-

ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-21) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-133)

(ގަވާއިދު ނަންބަރު 2018-133)

 

މިއީ، ގަވާއިދު ނަންބަރު 2014-21 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ނ) އިތުރުކުރުން.

(ނ) މި ގަވާއިދުގެ އެހެން މާއްދާތަކުގައި ފޯމު ހުށަހެޅުމަށް ބުނެފައިވާ ގޮތުގެ އިތުރުން، ޕެންށަން އޮފީހުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި ފޯމުތައް ހުށަހެޅިދާނެއެވ.ެ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ށަރުޠުތަކާއި، ފޯމު ހުށަހެޅޭނެ ގޮތްތައ،ް ޕެންށަން އޮފީހުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-21)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު