-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު311/2014) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1054/2019)

ގަވާއިދު ނަންބަރު 311/2014 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް އަންނަނިވި އިސްލާޙުތައް ގެނައުން.

 

1 ވަނަ މާއްދާ - 1 ބުނެވިދިޔަ ގަވާއިދުގެ 270 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާޙު ކުރުން.

ވަޒީފާއިން ވަކިކުރުން 270.

(ހ) ވަޒީފާއިން ވަކިކުރުމަކީ، ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމެވެ. މި ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނީ ނޯޓިސްދިނުމަކާ ނުލައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 273 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވިގޮތަށް އިސްލާޙު ކުރުން.

ވަގުތުން ފިޔަވަޅު އެޅޭނެ ހާލަތު 273.

މި މާއްދާގައި ބަޔާންކުރާ ކުށްތަކަށް ރިއާޔަތްކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރާނީ ނޯޓިސް ދިނުމަކާ ނުލައެވެ. މި ހާލަތުގައި މި ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން އަމަލުކުރަން ވާނެއެވެ. ނަމަވެސް މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

3 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު