއާޔަތްކުރާ ބައިނަލްއަގްްވާމީ މިންގަނޑުތަކަށް މަރުކަޒުން ރިއާޔަތް ކުރެވިދާނެއެވެ.
23 ވަނަ މާއްދާ - ސަގާފީ ތަރިކަ ގިންތިކުރުން
(ހ) ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅޭ ކޮންމެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް މަރުކަޒުން ގިންތިކުރަންވާނެއެވެ.
(ށ) ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅޭ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ގިންތިކުރާނީ އަންނަނިވި ބައިތަކަށެވެ.
- ބައިނަލްއަގްްވާމީ ފެންވަރު؛
- ގައުމީ ފެންވަރު؛
- އަތޮޅު ފެންވަރު ނުވަތަ ސިޓީ ފެންވަރު؛
- ރަށު ފެންވަރު.
24 ވަނަ މާއްދާ - ބައިނަލްއަގްްވާމީ ފެންވަރުގައި ގިންތިކުރުމުގެ މިންގަނޑު
ސަގާފީ ތަރިކައެއް ބައިނަލްއަގްްވާމީ ފެންވަރުގައި ގިންތިކުރެވޭނީ، މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތުގެ މަތިންނެވެ.
(ހ) ސަގާފީ ތަރިކައަކީ، ޔުނައިޓެޑް ނޭށަންސް އެޑިއުކޭށަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭށަން (ޔުނެސްކޯ) ގެ ވޯލްޑް ހެރިޓޭޖް ލިސްޓު (ދުނިޔޭގެ ތަރިކައިގެ ލިސްޓު) ގައި ނުވަތަ އިސްލާމިކް ވަރލްޑް އެޑިއުކޭށަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭށަން (އިސެސްކޯ) ގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނިފައިވާ ސަގާފީ ތަރިކައަކަށް ވުމެވެ.
(ށ) ސަގާފީ ތަރިކައެއް ބައިނަލްއަގްްވާމީ ފެންވަރުގައި ގިންތިކުރެވޭނީ، އެ ސަގާފީ ތަރިކައަކީ ޔުނައިޓެޑް ނޭށަންސް އެޑިއުކޭށާނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭށަންގެ (ޔުނެސްކޯ) ނުވަތަ އިސްލާމިކް ވަރލްޑް އެޑިއުކޭށަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭށަންގެ (އިސެސްކޯ) ގެ ޓެންޓޭޓިވް ވޯލްޑް ހެރިޓޭޖް ލިސްޓު (ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓު) ގައި ހިމަނައިފައިވާ ސަގާފީ ތަރިކައަކަށް ވުމުންނެވެ.
25 ވަނަ މާއްދާ - ގައުމީ ފެންވަރުގައި ގިންތިކުރުމުގެ މިންގަނޑު
ސަގާފީ ތަރިކައެއް ގައުމީ ފެންވަރުގައި ގިންތިކުރެވޭނީ، އެ ސަގާފީ ތަރިކައެއް ކަނޑައެޅުމަށް ބެލި މިންގަނޑުތައް އެ އެއްޗެއްގައި ނުވަތަ ތަނެއްގައި ނުވަތަ ކަމެއްގައި އެކުލެވިފައިވަނީ މުޅި ގައުމަށް ނިސްބަތްވާގޮތުން ކަމަށް ވެފައި، އެ ސަގާފީ ތަރިކައަކަށް ގައުމުގެ ރައްޔިތުންގެ ފަރާތުން ހަާއްސަ އަހައްމިއްޔަތެއް ދީފައިވާނަމައެވެ.
26 ވަނަ މާއްދާ - އަތޮޅު ނުވަތަ ސިޓީ ފެންވަރުގައި ގިންތިކުރުމުގެ މިންގަނޑު
ސަގާފީ ތަރިކައެއް އަތޮޅު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ގިންތިކުރެވޭނީ، އެ ސަގާފީ ތަރިކައެއް ކަނޑައެޅުމަށް ބެލި މިންގަނޑުތައް އެ އެއްޗެއްގައި ނުވަތަ ތަނެއްގައި ނުވަތަ ކަމެއްގައި އެކުލެވިފައިވަނީ ހަމައެކަނި ވަކި އަތޮޅަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާގޮތުން ކަމަށް ވެފައި، އެ ސަގާފީ ތަރިކައަކަށް އެ އަތޮޅަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ހަާއްސަ އަހައްމިއްޔަތެއް ދީފައިވާނަމައެވެ.
27 ވަނަ މާއްދާ - ރަށު ފެންވަރުގައި ގިންތިކުރުމުގެ މިންގަނޑު
ސަގާފީ ތަރިކައެއް ރަށު ފެންވަރުގައި ގިންތިކުރެވޭނީ، އެ ސަގާފީ ތަރިކައެއް ކަނޑައެޅުމަށް ބެލެވުނު މިންގަނޑުތައް އެ އެއްޗެއްގައި ނުވަތަ ތަނެއްގައި ނުވަތަ ކަމެއްގައި އެކުލެވިފައިވަނީ ހަމައެކަނި ވަކި ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާގޮތުން ކަމަށް ވެފައި، އެ ސަގާފީ ތަރިކައަކަށް އެ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ހަާއްސަ އަހައްމިއްޔަތެއް ދީފައިވާނަމައެވެ.
28 ވަނަ މާއްދާ - ކައުންސިލުގެ ލަފާ ހޯދުން
މި ގަވާއިދުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގެ ދަށުން، ސަގާފީ ތަރިކައެއް ސިޓީ ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ގިންތިކުރުމުގައި، އެ ސިޓީއެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ކައުންސިލުގެ ލަފާ، މަރުކަޒުން ހޯދަންވާނެއެވެ.
ފަސްވަނަ ބާބު
ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ އަގުކަނޑައެޅުމާއި ދަފުތަރުކުރުން
29 ވަނަ މާއްދާ - ފާހަގަކުރެވޭ ސަގާފީ އަގު ކަނޑައެޅުން
ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ނުވަތަ ތަނެއްގެ ނުވަތަ ކަމެއްގެ ފާހަގަކުރެވޭ ސަގާފީ އަގު ކަނޑައަޅާނީ، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ބެލުމަށްފަހު، މަރުކަޒުންނެވެ.
30 ވަނަ މާއްދާ - ފާހަގަކުރެވޭ ސަގާފީ އަގު ކަނޑައެޅުމުގެ މިންގަނޑު
ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ނުވަތަ ތަނެއްގެ ނުވަތަ ކަމެއްގެ ފާހަގަކުރެވޭ ސަގާފީ އަގު ކަނޑައަޅާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، އެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް އޭގެ އެންމެ ފުރިހަމަގޮތުގައި ރައްކައުތެރިކުރުމަށާއި، މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކަށް އެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ރައްދުކޮށްދިނުމުގެ މުހިންމުކަމުގެ މިންވަރުންނެވެ.
(ހ) އެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުމަށް ރިއާޔަތްކުރެވުނު ކަންކަން އެ އެއްޗެއްގައި ނުވަތަ ތަނެއްގައި ނުވަތަ ކަމެއްގައި އެކުލެވޭ މިންވަރު؛
(ށ) އެ އެއްޗެއްގެ ނުވަތަ ތަނެއްގެ ނުވަތަ ކަމެއްގެ އުމުރު؛
(ނ) ސަގާފީ ތަރިކައިގެ ގިންތި؛
(ރ) އެ އެއްޗެއްގެ ނުވަތަ ތަނެއްގެ އަސްލަށް ބަދަލު އައިސްފައިވާ ނުވަތަ ގެނެސްފައިވާ މިންވަރު؛
(ބ) އެ އެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުން ލިބިފައިވާ މިންވަރު؛
31 ވަނަ މާއްދާ - ފާހަގަކުރެވޭ ސަގާފީ އަގުގެ ދަރަޖަތައް
މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ސަގާފީ ތަރިކައިގެ ފާހަކުރެވޭ ސަގާފީ އަގު އަންނަނިވި ގޮތަށް ދަރަޖަކުރަންވާނެއެވެ.
(ހ) ދަރަޖަ 1: ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، އެންމެ މަތީ އަގަށް ވުން.
(ށ) ދަރަޖަ 2: ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ވަރަށް މަތީ އަގަކަށް ވުން.
(ނ) ދަރަޖަ 3: ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، މަތީ އަގަކަށް ވުން.
(ރ) ދަރަޖަ 4: ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، އެކަށީގެންވާ އަގަކަށް ވުން.
32 ވަނަ މާއްދާ - ސަގާފީ ތަރިކަ ދަފުތަރުކުރުން
(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަގާފީ ތަރިކައިގެ ބާވަތްތަކުގެ ދަފުތަރުތަކެއް މަރުކަޒުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އުފުލޭ ސަގާފީ ތަރިކައިގެ ދަފުތަރުގައި ސަގާފީ ތަރިކައެއް ހިމަނަންވާނީ، އަންނަނިވި 2 (ދޭއް) ށަރުތުންކުރެ ށަރުތުެއް ފުރިހަމަވާނަމައެވެ.
- އެ އެއްޗެއްގެ ފާހަގަކުރެވޭ ސަގާފީ އަގަކީ ދަރަޖަ 1 ނުވަތަ 2 ނުވަތަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވެފައި، އެ އެއްޗެއް އުފެއްދިފަހުން 75 (ހަތްދިހަ ފަހެއް) އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްޗެއް ކަމުގައި ވުން؛
- އެ އެއްޗެއްގެ އުމުރުން ގިނަ ދުވަސްތަކެއް ނުވިނަމަވެސް، އެ އެއްޗެއްގެ ފާހަގަކުރެވޭ ސަގާފީ އަގަކީ ދަރަޖަ 1 ނުވަތަ 2 ނުވަތަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އާސާރީ ބިނާގެ ދަފުތަރާއި، އާސާރީ ސަރަހައްދުގެ ދަފުތަރާއި، މައުނަވީ ސަގާފީ ތަރިކައިގެ ދަފުތަރުގައި ސަގާފީ ތަރިކައެއް ހިމަނަންވާނީ، އެ ތަނެއްގެ ނުވަތަ އެ ކަމެއްގެ ފާހަގަކުރެވޭ ސަގާފީ އަގަކީ ދަރަޖަ 1 ނުވަތަ 2 ނުވަތަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވާނަމައެވެ.
(ރ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅޭ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް، އަންނަނިވި ފަރާތްތަކުން ދަފުތަރުކޮށް ބަލަހައްޓަންވާނެވެ.
- ސަގާފީ ތަރިކަ ދަފުތަރުކޮށް އަދާހަމަކޮށް ބަލަހައްޓަންވާނީ މަރުކަޒުންނެވެ.
- މި މާއްދާގެ (ރ) ގެ 1 ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކޮންމެ ސިޓީއެއްގައި ހުންނަ ސަގާފީ ތަރިކަ އެ ސިޓީއެއްގެ ކައުންސިލުން އަދި އަތޮޅެއްގައި ހުންނަ ސަގާފީ ތަރިކަ އެ އަތޮޅެއްގެ ކައުންސިލުން އަދި ކޮންމެ ރަށެއްގައި ހުންނަ ސަގާފީ ތަރިކަ އެ ރަށެއްގެ ކައުންސިލުން، މަރުކަޒުގެ ލަފާގެ މަތިން، ދަފުތަރުކޮށް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ބ) ކޮންމެ ސިޓީއެއްގެ ސަގާފީ މަސައްކަތް ކުރާ ފަރާތްތަކާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް އެ ސިޓީއެއްގެ ކައުންސިލުން، ކޮންމެ އަތޮޅެއްގެ ސަގާފީ މަސައްކަތް ކުރާ ފަރާތްތަކާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް އެ އަތޮޅެއްގެ ކައުންސިލުން އަދި ކޮންމެ ރަށެއްގައި ހުންނަ ސަގާފީ މަސައްކަތް ކުރާ ފަރާތްތަކާއި ސަގާފީ ކުޅިވަރު ކުޅޭ ފަރާތްތައް އެ ރަށެއްގެ ކައުންސިލުން، މަރުކަޒުގެ ލަފާގެ މަތިން، ދަފުތަރުކޮށް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
33 ވަނަ މާއިްދާ - ސަގާފީ ތަރިކައިގެ ދަފުތަރު ބެލެހެއްޓުމުގެ އުސޫލު
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ދަފުތަރުތައް، ކޮންމެ 2 (ދޭއް) އަހަރަކުން 1 (އެކެއް) ފަހަރު މަރުކަޒުން މުރާޖައާކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ދަފުތަރުތައް މުރާޖައާކުރުމުގައި އާންމުންގެ ހިޔާލު މަރުކަޒުން ހޯދަންވާނެއެވެ.
(ނ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ދަފުތަރުތަކުގައި ސަގާފީ ތަރިކައިގެ ގޮތުގައި ހިމަނާ ތަކެއްޗާއި ތަންތަނާއި ކަންކަމާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ދަފުތަރު ކުރެވުނު ސަގާފީ ތަރިކައަކީ ކޮބައިކަން؛
- ސަގާފީ ތަރިކައިގެ ގޮތުގައި ކަނޑައެޅުނު ތާރީހު؛
- ސަގާފީ ތަރިކައިގެ ގިންތި؛
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގުގެ ދަރަޖަ؛
- ސަގާފީ ތަރިކަ ހުރި ތަން؛
- ސަގާފީ ތަރިކައިގެ މިލްކުވެރި ފަރާތް؛
- ސަގާފީ ތަރިކައިގެ އުމުރާއި، އެ ސަގާފީ ތަރިކައެއް ދިވެހިރާއްޖޭގެ ސަގާފަތާއި ތާރީހަާއި އާދަކާދައާ ގުޅޭ ގޮތް؛
- ސަގާފީ ތަރިކައާ ގުޅޭގޮތުން ދަފުތަރުގައި ހިމެނުމަށް މަރުކަޒަށް ފެންނަ އެހެނިހެން މައުލޫމާތު.
34 ވަނަ މާއިްދާ - ސަގާފީ ތަރިކައެއް ކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ދަފުތަރުކުރުމަށް ހުށަހެޅުން
(ހ) ސަގާފީ ތަރިކައެއްގެ ގޮތުގައި އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް، މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ދަފުތަރުތަކުގައި ހިމެނުމަށް އެދި، އެއްވެސް ފަރާތަކުން މަރުކަޒަށް ހުށަހަޅަން ބޭނުންވެއްޖެނަމަ، އެކަން ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.
(ށ) ސަގާފީ ތަރިކައެއް ކަމުގައި ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފުތަރުކޮށްދިނުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމުން، އެ ހުށަހެޅުމެއް ލިބުނުތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅުމާމެދު، މަރުކަޒުން ގޮތެއް ނިންމަންވާނެއެވެ. އަދި އެ ނިންމުން ބިނާކުރި ސަބަބުތަކާއެކު، އެ ނިންމުނު ގޮތެއް، ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.
(ނ) ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފުތަރުކޮށްދިނުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއް ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅުމަށް މި މާއްދާގެ (ނ) ގެ ދަށުން މަރުކަޒުން ނިންމައިފިނަމަ، އެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ކަމެއްގެ ފާހަގަކުރެވޭ ސަގާފީ އަގާއި ގިންތި ކަނޑައަޅައި، މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ދަފުތަރު ކުރަންވާނެއެވެ.
35 ވަނަ މާއްދާ - ސަގާފީ ތަރިކައެއް ދަފުތަރުން އުނިކުރުން
(ހ) ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަގާފީ ތަރިކައެއް ދަފުތަރުން އުނިކުރެވޭނެއެވެ.
- ގުދުރަތީ ކާރިސާއެއް ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އުފުލޭ ސަގާފީ ތަރިކައެއް ނުވަތަ އަސާރީ ބިނާއެއް ނުވަތަ އަސާރީ ސަރަހައްދެއް އެއްކޮށް ހަލާކުވުމުން ނުވަތަ ގެއްލިގެންދިޔުމުން؛
- މި ގަވާއިދުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސަގާފީ ތަރިކައަކަށް ކަނޑައަޅައިފައިވާ ސަގާފީ އަގު ދަށްވުން؛
- މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ މައުނަވީ ސަގާފީ ތަރިކައެއްގެ އުންސުރަކަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ އެއިން ކަމެއްގެ ފާހަގަކުރެވޭ ސަގާފީ އަގު ދަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ސަގާފީ ތަރިކައެއް ދަފުތަރުން އުނިކުރެވޭނީ މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ނިންމުމެއް އޮވެގެންނެވެ.
36 ވަނަ މާއްދާ -ނެ ތިގޮސްފައިވާ ސަގާފީ ތަރިކައިގެ ދަފުތަރު
(ހ) ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ، ނެތިގޮސްފައިވާ ސަގާފީ ތަރިކައިގެ ދަފުތަރު، ކޮންމެ 2 (ދޭއް) އަހަރަކުން 1 (އެކެއް) ފަހަރު އަދާހަމަކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ، ނެތިގޮސްފައިވާ ސަގާފީ ތަރިކައިގެ ދަފުތަރުގައި ހިމަނާ ސަގާފީ ތަރިކައަކާ ގުޅޭގޮތުން އެންމެ މަދުވެގެން ވެސް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ދަފުތަރު ކުރެވުނު ސަގާފީ ތަރިކައަކީ ކޮބައިކަން؛
- ނެތިގޮސްފައިވާ ސަގާފީ ތަރިކަ ކުރިން ހުރި ތަން؛
- ސަގާފީ ތަރިކައެއް ދިވެހިރާއްޖޭގެ ސަގާފަތާއި ތާރީހަާއި އާދަކާދައާ ގުޅޭ ގޮތް.
ހަވަނަ ބާބު
އަލަށް ފެންނަ ތަކެއްޗާއި ތަންތަނާ ގުޅިގެން އަމަލުކުރާނެ ގޮތް
37 ވަނަ މާއްދާ - އަލަށް ފެންނަ ތަކެއްޗާ ގުޅިގެން އެކި ފަރާތްތަކުން އަމަލުކުރާނެ އުސޫލު
(ހ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް އަލަށް ފެނިއްޖެނަމަ، އެ އެއްޗެއް ފެނުނު ފަރާތަކުން ނުވަތަ އެފަދަ އެއްޗެއް ފެނުނުކަން އެނގިފައިވާ ފަރާތަކުން، މަރުކަޒަށް އެކަން އެންގުމަށްޓަކައި، އަނގަބަހުން ނުވަތަ ފޯނުން ނުވަތަ ލިޔުމުން، އެ އެއްޗެއް ހުރި ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްގެ އިދާރާއަށް ނުވަތަ ފަޅު ރަށެއްގައިނަމަ އެ ރަށް ހިމެނޭ އަތޮޅު ކައުންސިލްގެ އިދާރާއަށް، އެ އެއްޗެއް ފެނުނުތާ ނުވަތަ ފެނުނުކަން އެނގުނުތާ ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއްގެ މައުލޫމާތު ކައުންސިލަށް އެންގުމަށްފަހު، އެ އެއްޗަކަށް އިތުރު އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ނުކޮށް، ރައްކައުތެރިކަމާއެކު އެ އެއްޗެއް ކައުންސިލާ ހަވާލުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ކައުންސިލުން އަމަލުކުރާނެ އުސޫލު
މި ގަވާއިދުގެ 37 ވަނަ މާއްދާގެ ދަށުން ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއްގެ މައުލޫމާތު ކައުންސިލަށް ލިބުމުން، ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެކަން މަރުކަޒަށް ލިޔުމުން އަންގަންވާނެއެވެ. މި ގޮތަށް އަންގާ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއްގެ ފޮޓޯ؛
(ށ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ފެނުނު ތަން؛
(ނ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް މިހާރު ހުރި ތަން؛
(ރ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް މިހާރު ހުރީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިކަން؛
(ބ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ފެނުނު ގޮތް؛
(ޅ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ހުރި ހާލަތު؛
(ކ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ފެނުނު ތަނުގައި އުމްރާނީ އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ، އެއީ ކޮން މަސައްކަތެއްކަން؛
(އ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ރައްކައުތެރިކުރުމަށް ކައުންސިލަށް ފެންނަ ގޮތް.
39 ވަަނަ މާއްދާ - މަރުކަޒުން އިރުށާދު ދިނުން
މި ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން، ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއްގެ މައުލޫމާތު ކައުންސިލަކުން މަރުކަޒަށް ފޮނުވުމުން، އެ އެއްޗަކާމެދު ވަގުތުން ވަގުތަށް އަމަލުކުރަންވީ ގޮތުގެ އިރުށާދު 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މަރުކަޒުން އެ ކައުންސިލަކަށް ދޭންވާނެއެވެ. އަދި އެ އެއްޗަކާމެދު އަމަލުކުރަންވީ ގޮތުގެ ފުރިހަމަ އިރުށާދު، ވީ އެންމެ އަވަހަކަށް، މަރުކަޒުން އެ ކައުންސިލަކަށް ދޭންވާނެއެވެ. މިގޮތުން އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އަމަލުކުރުމުގެ އިރުށާދު ދެވިދާނެއެވެ.
(ހ) އެ އެއްޗެއް ހުރި ތަނަކަށް މަރުކަޒުގެ ފަރާތުން ގޮސް އެ އެއްޗަކާ ހަވާލުވަންދެން އެ އެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުން؛
(ށ) އެ އެއްޗެއް މަރުކަޒާ ހަވާލުކުރުމަށްޓަކައި، އެ އެއްޗެއް ރައްކައުތެރިކަމާއެކު ފޮނުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްފަހު މަރުކަޒަށް ފޮނުވުން؛
(ނ) އެ އެއްޗެއްގެ ގޮތުން އެ ފެނުނު ތަނެއްގައި ނުވަތަ ސަރަހައްދެއްގައި ބަހައްޓަންޖެހޭ އެއްޗެއް ކަމަށްވާނަމަ ބަލަހައްޓާނޭ ގޮތް.
40 ވަނަ މާއްދާ - ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ރައްކައުތެރިކޮށް ބެލެހެއްޓުން
ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗަކާމެދު އަމަލުކުރަންވީ ގޮތުގެ އިރުށާދު، މި ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބުމުން، އެ އެއްޗަކާމެދު މަރުކަޒުން ދީފައިވާ އިރުށާދާ އެއްގޮތަށް ކައުންސިލުން އަމަލުކޮށް، އެ އެއްޗެއް ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ.
41 ވަނަ މާއްދާ - އެއްތަނުން އަނެއް ތަނަށް ނުގެންދެވޭ ފަދަ އެއްޗެއްސާއި ތަންތަނާ މެދު އެކި ފަރާތްތަކުން އަމަލުކުރާނެ އުސޫލު
(ހ) ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ، އެއް ތަނުން އަނެއް ތަނަށް ނުގެންދެވޭ ފަދަ އެއްޗެއް ނުވަތަ ތަނެއް އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ، އެ އެއްޗެއް ނުވަތަ ތަނެއް ފެނުނު ފަރާތަކުން ނުވަތަ އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނުނުކަން އެނގިފައިވާ ފަރާތަކުން، އެކަން އަނގަބަހުން ނުވަތަ ފޯނުން ނުވަތަ ލިޔުމުން، އެ އެއްޗެއް ނުވަތަ ތަނެއް ހުރި ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުގެ އިދާރާއަށް، ނުވަތަ އެއްޗެއް ފެނުނީ ފަޅުރަށަކުން ކަމުގައިވާނަމަ، އެ ރަށް ހިމެނޭ އަތޮޅުގެ އަތޮޅު ކައުންސިލުގެ އިދާރާއަށް، އެ އެއްޗެއް ނުވަތަ ތަނެއް ފެނުނުތާ ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއްގެ މައުލޫމާތު ކައުންސިލަށް އެންގުމަށްފަހު، އެ އެއްޗަކަށް ނުވަތަ ތަނަކަށް އެއްވެސް ގެއްލުމެއް ވެދާނެ ކަމެއް ނުކޮށް އެ އެއްޗެއް ނުވަތަ އެ ތަނެއް ފެނުނު ސަރަހައްދު އަލުން ހޯދޭނޭ ގޮތަށް ފާހަގަކުރަންވާނެއެވެ.
42 ވަނަ މާއްދާ - ކައުންސިލުން އަމަލުކުރާނެ އުސޫލު
މި ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއްގެ މައުލޫމާތު ކައުންސިލަށް ލިބުމުން، އެ އެއްޗެއް ނުވަތަ ތަނަކާބެހޭ އަންނަނިވި މައުލޫމާތާއި ލިޔެކިއުންތަކާއެކު، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ކައުންސިލުގެ އިދާރާއަކުން މަރުކަޒަށް ލިޔުމުން އަންގަންވާނެއެވެ.
(ހ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއްގެ ފޮޓޯ؛
(ށ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ފެނުނު ތަން؛
(ނ) ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ހުރީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިކަން؛
(ރ) ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ފެނުނު ގޮތް؛
(ބ) ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ހުރި ހާލަތު؛
(ޅ) ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ފެނުނު ތަނުގައި އުމްރާނީ އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ، އެއީ ކޮން މަސައްކަތެއްކަން؛
(ކ) ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ރައްކައުތެރި ކުރުމަށް ކައުންސިލަށް ފެންނަ ގޮތް.
43 ވަނަ މާއްދާ - މަރުކަޒުން އިރުށާދު ދިނުން
މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން، ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއްގެ މައުލޫމާތު މަރުކަޒަށް ލިބުމުން، އެ އެއްޗަކާމެދު ނުވަތަ އެ ތަނަކާމެދު އަމަލުކުރަންވީ ގޮތުގެ ފުރިހަމަ އިރުށާދު، ވީ އެންމެ އަވަހަކަށް މަރުކަޒުން ކައުންސިލަށް ދޭންވާނެއެވެ.
44 ވަނަ މާއްދާ - ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ރައްކައުތެރިކޮށް ބެލެހެއްޓުން
ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނަކާމެދު އަމަލުކުރަންވީ ގޮތުގެ އިރުށާދު، މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބުމުން، އެ އެއްޗަކާމެދު ނުވަތަ ތަނަކާމެދު މަރުކަޒުން ދީފައިވާ އިރުށާދާ އެއްގޮތަށް ކައުންސިލުން އަމަލުކުރަންވާނެއެވެ.
45 ވަނަ މާއްދާ - ތަނެއް ކޮންނަނިކޮށް ނުވަތަ ބިމުގެ އަޑިން ނުވަތަ ކަނޑުގެ އަޑިން ސަގާފީ ތަރިކައެއް ކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ފެނުން
ދިވެހިރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑިން ނުވަތަ ކަނޑުގެ އަޑިން ނުވަތަ އެ ކަނޑުގެ އަޑީގައިވާ ބިމުން ނުވަތަ އެ ބިމުގެ އަޑިން ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ، މި ގަވާއިދުގެ 37 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުގެ އިތުރުން، އަންނަނިވި ކަންކަން، އެ އެއްޗެއް ނުވަތަ އެ ތަނެއް ފެނުނު ބިމުގެ ވެރިފަރާތުން ނުވަތަ އެ ބިމަކާ ހަވާލުވެފައިވާ ފަރާތަކުން ކުރަންވާނެއެވެ.
(ހ) އެ ތަނެއްގައި ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓައިލުން؛
(ށ) އެ ތަނެއް ބަލައި ފާސްކުރުމަށް މަރުކަޒަށް ފުރުސަތު ދިނުން؛
(ނ) މަރުކަޒުން ހިންގާ ބަލައި ފާސްކުރުމުގެ މަސައްކަތް ނިމެންދެން، އެ ތަނެއް ރައްކައުތެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމް، މަރުކަޒުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުން.
46 ވަނަ މާއްދާ - ސަގާފީ ތަރިކަ ހުރިކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކުރުން
(ހ) މި ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން، ބިމުގެ އަޑިން ނުވަތަ ކަނޑުގެ އަޑިން ނުވަތަ އެ ކަނޑުގެ އަޑީގައިވާ ބިމުން ނުވަތަ އެ ބިމުގެ އަޑިން، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ތަނެއް ކޮންނަނިކޮށް ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް ނުވަތަ އެފަދަ ތަނެއްގެ ބައެއް ނުވަތަ އެއްޗެއް ވަޅުލެވިފައިވަނިކޮށް ފެނިގެން އެއްވެސް ކައުންސިލަކުން މަރުކަޒަށް އެކަން އަންގައިފިނަމަ، އެ ބިމެއް ބަލައި ފާސްކުރުމުގައި ތިރީގައިވާ ގޮތަށް މަރުކަޒުން އަމަލުކުރަންވާނެއެވެ.
- އެ ތަނެއް ބަލައި ފާސްކުރުމަށް، ވީ އެންމެ އަވަހަކަށް މަރުކަޒުން ދިއުން؛
- ބަލައި ފާސްކުރުމުގެ މަސައްކަތް 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިންމުން؛
- ބަލައި ފާސްކުރުމުގެ އެންމެހައި ހަަރަދުތައް ހަމަޖެއްސުން؛
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އެހެން އޮތް ނަމަވެސް، ބިމުގެ ވެރިފަރާތާ ނުވަތަ އެ ބިމަކާ ހަވާލުވެފައިވާ ފަރާތާއެކު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ބަލައި ފާސްކުރުމުގެ މަސައްކަތް 30 (ތިރީސް) ދުވަހަށްވުރެ އިތުރުކުރެވިދާނެއެވެ.
47 ވަނަ މާއްދާ - ސަގާފީ ތަރިކަ ހުރިކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކުރުމުގެ ހަަރަދު
(ހ) މި ގަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގެ ދަށުން، މަރުކަޒުން ހިންގާ ބަލައި ފާސްކުރުމުގެ މަސައްކަތް ނިމެންދެން އެ ބިމެއް ރައްކައުތެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމް މަރުކަޒުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުމަށްޓަކައި ހިނގާ ހަަރަދުތަކަށް ޒިންމާވާނީ އެ ބިމެއްގެ ވެރިފަރާތުން ނުވަތަ އެ ބިމަކާ ހަވާލުވެފައިވާ ފަރާތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، އެ ބިމުގެ ވެރިފަރާތުން ނުވަތަ އެ ބިމަކާ ހަވާލުވެފައިވާ ފަރާތުން އެ ބިން ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ހަަރަދުތައް މަރުކަޒުން ހަމަޖައްސައިދެވިދާނެއެވެ.
- ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ފެނިފައިވާ ބިމަކީ، އެ އެއްޗެއް ނުވަތަ ތަނެއް އެ ބިމަކުން ފެނުމުގެ ކުރިން އެ ބިން ރައްކައުތެރިކޮށް ބެލެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިފައިނުވާ ބިމަކަށް ވުން؛
- ސަގާފީ ތަރިކައެއްކަމަށް ބެލެވިދާނެ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ފެނިފައިވާ ބިމަކީ، އެ އެއްޗެއް ނުވަތަ ތަނެއް އެ ބިމަކުން ފެނުމުގެ ކުރިން އެ ބިން ރައްކައުތެރިކޮށް ބެލެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިފައިވާ ބިމަކަށްވީނަމަވެސް، އެ ބިމެއް އިތުރަށް ރައްކައުތެރިކުރުމަށް އިތުރު ހަަރަދުތަކެއް ކުރަންޖެހޭ ބިމަކަށް ވުން؛
- ބިމުގެ ވެރިފަރާތުގެ ނުވަތަ އެ ބިމަކާ ހަވާލުވެފައިހުރި ފަރާތުގެ މާލީ ފުދުންތެރިކަން ހުރި މިންވަރު.
48 ވަނަ މާއްދާ - ސަގާފީ ތަރިކަ ހުރިކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކުރުމަށް ކޯޓު އަމުރު ހޯދުނ
ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) އާއި، މި ގަވާއިދުގެ 45 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކުރުމުގައި، ބިމެއްގެ ވެރިފަރާތުން ނުވަތަ އެ ބިމަކާ ހަވާލުވެފައިވާ ފަރާތަކުން އިހުމާލުވެފައިވާނަމަ، ނުވަތަ މަރުކަޒުން އަންގާ ގޮތެއްގެ މަތިން އަމަލުކުރުމަށް އިއުތިރާޒުުކުރާނަމަ، އެ ތަނެއް ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ހޯދުމަށް، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހަށް މަރުކަޒުން ހުށަހަޅަންވާނެއެވެ.
ހަތްވަނަ ބާބު
ސަގާފީ ތަރިކަ ރައްކައުތެރިކުރުން
49 ވަނަ މާއްދާ - ބެލެހެއްޓުމުގެ ޒިންމާ
(ހ) މި ގަވާއިދުގެ ދަށުން ދަފުތަރުކޮށްފައިވާ ސަގާފީ ތަރިކަތައް ރައްކައުތެރިކޮށް ބެލެހެއްޓުމަކީ މަރުކަޒުގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ދަފުތަރު ކޮށްފައިވާ މައުނަވީ ސަގާފީ ތަރިކަ ފިޔަވައި، ސަގާފީ ތަރިކަ އެ ތަނެއްގައި ހުރި އަތޮޅެއްގެ ނުވަތަ ރަށެއްގެ ނުވަތަ ސިޓީއެއްގެ އަތޮޅު ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް، އެ ސަގާފީ ތަރިކައެއް ރައްކައުތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަރުކަޒުން ހަވާލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން، ވަކި ސަގާފީ ތަރިކައެއް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރަންވާނީ، މަރުކަޒާއި އެ ކައުންސިލަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
50 ވަނަ މާއްދާ - ދަފުތަރު ކޮށްފައިވާ އެއްޗެއްސާއި، ތަކެއްޗާއި ތަންތަން ރައްކައުތެރިކޮށް ބެލެހެއްޓުމަށް އަމަލުކުރަންޖެހޭ މިންގަނޑާއި އުސޫލު
މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފުތަރު ކޮށްފައިވާ އުފުލޭ ސަގާފީ ތަރިކައެއް، ނުވަތަ އާސާރީ ބިނާއެއް ނުވަތަ އާސާރީ ސަރަހައްދެއް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލާ އެއްގޮތަށް ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ.
51 ވަނަ މާއްދާ - މައުނަވީ ސަގާފީ ތަރިކަ ރައްކައުތެރިކުރުން
މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން މައުނަވީ ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފުތަރު ކޮށްފައިވާ އެއްޗެއް ނުވަތަ ކަމެއް، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލާ އެއްގޮތަށް ރައްކައުތެރި ކުރަންވާނެއެވެ.
52 ވަނަ މާއްދާ - ވަކި ސަގާފީ ތަރިކައެއް ރައްކައުތެރިކޮށް ބެލެހެއްޓުމަށް ހަާއްސަ އިރުށާދު ދިނުން
މި ގަވާއިދުގެ 50 ވަނަ މާއްދާ އެހެން އޮތް ނަމަވެސް، ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފުތަރު ކޮށްފައިވާ ވަކި އެއްޗެއް ނުވަތަ ވަކި އާސާރީ ބިނާއެއް ނުވަތަ ވަކި އާސާރީ ސަރަހައްދެއް ރައްކައުތެރިކޮށް ބެލެހެއްޓުމަށް ހަާއްސަ އިރުށާދު މަރުކަޒަށް ދެވިދާނެއެވެ.
53 ވަނަ މާއްދާ - ދަފުތަރު ކޮށްފައިވާ ސަގާފީ ތަރިކައަށް ހަާއްސަކުރާ މެނޭޖްމަންޓް ޕްލޭން
(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން އަސާރީ ބިނާތަކާއި އަސާރީ ސަރަހައްދުގެ ގޮތުގައި ދަފުތަރު ކޮށްފައިވާ ސަގާފީ ތަރިކަތަކުގެ ތެރެއިން ވަކި ކައުންސިލަކާ ބެލެހެއްޓުން ހަވާލުކޮށްފައިވާ ކޮންމެ ސަގާފީ ތަރިކައެއް ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް މަރުކަޒުގެ ލަފާގެ މަތިން ކައުންސިލުން އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ މެނޭޖްމަންޓް ޕްލޭނުގައި، ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
- އެ ތަނެއްގެ އާބާތުރަފިލުވައި ސާފުތާހިރުކަމާއެކު ބަލަހައްޓާނެ ގޮތުގެ ޕްލޭން؛
- އެ ތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަލިފާނުގެ ހާދިސާއަކުން ރައްކައުތެރިކުރުމުގެ ޕްލޭން؛
- އެ ތަނަކަށް އެއްފަހަރާ އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު؛
- އެ ތަނަކަށް ޒިޔާރަތްކުރުމުގެ ގަޑިތައް؛
- އެ ތަނަކަށް ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލާއި، ހެދުންއެޅުމުގެ މިންގަނޑު؛
- އެ ތަނެއްގެ ޒިންމާދާރު ފަރާތްތަކުގެ ތަފުސީލާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތު؛
- އެ ތަނަކަށް ހޯދައިފައިވާ ތަކެތީގެ އިންވެންޓްރީ ބަލަހައްޓާނެ ގޮތް؛
- އެ ތަނަކުން ރަށަށް އިޖުތިމާއިީ ފައިދާއާއި އިގްްތިސާާދީ ފައިދާ ލިބޭނެ މިންވަރު.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރިގޮތް، ކޮންމެ 3 (ތިނެއް) މަހަކުން 1 (އެކެއް ފަހަރު) އެ ތަނެއް ބެލެހެއްޓުން ހަވާލުކޮށްފައިވާ ފަރާތަކުން މަރުކަޒަށް ފޮނުވަންވާނެއެވެ.
އަށްވަނަ ބާބު
ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުން
54 ވަނަ މާއްދާ - ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުން
(ހ) ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ކޮންމެ އާސާރީ ބިނާއެއް ނުވަތަ އާސާރީ ސަރަހައްދެއް ހިމެނޭގޮތުން އެ ތަނެއްގެ އިމުގެ ވަށައިގެން ކޮންމެ ފަރާތަކުންވެސް މަދުވެގެން 50 (ފަންސާސް) ފޫޓުގެ ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަރުގެ ސަރަހައްދެއް ލިބެން ނެތް ނަމަ، ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ބޮޑުމިން ކަނޑައަޅާނީ، އެ ތަނެއްގައި ހުރި ސަގާފީ ތަރިކައެއްގެ ބާވަތާއި ހާލަތަށް ބަލައި، މަރުކަޒާއި ކައުންސިލާ މަށްވަރާކޮށްގެންނެވެ.
(ނ) ސަގާފީ ތަރިކައިގެ ބާވަތާއި ހާލަތަށް ބަލައި، އެ ތަނަކަށް ބޭނުންވާނޭ ހިމާޔަތްކުރެވިފައިވާ ސަރަހައްދުގެ ބޮޑުމިން ދެނެގަތުމަށްޓަކައި އެ އަސާރީ ބިނާއަކާއި ނުވަތަ އަސާރީ ސަރަހައްދަކާއި އެ ތަނެއް ވަށައިގެންވާ ސަރަހައްދުގެ ދިރާސާއެއް މަރުކަޒުން ކުރަންވާނެއެވެ.
55 ވަނަ މާއްދާ - ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ކުރުން މަނާ ކަންކަން
(ހ) މި ގަވާއިދުގެ 54 ވަނަ މާއްދާގެ ދަށުން އަސާރީ ބިނާއެއްގެ ނުވަތަ އަސާރީ ސަރަހައްދެއްގެ ވަށައިގެން ކަނޑައަޅޅައިފައިވާ ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި މަރުކަޒުން ކުރުމަށް ނިންމައިފައިވާ ކަންކަމާއި މަސައްކަތުގެ އިތުރުން އެއްވެސް ކަމެއް ނުވަތަ މަސައްކަތެއް އެއްވެސް ފަރާތަކުން ކުރުމުގެ ކުރިން މަރުކަޒުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހުއްދަ ހޯދުމަށްޓަކައި ހުށަހަޅާނީ، ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ކުރަން ބޭނުންވާ ކަމެއްގެ ނުވަތަ މަސައްކަތެއްގެ ތަފުސީލާއި، އެ ކަމަކަށް ނުވަތަ މަސައްކަތަކަށް ޒިންމާވާނެ ފަރާތަކާއި، އެ ކަމަކަށް ނުވަތަ މަސައްކަތަކަށް ހޭދަވާނެ މުއްދަތާއި، އެ ކަމެއް ނުވަތަ މަސައްކަތެއްގެ ސަބަބުން އެ ސަރަހައްދުގައި ހުރި އަސާރީ ބިނާއެއް ނުވަތަ އަސާރީ ސަރަހައްދު ރައްކައުތެރިކުރުމަށްޓަކައި އަޅާންޖެހޭނެ ފިޔަވަޅުތައް ބަޔާންކޮށް، ލިޔުމުންނެވެ.
ނުވަވަނަ ބާބު
ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުއްދަ ހޯދުން
56 ވަނަ މާއްދާ - ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުއްދަ ހޯދުން
ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ހުރިކަމަށް ލަފާކުރެވޭ ތަނަކުން އެފަދަ އެއްޗެއް ހޯދުމަށް ނުވަތަ އެފަދަ އެއްޗަކާ ގުޅޭ ތަހުގީގްެއް ކުރުމަށް ނުވަތަ އެފަދަ އެއްޗެއް ހުރިތަނަކުން ނަގައި އެހެން ތަނަކަށް ބަދަލުކުރުމަށް ނުވަތަ ސަގާފީ ތަރިކައާ ގުޅޭ އެ ނޫންވެސް މަސައްކަތްތައް ކުރުމަށް މަރުކަޒަށް ހުށަހަޅަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުގެ މަތިންނެވެ.
(ހ) ކުރަން ބޭނުންވާ މަސައްކަތާއި، އެ މަސައްކަތުގެ ބާވަތާއި، އެ މަސައްކަތް ކުރަން ބޭނުންވާ ސަބަބާއި، އެ މަސައްކަތުން ހާސިލުކުރަން ބޭނުންވާ ނަތީޖާ؛
(ށ) މަސައްކަތުގައި ބޭނުންކުރާ އާލަތްތައް؛
(ނ) މަސައްކަތަށް ހޭދަވާނެ މުއްދަތު؛
(ރ) ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް؛
57 ވަނަ މާއްދާ - މަރުކަޒުން ހުއްދަ ދިނުން
(ހ) މި ގަވާއިދުގެ 56 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުއްދައަށް އެދި މަރުކަޒަށް ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާ މެދު ގޮތެއް ނިންމައި، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް މަރުކަޒުން ޖަވާބުދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ހުއްދައިގެ ލިޔުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މަސައްކަތް ފަށާނެ ދުވަހާއި، މަސައްކަތަށް ހޭދަވާނެ މުއްދަތު؛
- މަސައްކަތް ކުރުމަށް ހުށަހަޅާ އާލަތްތަކުގެ ތެރެއިން މަރުކަޒުން ކަނޑައަޅާ ތަކެތި؛
- ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކައުތެރިކުރާނެ ގޮތް؛
- މަސައްކަތް ހިނގަމުންދާ ގޮތުގެ ރިޕޯޓެއް، ކޮންމެ ހަފުތާއަކު މަރުކަޒަށް ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމުމަށްފަހު، މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި، މަސައްކަތް ހިނގި ގޮތުގެ ރިޕޯޓެއް މަރުކަޒަށް ހުށަހެޅުން؛
- މަސައްކަތާ ގުޅޭ ދިރާސާ ރިޕޯޓެއް، މަސައްކަތް ނިމޭތާ ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މަރުކަޒަށް ހުށަހެޅުން؛
- މަސައްކަތް ކުރުމަށް ހިނގާ ހަަރަދުތައް، މަސައްކަތް ކުރާ ފަރާތުން ކުރުން؛
- މަރުކަޒުން ބޭނުންވެއްޖެނަމަ، މަސައްކަތް ކުރާ ޓީމުގައި މަރުކަޒުގެ މުވައްޒަފަކު ބައިވެރިކުރުމަށް ނުވަތަ މަރުކަޒުން ފޮނުވާ ބަޔަކަށް މަސައްކަތް ކުރާތަން ބަލަން ފުރުސަތު ދިނުން؛
- ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރުން.
58 ވަނަ މާއްދާ - މަސައްކަތް ކުރިއަށް ގެންދާނެ ގޮތް
މަސައްކަތް ކުރިއަށް ގެންދަންވާނީ، މި ގަވާއިދުގެ 57 ވަނަ މާއްދާގެ ދަށުން ލިބޭ ހުއްދައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
59 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން
މި ގަވާއިދުގެ 57 ވަނަ މާއްދާއިން ދޭ ހުއްދަ، އަންނަނިވި ހާލަތްތަކުގައި ބާތިލުކުރެވޭނެއެވެ.
(ހ) ސަގާފީ ތަރިކައަށް ގެއްލުން ލިބޭކަން މަރުކަޒަށް ކަށަވަރުވުން؛
(ށ) މަރުކަޒުން ދީފައިވާ ހުއްދައާ ހިލާފަށް އަމަލު ކުރަމުން ދާކަން މަރުކަޒަށް ކަށަވަރުވުން؛
(ނ) މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގައިވާ މަސައްކަތް ކުރިއަށް ދާގޮތުގެ ރިޕޯޓު މަރުކަޒަށް ނުލިބުން.
ދިހަވަނަ ބާބު
ސަގާފީ ތަރިކައިގެ މިލްކުވެރިކަން
60 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކުރުން
(ހ) ދަފުތަރުކޮށްފައިވާ ނުވަތަ ގިންތިކުރެވިފައިވާ ސަގާފީ ތަރިކައިގެ މިލްކުވެރިކަން ބަދަލުކުރަން ބޭނުންވާނަމަ، އަންނަނިވި މައުލޫމާތާއެކު މަރުކަޒަށް ލިޔުމުން ހުށަހަޅައި، މަރުކަޒުގެ ހުއްދަ ހޯދަންވާނެއެވެ.
- މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔުން؛
- މިލްކުވެރިކަން ބަދަލުކުރާ ސަބަބު؛
- މިލްކުވެރިކަން ލިބިގަންނަ ފަރާތުން އެ އެއްޗެއް ގަބޫލުކުރާ ކަމުގެ ލިޔުން؛
- މިލްކުވެރިކަން ލިބިގަންނަ ފަރާތުން އެ އެއްޗެއް ދެމެހެއްޓެނިވި ގޮތެއްގައި ރައްކައުތެރިކޮށް ބަލަހައްޓާނެ ގޮތް؛
- މިލްކުވެރިކަން ބަދަލުކުރަން ބޭނުންވާ ސަގާފީ ތަރިކަ ނިސްބަތްވާ ކައުންސިލުން އެކަމާމެދު ދެކޭ ގޮތުގެ ލިޔުން.
61 ވަނަ މާއްދާ - ހުއްދަ ދިނުން
މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހެޅުމެއް ލިބޭތާ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަރުކަޒުން ގޮތެއް ނިންމައި، އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
62 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުކުރި ލިޔުން
(ހ) ސަގާފީ ތަރިކައިގެ މިލްކުވެރިކަން ބަދަލުކޮށް ނިމުމުން، އެކަން އަންގައިދިނުމަށްޓަކައި ދޫކުރާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީއެއް، މިލްކުވެރިކަން ބަދަލުކުރެވުނު ފަރާތުން 7 (ހަތެއް) ދުވަހުގެ ތެރޭގައި މަރުކަޒަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ލިޔުން މަރުކަޒަށް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ބަދަލުކުރެވުނު ސަގާފީ ތަރިކައެއް ނިސްބަތްވާ ކައުންސިލަށް ނުވަތަ ކައުންސިލްތަކަށް މަރުކަޒުން އެކަން އަންގަންވާނެއެވެ.
އެގާރަވަނަ ބާބު
ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށް އެސެސްމަންޓް ހެދުން
63 ވަނަ މާއްދާ - ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށް އެސެސްމަންޓް ހެދުން
(ހ) ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2012-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ހެދުމަށް ލާޒިމުވާ ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓުގައި، އެ މަށްރޫއުތަކުގެ ސަބަބުން އެ މަށްރޫއިެއް ހިންގާ ސަރަހައްދުގައި ހުރި ސަގާފީ ތަރިކައަށް އަސަރުފޯރާ މިންވަރު ދެނެގަތުމަށްޓަކައި ހަދައިފައިވާ އެސެސްމަންޓުގެ ހޯދުންތައް ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ސަގާފީ ތަރިކައަށް އަސަރުފޯރާ މިންވަރު ދެނެގަތުމުގެ އެސެސްމަންޓު ހެދުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
- ސަގާފީ ތަރިކައިގެ މުހިންމުކަން؛
- ސަގާފީ ތަރިކައިގެ އުމުރު؛
- ސަގާފީ ތަރިކަ އެ ތަނެއްގައި ހުރުމުގެ ސަބަބުން ލިބޭނެ އިޖުތިމާއިީ ފައިދާއާއި އިގްްތިސާާދީ ފައިދާ؛
- ސަގާފީ ތަރިކައިގެ އަސްލު؛
- ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބަލަހައްޓަން ކުރެވިދާނެ ކަންކަން؛
- މަށްރޫއުގެ ސަބަބުން ސަގާފީ ތަރިކައަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަން.
64 ވަނަ މާއްދާ - އެސެސްމަންޓް ހެދުމާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
(ހ) ތަރައްގީގެ މަށްރޫއުތަކުގެ ސަބަބުން ސަގާފީ ތަރިކައަށް އަސަރުފޯރާ މިންވަރު ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމަށް ބޭނުންވާނެ ފަންނީ އެހީތެރިކަން އެ މަށްރޫއިެއް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެނަމަ، އެ ކަން މަރުކަޒަށް ހުށަހެޅުމުން، މަރުކަޒުގެ ފަންނީ ގާބިލްކަން ހުރި މިންވަރަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭންވާނެވެ.
(ށ) ތަރައްގީގެ މަށްރޫއުތަކުގެ ސަބަބުން ސަގާފީ ތަރިކައަށް އަސަރުފޯރާ މިންވަރު ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމާ ބެހޭ ހަާއްސަ ތަމްރީނުތައް، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް މަރުކަޒުން ހިންގަންވާނެއެވެ.
65 ވަނަ މާއްދާ - މަރުކަޒުގެ ލަފާ ހޯދުން
(ހ) ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2012-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ތައްޔާރުކުރާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އެކުލަވައިލުމަށްފަހު، ކަމާބެހޭ މިނިސްޓްރީއަށް އެ ރިޕޯޓު ލިބުމުން، އެ މިނިސްޓްރީން އެ ރިޕޯޓު މަރުކަޒަށް ފޮނުވަންވާނެއެވެ.
(ށ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ބަލައި ދިރާސާކުރުމަށްފަހު، ކަމާބެހޭ މިނިސްޓްރީން ދޫކުރާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުގެ ކުރިން، އެ ރިޕޯޓުގައި ހިމެނިފައިވާ ސަގާފީ ތަރިކައިގެ އެސެސްމަންޓުގެ ބަޔާ ގުޅޭގޮތުން މަރުކަޒުގެ ލަފާ ހޯދަންވާނެއެވެ.
ބާރަވަނަ ބާބު
ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ނުވަތަ ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ގެންދިއުން
66 ވަނަ މާއްދާ - އުފުލޭ ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިއުން
މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ދަފުތަރު ކުރެވިފައިވާ އުފުލޭ ސަގާފީ ތަރިކައެއްގެ ވެރިފަރާތުން ނުވަތަ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތަކުން، އެ އެއްޗެއް ދިވެހިރާއްޖެއިން ބޭރަށް ގެންދަން ބޭނުންވެއްޖެނަމަ، އެ އެއްޗެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިއުމުގައި އަމަލު ކުރަންވާނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.
(ހ) އެކަމުގެ ހުއްދައަށް އެދި 7 (ހަތެއް) ދުވަހުގެ ކުރިން މަރުކަޒަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހަޅާއިރު، އަންނަނިވި ކަންކަން، އެ ހުށަހެޅުމެއްގައި ހިމަނަންވާނެއެވެ.
- ސަގާފީ ތަރިކައިގެ ދަފުތަރު ނަންބަރު؛
- ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރަށް ގެންދެވޭ ގައުމު ނުވަތަ ގައުމުތައް؛
- ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރަށް ގެންދެވޭ މުއްދަތު؛
- ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރަށް ގެންދެވޭ ބޭނުން؛
- ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރަށް ގެންދިއުމާއި އަނބުރާ ގެނައުމުގައި ޒިންމާވާ ފަރާތުގެ ތަފުސީލު؛
- ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރަށް ގެންދިއުމުގައްޔާއި އަނބުރާ ގެނައުމުގައި އަދި ސަގާފީ ތަރިކަ ދިވެހިރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެ އެއްޗެއް ރައްކައުތެރިކޮށް ބެލެހެއްޓުމަށްޓަކައި އަޅާނެ ފިޔަވަޅުތައް.
67 ވަނަ މާއްދާ - އުފުލޭ ސަގާފީ ތަރިކައެއް ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުން
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ދަފުތަރުކުރެވިފައިވާ އުފުލޭ ސަގާފީ ތަރިކައެއްގެ ވެރިފަރާތުން ނުވަތަ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތަކުން، އެ އެއްޗެއް ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ދާއިމީކޮށް ނުވަތަ ވަގުތީގޮތުން ބަދަލުކުރުމަށް ބޭނުންވެއްޖެނަމަ، އެ އެއްޗެއް ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި 7 (ހަތެއް) ދުވަހުގެ ކުރިން މަރުކަޒަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހުއްދައަށް އެދި ހުށަހަޅާއިރު، އަންނަނިވި ކަންކަން އެ ހުށަހެޅުމެއްގައި ހިމަނަންވާނެއެވެ.
- ސަގާފީ ތަރިކައިގެ ދަފުތަރު ނަންބަރު؛
- ސަގާފީ ތަރިކަ މިހާރު ހުރި ތަން؛
- ސަގާފީ ތަރިކަ ބަދަލުކުރުމަށް ބޭނުންވާ ތަން؛
- ސަގާފީ ތަރިކަ ބަދަލުކުރުމަށް އެދޭ ސަބަބު؛
- ސަގާފީ ތަރިކަ ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް ޒިންމާވާ ފަރާތުގެ ތަފުސީލު؛
- ސަގާފީ ތަރިކަ ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގައްޔާއި ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ބަދަލުކުރެވޭ ތަނުގައި އެ އެއްޗެއް ރައްކައުތެރިކޮށް ބެލެހެއްޓުމަށްޓަކައި އަޅާނެ ފިޔަވަޅުތައް؛
- ސަގާފީ ތަރިކަ ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރަނީ ވަގުތީގޮތުން ކަމުގައިވާނަމަ، ވަގުތީގޮތުން ބަދަލުކުރެވޭ މުއްދަތު.
68 ވަނަ މާއްދާ - ހުއްދަދިނުން
މި ގަވާއިދުގެ 66 ވަނަ މާއްދާ އާއި 67 މާއްދާގެ ދަށުން ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިއުމަށް ނުވަތަ ދިވެހިރާއްޖޭގައި ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް މަރުކަޒުން ހުއްދަ ދޭނީ، ހުއްދައަށް އެދި ހުށަހަޅާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ލިޔުމުންނެވެ.
69 ވަނަ މާއްދާ - ހުއްދަނެތި ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިއުން
(ހ) ދަފުތަރު ކުރެވިފައިވާ އުފުލޭ ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ގެންދަނީ ނުވަތަ ފޮނުވަނީ މި ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަރުކަޒުން ލިޔުމުން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައިކަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނާއި ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކުން ކަށަވަރުކުރަންވާނެއެވެ.
(ށ) ދަފުތަރުކުރެވިފައިވާ އުފުލޭ ސަގާފީ ތަރިކައެއް ކަމުގައި ބެލެވޭ އެއްޗެއް ދިވެހިރާއްޖެއިން ބޭރަށް ގެންދަން އުޅޭކަން ނުވަތަ ފޮނުވަން އުޅޭކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދުމަތްދޭ ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެ އެއްޗަކާބެހޭ މައުލޫމާތު ވަގުތުން މަރުކަޒަށް ފޮނުވައި، އެ އެއްޗަކީ ދަފުތަރު ކުރެވިފައިވާ ސަގާފީ ތަރިކައެއްތޯ ކަށަވަރު ކުރަން ވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އެ ސަގާފީ ތަރިކައަކީ ދަފުތަރު ކުރެވިފައިވާ ސަގާފީ ތަރިކައެއް ކަމަށް މަރުކަޒުން އަންގައިފިނަމަ، އެ ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ އެ ފަރާތަކަށް ލިބިފައިވޭތޯ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނުވަތަ ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކުން ބަލަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ބަލާ ބެލުމުގައި ނުވަތަ އެ ނޫންވެސް ހާލަތެއްގައި، ސަގާފީ ތަރިކައެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ ނުވަތަ ފޮނުވުމުގެ ހުއްދަ ލިބިފައިނުވާކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދުމަތްދޭ ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އަންނަނިވި ގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނުވަތަ ދިވެހިރާއްޖޭގައި ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
- މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަގުތުން ރިޕޯޓުކުރުން؛
- މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބެލުމުގެ ދަށަށް އެ އެއްޗެއް ގެނައުން؛
- އެ ކަމެއް ހިނގިތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ހާދިސާ ރިޕޯޓަކާއެކު މަރުކަޒަށް ލިޔުމުން އެންގުން.
(ބ) މި މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެވޭ ސަގާފީ ތަރިކައާމެދު އަމަލުކުރާނީ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ބ) ގެ ދަށުން އެ އިދާރާއަކުން އެކުލަވައިލައި އާންމުކޮށްފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ތޭރަވަނަ ބާބު
ދައުލަތަށް ނަގާ ސަގާފީ ތަރިކައަށް ބަދަލުދިނުން
70 ވަނަ މާއްދާ - ދައުލަތަށް ނެގޭ ސަގާފީ ތަރިކަ
ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަރުކަޒުން ތަނެއް ބަލައި ފާސްކުރުމުން، އެ ތަނެއް ގައުމީ ފެންވަރުގައި ގިންތިކުރެވިފައިވާ ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅުމަށް މަރުކަޒުން ނިންމައިފިނަމަ، މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އެ ތަނަކާއި އެ ތަނެއްގެ ވަށައިގެން ކަނޑައަޅައިފައިވާ ހިމާޔަތްކުރެވިފައިވާ ސަރަހައްދު ދައުލަތަށް ނެގުމަށް މަރުކަޒަށް ނިންމިދާނެއެވެ.
71 ވަނަ މާއްދާ - ދައުލަތުން ކުއްޔަށް ދޫކޮށްފައިވާ ބިމެއް، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ވަކިކޮށް ދައުލަތަށް ނެގުމުގައި އަމަލުކުރާނެ އުސޫލު
(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން، ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ތަނަކާއި އެ ތަނެއްގެ ވަށައިގެން ކަނޑައަޅައިފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ދައުލަތަށް ނެގުމަށް މަރުކަޒުން ނިންމައިފިނަމަ، އެ ތަނަކީ ނުވަތަ އެ ސަރަހައްދަކީ ދައުލަތުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ތަނެއް ނުވަތަ ސަރަހައްދެއްނަމަ، އެކަން ލިޔުމުން އެ ތަނެއް ނުވަތަ ސަރަހައްދެއް ދައުލަތުގެ ފަރާތުން ކުއްޔަށް ހިފައިފައިވާ ފަރާތަކަށް މަރުކަޒުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުން އެންގުމަށްފަހު، ދައުލަތަށް ނެގުމަށް ނިންމައިފައިވާ ބިމެއް ކުއްޔަށް ހިފައިފައިވާ ފަރާތާއި ބިން ކުއްޔަށް ދޫކޮށްފައިވާ ދައުލަތުގެ އިދާރާއާއި މަރުކަޒާއެކު މަށްވަރާކުރުމަށްފަހު، ކުއްޔަށް ހިފާ ފަރާތަށް އަދުލުވެރި ބަދަލެއް ދިނުމާ ގުޅޭގޮތުން އެއްބަސްވެވޭ ގޮތާއެކު، ށަރުއިީ ކޯޓެއް މެދުވެރިކޮށް އެ ތަނެއް ދައުލަތަށް ނެގުމަށްޓަކައި އެ މައްސަލައެއް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހަށް މަރުކަޒުން ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން، ބަންޑާރަނައިބުގެ އޮފީހަށް މައްސަލައެއް ހުށަހެޅުމުން، ބިން ނެގުމުގެ މައްސަލަ ކަމާބެހޭ ށަރުއިީ ކޯޓަކަށް ލަސްނުކޮށް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅަންވާނެއެވެ.
72 ވަނަ މާއްދާ - އަމިއްލަ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމެއް ދައުލަތަށް ނެގުމުގައި އަމަލުކުރާނެ އުސޫލު
(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން، ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ތަނަކާއި އެ ތަނެއްގެ ވަށައިގެން ކަނޑައަޅައިފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ދައުލަތަށް ނެގުމަށް މަރުކަޒުން ނިންމައިފިނަމަ، އެ ބިމެއްގެ ވެރިފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުން އެންގުމަށްފަހު، އެ ބިމެއް ސަރވޭކުރުމަށްފަހު، އެ ބިމުގެ އަގަށާއި މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، ބަދަލުގެ ގޮތުގައި ހުށަހަޅާނެ އަގެއް އަދި/ނުވަތަ ބަދަލުގެ ގޮތުގައި ދެވޭނެ އިތުރު ބިމެއް ނުވަތަ ތަނެއް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިން ދޫކުރުމުގެ ކަންކަން ބަލަހައްޓާ ދައުލަތުގެ އިދާރާގެ ލަފަޔާއެކު މަރުކަޒުން ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން، ބިމުގެ ވެރިފަރާތަށް ބަދަލުގެ ގޮތުގައި ހުށަހަޅާނެ އަގެއް އަދި/ނުވަތަ ބަދަލުގެ ގޮތުގައި ދެވޭނެ އިތުރު ބިމެއް ނުވަތަ ތަނެއް މަރުކަޒުން ބަލައި ހަމަޖެއްސުމަށްފަހު، ށަރުއިީ ކޯޓެއް މެދުވެރިކޮށް އެ ބިމެއް ދައުލަތަށް ނެގުމަށްޓަކައި އެ މައްސަލައެއް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހަށް މަރުކަޒުން ހުށަހަޅަންވާނެއެވެ.
73 ވަނަ މާއްދާ - ބަދަލުދިނުމުގައި ބަލަންޖެހޭ ކަންކަން
ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ތަނެއް ދައުލަތަށް ނެގުމުގައި، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އެ ތަނެއްގެ ވެރިފަރާތަށް ބަދަލުދިނުމުގައި އަންނަނިވި ކަންކަމަށް މަރުކަޒުން ރިއާޔަތް ކުރަންވާނެއެވެ.
(ހ) ބިމެއްގެ ބަދަލުގައި ދައުލަތަށް ނެގޭ ބިމާ އެއް އަގެއްގެ ބިމެއް ނުވަތަ ތަނެއް ދިނުން؛
(ށ) އެ ބިމެއް ދައުލަތަށް ނެގުމުގެ ސަބަބުން ބިމުގެ ވެރިފަރާތުން އެހެން ބިމަކަށް ނުވަތަ ތަނަކަށް ބަދަލުވުމަށް ހިނގާނެ ހަަރަދު ދިނުން؛
(ނ) އެ ބިމެއް ދައުލަތަށް ނެގުމުގެ ސަބަބުން ބިމުގެ ވެރިފަރާތުން އެހެން ބިމަކަށް ނުވަތަ ތަނަކަށް ބަދަލުވުމުގައި، ވެރިފަރާތުން ބަދަލުވަނީ ކުރިން އުޅުނު ބިމުގެ އަގަށްވުރެ ދަށް އަގެއްގެ ބިމަކަށް ނުވަތަ ތަނަކަށް ކަމަށްވާނަމަ، ބިމުގެ އަގަށް އަންނަ ތަފާތު ދިނުން.
ސާދަވަނަ ބާބު
ސަގާފީ ތަރިކަ ބަލަހައްޓާ ފަރާތްތަކަށް އިިނާޔަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުން
74 ވަނަ މާއްދާ - އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ކަނޑައެޅުން
ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަށް އެ ފަރާތްތަކަށް އިިނާޔަތެއް ދިނުމަށްޓަކައި، މަރުކަޒުގެ ބަޖެޓުގައްޔާއި ހެރިޓޭޖް ޓްރަސްޓް ފަންޑުގައި ހުންނަ ފައިސާއިން، ކޮންމެ އަހަރަކު ވަކި އަދަދަކަށް ފައިސާ ކަނޑައަޅަންވާނެއެވެ.
75 ވަނަ މާއްދާ - މާލީ އެހީތެރިކަމަށް އެދި ހުށަހެޅުން
އަމިއްލަ ފަރާތްތަކުން ބަލަހައްޓާ ސަގާފީ ތަރިކައެއް ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތުގައި މާލީ އެހީތެރިކަމަށް އެދި އަންނަނިވި މައުލޫމާތާއި ލިޔެކިއުންތަކާއެކު ލިޔުމުން މަރުކަޒަށް ހުށަހަޅިދާނެއެވެ.
(ހ) ސަގާފީ ތަރިކައިގެ ދަފުތަރު ނަންބަރު؛
(ށ) ސަގާފީ ތަރިކައިގެ ހާލަތު ބަޔާންކޮށްދޭ އެސެސްމަންޓް ރިޕޯޓް؛
(ނ) ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތަށް ހިނގާނެކަމަށް ލަފާކުރާ ހަަރަދުގެ ތަފުސީލާއި ކޯޓޭށަން؛
(ރ) ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތަށް ހިނގާނެ މުއްދަތާއި، މަރާމާތުގެ ބާވަތާއި، އެކަމަށް ބޭނުންވާ އާލާތްތަކާއި ތަކެއްޗާއި، އެކަމުގައި ހަރަކާތްތެރިވާ މީހުންގައި ހުންނަންޖެހޭ ފަންނީ ހުނަރުވެރިކަމުގެ މިންވަރު އެނގޭގޮތަށް ތައްޔާރުކޮށްފައިވާ މަސައްކަތު ޕްލޭން.
76 ވަނަ މާއްދާ - މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިންގަނޑު
މި ގަވާއިދުގެ 75 ވަނަ މާއްދާގެ ދަށުން ސަގާފީ ތަރިކައެއް ރައްކައުތެރިކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތުގައި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ފައިސާ ދޫކުރަން ނިންމުމުގައި، އަންނަނިވި ކަންކަމަށް މަރުކަޒުން ރިއާޔަތް ކުރަންވާނެއެވެ.
(ހ) އެ ސަގާފީ ތަރިކައެއް ރައްކައުތެރި ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތުގެ ބާވަތަކީ އާންމުކޮށް ކުރަންޖެހޭ ފަދަ މަސައްކަތަކަށް ވެފައި، އެ މަރާމާތެއް އެ ސަގާފީ ތަރިކައެއް ރައްކައުތެރި ކުރުމަށް ހަާއްސަވާ މިންވަރު؛
(ށ) އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ކުރަން ހުށަހަޅައިފައިވާ ރައްކައުތެރިކަމުގެ މަސައްކަތުގެ ކުޑަބޮޑުމިން؛
- ހުށަހެޅި ފަރާތުގެ މާލީ ފުދުންތެރިކަން ހުރި މިންވަރު؛
- ރައްކައުތެރިކަމުގެ މަސައްކަތް ހިނގާނެ މުއްދަތު؛
- ރައްކައުތެރިކަމުގެ މަސައްކަތަށް ބޭނުންވާ އާލަތްތަކާއި ތަކެތި؛
- ރައްކައުތެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގައި ހުންނަންޖެހޭ ފަންނީ ހުނަރުވެރިކަމުގެ މިންވަރު.
77 ވަނަ މާއްދާ - ފައިސާ ދޫކުރުމުގެ އުސޫލު
(ހ) މި ގަވާއިދުގެ 76 ވަނަ މާއްދާގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަރުކަޒުން ނިންމައިފިނަމަ، އެކަމަށް ފައިސާ ދޫކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) މި ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން މާލީ އެހީތެރިކަން ދިނުމަށް މަރުކަޒުން އެ އަހަރަކަށް ކަނޑައަޅައިފައިވާ ފައިސާ ބޭނުންކޮށް ނިމިއްޖެނަމަ، މި ގަވާއިދުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުއްލި ހާލަތެއްގައި ހުށަހަޅާ ހުށަހެޅުންތައް ފިޔަވައި، މި ގަވާއިދުގެ 75 ވަނަ މާއްދާގެ ދަށުން ލިބޭ އިތުރު ހުށަހެޅުންތަކަށް، ޖެހިގެން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރެވިދާނެއެވެ.
78 ވަނަ މާއްދާ - ރިޕޯޓު ހުށަހެޅުން
މި ގަވާއިދުގެ 77 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ފައިސާ ހަަރަދުކޮށްފައިވާ ގޮތާއި، މަރާމާތުކުރުމުގެ މަސައްކަތް ހިނގައިދިޔަ ގޮތާއި، މަރާމާތަށްފަހު ސަގާފީ ތަރިކައިގެ ހާލަތު އެނގޭނޭ ރިޕޯޓެއް، ފައިސާ ދޫކުރެވުނު ފަރާތުން ތައްޔާރުކޮށް، މަރާމާތުގެ މަސައްކަތް ނިމޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މަރުކަޒަށް ހުށަހަޅަންވާނެއެވެ.
79 ވަނަ މާއްދާ - ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
(ހ) އަމިއްލަ ފަރާތްތަކުން ބަލަހައްޓާ ސަގާފީ ތަރިކައެއް ދެމެހެއްޓެނިވި ގޮތެއްގައި ރައްކައުތެރިކޮށް ބެލެހެއްޓުމަށްޓަކައި މަރުކަޒުގެ ފަންނީ އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް އެދި މަރުކަޒަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުގެ ފަންނީ އެހީތެރިކަމަށް އެދި ހުށަހެޅުމުން، އެ އެހީތެރިކަމަކީ އެ ހިނދަކު މަރުކަޒަށް ދެވިދާނެ އެހީތެރިކަމެއް ކަމުގައި ވާނަމަ، އެ އެހީތެރިކަން، ވީ އެންމެ އަވަހަކަށް އަދި ފުރިހަމައަށް މަރުކަޒުން ދޭންވާނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށް ފަންނީ އެހީތެރިކަން ކަމުގައި ބުނެފައި އެވަނީ، ސަގާފީ ތަރިކަ ރައްކައުތެރިކަމާއެކު ބެލެހެއްޓުމާ ގުޅޭ ތައުލީމާއި ތަމްރީނު ލިބިފައިވާ މަރުކަޒުގެ މުވައްޒަފުންގެ ލަފަޔާއި އިރުށާދަށެވެ.
80 ވަނަ މާއްދާ - ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
(ހ) މި ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އެހެން އޮތް ނަމަވެސް، މި ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަރުކަޒުން އެ އަހަރަކަށް ކަނޑައަޅައިފައިވާ ފައިސާ ބޭނުންކޮށް ނިމިފައިވާ ހާލަތެއްގައި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމަކީ ކުއްލި ހާލަތެއް މެދުވެރިވެގެން ހުށަހަޅާ ހުށަހެޅުމެއްނަމަ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެރިޓޭޖް ޓްރަސްޓް ފަންޑުން އެ ހުށަހެޅުމަކަށް ފައިސާ ދޫކުރެވިދާނެއެވެ.
(ށ) ކުއްލި ހާލަތެއް މެދުވެރިވެގެން މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން، މި ގަވާއިދުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަންވާނެއެވެ. އަދި އެ ހުށަހެޅުމަކަށް މަރުކަޒުން ފައިސާ ދޫކުރަން ނިންމުމުގައި، މި ގަވާއިދުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަށް ރިއާޔަތް ކުރަންވާނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށް ކުއްލި ހާލަތުކަމަށް ބުނެފައި އެވަނީ، ސަގާފީ ތަރިކައިގެ ބާވަތަށާއި ހާލަތަށް ބަލައި، ސަގާފީ ތަރިކަ ރައްކައުތެރިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ލަސްކުރެވެން ނެތް މަސައްކަތަކަށްވާ ހާލަތަށެވެ.
81 ވަނަ މާއްދާ - އިިނާޔަތް ދިނުން
(ހ) އަމިއްލަ ފަރާތްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ސަގާފީ ތަރިކަ ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކައި، އަންނަނިވި ކަންކަމަށް ބެލުމަށްފަހު، މަރުކަޒުން ކަނޑައަޅާ އިިނާޔަތްތަކެއް އެ ފަރާތްތަކަށް ދެވިދާނެއެވެ.
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގު؛
- ސަގާފީ ތަރިކައިގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާ؛
- ދެމެހެއްޓެނިވި ގޮތެއްގައި ސަގާފީ ތަރިކަ ރައްކައުތެރި ކުރުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތް.
(ށ) މި މާއްދާގެ ދަށުން ދޭ އިިނާޔަތަކީ ފައިސާގެ ގޮތުގައި ނުވަތަ ތަކެތީގެ ގޮތުގައި ދޭ އިިނާޔަތެއް ކަމުގައި ނުވަތަ ހަާއްސަ ހައްގުތަކާއި މަންފާތަކެއްގެ ގޮތުގައި ދޭ އިިނާޔަތެއް ކަމުގައި މަރުކަޒަށް ކަނޑައެޅިދާނެއެވެ.
ފަނަރަވަނަ ބާބު
ސަގާފީ ތަރިކައަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަތުން ފީ ނެގުން
82 ވަނަ މާއްދާ - ފީ ނެގުން
(ހ) މި ގަވާއިދުގެ ދަށުން އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ސަގާފީ ތަރިކައެއްގެ ގޮތުގައި ދަފުތަރު ކޮށްފައިވާ އާސާރީ ސަރަހައްދެއް ނުވަތަ ތަނެއް ނުވަތަ އެއްޗެއް ދެއްކުމަށް މަރުކަޒުގެ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތިން ފީއެއް ނެގުމުގެ އިހަްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ) އަމިއްލަ ފަރާތެއްގެ މިލްކުވެރިކަމުގައި ހުރި ދަފުތަރު ކޮށްފައިވާ ސަގާފީ ތަރިކައެއް ދެއްކުމަށް މަރުކަޒުގެ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތިން ފީއެއް ނެގުމުގެ އިހަްތިޔާރު، އެ ތަރިކައެއްގެ މިލްކުވެރި ފަރާތަށް ލިބިގެންވެއެވެ.
83 ވަނަ މާއްދާ - ފީ ޖަމާކުރުން
(ހ) މި ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަގާ ފީތައް ޖަމާކުރަންވާނީ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ ހެރިޓޭޖް ޓްރަސްޓް ފަންޑަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހެރިޓޭޖް ޓްރަސްޓް ފަންޑަށް ޖަމާކުރާ ފީގެ %60 (ފަސްދޮޅަސް އިންސައްތަ) އެ ޖަމާކުރާ ކައުންސިލުގެ ޓްރަސްޓް ފަންޑަށް މަރުކަޒުން ޖަމާކުރަންވާނެއެވެ.
ސޯޅަވަނަ ބާބު
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
84 ވަނަ މާއްދާ - ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމުގެ ކުށްތައް
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ ދަށުން ކުށެކެވެ.
(ހ) ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް ހަލާކުކޮށްލުމުގެ ގޮތުން ނުވަތަ ގެއްލުންދިނުމުގެ ގޮތުން ނުވަތަ ނެތިކޮށްލުމުގެ ގޮތުން ކުރާ އެންމެހައި ކަންކަން؛
(ށ) ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗަކަށް ބަދަލުގެނައުން ނުވަތަ އެ އެއްޗެއްގެ އަސްލު އޮޅުވައިލުން ނުވަތަ އެ އެއްޗަކަށް އުނިއިތުރު ގެނައުން؛
(ނ) ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ސަގާފީ ތަރިކައެއްގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާ ހިލާފަށް އިމްޕޯޓުކުރުން ނުވަތަ އެކްސްޕޯޓުކުރުން ނުވަތަ ވިއްކުން؛
(ރ) ސަގާފީ އަގެއް ހުރި އެއްޗެއް ހޯދުމުގެ ބޭނުމުގައި މަރުކަޒުގެ ހުއްދަ ނެތި ތަންތަން ކޮނުން؛
(ބ) ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ތަނެއް ކޮންނަނިކޮށް ސަގާފީ ތަރިކައެއް ކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ފެނުމުން ނުވަތަ ފެނުނުކަން އެނގުމުން، އެކަމުގެ މައުލޫމާތު، މި ގަވާއިދުގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަންގަންޖެހޭ ފަރާތަށް ނާންގައި ހުރުން؛
(ޅ) ސަގާފީ ތަރިކައާބެހޭ ސައްހަނޫން މައުލޫމާތު ފެތުރުން.
85 ވަނަ މާއްދާ - ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމުގެ ކުށްތައް ތަހުގީގުކުރުން
(ހ) މި ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް، އެއްވެސް ފަރާތަކުން ކޮށްފިކަމަށް މަރުކަޒަށް ފާހަގަކުރެވިއްޖެނަމަ، އެ ފަދައިން ފާހަގަކުރެވޭތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، އެކަން ތަހުގީގު ކުރުމަށް ޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް، އެއްވެސް ފަރާތަކުން ކޮށްފިކަމަށް މަރުކަޒަށް ފާހަގަކުރެވިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުގެ އިތުރުން، އެކަމާ ބެހޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި، އެ މައްސަލައެއް، މަރުކަޒުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުގެ ކަމާބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލައިގެ އިދާރީ ތަހުގީގްެއް ހިންގައި، މި ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގައި އެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ ކުށެއް ކުރި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް، މި ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގައި ތަހުގީގު ނިންމިދާނެކަމަށް މަރުކަޒުގެ ކަމާބެހޭ ކޮމިޓީއަށް ނުފެންނަ ނަމަ، ތަހުގީގު ފުރިހަމަކުރުމަށް އެކަށީގެންވާ މުއްދަތަކަށް ތަހުގީގުގެ މުއްދަތު އިތުރުކުރުމުގެ އިހަްތިޔާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން މަރުކަޒުގެ ކަމާބެހޭ ކޮމިޓީން ކުރާ އިދާރީ ތަހުގީގުގައި، މި ގަވާއިދުގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް، އެ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން، ކޮމިޓީން ދޭ ފުރުސަތުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތުން ދޭ ޖަވާބު ލިޔުމުން ރެކޯޑުކޮށް، ތަހުގީގު ރިޕޯޓުގައި އެ ޖަވާބު ހިމަނަންވާނެއެވެ. ނުވަތަ ކޮމިޓީން ދޭ ފުރުސަތުގައި ޖަވާބުދާރީވުމަށް ކުށުގެ ތުހުމަތުކުރެވޭ ފަރާތުން އިއުތިރާޒުުކޮށްފިނަމަ ނުވަތަ ދެވުނު ފުރުސަތުގައި ޖަވާބުދާރީވެފައި ނުވާނަމަ، ތަހުގީގު ރިޕޯޓުގައި އެކަން ރެކޯޑުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގެ ދަށުން މަރުކަޒުގެ ކަމާބެހޭ ކޮމިޓީން ކުރާ އިދާރީ ތަހުގީގުގައި، މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށްޓަކައި، ކުށުގެ ހަގީގަތްތައް އެނގޭ ފަރާތްތަކާ ސުވާލުކޮށްގެން ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވުމަށާއި، ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭ އެނޫންވެސް ހެކި ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ނ) ގެ ދަށުން މަރުކަޒުގެ ކަމާބެހޭ ކޮމިޓީން ކުރާ އިދާރީ ތަހުގީގުގައި އެކި ފަރާތްތަކާއެކު ކުރާ މުއާމަލާތްތައް ލިޔުމުން ރެކޯޑުކޮށް، މައްސަލައިގައި ކޮމިޓީއަށް ލިބުނު ބަޔާންތަކާއި ކިތާބީ ހެކިތަކާއި އެނޫންވެސް ހެކިތަކާއެކު ތަހުގީގު ރިޕޯޓުގައި ހިމަނަންވާނެއެވެ.
86 ވަނަ މާއްދާ - ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމުގެ ކުށްތަކަށް އިދާރީ އަދަބު ދިނުން
(ހ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރުމުގެ އަދަބަކީ، އެ ކުށެއްގައި ހިމެނިފައިވާ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ރިއާޔަތްކޮށް، އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރުމެވެ.
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 1 ނުވަތަ 2 ގެ އަގެއް ކަމުގައި ވާނަމަ، 600,000 (ހަލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވާނަމަ، 200,000 (ދެލައްކަ) ރުފިޔާއާއި 600,000 (ހަލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ށ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ އަދަބަކީ، އެ ކުށެއްގައި ހިމެނިފައިވާ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ރިއާޔަތްކޮށް، އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރުމެވެ.
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 1 ނުވަތަ 2 ގެ އަގެއް ކަމުގައި ވާނަމަ، 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވާނަމަ، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ނ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކުރުމުގެ އަދަބަކީ، އެ ކުށެއްގައި ހިމެނިފައިވާ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ރިއާޔަތްކޮށް، އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރުމެވެ.
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 1 ނުވަތަ 2 ގެ އަގެއް ކަމުގައި ވާނަމަ، 400,000 (ހަތަރުލައްކަ) ރުފިޔާއާއި 800,000 (އަށް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވާނަމަ، 100,000 (އެއްލައްކަ) ރުފިޔާއާއި 400,000 (ހަތަރުލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ރ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ އަދަބަކީ، އެ ކުށެއްގައި ހިމެނިފައިވާ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ރިއާޔަތްކޮށް، އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރުމެވެ.
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 1 ނުވަތަ 2 ގެ އަގެއް ކަމުގައި ވާނަމަ، 100,000 (އެއްލައްކަ) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
- ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަކީ، ދަރަޖަ 3 ނުވަތަ 4 ގެ އަގެއް ކަމުގައި ވާނަމަ، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ބ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކުރުމުގެ އަދަބަކީ، 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ޅ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ކ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކުރުމުގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(އ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
(ވ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއް ކުރުމުގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(މ) މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކުށެއް ކުރުމުގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
87 ވަނަ މާއްދާ - ޖޫރިމަނާ ފައިސާ ހޯދުން
(ހ) މި ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ސަގާފީ ތަރިކައަށް ގެއްލުންދިނުމާއި އިހުމާލުވުމުގެ ކުށެއް ކުރިކަން ނުވަތަ ކުރަން އުޅެފިކަން ސާބިތުވެ، އެ ކުށެއް ކުރި ފަރާތެއް، މި ގަވާއިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމަށް މަރުކަޒުން ނިންމައިފިނަމަ، އެކަން އެ ފަރާތަކަށް ލިޔުމުން އަންގައި، އެ ލިޔުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް މަރުކަޒުން އަންގަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭ ފަރާތަށް މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުން އަންގާ އެންގުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފައިސާ ވަކިވަކި ޕޭމަންޓުތަކަށް ބަހައިލައިގެން 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތެއްގައި ފައިސާ ދެއްކުމަށް މަރުކަޒާއެކު އެއްބަސްވުމަކަށް އައުމަށް އެދި، ޖޫރިމަނާކުރެވޭ ފަރާތުން މަރުކަޒަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މަރުކަޒަށް ހުށަހެޅުމެއް ލިބުމުން، ޖޫރިމަނާކުރެވުނު ފަރާތުން ކޮށްފައިވާ ކުށުގެ ކުޑަބޮޑުމިނަށާއި، ޖޫރިމަނާގެ ފައިސާގެ އަދަދަށާއި، ޖޫރިމަނާކުރެވިފައިވާ ފަރާތުގެ މާލީ ފުދުންތެރިކަމަށް ބަލައި، ޖޫރިމަނާގެ ފައިސާ ވަކިވަކި ޕޭމަންޓުތަކަށް ބަހައިލައިގެން 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތެއްގައި ފައިސާ ދެއްކުމުގެ އެއްބަސްވުމެއް އެ ފަރާތާއެކު ވުމަށް މަރުކަޒަށް ނިންމިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ޖޫރިމަނާ ކޮށްފައިވާ ފަރާތާއެކު މަރުކަޒުން ވެވޭ އެއްބަސްވުން އޮންނަންވާނީ ލިޔުމުންނެވެ.
(ބ) މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރާ ފަރާތަށް، މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުން އަންގާ އެންގުން ލިބުމަށްފަހުގައި، އެ ލިޔުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކައިފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (ނ) ގެ ދަށުން ޖޫރިމަނާ ކޮށްފައިވާ ފަރާތާއެކު މަރުކަޒުން ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، ށަރީއަތް މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔުންތަކާއެކު، އެ މައްސަލައެއް ބަންޑާރަނައިބުގެ އޮފީހަށް މަރުކަޒުން ފޮނުވަންވާނެއެވެ.
ސަތާރަވަނަ ބާބު
އެހެނިހެން ކަންކަން
88 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެ ކަމަކާމެދު ގޮތެއް ނިންމާނީ މަރުކަޒުންނެވެ.
89 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
90 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" އަށެވެ.
(ށ) "ހިމާޔަތް ކުރެވިފައިވާ ސަރަހައްދު" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ 54 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދަށެވެ.
(ނ) "ކައުންސިލް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށެވެ.
(ރ) "ފާހަގަކުރެވޭ ސަގާފީ އަގު" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން މަރުކަޒުން ކަނޑައަޅާ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށެވެ.
(ބ) "ބިމުގެ އަގު" ކަމަށް ބުނެފައި އެ ވަނީ، އެ ވަގުތަކު ބިމާބެހޭ ކަންކަމަށް ޒިންމާވާ ވުޒާރާއިން ބިމުގެ އަކަ ފޫޓަކަށް ކަނޑައަޅައިފައިވާ އަގަށެވެ.
(ޅ) "ވަޒީރު" ކަމަށް ބުނެފައި އެ ވަނީ، ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވާ ވުޒާރާގެ ވަޒީރަށެވެ.
(ކ) "އަލަށް ފެނުން" ކަމަށް ބުނެފައި އެ ވަނީ، އެ އެއްޗެއް ނުވަތަ އެ ތަނެއް ނުވަތަ އެ ސަރަހައްދެއް، އޮތްކަން ނުވަތަ ހުރިކަން އޭގެ ކުރިން މީހުންނަށް އެނގިފައިނުވާ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް މީހަކަށް ނުވަތަ ބަޔަކަށް ފެންނަ ފެނުމަށާއި، ކުރިން އެނިފައިވިޔަސް، އެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް ގެއްލިފައި ނުވަތަ ވީގޮތެއް ނޭނގިފައި ވަނިކޮށް ފަހުން ފެންނަ ފެނުމަށެވެ.
ކިޔުންތެރިންގެ ހިޔާލު