ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައަލޫމާތު ކަސްޓަމްސްއަށް ފޯރުކޮށްދިނުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-92)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 އޮގަސްޓު 2018 ގައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު، އެ މީހުން ރާއްޖެއަށް އައުމުގެ ކުރިން ނުވަތަ އެ މީހުން ރާއްޖެއިން ފުރުމުގެ ކުރިން ކަސްޓަމްސްއަށް ހޯދުމަށްޓަކައި، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) އާއި، 60 ވަނަ މާއްދާއާއި، 70 ވަނަ މާއްދާއާއި، 84 ވަނަ މާއްދާއާއި، ޔުނައިޓެޑް ނޭށަންސް ސެކިއުރިޓީ ކައުންސިލުގެ ނަންބަރު 2178(2014) ރިޒޮލިއުށަނަށް ރިއާޔަތްކޮށްގެން، އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި އެ ގާނޫނުގެ 110 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު ކަސްޓަމްސްއަށް ފޯރުކޮށްދިނުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެގޮތުން، ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވިޔަނުދީ ހުއްޓުވުމާއި، ހާއްސަ ހުއްދައެއް އޮވެގެން އެތެރެކުރާ ތަކެތި އެތެރެކުރަނީ ހުއްދައޮވެގެންކަން ޔަގީންކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން، ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައިތިބި މީހުންނާއި، ދިވެހިރާއްޖެއިން ފުރާ އުޅަނދެއްގައިތިބި މީހުންގެ މައުލޫމާތު އެފަރާތްތައް ރާއްޖެއަށް އައުމުގެ ނުވަތަ ފުރުމުގެ ކުރިން ކަސްޓަމްސްއަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
3 ވަނަ މާއްދާ - ހިނގާނެ ދާއިރާ
މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރުގެ މައްޗަށާއި، ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ މައްޗަށާއި، ފްލައިޓް އޮޕަރޭޓަރުންގެ މައްޗަށާއި، ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުގެ މައްޗަށާއި، ފްލައިޓުގެ ހޭންޑްލިންގ އެޖެންޓްކަންކުރާ ފަރާތްތަކުގެ މައްޗަށާއި، އުޅަނދުފަހަރު ތަމްސީލުކުރާ ފަރާތްތަކުގެ މައްޗަށެވެ.
4 ވަނަ މާއްދާ - ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ހުށަހަޅަންޖެހޭ ވަގުތު
(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައިތިބި މީހުންގެ މައުލޫމާތު އެ އުޅަނދެއް އޮޕަރޭޓްކުރާ ފަރާތުން ނުވަތަ އެ އުޅަނދެއްގެ ހޭންޑްލިންގ އެޖެންޓްކަންކުރާ ފަރާތްތަކުން، ނުވަތަ އުޅަނދު ތަމްސީލުކުރާ ފަރާތުން ނުވަތަ އެޖެންޓުގެ ފަރާތުން އެ އުޅަނދު ރާއްޖެއަށް އައުމަށް ފުރިތާ ލަސްވެގެން 15 (ފަނަރަ) މިނިޓުގެ ތެރޭގައި، އެ އުޅަނދެއްގައި ރާއްޖެ އަންނަ ފަސިންޖަރުންނާއި ކްރޫންނާބެހޭ މައުލޫމާތު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ފޯރުކޮށްދޭންވާނެއެވެ.
(ށ) ދިވެހިރާއްޖެއިން ފުރާ އުޅަނދެއްގައިތިބި މީހުންގެ މައުލޫމާތު، އެ އުޅަނދެއް އޮޕަރޭޓްކުރާ ފަރާތުން ނުވަތަ އެ އުޅަނދެއްގެ ހޭންޑްލިންގ އެޖެންޓްކަންކުރާ ފަރާތްތަކުން ނުވަތަ އުޅަނދު ތަމްސީލުކުރާ ފަރާތުން ނުވަތަ އެޖެންޓުގެ ފަރާތުން އެ އުޅަނދެއްގެ ޗެކިން ކުރުން ހުއްޓާލިތާ ލަސްވެގެން 15 (ފަނަރަ) މިނިޓުގެ ތެރޭގައި، އެ އުޅަނދެއްގައި ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫންނާބެހޭ މައުލޫމާތު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްއަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތްކަމުގައިވިއަސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތަށްވުރެ މަދުން މައުލޫމާތު ހުށަހަޅާގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ރ) ރާއްޖެއަށް އޮޕަރޭޓްކުރާ ފްލައިޓް، ފުރާ އެއަރޕޯޓެއް އޮތްތަނާއި، ރާއްޖެއާ ދެމެދު ހުރި ދުރުމިނަށާއި ފްލައިޓަށް ރިއާޔަތްކުރުމަށްފަހު މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ވަގުތަށްވުރެ ފަހުގެ ވަގުތެއްގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތު ކަސްޓަމްސްއަށް ފޯރުކޮށްދޭގޮތަށް، ކަނޑައެޅުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ބ) ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައިތިބި މީހުންނާއި، ދިވެހިރާއްޖެއިން ފުރާ އުޅަނދެއްގައިތިބި މީހުންނާބެހޭ ގޮތުން ކަސްޓަމްސްއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުގެ ތަފްސީލު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.
(ޅ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ އެހެން ގަވާއިދެއްގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދޭން ނުޖެހުން ނުވަތަ ހުށަހަޅަންޖެހޭ މައުލޫމާތެއް ހުށަހަޅަން ނުޖެހުންކަމަށް ބަލައިގެންނުވާނެއެވެ.
5 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) މި ގަވާއިދުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތިން މައުލޫމާތު ފޯރުކޮށްނުދިނުމަކީ ނުވަތަ ދިނުން ލަސްކުރުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ މިންގަނޑު، މި ގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފިޔަވަޅު އަޅަން ފަށާނީ މި ގަވާއިދަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުގެ ފަހުންނެވެ.
6 ވަނަ މާއްދާ - ހަރަދަށް ޒިންމާވުން
މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މެދުވެރިއަކު މެދުވެރިކުރުމަށް ނުވަތަ ވަސީލަތެއް ބޭނުންކުރުމަށް ހަރަދެއް ކުރަންޖެހޭނަމަ އެ ހަރަދެއް ކުރުމަކީ އެ މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
7 ވަނަ މާއްދާ - މައުލޫމާތު ބޭނުންކުރުން
(ހ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއިން ހޯދާ މައުލޫމާތު އެނަލައިސްކޮށް، ބޭނުންކުރަންވާނީ އެކަމަށްޓަކައި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ކަސްޓަމްސްގައި އުފައްދާ ވަކި ސެކްށަނެއް ނުވަތަ ޔުނިޓެއްގައި އެ މަސައްކަތަށް ކަނޑައަޅާ އޮފިސަރުންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތު ބޭނުންކުރަންވާނީ ކަސްޓަމްސްގެ އިންޓެލިޖެންސާއި، ރިސްކް މެނޭޖްމަންޓް އިތުރަށް ހަރުދަނާކޮށްގެން ރާއްޖެއަށް އަންނަ ފަސިންޖަރުންނަށާއި ފުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިދާރާތަކުގެ ބޭނުމަށް އެކަންޏެވެ.
(ނ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތު ބޭނުންކުރުމުގައި މައިގަނޑު އަސާސަކަށް ބަލާނީ، މިފަދަ މައުލޫމާތު ބޭނުންކުރުމުގައި އަމަލުކުރުމަށް ބައިނަލްއަގުވާމީގޮތުން ގެންގުޅޭ ހަމަތަކުގެ މައްޗަށެވެ.
(ރ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކުރާނަމަ އެ މައުލޫމާތެއް އެފަރާތަކަށް ދޭންވާނީ، މި ގަވާއިދުގައިވާގޮތަށް އަމަލުކުރުމަށް އެފަރާތްތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
8 ވަނަ މާއްދާ - މައުލޫމާތުގެ ސިއްރުކަން ކަށަވަރުކޮށްދިނުން
މި ގަވާއިދުގެ ދަށުން، ކަސްޓަމްސްއަށް ފޯރުކޮށްދޭ މައުލޫމާތަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ސިއްރު މައުލޫމާތުގެގޮތުގައި ބެލޭނެ މައުލޫމާތެކެވެ. މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ލިބޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފަކަށް ނުވަތަ އެހެން ފަރާތަކަށް ފޯރުކޮށްދީގެންނުވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން، ކަސްޓަމްސްއަށް ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން، ކަސްޓަމްސްއިން ޔަގީންކުރަންވާނެއެވެ.
9 ވަނަ މާއްދާ - މައުލޫމާތު ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް ފޯރުކޮށްދޭ މައުލޫމާތު، ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތަކަށް ބެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވިއަސް، މި ގަވާއިދުގެ ދަށުން ފޯރުކޮށްދޭ މައުލޫމާތެއް ނުވަތަ ލިޔުމެއް ނައްތައިލެވޭނީ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
10 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ދުވަހުގެ ފަހުންނެވެ.
ޖަދުވަލު 1
ADVANCE PASSENGER INFORMATION (API) & PASSENGER NAME RECORD (PNR)
DATA ELEMENTS
1.1Data relating to the Flight
Data Element |
# |
| Flight Identification (IATA Airline Carrier Code and Flight no.) |
1 |
| Scheduled Departure Date and Time (Plane departure date/time based on the local time of origin) |
2 |
| Scheduled Arrival Date and Time(Plane arrival date/time based on the local time of destination) |
3 |
|
Place/Port of Call of Aircraft Departure(Aircraft departed from this foreign place/port of call to go to “Place/Port of Aircraft Initial Arrival”) |
4 |
| Place/Port of Call of Aircraft Initial Arrival(Place/port in the country of destination where the aircraft arrives from the “Last Place /Port of Call of Aircraft) |
5 |
| Place/Port of Call of Aircraft Transit(Place/port in the country of destination where the aircraft arrives from the “Last Place /Port of Call of Aircraft) |
6 |
| Number of Passengers/Crew (Total number of passengers/crew on flight) |
7 |
1.2Data Relating to the Passenger/Crew Member
Data Element |
# |
| Surname/Given name(s) (Family name and given name(s) in accordance with that stated in the official travel document) |
1. |
| Gender (Gender of the holder) | 2. |
| Date of Birth (Date of birth of the holder) | 3. |
| (Date of birth of the holder) (Nationality of the holder) | 4. |
| Official Travel Document Number (Number of passport or other official travel document) | 5. |
| Official Travel Document Type (Indicator identifying travel document type) | 6. |
| Issuing State or Organization of the Official Travel Document (Name of the State or Organization responsible for the issuance of the official travel document) | 7. |
| Issuing Date of the Official Travel Document | 8. |
| Expiration Date of Official Travel Document (Expiration date of the official travel document) | 9 |
| Place/Port of Embarkation (Place/port where traveler originates travel) | 10. |
| Place/Port of Debarkation (Place/port where traveler is traveling to) | 11. |
| Traveler's Status (Crew/ Passenger, In-transit) | 12. |
| Seating Information (Specific seat assigned to the passenger for this flight) | 13. |
| Baggage Information (Number of bags, bag tag number(s), all pooled baggage information, bag destination/ offload point ) | 14. |
| Passenger Name Record Locator Number (or unique identifier) (As available in the traveler's Passenger Name Record in the carrier's airline reservation system) | 15. |
| Visa Number Visa (Number of the Visa issued) | 16. |
| Issue Date of the Visa (Date of the Visa issuance) | 17. |
| Place of Issuance of the Visa (Name of the place where the Visa was issued) | 18. |
| Other Document Number Used for Travel (The other document number used for travel when the official travel document is not required) | 19. |
| Type of Other Document used for Travel (Indicator to identify type of document used for travel) | 20. |
| Primary Residence (where the traveler resides for the most of the year) - Address, Road, City, State, Country, Postal code | 21. |
| Destination Address (where the traveler going to stay at particular trip) - Address, Road, City, State, Country, Postal code | 22. |
| Place of Birth (Place of birth such as city and country) | 23. |
| Contact Number (Telephone details ) | 24. |
| Frequent flyer information (Frequent flyer account number and elite level status ) | 25. |
| Passenger Travel Status (Standby information ) | 26. |
| All date information (PNR creation date, booking date, reservation date, departure date, arrival date, PNR first travel date, PNR last modification date, ticket issue date, “first intended” travel date, date of first arrival, late booking date for flight ) | 27. |
| Split/divided PNR information (Multiple passengers on PNR, other passengers on PNR, other PNR reference, single passenger on booking ) | 28. |
| All ticketing field information (Date of ticket issue/purchase, selling class of travel, issue city, ticket number, one-way ticket, ticket issue city, automatic fare quote (ATFQ) fields ) | 29. |
|
All travel itinerary for PNR (PNR flight itinerary segments/ports, layover days, alternate routing unknown (ARNK) segments, inbound flight connection details, on-carriage information, confirmation status )
|
30. |
|
Form of payment (FOP) information(All FOP (cash, electronic, prepaid ticket advice (PTA), exchange), details of person/agency paying for ticket, staff rebate codes )
|
31. |
|
Travel agent information(Travel agency details, name, address, contact details, IATA code )
|
32. |
|
(Name of person making the booking) Received-from information
|
33. |
|
No-show information(Only available after flight close-out: no-show history)
|
34. |
|
General remarks (If any)
|
35. |
ޖަދުވަލު 2
މި ގަވާއިދުގެ ދަށުން މައުލޫމާތު ނުދޭ ފަރާތްތަކަށާއި މައުލޫމާތު ދިނުން ލަސްކުރާ ފަރާތްތަކާމެދު އަންނަނިވި ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
1. މައުލޫމާތު ފޯރުކޮށްނުދީ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުން ލަސްކުރުމަށްފަހު ފްލައިޓެއް 6 (ހައެއް) ދަތުރުކޮށްފިނަމަ، އެކަން ތަކުރާރު ނުކުރުމަށް އެފަރާތަކަށް ލިޔުމުން ނަސޭހަތްދިނުން.
2. 1 ވަނަ ނަންބަރުގައިވާ އުސޫލުން ނަސޭހަތް ދިނުމަށްފަހު، މައުލޫމާތު ފޯރުކޮށްނުދީ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުން ލަސްކުރުމަށްފަހު ފްލައިޓެއް 4 (ހަތަރެއް) ދަތުރުކޮށްފިނަމަ، އެފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ލިޔުމުން ދިނުން.
3. 2 ވަނަ ނަންބަރުގައިވާ އުސޫލުން އިންޒާރު ދިނުމަށްފަހު، މައުލޫމާތު ފޯރުކޮށްނުދީ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުން ލަސްކުރުމަށްފަހު ފްލައިޓެއް 2 (ދޭއް) ދަތުރުކޮށްފިނަމަ، އެފަރާތެއް 2000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން. އަދި އެއަށްފަހު، މައުލޫމާތު ފޯރުކޮށްނުދީ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުން ލަސްކުރުމަށްފަހު އެ ފްލައިޓެއް ކުރާ ކޮންމެ 2 (ދޭއް) ދަތުރަކަށް 300 (ތިން ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރަމުން ގެންދިއުން.
4. ކުށް ތަކުރާރުކުރުންކަމުގައި ބަލާނީ، މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ނަސޭހަތްދޭ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތުގެތެރޭގައި ކުށް ތަކުރާރުކުރާނަމައެވެ.
5. ފްލައިޓު ކުރި ދަތުރުގެ އަދަދު ގުނާނީ، ދިވެހިރާއްޖެއަށް އަންނަން އެ ފްލައިޓެއް ކުރި ދަތުރާއި، ދިވެހިރާއްޖެއިން ފުރައިގެން އެހެން މަންޒިލަކަށް އެ ފްލައިޓެއް ކުރި ދަތުރު ހިމަނައިގެން، ކޮންމެ ދަތުރެއް ވަކިންނެވެ.
6. މި ގަވާއިދުގައިވާ ގޮތަށް މައުލޫމާތު ފޯރުކޮށްނުދެވުނީ، މައުލޫމާތު ފޯރުކޮށްދޭ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކުންކަމަށްވެފައި، އަދި މި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ ކުރިން، އެ އެއަރލައިނަކުން ނުވަތަ އެ އެއަރލައިން ތަމްސީލްކުރާ އެޖެންޓަކު ކަސްޓަމްސްއަށް އެކަން އަންގާފައިވާނަމަ، މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅުމުގައި އެފަރާތެއް އިސްތިސްނާވާނެއެވެ
ކިޔުންތެރިންގެ ހިޔާލު