-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 19 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-17)

(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ސެޕްޓެމްބަރު 2026 ގައި)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވިނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަށްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. މިފަދައިން މަށްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް، ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން، ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް، މި މާއްދާގެ (ނ) ގެ ދަށުން، ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ކައުންސިލްގެ އިހްތިސާސުން ބިމެއް ނުވަތަ ތަނެއް ސަރުކާރުގެ ބޭނުމަކަށް ވަކިކުރުން ވަކިކުރުމުގެ އިޖުރާއަތު

  1. ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރުމަށް ނިންމާފައިވާ ބިމުގެ ނުވަތަ ތަނުގެ މައުލޫމާތާއި، އެ ބިމެއްގައި ނުވަތަ ތަނެއްގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ ތަރައްގީގެ މަށްރޫއާގުޅޭ މައުލޫމާތު އާންމުކުރުން؛
  2. އެ ތަރައްގީގެ މަށްރޫއާގުޅޭ މައުލޫމާތު، އެ މަށްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ ހިއްސާކޮށް، ކައުންސިލްގެ ހިޔާލާއި މަށްވަރާ ހޯދުން. އެގޮތުން، ކައުންސިލުން ހުށަހަޅަން ބޭނުންވާ ހިޔާލެއް ނުވަތަ ށަކުވާއެއްވާނަމަ، އެ ހިޔާލެއް ނުވަތަ ށަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުން؛
  3. އެ ތަރައްގީގެ މަށްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލްގެ އިތުރުން، އެ މަށްރޫއާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ށަކުވާއެއް ހުށަހަޅަން އެއްވެސް ފަރާތަކުން ބޭނުންވާނަމަ، އެ ހިޔާލެއް ނުވަތަ ށަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުން؛
  4. މި މާއްދާގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ލިބޭ ހިޔާލުތަކާއި ށަކުވާތަކަށް ރިއާޔަތްކޮށް، އެ ބިމެއްގައި ނުވަތަ ތަނެއްގައި ކުރުމަށް ނިންމާފައިވާ ތަރައްގީގެ މަށްރޫއަށް އެއްވެސް ބަދަލެއް ގެންނަންޖެހޭނަމަ، އެ ބަދަލެއް ގެނައުން؛
  5. ކައުންސިލްގެ އިހްތިސާސުން ވަކިކުރެވޭ ބިމުގައި ނުވަތަ ތަނުގައި، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދިނުން.
     

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ގައުމީ އިދާރާގެ އޮފީހެއް އިދާރީ ދާއިރާއެއްގައި ގާއިމުކޮށްގެން ހިދުމަތް ދިނުން ނުވަތަ ގައުމީ އިދާރާތަކުގެ ހިދުމަތްތައް، އެއް އޮފީހަކުން ލިބިގެންދާނެ ގޮތެއްގެމަތިން، އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް، ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި ގާއިމުކޮށް، އެ ސެންޓަރުތަކުން ހިދުމަތް ދިނުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-107 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ބ) ގާނޫނުގައި، ނުވަތަ އެހެން ގާނޫނެއްގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ ފަރާތުން އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ތަރައްގީގެ މަށްރޫއެއް ކުރިއަށްގެންދަން ބޭނުންވާނަމަ، އެ މަށްރޫއަށް ބޭނުންވާ ބިން ނުވަތަ ތަން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-131 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(އ) ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި، ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަށްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-131 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ބ) ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި، ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަށްރޫއުތަކަށް

މަގްބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަށްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން.

 

7 ވަނަ މާއްދާ

ގާނޫނު ނަންބަރު 2025-22 (ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ) އަށް 17 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު)  ގެ 58 ވަނަ މާއްދާގެ (ރ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވެފައިވާ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ވަސީލަތްތައް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވީއެވެ.

 

8 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު