ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު (ގާނޫނު ނަންބަރު 2021-08) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2026-08)
(މި ގާނޫނަށް އަމަލުކުރަން ފެށީ 23 އޮގަސްޓް 2026 ގައި)
ގާނޫނު ނަންބަރު 2021-08 (ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
ނޭށަނަލް ޕޭމަންޓް ސްވިޗް 1-15.
(ހ) ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުއާމަލާތްތަކުގެ ތެރެއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި އޮތޯރިޓީން ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށެވެ.
(ނ) ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކޮށް ނިންމަންވާނެއެވެ.
(ރ) ބޭންކުތަކާއި، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި ބައިވެރިވުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމުމަށްޓަކައި، މި މާއްދާގެ (ނ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އޮތޯރިޓީން ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމަކީ އޮތޯރިޓީން ގާއިމުކޮށް ހިންގާ ސިސްޓަމެއް ނޫން ކަމުގައިވާނަމަ އަދި އެ ސިސްޓަމަކީ އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ސިސްޓަމެއް ކަމުގައިވާނަމ،ަ އެފަދަ ސިސްޓަމެއްގެ ސިސްޓަމް ރޫލްސް އެކުލަވާލުމުގައާއި ސިސްޓަމް ހިންގުމުގައި އަމަލުކުރާނ،ީ މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމަކީ އޮތޯރިޓީން ދޫކުރާ ސިސްޓަމް އޮޕަރޭޓަރ ލައިސަންސް ލިބިގެން ހިންގާ ސިސްޓަމެއްނަމ،ަ އެ ސިސްޓަމްގެ މައްޗަށް އަދި އެ ސިސްޓަމްގެ އޮޕަރޭޓަރުގެ މައްޗަށްވެސ،ް އޮތޯރިޓީން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި ގާނޫނުގެ ކަމާގުޅޭ އެންމެހައި އުސޫލުތައް ހިނގާނެއެވެ.
(ޅ) ނޭށަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި ބައިވެރިވުމުގެ ށަރުތުތަކާއި، ފަންނީ މިންގަނޑުތަކާއި، މައުލޫމާތު ރިޕޯޓުކުރުމުގެ ޒިންމާތަކާއި، އެ ސިސްޓަމްގައި ބައިވެރިވުމަށާއި ސިސްޓަމް ބޭނުންކުރުމަށް ފީ ނެގުމުގެ އުސޫލުތަކާއި، އެ ސިސްޓަމް ތަރައްގީކޮށް ހިންގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދުތަކާއި، އުސޫލުތަކާއި އިރުށާދުތައް އެކުލަވާލައި ހިންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(އ) މި މާއްދާގައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މައްޗަށް ކަނޑައަޅާފައިވާ ށަރުތުތަކުގެ އިތުރުން، ޕޭމަންޓް އެކުއަޔަރކުރުމުގެ ހިދުމަތްދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އަންނަނިވި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- ކަސްޓަމަރުންގެ ފައިސާ ޑިޕޮސިޓްކުރުމަށްޓަކައި، އެންމެ ލަސްވެގެން، އެ މުއާމަލާތް ހިންގާ ދުވަހަށް ފަހުގައި ޖެހިގެން އަންނަ ފުރަތަމަ މަސައްކަތު ދުވަހ،ު އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާ ބޭންކު އެކައުންޓަށް ފައިސާ ޑިޕޮސިޓްކުރުން؛ އަދި
- މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭންކު އެކައުންޓަށް ކަސްޓަމަރުންގެ ފައިސާ ޑިޕޮސިޓްކުރާ ދުވަހުން ފެށިގެން މަސައްކަތު 1 (އެކެއް) ދުވަހުގެ ތެރޭގައި، އެ ފައިސާ ކަސްޓަމަރަށް ނުވަތަ ބެނިފިށަރީއަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
3 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު (ގާނޫނު ނަންބަރު 2021-08)
ކޮންސޮލިޑޭޓެޑް ގާނޫނު
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-08)
ކިޔުންތެރިންގެ ހިޔާލު