-

އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-999) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1053)

 

ގަވާއިދު ނަންބަރު  2019-999 (އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(9) (ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި، މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-999)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-999)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު