-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު  

(ގަވާއިދު ނަންބަރު 1081/2019)

 

ގަވާއިދު ނަންބަރު 311/2014 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް އަންނަނިވި އިޞްލާހުުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 94 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިޞްލާހުުކޮށް، (ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

އެކްރެޑިޓް ކުރުމާއި އެޓެސްޓް ކުރުން 94

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ސިވިލް ސަރވިސްގެ ބޭނުންތަކަށް ހުށަހަޅަންޖެހޭ ސެޓުފިކެޓުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭށަަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމެވެ.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ސިވިލް ސަރވިސްގެ ބޭނުމަށްޓަކައި ވަކި ލިޔުމެއް އެ ލިޔުމެއްގެ އަސްލާ އެއްގޮތްކަމުގެ ލިޔުމެއް ހުށަހެޅުމަށް އަންގައިފައިވާނަމަ ހުށަހަޅަންވާނީ، ގަވާއިދު ނަންބަރު 1067/2019 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމެވެ.

(ނ) އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީއަކީ އަސްލާ އެއްގޮތްކަމުގެ ލިޔުންކަމުގައި ނުވާތީ އެ ފަދަ ލިޔުމެއް އެއީ އަސްލާ އެއްގޮތްކަމުގެ ލިޔުންކަމުގައި އިދާރާތަކުން ބަލައިގެން ނުވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާހުުކުރުން.

މަގާމުތަކަށް މީހުން ހޮވުން 95

(ށ) ވަޒީފާއަށް ހޮވޭ ފަރާތަށް ވަޒީފާ ހަމަޖައްސަންވާނީ އެ މީހެއްގެ ކުށުގެ ރެކޯޑެއް އޮތްތޯ ބެލުމަށް ފަހުގައެވެ. ކުށުގެ ރެކޯޑެއް އޮތްތޯ ބެލުމަށް ބޭނުންކުރާނީ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު" އެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާހުުކޮށް، (ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

އިޞްލާހުީ ފިޔަވަޅު އެޅުމުގައި އަަމަލު ކުރާނެ ގޮތް 272

(ށ) މުވައްޒަފެއްގެ މައްޗަށް މި މާއްދާގެ (ހ) ގައިވާ ފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން "ޖަވާބުދާރީވުމުގެ ފުރުޞަތު" ގެ ލިޔުން މުވައްޒަފާ ހަވާލުކުރަން ވާނެއެވެ. އަދި މުވައްޒަފު، މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބުދާރީ ވާންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފު ޖަވާބުދާރީވެފައި ނުވި ނަމަވެސް، މުވައްޒަފުގެ މައްޗަށް އެޅުމަށް ކަނޑައަޅައިފައިވާ ފިޔަވަޅު ތަންފީޒު ކުރެވޭނެއެވެ. އަދި މުވައްޒަފާ މެދު އަޅަން ކަނޑައަޅައިފައިވާ ފިޔަވަޅަށް ބަދަލެއް ގެނެވޭނީ އެކަށީގެންވާ ސަބަބުތައް މުވައްޒަފުގެ ފަރާތުން ހުށަހަޅައިފައިވާކަމަށް ސިވިލް ސަރވިސް ކޮމިށަަނަށް ފެންނަ ހިނދެއްގައެވެ.

(ނ) ސިވިލް ސަރވިސްގެ މުވައްޒަފަކަށް އިދާރީގޮތުން އިޞްލާހުީ ފިޔަވަޅެއް އެޅުނުކަމުގައިވިޔަސް، އެ ފަދަ މުވައްޒަފެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއަކުން ކަމާ ގުޅޭ އިދާރާއަކަށް އެކަން ރިޕޯޓްކުރަން ވާނެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރަން ފެށުމާއެކު، ސިވިލް ސަރވިސް ކޮމިށަަނުން އާންމުކޮށްފައިވާ އެ ކޮމިށަަނުގެ ނަންބަރު 21/2015 (7 ޖުލައި 2015) ގެ ސަރކިއުލަރ ބާތިލުވީއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު