-

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2018-51)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 އެޕްރީލް 2018 ގައި)

"ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު" އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ށ) އުމުރުން 18 އަހަރުވެފައިވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެ މީހަކަށް ށަރުއީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަ ުލކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، އެ މީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ފެނުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. ގޯތި ދޫކުރުމުގައި މި ގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ށަރުތު ފުރިހަމަވާ މީހުންގެ އަދަދު، އެ ސަރަހައްދަކުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރުވާނަމަ ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހެއް ނުވަތަ ބައެއް ކަނޑައަޅާނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރީންނާއި އެ މީހަކަށް ށަރުއީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

22. (ހ) އުމުރުން 18 އަހަރުވެފައިވުން.

 

5 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު