-

ކަސްޓަމްސްގެ އާންމު ގަވާއިދު 2011-41 އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2020-68)

 

ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އުާންމު ގަވާއިދު 2011) އަށް އަންނަނިވި އިސްްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 343 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ކަސްޓަމްސްއަށް ތަހުގީީގީުކުރުމުގެ ބާރު ލިބިފައިވާ މައްސަލަތައް 343.
(ނ) ކަސްޓަމްސްގެ މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި މައްސަލަތައް ތަހުގީީގީު ކުރާނީ ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާ -ބުނެވިދިޔަ ގަވާއިދުގެ 346 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

މައްސަލަ ހުށަހެޅުން 346.

(ހ) އާންމު ފަރާތްތަކުން ކަސްޓަމްސްއަށް ލިޔުމުން މައްސަލަ ހުށަހަޅާނަމަ، މައްސަލަ ހުށަހަޅަންވާނީ، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އެޑްރެސްކޮށެވެ. އެ ލިޔުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުުލޫމާތު ހިމަނަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ތާރީހުު؛
  2. މައްސަލަ ހުށަހަޅާ މީހާގެ މައުުލޫމާތު؛
  3. މައްސަލައިގައި ތުހުމަތުކުރެވޭ މީހާ؛
  4. ކުށެއް ކުރިކަމަށް ނުވަތަ ކުށެއް ކުރާކަމަށް ނުވަތަ ކުށެއް ކޮށްފާނެ ކަމަށް ގަބޫލުކުރާ ސަބަބުތައް؛
  5. ކުށުގެ ބާވަތް؛
  6. ލިބިފައިހުރި ހެއްކާއި ގަރީނާގެ މައުުލޫމާތު؛
  7. ކުށް ކުރިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ބެލެވޭ ތާރީހުު؛
  8. މައްސަލަ ހިނގި ތަން ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން؛
  9. މައްސަލަ ހުށަހަޅާ މީހާގެ ފޯނު ނަންބަރު؛
  10. މައްސަލަ ހުށަހަޅާ މީހާގެ އީމެއިލް އެޑްރެސް.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުުލޫމާތު ކަސްޓަމްސްއަށް ދޭ މީހަކީ ކާކުކަން ހާމަކުރަން އޭނާ ބޭނުން ނުވާނަމަ، މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުުލޫމާތު ދިނުން އެނާގެ މައްޗަކަށް މި ގަވާއިދުގެ ދަށުން ލާޒިމެއް ނޫނެވެ. އަދި އެ މީހާޔާބެހޭ ބަޔާންކުރެވުނު މައުުލޫމާތު ކަސްޓަމްސްއަށް ދިންނަމަވެސް، އޭނާގެ އެދުމުގެ މަތިން ނުވަތަ އޭނާގެ ރައްކައުތެރިކަމަށް ކަސްޓަމްސްއިން އެ މައުުލޫމާތު ސިއްރުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ހުށަހެޅޭ މައްސަލައަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިހްްތިސްާސްުން ބޭރު މައްސަލައެއް ނަމަ، ނުވަތަ އެހެން އިދާރާއަކަށް ނުވަތަ އެހެން މުއައްސަސާއަކަށް ހުށަހަޅަންޖެހޭ މައްސަލައެއް ނަމަ، އެކަން އެގޮތަށް ބަޔާންކޮށް، މައްސަލަ ހުށަހަޅާ މީހާއަށް 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން އެކަން އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 347 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

މައްސަލަ ރަޖިސްޓަރީކުރި ކަމުގެ ލިޔުން ދޫކުރުން 347.

ކަސްޓަމްސްއަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައިގެ މައުުލޫމާތު ސާފުކުރުމަށްފަހު، އެ މައްސަލަ ރަޖިސްޓަރީ ކުރިކަން، ލިޔުމުން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް، މައްސަލަ ހުށަހެޅި މީހާއަށް، މައްސަލަ ހުށަހެޅި ދުވަހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. މި މާއްދާގައި މިހެން އޮތްކަމުގައި ވިޔަސް، މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ބޭނުން ނޫންކަމުގައި މައްސަލަ ހުށަހެޅި މީހާ ބުނެފިނަމަ، އެ ކަން އެނގޭނޭގޮތަށް ލިޔެފައި، އެ ލިޔުން ފައިލް ކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 348 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

މައްސަލައާ ގުޅޭ މައުުލޫމާތު ސާފުކުރުން 348.

(ހ) ކަސްޓަމްސްއިން ތަހުގީީގީު ކުރަމުންދާ މައްސަލައަކާ ގުޅިގެން، މައްސަލައާ ގުޅުން ހުރި ފަރާތަކުން ނުވަތަ ތުހުމަތު ކުރެވޭ ފަރާތުގެ ވަކީލު މައުުލޫމާތު ސާފުކުރަން އެދިއްޖެނަމަ، އެ މައުުލޫމާތު ދީގެން ތަހުގީީގަށް ދަތިނުވާނަމަ ނުވަތަ ތަހުގީީގަށް ބުރުލެއް ނާރާނަމަ ނުވަތަ ތަހުގީީގަށް ހުރަހެއް ނެތްނަމަ އަދި މައްސަލައިގައި ހިމެނޭ ފަރާތަކުން އެކަމަށް އިއުުތިރާޒު ނުކުރާނަމަ، އެ މައުުލޫމާތު ފޯރުކޮށްދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް "މައްސަލައާ ގުޅުންހުރި ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ މީހުންނަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 349 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ތަހުގީީގީުކޮށް ނިމުން 349.

(ހ) ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ މައްސަލައެއް ތަހުގީީގީުކޮށް ނިމުމުން، އެ މައްސަލައަކާ ގުޅޭގޮތުން އަންނަނިވި ގޮތުގެ މަތިން އަމަލު ކުރަން ވާނެއެވެ.

  1. ށަރީއަތަށް ހުށަހަޅަންޖެހޭ ޖިނާއީ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
  2. ށަރީއަތަށް ހުށަހަޅަންޖެހޭ މަދަނީ މައްސަލަތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
  3. ތަހުގީީގީު ނިންމިއިރު ދައުުވާކުރުމަށް އެކަށޭނަ ހެކި ނެތްނަމަ، މައްސަލަ ފައިލް ކުރުން؛ އަދި
  4. ތަހުގީީގީު ކުރިޔަށް ގެންދިޔުމަށް އެކަށޭނަ ހެކި ނެތުމުން މައްސަލަ އިތުރަށް ތަހުގީީގީު ނުކުރަން ނިންމާ މައްސަލަތަކާއި، އިތުރު މައުުލޫމާތު ލިބުމުން އަލުން ކުރިޔަށް ގެންދަން ނިންމާ މައްސަލަ ފައިލް ކުރުން.

(ށ) ކަސްޓަމްސްއިން ތަހުގީީގީުކުރާ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީީގީުކުރާނަމަ، ތުހުމަތުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 20 (ވިހި) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސްއިން ފޮނުވަންވާނެއެވެ.

(ނ) ކަސްޓަމްސްއިން ތަހުގީީގީުކުރާ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ރ) ގެ ދަށުން ދޫކޮށްލައިފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 35 (ތިރީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސްއިން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މީހަކު ކުރިކަމަކަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ވެފައި، އެ މައްސަލައިގެ ބާވަތުން އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީީގީު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައި ނުވާނަމަ، އެ މައްސަލައިގެ ތަހުގީީގީު ފުރިހަމަ ކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުން އެދި، ސަބަބު ބަޔާންކޮށްފައި ޕްރޮސިކިއުޓަރ ޖެނެރަލަށް ކަސްޓަމްސްއިން ހުށަހެޅިދާނެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މައްސަލަތައް ފިޔަވައި، ކަސްޓަމްސްއިން ތަހުގީީގީުކުރާ ޖިނާއީ މައްސަލަތައް، ތަހުގީީގީު ނިމޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގޮތެއް ނިންމައިފިނަމަ، އެ ނިންމުމެއް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ހުށަހެޅި މީހާއަށާއި، ކުށުގެ ތުހުމަތުކުރެވުނު މީހާއަށް، މައްސަލަ ނިމުނުގޮތް، ލިޔުމުން އަންގަންވާނެއެވެ. މި މާއްދާގައި މިހެން އޮތްކަމުގައި ވިޔަސް، މައްސަލަ ހުށަހެޅި މީހާ އެ ލިޔުން ބޭނުން ނޫންކަމަށް ބުނެފިނަމަ، އެ ވާހަކަ ލިޔެފައި، އެ ލިޔުން ފައިލްކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ނިމުނުގޮތުގެ ލިޔުން، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ހަވާލުކުރެވިދާނެއެވެ.

  1. މައްސަލަ ހުށަހެޅި މީހާއާއި ތުހުމަތު ކުރެވުނު މީހާއާ ލިޔުން ހަވާލުކޮށްގެން؛
  2. މައްސަލައިގެ ތަހުގީީގަށް ދީފައިވާ ބަޔާނުގައި މުއުާމަލާތު ކުރުމަށް ދީފައިވާ ފޯނު ނަންބަރަށް ނުވަތަ އީމެއިލް އެޑްރެސްއަށް ފޮނުވުން؛
  3. މައްސަލައިގެ ތަހުގީީގަށް ދީފައިވާ ބަޔާނުގައި މުއުާމަލާތު ކުރުމަށް ދީފައިވާ އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފޮނުވުން؛
  4. މައްސަލަ ހުށަހެޅި މީހާއާއި ތުހުމަތު ކުރެވުނު މީހާގެ ދާއިމީ އެޑްރެހަށް ޕޯސްޓްކުރުން.

(އ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައި ވިޔަސް، އަންނަނިވި ހާލަތްތަކުގައި ތިބި މީހުންނަށް އެ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

  1. މައްސަލަ ހުށަހެޅިއިރު، ވަކި ފަރާތެއް ނާންގާ ހުށަހެޅި މީހުން؛
  2. މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މައްސަލައިގައިވާ ގޮތް ބަލަން ބޭނުންނުވާކަމަށް ކަސްޓަމްސްއަށް އަންގައިފައިވާ މީހުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 351 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ހިފެހެއްޓުމާއެކު އަންގަންޖެހޭ އެންގުންތައް 351.

(ހ) ތަހުގީީގީު ކުރުމަށްޓަކައި ކަސްޓަމްސްއިން މީހަކު ހިފަހައްޓާނަމަ، އެ މީހަކު ހިފެހެއްޓުމާއެކު، ކަސްޓަމްސް އޮފިސަރު ތިމާއަކީ ކާކުކަން އޭނާއަށް ބުނެދޭންވާނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ މައުުލޫމާތު އެ މީހަކަށް ދޭންވާނެއެވެ.

  1. އެ މީހަކު ހިފެހެއްޓިކަން؛
  2. ކުށެއްގެ ތުހުމަތު ކުރެވޭކަމާއި، ތުހުމަތު ކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
  3. އެ މީހަކު ގެންދާ ތަން؛
  4. ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގީު ލިބިގެންވާކަން؛
  5. ތުހުމަތު ކުރެވޭ ކުށް ބަޔާންކޮށްފައިވާ ގާނޫނުގައި ހަނުހުރުމުގެ ހައްގީު އެއްވެސް މިންވަރަކަށް ހިފެހެއްޓިފައިވާނަމަ، އެ މިންވަރަކަށް އެ ހައްގީު ހިފެހެއްޓިފައިވާކަން؛
  6. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގީު ލިބިގެންވާކަން؛
  7. ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަން ލިބިފައި ނުވާ މީހެއް ނަމަ އަދި ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ކަމުގައިވާނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގީު ލިބިގެންވާކަން؛
  8. ހިފަހައްޓައިފައި އެންމެ ގިނަވެގެން ބެހެއްޓޭނީ ކިހާ ވަގުތެއްގައިކަން؛
  9. އިތުރަށް ތަހުގީީގީު ކުރުމަށްޓަކައި އެހެން ތަނަކަށް އެ މީހަކު ގެންދާނަމަ އެ ގެންދާ ތަނަކާއި، އެ ގެންދަނީ އިތުރަށް ތަހުގީީގީު ކުރުމަށްޓަކައި ކަން؛
  10. ސުވާލަށް ޖަވާބު ނުދިނުމަކީ ލިބިގެންވާ ހައްގީެއް ކަމުގައި ވިޔަސް، ސުވާލަށް ޖަވާބު ދިނުމަކީ އެދެވިގެންވާ ކަމެއްކަން؛
  11. ސުވާލަށް ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވިދާނެ އެއްޗެއްކަން.

(ށ) 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖަކު މި ގަވާއިދުގެ ދަށުން ހިފަހައްޓައިފައިވާނަމަ، އޭނާ ހިފަހައްޓައިފައިވާކަން އޭނާގެ ބެލެނިވެރިންނަށް ނުވަތަ އޭނާގެ މަސްްލަހަތު ހިިމާޔަތް ކޮށްދެވޭނެ އެހެން ފަރާތަކަށް، ވީ އެންމެ އަވަހަކަށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ -ބުނެވިދިޔަ ގަވާއިދުގެ 352 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްްލާހުކުރުން.

މީހަކު ހިފެހެއްޓުމަށްފަހު ދޫކޮށްލާ ވަގުތު ދޭންޖެހޭ މައުުލޫމާތު 352.

ތަހުގީީގީު ކުރުމަށް އެއްވެސް މީހަކު ހިފަހައްޓާނަމަ، އެ މީހަކު ދޫކޮށްލާ ވަގުތު، ތިރީގައި ބަޔާންކޮށްފައިވާ މައުުލޫމާތު އެ މީހަކަށް ލިޔުމުން ދޭންވާނެއެވެ.

(ހ) އެ މީހަކު ހިފެހެއްޓި ތާރީހާާއި ގަޑިއާއި ތަން؛

(ށ) އެ މީހަކު ހިފެހެއްޓި ސަބަބާއި ހާލަތު؛

(ނ) އެ މީހަކު ދޫކޮށްލި ތާރީހާާއި ގަޑިއާއި ތަން؛

(ރ) އެ މީހަކު ހިފެހެއްޓުމުގައި ހަރަކާތްތެރިވި ކަސްޓަމްސް އޮފިސަރުގެ ފުރިހަމަ ނަމާއި، މަގާމާއި، ސްޓާފް އައިޑެންޓިފިކޭށަންގެ ނަންބަރު؛

(ބ) އެ މީހަކު ހުއްޓުވުމަށްފަހު ބަހައްޓައިފައިހުރި ސެކްށަނާ ނުވަތަ ޔުނިޓާ ހަވާލުވެހުރި އެންމެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސްޓާފް އައިޑެންޓިފިކޭށަންގެ ނަންބަރު.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 355 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްްލާހުކުރުން.

ހިފެހެއްޓޭ މީހުންނާމެދު އަމަލުކުރާ އުސޫލު 355.

ކަސްޓަމްސްގެ އޮފިސަރަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި އެއްވެސް މީހަކު ހިފަހައްޓައިފިނަމަ، ކަސްޓަމްސްއިން ފުރިހަމަކުރަންޖެހޭ އިދާރީ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އެ މީހަކު ހަވާލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 357 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ޖޮއިންޓް އިންވެސްޓިގޭށަން 357.

(ހ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަހުގީީގީު ކުރަމުންދާ ޖިނާއީ މައްސަލައެއްގައި، ވަކި ހާާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީީގީު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްްތިސްާސްް ހިނގާނަމަ، އަންނަނިވި ދެގޮތުން ކުރެ ގޮތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަމަލުކުރެވިދާނެއެވެ.

  1. އެ މައްސަލައިގެ އެ ބައިގެ ތަހުގީީގީު އެ އިދާރާއަކުން ކުރިޔަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ފޮނުވުން؛ ނުވަތަ
  2. މި ގަވާއިދުގައިވާ ގޮތުގެ މަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެހެން އިދާރާއަކަށް މައްސަލަ ފޮނުވަންވާނީ ރަސްމީ ލިޔުމަކުންނެވެ.

(ނ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދާ ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ވަކި އިދާރާއަކާ ނުވަތަ އިދާރާތަކަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމަށް ކަސްޓަމްސްއިން ބޭނުންނަމަ، އެކަން ކުރާނީ އެ ކަމަށްޓަކައި އެ އިދާރާއަކާއެކު ނުވަތަ އެ އިދާރާތަކަކާއެކު ސޮއިކުރާ އެއްބަސްވުމެއްގެ ދަށުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ، ޖޮއިންޓް އިންވެސްޓިގޭށަނުގައި ކަސްޓަމްސްއާއެކު ބައިވެރިވާ ދައުލަތުގެ އިދާރާއާއެކު ނުވަތަ އިދާރާތަކާއެކު އހްްތިސްާސްް ހިއްސާކުރާނެ ނުވަތަ މަސައްކަތާއި ދައުރު ވަކިކުރާނެ ހަމަތައް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭނެ އުސޫލުތައް ބަޔާންކުރާ އެއްބަސްވުމެވެ.

(ބ) ކަސްޓަމްސްއާއި އެ އެއްބަސްވުން ވެވޭ ދައުލަތުގެ އިދާރާއިން ބޭނުންނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން، ވަކި މުއްދަތަކަށް ނުވަތަ ވަކި މައްސަލައަކަށް ބިނާކޮށްގެން އެކުލަވައިލެވިދާނެއެވެ.

(ޅ) ޖޮއިންޓް އިންވެސްޓިގޭށަން ހިންގާ ޖިނާއީ މައްސަލަތަކާ ގުޅިގެން، އަންނަނިވި ކަންކަމާ ގުޅޭ އުސޫލުތަކަށް ކަސްޓަމްސްއާއި ކަސްޓަމްސްއާއެކު ބައިވެރިވާ ދައުލަތުގެ ތަހުގީީގީީ އިދާރާ ނުވަތަ އިދާރާތައް އެއްބަސްވާންވާނެއެވެ.

  1. މައްސަލައިގެ ދާއިރާ؛
  2. ދެ މުއައްސަސާގެ ދައުރު ވަކިވެގެންދާނެ ގޮތް؛
  3. ކޮންމެ އިދާރާއަކަށް ލިބިގެންވާ އިހްްތިސްާސްް؛
  4. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ މައުުލޫމާތަށް ވާސްިލުވާނެ އުސޫލުތައް؛
  5. ހެކީގެ ގޮތުގައި ބޭނުންކުރާނެ މައުުލޫމާތު އެއްކުރާނެ އުސޫލުތައް؛
  6. މަށްްވަރާކުރުމާއި ވިލަރެސްކުރާނެ އުސޫލުތައް؛
  7. މައްސަލައާ ގުޅިގެން ހާމަކުރެވޭ މައުުލޫމާތުގެ އުސޫލު؛
  8. މައްސަލައާ ގުޅިގެން އެއް އިދާރާއިން އަނެއް އިދާރާއަށް މައްސަލައާ ގުޅޭ މައުުލޫމާތު ބަދަލުކުރުމުގެ އުސޫލު؛
  9. މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތާ ސުވާލުކޮށްގެން ބަޔާން ނެގުމުގެ އުސޫލު؛
  10. މައްސަލައާ ގުޅިގެން ހެކީގެ ގޮތުގައި ބަޔާން ނަގާ ފަރާތްތަކާ ނުވަތަ މައުުލޫމަތު ދޭ ފަރާތްތަކާ ސުވާލުކޮށްގެން ބަޔާން ނެގުމުގެ އުސޫލު.

(ކ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމުގެ ނަތީޖާއަކަށްވާނީ، ޖޮއިންޓް އިންވެސްޓިގޭށަނުން ޖިނާއީ މައްސަލަ ތަހުގީީގީުކުރުމަށް ކަސްޓަމްސްއަށް ލިބިގެންވާ އިހްްތިސްާސްްގެ ހައިސިއްޔަތަށް އުނިކަމެއް އައުމަކާ ނުލައި، އެ މައްސަލައިގައި ކަސްޓަމްސްއާ ބައިވެރިވި ދައުލަތުގެ އިދާރާއަށް ނުވަތަ އިދާރާތަކަށްވެސް އިހްްތިސްާސްް ލިބިދިނުމާއެކު، ގާނޫނީ ހައިސިއްޔަތާއި ބާރު އެ ތަހުގީީގަށް ލިބިދިނުމެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 358 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ބިޑިއެޅުވުން 358.

(ހ) ކަސްޓަމްސްއިން މީހަކު ހިފެހެއްޓުމުގައި ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މީހަކު ބިޑިއެޅުވިދާނެއެވެ.

  1. ނުކިޔަމަންތެރިވުން؛
  2. އެހެން މީހެއްގެ ނަފުސަށް ނުވަތަ އަމިއްލަ ނަފުސަށް ގެއްލުމެއް ދޭން އުޅުން؛
  3. ފަރުދެއްގެ މުދަލަށް ނުވަތަ ސަރުކާރުގެ މުދަލަކަށް ގެއްލުމެއް ދޭން އުޅުން؛
  4. މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭ ފަދަ ސަބަބެއް އޮތުން؛
  5. ހުއްޓުވާ މީހުން ނުވަތަ ހިފަހައްޓާ މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް.

(ށ) ބިޑިއަޅުވަންޖެހޭ ހާލަތެއް މެދުވެރިވެގެން ބިޑި އަޅުވަން ޖެހިއްޖެނަމަ، ބިޑި އަޅުވާނީ، އެ މީހަކަށް ނުވަތަ އެ މީހެއްގެ ފުށުން އެހެން މީހަކަށް އަނިޔާއެއް ނުލިބޭ ގޮތެއްގެ މަތިންނެވެ. މިގޮތުން ބިޑިއެޅުވުމުގައި ބިޑި އަޅުވައި ބާރުކުރަންވާނީ، އެ އިރެއްގައި ދެމިއޮތް ހާލަތާއި، ބިޑިއަޅުވަންޖެހޭ މީހާގެ އުމުރާއި، އެ މީހާގެ އަމަލުތަކުގެ މައްޗަށް ރިއުާޔަތްކޮށް، އެކަމަށް އެންމެ އެކަށޭނަ ވަރަކަށެވެ.

(ނ) ބިޑިއަޅުވަންޖެހޭ ހާލަތެއް މެދުވެރިވެގެން މީހެއްގެ އަތުގައި ބިޑިއަޅުވަން އުޅުމުން، އޭނާ ނުކިޔަމަންތެރިވެއްޖެނަމަ، ހާނީއްކަވެދާނެ ކަމަށާއި، އެގޮތުން ލިބޭ ހާނީއްކައެއްގެ ޒިންމާ އުފުލަންޖެހޭނީ އެ މީހާ އަމިއްލައަށްކަމަށް ބުނެ އިންޒާރުކުރަންވާނެއެވެ.

(ރ) މީހެއްގެ އަތުގައި ބިޑިއެޅުވުމުގެ ތެރޭގައި، އެ މީހަކު ދައްކާ ދެކޮޅުވެރިކަމެއްގެ ސަބަބުން އެ މީހާގެ ނުވަތަ އެހެން މީހެއްގެ ނަފުސަށް، ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ، ނުކިޔަމަންތެރިކަން ދެއްކި މީހެކެވެ.

 

11 ވަނަ މާއްދާ -

ބުނެވިދިޔަ ގަވާއިދުގެ 369 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްްލާހުކޮށް، އެ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

ތަހުގީީގަކާ ގުޅިގެން ވަގުތީގޮތުން ތަކެތި ހިފެހެއްޓުން 369.

(ހ) ކަސްޓަމްސްއިން ކުރާ ތަހުގީީގަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި ނިމެންދެން އެ މައްސަލައަކާ ގުޅޭ މުދަލާއި ތަކެއްޗާއި އުޅަނދުފަހަރު ހިފެހެއްޓުމުގެ އިހްުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި ހެކީގެ ގޮތުގައި ހިފަހައްޓާ ތަކެއްޗާ މެދު އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ހިފަހައްޓާ ތަކެތި ސީލްކުރުން؛
  2. ސީލް ނުކުރެވޭ ބާވަތުގެ އެއްޗެއްނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭގޮތަށް ރައްކައުތެރިކުރުން؛
  3. ކަސްޓަމްސްއިން ހިފަހައްޓާ ކޮންމެ މުދަލެއްގައި ނުވަތަ އެ މުދާ ސީލްކުރެވޭ އެއްޗެއްގެ ބޭރުގައި ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި އެ ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، ހިފެހެއްޓުނު މުދަލަށް އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު ރިކޯޑް ކުރަންވާނެއެވެ.
  4. ހިފެހެއްޓޭ މުދާ އެއް ތަނުން އަނެއް ތަނަށް ގެންދާނަމަ، ނުވަތަ އެ މުދަލާ ހަވާލުވެހުރި ފަރާތް ބަދަލުވާނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެކަން ރިކޯޑްކުރަންވާނެއެވެ.
  5. ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އިމްލާ ކުށެއް ނުވަތަ ލިޔުމުގެ ކުށެއް ލިޔެވިއްޖެނަމަ، އެ ކުށެއް ލިޔެވުނު ކަސްޓަމްސް އޮފިސަރަކު، އެ ތަނެއް އެއްރޮނގުން ކަނޑައިލުމަށްފަހު، ރަނގަޅުގޮތަށް ލިޔެފައި، އެ ތަނާ ދިމާގައި ނުވަތަ އެ ތަނުގެ ކައިރީގައި ސޮއިކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފަހައްޓައިފައިވާ މުދާ ނުވަތަ ތަކެތި އަނބުރާ ރައްދުކުރާއިރު، އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދެއްގައި ރައްދުކުރަންވާނީ އެ އެއްޗެއް ނުވަތަ އެ މުދަލެއް އަތުލެވުނު ފަރާތަކަށެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްކަމުގައި ވިޔަސް، ހިފަހައްޓައިފައިވާ މުދަލެއް އަނބުރާ ރައްދުކުރަންޖެހޭ ހާލަތުގައި، އެ އެއްޗެއްގެ އަސްލު ވެރިފަރާތަކީ އެ އެއްޗެއް އަތުލެވުނު ފަރާތް ނޫން އެހެން ފަރާތެއްކަން އެނގޭ މަގީުބޫލު ސަބަބުތަކެއް ހުރިނަމަ، އެ އެއްޗެއް ރައްދުކުރަންވާނީ އެކަން ކަށަވަރު ކުރުމަށްފަހު، އެ އެއްޗެއްގެ އަސްލު ހައްގީުވެރިޔާއަށެވެ.

(އ) ރައްދުކުރަންޖެހޭ އެއްޗެއްގެ މިލްކުވެރިޔަކީ އެ މީހާކަމަށް ބުނެ އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާ ހާލަތުގައި، އެ އެއްޗެއްގެ ހައްގީުވެރިޔާ ކަށަވަރު ކުރެވެންދެން، އެއްވެސް ފަރާތަކަށް އެ އެއްޗެއް ރައްދުނުކޮށް، ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ. އަދި އެކަށީގެންވާ މުއްދަތުގެ ތެރޭގައި އެ އެއްޗެއްގެ އަސްލު ހައްގީުވެރިޔާ ކަށަވަރު ނުކުރެވުނު ނަމަ، އެ އެއްޗެއް ރައްދުކުރާނީ ށަރީއަތުން އެ މުދަލެއްގެ ވެރިފަރާތް ކަމުގައި ކަނޑައަޅާ ފަރާތަކަށެވެ.

(ވ) ހިފެހެއްޓިފައިވާ އެއްޗެއް ވެރިފަރާތަށް ހަވާލުކުރަންވާނީ އަންނަނިވި މައުުލޫމާތު ހިމެނޭ ލިޔުމަކާ އެކުގައެވެ.

  1. މުދަލުގެ ނަމާއި، ބާވަތާއި، އެ މުދަލަށް ދީފައިވާ އެވިޑެންސް ނަންބަރު؛
  2. މުދާ ހިފެހެއްޓި ތާރީހާާއި ތަން؛
  3. މުދާ ހިފެހެއްޓި ސަބަބު؛
  4. މުދަލުގެ ވެރިފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުުލޫމާތު؛
  5. މުދަލާ ހަވާލުވި ފަރާތުގެ ނަމާއި، އެއީ ކާކުކަން އަންގައިދޭ މައުުލޫމާތާއި، އިނގިލީގެ ނިށާާނާއި، ސޮއި؛
  6. މުދާ ހަވާލުކުރި އޮފިސަރުގެ ނަމާއި، މަގާމާއި، ސްޓާފް އައިޑެންޓިފިކޭށަންގެ ނަންބަރު؛
  7. މުދާ ހަވާލުކުރަން ހުއްދަދިން އިސްވެރިޔާގެ ނަމާއި، މަގާމާއި، ސްޓާފް އައިޑެންޓިފިކޭށަންގެ ނަންބަރު؛
  8. މުދާ ހަވާލުކުރި ތާރީހާާއި ގަޑި؛
  9. މުދާ ހަވާލުކުރިއިރު މުދާ ހުރި ހާލަތު.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 380 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ކުޑަކުދިންނާއި، ނަފްސާނީ އުނިކަމެއް ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރާނެ ހާާއްސަ އުސޫލު 380.

(ހ) ކުޑަކުދިންނާ ސުވާލުކޮށް ތަހުގީީގީުކުރަންވާނީ، އެ ކުދިން ބިރުނުގަންނަފަދަ ވެށްޓެއްގައި، ބިރު ނުގަންނަ ފަދަ ގޮތަކަށް މަޑުމައިތިރިކަމާއެކުގައެވެ. މިގޮތުން ކުއްލި ހާލަތުގައި ނުވަތަ ކޮންމެހެން ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި މެނުވީ ތަހުގީީގީު މަރުހަލާގައި ކުޑަކުއްޖަކާ ސުވާލުކުރަންވާނީ އެ ކުއްޖަކު ދިރިއުޅޭ ތަނެއްގައެވެ. މިގޮތުން އެ ކުއްޖަކީ ސުކޫލަށް ދާ ކުއްޖެއްނަމަ، އެ ކުއްޖަކު ސުކޫލަށް ދާން ކަނޑައެޅިފައިވާ ވަގުތެއްގައި ސުވާލުކޮށްގެން ނުވާނެއެވެ.

(ށ) ކުޑަކުދިންނާ ސުވާލުކުރަންވާނީ، އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްްލަހަތު ހިިމާޔަތް ކޮށްދެވޭނެ މީހެއްގެ ހާޒިރުގައެވެ. އެފަދަ ފަރާތެއް ނެތްނަމަ، އެ ކުއްޖާއާ ސުވާލު ކުރަންޖެހޭނީ، އެ ކުއްޖާގެ މަސްްލަހަތު ހިިމާޔަތް ކޮށްދެވޭނެ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ފަންނީ މީހެއްގެ ހާޒިރުގައެވެ.

(ނ) ކުޑަކުދިން ކުރާ ކުށެއްގެ މައްސަލައަކާ ގުޅިގެން ކުރާ ތަހުގީީގީެއްގައި، އެ ކުދިންނާ ސުވާލުކުރާއިރު، އެ ކުދިންގެ އުމުރާއި ވިސްނުމުގެ ގާބިލްކަމަށް ރިއުާޔަތް ކުރަންވާނެއެވެ. އަދި ތަހުގީީގީުކުރާ ކަސްޓަމްސް އޮފިސަރުން ތިބެންވާނީ އާދައިގެ ހެދުމުގައެވެ.

(ރ) ކުޑަކުދިންކަމުގައި ބަލާނީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނެވެ.

(ބ) ކުށެއްގެ ތަހުގީީގާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހެއްކަމަށް ނުވަތަ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމެއް ހުރި މީހެއްކަމަށް ނުވަތަ ލިޔަންކިޔަން ނުދަންނަ މީހެއް ކަމަށް ގަބޫލު ކުރެވޭނަމަ، ނުވަތަ އެފަދަ މައުުލޫމާތެއް ލިބިފައިވާނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައިނުވާހައި ހިނދަކު، އެ މީހަކާމެދު އަމަލުކުރަންވާނީ އެފަދަ ސިފައެއް ހުރި މީހެއްގެ ގޮތުގައި ބަލައިގެންނެވެ.

(ޅ) ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ހުރުމުގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަސްްލަހަތު ދިފާއުުނުކުރެވޭ މީހުންނާމެދު، އަންނަނިވި ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

  1. ތަހުގީީގީުގައި އެ މީހަކާ ސުވާލުކޮށް ނުވަތަ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކުންވެސް ތަހުގީީގީުގައި މުއުާމަލާތު ކުރަންވާނީ، އޭނާއާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އޭނާގެ މަސްްލަހަތު ހިިމާޔަތްކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
  2. އެ މީހަކާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހުގީީގީުގައި ކުރެވޭ ސުވާލުތަކާއި، އޭނާ ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅައިފައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ޔަގީީންކުރުމަކީ ތަހުގީީގީުކުރާ ފަރާތުގެ ޒިންމާއެކެވެ.
  3. އޭނާ ހައްޔަރުކުރާނަމަ ނުވަތަ ބަންދުކުރާނަމަ އޭނާގެ ނަފްސާނީ ހާލަތަށް ރިއުާޔަތް ކުރަން ވާނެއެވެ.
  4. ކަސްޓަމްސްގެ ފަރާތުން ޖިނާއީ އެއްވެސް އިޖުރާއަތެއް އެފަދަ މީހެއްގެ މައްޗަށް ހިންގުމުގައި، އެ މީހެއްގެ ނަފްސާނީ ހާލަތާ ނުވަތަ ޖިސްމާނީ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ މީހަކާ ކުރިމަތިކޮށްގެން ނުވާނެއެވެ.
  5. އޭނާ ބަލައި ފާސްކުރަންވާނީ، އެ މީހަކާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އެ މީހެއްގެ މަސްްލަހަތު ދިފާއުުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
  6. އޭނާއަކީ ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ، ނުވަތަ ލިޔަން ކިޔަން ނޭނގޭ މީހެއްނަމަ، އޭނާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، ބެލެނިވެރިޔާ ނުވަތަ މަސްްލަހަތު ހިިމާޔަތްކޮށްދެވޭނެ ފަރާތް މެދުވެރިކޮށް ނުވަތަ އެ މައްސަލަ ތަހުގީީގީު ކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އޭނާ ދީފައިވާ ބަޔާން އޭނާއަށް އިއްވަންވާނެއެވެ.
  7. އޭނާއަކި ކަންފަތަށް އިވުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ، ނުވަތަ ވާހަކަނުދެއްކޭ މީހެއްނަމަ، އޭނާއާމެދު ކުރެވޭ ތަހުގީީގީުގައި އޭނާއަށް އެހީތެރިވެދިނުމަށްޓަކައި، އެފަދަ މީހަކާ މުއުާމަލާތު ކުރަން އެނގޭ މީހަކު، ވީ އެންމެ އަވަސް ފުރުސަތެއްގައި ކަސްޓަމްސްއިން ހަމަޖައްސައިދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 381 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްްލާހުކުރުން.

ލިބިގެންވާ ހައްގީުތަކުގެ ވާހަކަ އެންގުން 381.

ތަހުގީީގަކާ ގުޅޭގޮތުން މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ހައްގީުތައް އެ މީހަކަށް ލިބިގެންވާކަން ތަހުގީީގީުކުރާ ކަސްޓަމްސް އޮފިސަރު އެ މީހާއަށް އަންގަންވާނެއެވެ. 

(ހ) ކުށެއްގެ ތުހުމަތު ކުރެވޭކަމާއި، ތުހުމަތު ކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެންކަން؛

(ށ) ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގީު ލިބިގެންވާކަން؛

(ނ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގީު ލިބިގެންވާކަން؛

(ރ) ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަން ލިބިގެން ނުވާ މީހަކު ނަމަ އަދި ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ކަމުގައި ވާނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގީު ލިބިގެންވާކަން

(ބ) ސުވާލަށް ޖަވާބު ނުދިނުމަކީ ލިބިގެންވާ ހައްގީެއް ކަމުގައިވިޔަސް، ސުވާލަށް ޖަވާބު ދިނުމަކީ އެދެވިގެންވާ ކަމެއްކަން؛

(ޅ) ސުވާލަށް ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވިދާނެ އެއްޗެއްކަން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 390 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްްލާހުކުރުން.

ޗިޓް ފޮނުވައިގެން މީހުން ހާޒިރުކުރުން 390.

(ހ) މީހަކު ހާޒިރުކުރުމަށް ޗިޓް ފޮނުވާނަމަ، އެ މީހަކު ހާޒިރުކުރަން ބޭނުންވާ ގަޑީގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، ހާޒިރުވުމުގެ ޗިޓުގައި، އެ މީހަކު ހާޒިރުކުރާ މައްސަލައިގެ ކުރު ހުުލާސްާއާއެކު ލިޔެފައި، ހާޒިރުވުމުގެ ޗިޓު އެ މީހަކަށް ރައްދުކުރަންވާނެއެވެ.

(ށ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

  1. ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތަށް ހަވާލުކުރުން؛
  2. ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ ހަވާލުކުރުން؛
  3. ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާގެ ދާއިމީ އެޑްރެހަށް ޕޯސްޓްކުރުން؛
  4. ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އީމެއިލް އެޑްރެހަށް ނުވަތަ މޯބައިލް ފޯނު ނަންބަރަށް ޗިޓު ފޮނުވުން؛
  5. ތުހުމަތުކުރެވޭ ފަރާތުން މުއުާމަލާތު ކުރުމަށް ދީފައިވާ އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޗިޓު ފޮނުވުން.

(ނ) ހާޒިރުވުމުގެ ޗިޓާ ހަވާލުވުމަށްފަހު މަގީުބޫލު އުޒުރެއް މެދުވެރިވެގެން ހާޒިރު ނުވެވޭނަމަ، ހާޒިރުވުމަށް އަންގައިފައިވާ ގަޑި ޖެހުމުގެ ލަސްވެގެން 2 (ދޭއް) ގަޑިއިރުގެ ކުރިން، ހާޒިރު ނުވެވޭ ސަބަބު ބަޔާންކޮށް، ލިޔުމުން އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީހަކު ޗިޓަށް ހާޒިރުވާއިރު، މި ގަވާއިދުގެ 393 ވަނަ މާއްދާގައި ބުނެފައިވާ ލިޔުންތަކާއެކު ހާޒިރުވުމަށް އަންގާ ޗިޓް ގެންނަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 391 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްްލާހުކުރުން.

ބަލި ހާލަތުހުރިގޮތުން ބަޔާންދޭން ހާޒިރު ނުވެވުން 391.

ބަލި ހާލަތު ހުރިގޮތުން ބަޔާންދޭން ހާޒިރު ނުވެވޭ މީހުންގެ ބަޔާން ނަގަންޖެހޭ ހާލަތްތަކުގައި، ކަސްޓަމްސްއިން ކުރާ ތަހުގީީގަކަކަށް ބޭނުންވާ ބަޔާން ހޯދަންވާނީ، ބަޔާންދޭ މީހަކު ހުރިތަނަކަށް ކަސްޓަމްސް އޮފިސަރުން ގޮސްގެންނެވެ. އަދި ކޮންމެހެން ކަސްޓަމްސްއަށް ހާޒިރުވެގެން މެނުވީ ބަޔާން ނުނެގޭނެ ހާލަތްތަކުގައި އެފަދަ މީހަކު ކަސްޓަމްސްއަށް ހާޒިރުކުރަންވާނީ އެ މީހަކަށް ދަތިނުވާނެ ގޮތެއްގެ މަތިންނެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 463 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްްލާހުކުރުން.

ކޮމިޓީ އެކުލަވައިލުން 463.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލެވިގެންވާނީ 7 (ހަތެއް) ކަސްޓަމްސް އޮފިސަރުންގެ މައްޗަށެވެ.

 

17 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއުުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރުު 2011-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު