ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2026-04)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 މޭ 2026 ގައި)
ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ފެންށަނާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އެ މާއްދާގެ (ޅ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކޮށް، އެ މާއްދާގެ (ޅ) އެއީ އެ މާއްދާގެ (ކ) ކަމުގައި ހަމަޖެއްސުން.
(ޅ) ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން މެދުވެރިކޮށް ޕެންށަން. 3 އެސެޓްސް އިންވެސްޓްކޮށް ބެލެހެއްޓުން؛
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ދ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ތ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާ ބެހޭގޮތުން އިންވެސްޓްމަންޓް ކޮމިޓީން އެކުލަވާލާ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާއި އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް ފާސްކުރުން؛
(ލ) ޕެެސެޓްސް އިންވެސްޓްކުރުމަށް ނިންމުމާއި، އިންވެސްޓްކުރާނެ ކަންކަން ކަނޑައެޅުމާއި، އެނޫންވެސް ޕެންށަން އެސެޓްސް އިންވެސްޓްކޮށް ބެލެހެއްޓުމާގުޅޭ ނިންމުންތައް ނިންމުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕެންށަން އޮފީހުގެ ބޯޑު 8.
(ހ) ޕެންށަން އޮފީހުގެ ބޯޑު އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- ބޯޑުގެ ޗެއަރޕަރސަން؛
- ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ، ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއް؛
- ސޯށަލް ސެކިއުރިޓީއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ، ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއް؛
- ވަޒީފާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ، ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއް؛
- ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ 5 (ފަހެއް) މީހުން.
(ށ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ވުޒާރާތަކުން ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރާނެ މީހެއްގެ ނަން ކަނޑައަޅާނީ، އެ ވުޒާރާތަކުގެ ވަޒީރެވެ.
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެއަރޕަރސަންގެ މަގާމަށާއި، އެ އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް އައްޔަންކުރާނެ މީހުން ކަނޑައަޅާނީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާ ފުރުސަތުގައި ހުށަހަޅާ ނަންތަކުގެ ތެރެއިން، މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީންނެވެ.
(ބ) ބޯޑުގެ މެންބަރުންގެ ށަރުތުތައް
ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރާ މެންބަރުން، މެންބަރުކަމަށް އައްޔަންކުރާއިރު އަދި މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު، ތިރީގައި ބަޔާންކުރާ އެންމެހައި ށަރުތުތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.
- ދިވެހިރައްޔިތަކު ކަމުގައިވުން؛
- އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން؛
- އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
- އަންނަނިވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާއާއި ފަންނީ ގާބިލުކަން ލިބިފައިވުން؛
- ޕެންށަންގެ ދާއިރާ؛
- މާލީ ދާއިރާ؛
- އިންވެސްޓްމަންޓްގެ ދާއިރާ؛
- އޮޑިޓްގެ ދާއިރާ؛
- އިގްތިސާދީ ދާއިރާ؛
- ވިޔަފާރީގެ ދާއިރާ؛
- ގާނޫނީ ދާއިރާ؛
- އިންފޮމޭށަން ޓެކްނޮލޮޖީގެ ދާއިރާ؛
- ސޯށަލް ސެކިއުރިޓީގެ ދާއިރާ؛
- ޕަބްލިކް ޕޮލިސީގެ ދާއިރާ؛
- ހިއުމަން ރިސޯސަސްގެ ދާއިރާ،
- މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛
- ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް ހެދުން، ހިޔާނާތް، ރިށްވަތު، ނުވަތަ ކޮރަޕްށަންގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތަކާ ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުމެއް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، ނުވަތަ އެއްބަފާ މީހުން) އޮތް މީހަކު ކަމުގައި ނުވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން. އަދި ސިޔާސީ ކަންކަމުގައި ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
- ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރެއްގެ ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ އޮފިށަލެއް ނުވަތަ މުވައްޒަފެއް ކަމުގައި ނުވުން. އަދި އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ %5 (ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ހިއްސާއެއްގެ މިލްކުވެރި ފަރާތެއް ކަމުގައި ނުވުން؛
- ބޯޑުގައި ހިމެނޭ އެހެން މެންބަރަކާ އެއް ތަނެއްގައި ވަޒީފާ އަދާކުރާ މީހަކު ކަމުގައި ނުވުން. އަދި ބޯޑުގައި ހިމެނޭ އެހެން މެންބަރަކާ ހިއްސާވެގެން އެއްވެސް އަމިއްލަ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރާ މީހަކު ކަމުގައި ނުވުން؛
- މި ގާނޫނުގެ ދަށުން ޕެންށަން އޮފީހާ ހަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއް ރެގިއުލޭޓްކުރުމުގެ ގާނޫނީ ޒިންމާ އޮތް އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ އޮފިށަލެއް ނުވަތަ މުވައްޒަފަކު ކަމުގައި ނުވުން.
(ޅ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ ފަރާތްތަކުގެ ކިބައިގައި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އެފަރާތްތަކަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
- ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރަމުންދާ މީހަކު ކަމުގައިވުން؛
- ދައުލަތުގެ ނުވަތަ ސަރުކާރުގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ހިއްސާ އޮތް ގާނޫނީ ށަހްސެއްގެ ނުވަތަ އެފަދަ ގާނޫނީ ށަހްސަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީއެއްގެ މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ކަމުގައި ނުވުން.
(ކ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލާ ފަރާތަކީ، ޕަބްލިކް ސެކްޓަރގައި ނުވަތަ ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވުމީ، މި ގާނޫނު ހުރަސްއަޅާ ކަމެއް ނޫނެވެ.
(އ) ޕެންށަން އޮފީހުގެ ބޯޑުގެ މަގާމުތަކަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކަކީ، މި މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކުރާ ބޯޑު މެންބަރުންގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން، އެފަރާތްތަކުގެ ނަންތައް މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން އެކަން ބަލަންވާނެއެވެ.
ނޮމިނޭށަން ކޮމިޓީ
(ވ) މި މާއްދާގެ (އ) ގެ ބޭނުމަށް، ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންވުމަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އެފަރާތްތައް އިވެލުއޭޓްކޮށް، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށްޓަކައި، ނޮމިނޭށަން ކޮމިޓީއެއް، ބޯޑަށް މެންބަރުން އައްޔަންކުރާ ކޮންމެ ފަހަރަކަށް، އެކުލަވާލަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީ އެކުލަވާލަންވާނީ، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން، އަދި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކޮންމެ ވުޒާރާއަކުން ކަނޑައަޅ،ާ އެ ވުޒާރާތަކުގެ ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއްގެ މައްޗަށެވެ.
(ފ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓައި، އެ ކޮމިޓީއަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ، ޕެންށަން އޮފީހުންނެވެ. ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީން ނިންމުންތައް ނިންމުމުގެ އުސޫލުތައް ހިމެނޭގޮތުން، ކޮމިޓީ ހިންގުމުގެ އުސޫލު ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
(ދ) ނޭށަން ކޮމިޓީގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް، ބޯޑުން ނިންމާ ގޮތެއްގެމަތިން، ސިޓިންގ އެލަވަންސެއް ދެވިދާނެއެވެ.
މެންބަރުކަމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އިވެލުއޭޓްކުރުން
(ތ) މި މާއްދާގެ (ވ) ގެ ބޭނުމަށް، ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އެފަރާތްތައް އިވެލުއޭޓްކުރުމުގައި ނޮމިނޭށަން ކޮމިޓީން އަމަލުކުރާނެ ގޮތުގެ އުސޫލު ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ މަށްވަރާއާއެކު ޕެންށަން އޮފީހުން އެކުލަވާލަންވާނެއެވެ. އެގޮތުން އެކުލަވާލާ އުސޫލުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މަގާމުގެ ށަރުތުތައް އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމުގައި، ކޮމިޓީން ރިއާޔަތްކުރާނެ ކަންކަމާއި، އެކަންކަން ވަޒަންކުރާނެ މިންގަނޑުތައް؛
- މަގާމުގެ ށަރުތުތައް އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާކަން، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ މެދުވެރިކޮށް ޔަގީންކުރުމުގައި އަމަލުކުރާނެ ގޮތް؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެއަރޕަރސަންގެ މަގާމަށާއި، އެ އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް މެންބަރުން ހޮވުމަށް އާންމުކޮށް އިއުލާނުކުރުމުގައާއި، އެ އިއުލާނާ ގުޅިގެން މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކޮށް، އިވެލުއޭޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް؛
- މި މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަފާތު އެކި ދާއިރާތައް ބޯޑުގައި ތަމްސީލުކުރުމަށްޓަކައި، އެ ދާއިރާތަކަށް އިސްކަންދެވޭނެ ގޮތް؛
- މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ، ޕްރައިވެޓް ސެކްޓަރގައި އެކަށީގެންވާ މުއްދަތެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކެއްކަން ކަނޑައެޅުމުގައި ބަލާނެ ކަންކަން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެއަރޕަރސަންގެ މަގާމަށާއި، އެ އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް، ކޮންމެ މަގާމަކަށް މަދުވެގެން ރައީސުލްޖުމްހޫރިއްޔާއަށް ނަން ފޮނުވަންޖެހޭ ކެންޑިޑޭޓުންގެ އަދަދު.
(ލ) މި މާއްދާގެ (ތ) ގައި ބަޔާންކުރާ ގޮތުގެމަތިން، ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ނޮމިނޭށަން ކޮމިޓީން ބަލައި، އެފަރާތްތައް އިވެލުއޭޓްކުރުމަށްފަހު، ބޯޑަށް އައް ޔަންކުރުމަށްޓަކައި ހުށަހަޅާ ނަންތައް އެ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
ބޯޑުގެ މެންބަރުންގެ އިނާޔަތް
(ގ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންނަށް ލިބިދެވޭނެ އިނާޔަތަކީ، ޕެންށަން އޮފީސް ފަދަ މާލީ އެހެނިހެން މުއައްސަސާތަކުގެ ނުވަތަ ޕެންށަން ފަންޑުތަކުގެ ބޯޑުގެ މެންބަރުންނަށް ނުވަތަ އެ ބޯޑުތަކަށް ފަންނީ ލަފާދޭ މާހިރުންނަށް ލިބިދެވޭ އިނާޔަތާ ގާތްގަނޑަކަށް އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ.
(ޏ) ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުން، އެ މެންބަރުންގެ އާމްދަނީއާއި މިލްކިއްޔާތުގައިވާ މުދަލުގެ މައުލޫމާތުގެ ސިއްރު ސްޓޭޓްމަންޓެއް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް، ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވުމުން އަދި އެ މަގާމުގައި ދެމިތިބޭ މުއްދަތުގެ ތެރޭގައި އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ. އެގޮތުން، އެ ސްޓޭޓްމަންޓްގައި ހިމަނަންޖެހޭ މައުލޫމާތު ހުންނަންވާ ގޮތް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅަންވާނެއެވެ. އަދި، އެފަދައިން ލިބޭ މައުލޫމާތު އާންމުކޮށްގެން ނުވާނެއެވެ.
(ސ) ބޯޑުގެ ބައްދަލުވުންތައް
ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން، އަދި ބޯޑުން ކަނޑައަޅާ މުއްދަތުތަކެއްގައި، ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތައް ބާއްވަންވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރޕަރސަންއެވެ. ޗެއަރޕަރސަން ބައްދަލުވުމަކަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ޗެއަރޕަރސަންގެ މަގާމު ހުސްވެފައިވާ މުއްދަތުގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓައި ޗެއަރޕަރސަންގެ ދައުރު އަދާކުރާނީ، ބޯޑު މެންބަރުންގެ ތެރެއިން ހޮވާ އެކްޓިންގ ޗެއަރޕަރސަންއެވެ.
(ޑ) ގާނޫނީ އަދަދު
ޕެންށަން އޮފީހުގެ ބޯޑުގެ ގާނޫނީ އަދަދަކީ ބޯޑުގެ 5 (ފަހެއް) މެންބަރުންނެވެ. މި ގާނޫނުގެ ދަށުން ބޯޑުން އެއްވެސް ކަމެއް ނިންމަންވާނީ، ބޯޑުގެ ޖަލްސާއަށް ހާޒިރުވީ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބޯޑުން ނިންމާ އެއްވެސް ކަމެއްގައި، ވޯޓު އެއްވަރުވެއްޖެނަމަ، ޗެއަރޕަރސަންއަށް ވޯޓު ދެވިދާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ބ) އިންވެސްޓްމަންޓް ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 2 (ދޭއް) މެންބަރުންނެވެ. އަދި އެ ކޮމިޓީން އެއްވެސް ކަމެއް ނިންމޭނީ، 2 (ދޭއް) މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
(ޅ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާ ގުޅޭގޮތުން ޕެންށަން އޮފީހުން ތައްޔާރުކުރާ ރިޕޯޓުތައް ދިރާސާކޮށް، ޕެންށަން އެސެޓްސް އިންވެސްޓްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ޕެންށަން އޮފީހުގެ ބޯޑަށް ލަފާދޭނީ އިންވެސްޓްމަންޓް ކޮމިޓީންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ފަސް މާއްދާ އިތުރުކުރުން.
ޗީފް އެގްޒެކެޓިވް އޮފިސަރު 1-10.
(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ޕެންށަން އޮފީހުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެ އިސްވެރިޔަކީ، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) ޕެންށަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، ޕެންށަން އޮފީހުގެ ބޯޑުންނެވެ.
(ނ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި، ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގައި ހުރުން ލާޒިމުކަމަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، ޕެންށަން އޮފީސް ތަމްސީލުކުރަންޖެހޭ ކަންކަމުގައި އެ އޮފީސް ތަމްސީލުކުރާނީ، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ބ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސައްކަތާގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ، ޕެންށަން އޮފީހުގެ ބޯޑަށެވެ.
(ޅ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ. ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މީހަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.
ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތައް 2-10.
ޕެންށަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޕެންށަން އޮފީހުގެ ބޯޑުގެ ލަފާގެ މަތިން، ޕެންށަން އޮފީހުގެ އިދާރީ ހިންގުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން؛
(ށ) ޕެންށަން އޮފީހުގެ ބޯޑުން ކުރަންޖެހޭކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަންކަމުގައި އެ ބޯޑަށް ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) ޕެންށަން އޮފީހުގެ މަސައްކަތްތައް ހިނގަމުންދަނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
(ރ) ޕެންށަން އޮފީހުގެ ބޯޑުގެ އާންމު ބާރުތައް ކަމުގައި މި ގާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން، ޗީފް އެގްޒެކެޓިވް އޮފިސަރ ކުރުމަށް ބޯޑުން ހަވާލުކުރާ ކަންކަން، ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން، ރާވައި ހިންގުން؛
(ބ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން، މި ގާނޫނާއި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމާއި އަމިއްލަ މަސްލަހަތަށް މަސައްކަތްނުކުރުން 3-10.
ޗީފް އެގްޒެކެޓިވް އޮފިސަރ އޭނާގެ ވާޖިބުތައް އަދާކުރުމުގައި އެއްވެސް ފަރާތަކަށް ބުރަވެ ނުވަތަ އެއްވެސް ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންވެ ނުވަތަ އެއްވެސް ފަރާތަކުން ފޯރުވައިފާނެ ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނިންމާ ނިންމުމެއްގައި ނުވަތަ އޭނާއަށް ހުށަހެޅޭ އެއްވެސް ކަމެއްގައި ނުވަތަ އޭނާ ކަނޑައަޅާ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް، އޭނާގެ އަމިއްލަ މަސްލަހަތެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
ޗީފް އެގްޒެކެޓިވް އޮފިސަރ މަގާމުން ވަކިކުރުމާއި އިސްތިއުފާދިނުން 4-10.
(ހ) ޗީފް އެގްޒެކެޓިވް އޮފިސަރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ޕެންށަން އޮފީހުގެ ބޯޑަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން އެ ބޯޑުގެ ޗެއަރޕަރސަންއަށް ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.
(ށ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އޭނާ އުޒުރުވެރިވެއްޖެނަމަ ނުވަތަ އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ އިހުމާލުވެއްޖެނަމަ ނުވަތަ އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދޭފަދަ ދާއިމީ ހާލަތެއް އޭނާއަށް މެދުވެރިވެއްޖެނަމަ، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން އޭނާ ވަކިކުރުމުގެ އިހްތިޔާރު، ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެންވެއެވެ.
ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހުސްވުން 5-10.
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަގާމުން އޭނާ ވަކިވާނެއެވެ.
- މަގާމުގެ މުއްދަތު ހަމަވުން؛
- މަގާމުން އިސްތިއުފާދިނުން؛
- މި ގާނޫނުގައިވާ ގޮތުގެމަތިން އޭނާ އެ މަގާމުން ވަކިކުރުން؛
- މަރުވުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް ކުރިމަތިލުން ނުވަތަ އެފަދަ މަގާމަކަށް އައްޔަންކުރުން؛
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން މީހަކު އައްޔަންކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(1-ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޕެންށަން ލިބޭ އުމުރު. 11
ހަމަވެފައިވާ މީހަކަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ލިބޭ ޕެންށަން ފައިސާ ފިޔަވައި، ދައުލަތުގެ އެހެނިހެން ޕެންށަން ފައިސާއާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދަކީ އަސާސީ ޕެންށަނަށްވުރެ ބޮޑު އަދަދެއްނަމަ، އެމީހަކަށް މި މާއްދާގެ ދަށުން ލިބިދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނެއް ނުލިބޭނެއެވެ.
(2-ނ) މި މާއްދާގެ (1-ނ) ގެ ބޭނުމަށް، ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހަކީ، މި މާއްދާގެ ދަށުން ލިބިދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ލިބިދެވޭނެ މީހެއްތޯ ބެލުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް މާލިއްޔަތާބެހޭ ވުޒާރާގެ މަށްވަރާއާއެކު ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލަ އި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން، އެކުލަވާލާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ ފައިސާއަކީ، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ކަމުގައި ބަލާނެ ވަކިވަކި ކަންކަމާއި، އެފަދައިން ލިބޭ ފައިސާ ހިސާބުކުރުމުގެ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތު، އެމީހާގެ ފަރާތުން ޕެންށަން އޮފީހާ ހިއްސާކުރުމުގެ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތު ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ޕެންށަން އޮފީހާ ހިއްސާކުރުމުގެ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތުގެ ސައްހަކަން ބަލައި ކަށަވަރުކުރުމާގުޅޭ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާގުޅޭ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއަށް ބަލައި، އެމީހަކަށް މި މާއްދާގެ ދަށުން ލިބިދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ނުލިބޭނެ ކަމުގައި ޕެންށަން އޮފީހުން ކަނޑައަޅައިފިނަމަ، އެ ނިންމުން މުރާޖައާކުރުމަށްޓަކައި ށަކުވާ ހުށަހަޅައި، އެ ށަކުވާ ބަލައި ގޮތެއް ކަނޑައެޅުމާބެހޭ އުސޫލުތައް،
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(1-ރ) އަސާސީ ޕެންށަން ލިބެމުންދާ މީހަކ،ު ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންވެއްޖެނަމަ، އެމީހަކަށް އަސާސީ ޕެންށަން ހައްގެއް ނުވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގަވާއިދުގައި، އަމިއްލަ ވަޒީފާގައި އުޅޭ (ސެލްފް-އެމްޕްލޯއިޑް) ސްކީމްގައި ބައިވެރިވާން ބޭނުންވާ މީހުން ސްކީމަށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ. އަދި އެ ގަވާއިދުގައި، އަމިއްލަ ވަޒީފާގައި އުޅޭ މީހުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ނިސްބަތާއި، އެ ނިސްބަތް ކަނޑައެޅުމަށްޓަކައި ޕެންށަނަށް ބަލާ މުސާރަ ކަނޑައަޅާނެ ގޮތާބެހޭ ގަވާއިދުތައް ޕެންށަން އޮފީހުން ނެރެންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕެންށަން ކޮންޓްރިބިއުށަން ޖަމާކުރުން 15.
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިން ސްކީމަށް ދައްކަންޖެހޭ ޕެންށަން ކޮންޓްރިބިއުށަން ޖަމާކުރުމަށްޓަކައި، ވަޒީފާދޭ ފަރާތުން ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) މުވައްޒަފަށް މުސާރަ ދިނުމުގައި، ޕެންށަން ކޮންޓްރިބިއުށަނުގެ ގޮތުގައި މުވައްޒަފުގެ ފަރާތުން ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރުން؛
(ށ) މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން މުވައްޒަފު ސްކީމަށް ދައްކަންޖެހޭ ފައިސާއާއި، ވަޒީފާދޭ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، ޕެންށަން އޮފީހުން ކަނޑައަޅާ އެކައުންޓަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ވަޒީފާދޭ ފަރާތުން ޖަމާކުރުން.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ޕެންށަން އެސެޓްސް އިންވެސްޓްކުރަންވާނީ މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އަދި ހަމައެކަނި ސްކީމްގެ ބައިވެރިންނަށާއި ބެނިފިށަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެމަތިން، ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން މެދުވެރިކޮށެވެ. މިގޮތުން އިންވެސްޓްކުރުމުގައި ބަލަންޖެހޭނެ ކަންތައްތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(މ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގެ ބޭނުމަށް، ސްކީމްގެ ބައިވެރިން ޕެންށަން އުމުރު ހަމަވުމުގެ ކުރިން އަދި ފަހުން ބޭނުންކުރުމަށްޓަކައި، އެއިން ކޮންމެ މަރުހަލާއަކަށް ހާއްސަކޮށްގެން އިންވެސްޓްމަންޓް ފަންޑުތަކާއި ޕޯޓްފޯލިއޯތައް ޕެންށަން އޮފީހުން ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.
(ފ) ސްކީމްގެ ބައިވެރިންނަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ބަދަލުކުރުމަށް އެ ބައިވެރިންނަށް އެދެވިދާނެއެވެ. އެގޮތުން، ސްކީމްގެ ބައިވެރިޔަކު ޕޯޓްފޯލިއޯ ބަދަލުކުރުމަށް އެދި ހުށަހެޅުމުގައާއި، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ޕޯޓްފޯލިއޯ ބަދަލުވާއިރު ކުރިން ހުރި ޕޯޓްފޯލިއޯއިން ލިބިފައިވާ ފައިދާއާމެދު އަމަލުކުރާނެ ގޮތާއި، ޕޯޓްފޯލިއޯ ބަދަލުކުރުމާބެހޭ އެނޫންވެސް އުސޫލުތަކާއި ހަމަތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ވ) މި ގާނޫނުގެ ދަށުން ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރ ކުރަންޖެހޭ ކަންތައް ކުރަނީ ގާނޫނާ އެއްގޮތަށްތޯ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބަލަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން އިންވެސްޓްކުރާ ޕެންށަން އެސެޓްސް ބެލެހެއްޓުމަށްޓަކައި، ޕެންށަން އޮފީހުން ކަސްޓޯޑިއަނުން އައްޔަންކޮށް، ކަސްޓޯޑިއަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ އެގްރިމަންޓެއް އެފަރާތްތަކާއެކު ކުރަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގެ (9) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(9) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާ ބެހޭގޮތުން ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރޭތޯ ބެލުން.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(5) ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ޖުމްލަ ފައިސާގެ އަދަދު، އުމުރު ދުވަހަށް އަންދާޒާކުރެވޭ އަދަދަކަށް ބިނާކޮށް، ދިގު މުއްދަތަކަށް ބަހާލައިގެން މަހުން މަހަށް ލިބިދެވޭ ޕެންށަން.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ގެދޮރު ގަތުމަށްޓަކައި ނުވަތަ ގެދޮރު އިމާރާތްކުރުމަށްޓަކައި ނުވަތަ ގެދޮރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސ،ާ އެމީހެއްގެ ނަމުގައި ޕެންށަން ފަންޑުގައި ހުންނަ ފައިސާއިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ކޮލެޓަރަލައިޒްކުރެވިދާނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެންށަން ފަންޑުން ފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ ގެދޮރު ގަންނަނީ ނުވަތަ ގެދޮރު އިމާރާތްކުރަނީ ނުވަތަ ގެދޮރު މަރާމާތުކުރަނީ ހަމައެކަނި ބޭންކަކުން މެދުވެރިކޮށްނަމަ، އެފަދަ ބޭންކަކުން ދޫކުރާ ލޯނަކަށް، ނުވަތަ ގެދޮރުގެ ތަރައްގީއަށް ފައިނޭންސްކުރާ ކުންފުންޏަކުން ދޫކުރާ ލޯނަކަށް، ނުވަތަ އެނޫންވެސް އެފަދަ މާލީ މުއައްސަސާއަކުން ދޫކުރާ ލޯނަކަށެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި، ލޯނު ނަގާ ފަރާތުގެ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި މިންވަރު ބަލާނެ މިންގަނޑުތަކާއި، ފައިސާ ކޮލެޓަރަލައިޒްކޮށްފައިވާ ފަރާތެއް ރިޓަޔަރކުރުމާބެހޭ އުސޫލުތަކާއި، އަދިވެސް ކަމާބެހޭގޮތުން އަމަލުކުރެވޭ އެންމެހައި އުސޫލުތައް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ސުރުހީ އަދި އަންނަނިވި މާއްދާތައް އިތުރުކުރުން.
ޓަރމިނަލް އިލްނަސްގެ ހާލަތުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރުން
ޓަރމިނަލް އިލްނަސްގެ ހާލަތެއްގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރުން 1-28.
(ހ) ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދުކުރުމަށް ދޫކުރެވެނީ، މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ދ) ގެ ދަށުން ޕެންށަން ލިބޭ އުމުރު ހަމަވުމުން ކަމުގައިވީނަމަވެސް، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިޔަކ،ު ޓަރމިނަލް އިލްނަސްގެ ހާލަތެއްގައި، އޭނާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ އެކައުންޓުގައި ޖަމާވެފައިހުރި ފައިސާ އެފަރާތަށް ދޫކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ޓަރމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނެފައި އެވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައިވިޔަސް، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް، އެފަދަ ބައްޔަކާބެހޭ ސްޕެށަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްތަކަށެވެ.
ޓަރމިނަލް އިލްނަސްގެ ހާލަތުގައި ފައިސާ ދޫކުރެވޭ މިންވަރު 2-28.
މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، އެފަދައިން ހުށަހަޅާ ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން އެފަރާތުން ކަނޑައަޅާ އަދަދެއްގެ ފައިސާ ނުވަތަ އެ އެކައުންޓުގައި ހުރި ފައިސާ އެކުގައި ދޫކުރެވިދާނެއެވެ. އަދި އެފަދައިން ފައިސާ ދޫކުރުމުގައި، އެފަރާތުން އެދިއްޖެނަމަ، އެކިފަހަރުމަތިން ނުވަތަ އެކީ އެއްފަހަރާ އެފަރާތަށް ފައިސާ ދޫކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
ޓަރމިނަލް އިލްނަސްގެ ހާލަތުގައި ފައިސާ ދޫކުރުމުގެ އުސޫލު 3-28.
(ހ) މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށްފަހުގައި، ފައިސާ ދޫކުރެވުނު ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާއާ ގުޅޭގޮތުންނާއި، އެފަދަ ފަރާތެއް ރިޓަޔަރކުރާ އުމުރު ހަމަވުމުގެ ސަބަބުން އެފަރާތަށް ޕެންށަން ފައިސާ ދޫކުރުމުގައި، މި ގާނޫނުގައި ބަޔާންކުރާ އާންމު އުސޫލުތައް ހިނގާނެއެވެ.
(ށ) މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޫކުރެވުނު ފައިސ،ާ މި ގާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ލިބިދެވޭ އަސާސީ ޕެންށަން ހިސާބުކުރުމުގައި ނުހިމެނޭނެއެވެ.
(ނ) މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ބޭނުމަށް، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިޔަކަށް، ޓަރމިނަލް އިލްނަސްގެ ހާލަތުގައި، އޭނާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް މާލިއްޔަތާބެހޭ ވުޒާރާގެ މަށްވަރާއާއެކު ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން، އެކުލަވާލާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މި ގާނޫނުގެ 28-1 ވަނަ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅުމުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ލިޔެކިޔުން؛
- ޓަރމިނަލް އިލްނަސްގެ ހާލަތެއް ދިމާވެފައިވާ ކަމުގައި ބެލުމަށް ރިއާޔަތްކުރެވޭނެ ކަމާބެހޭ ފަންނީ ލިޔެކިޔުންތައް ހުންނަންޖެހޭނެ މިންގަނޑުތައް؛
- ޓަރމިނަލް އިލްނަސްގެ ހާލަތާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތުގެ
ސައްހަކަން ބަލައި ކަށަވަރުކުރުމާގުޅޭ އުސޫލުތައް؛ - ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާގެ ސިއްހީ ހާލަތާބެހޭ މައުލޫމާތު ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ޕެންށަން އޮފީހާ ހިއްސާކުރުމުގެ އުސޫލުތައް؛
- ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާއާބެހޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާގުޅޭ އުސޫލުތައް؛
- ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާއަށް ފައިސާ ދޫކުރެވޭނެ މުއްދަތުތަކާއި ފައިސާ ދޫކުރުމުގައި އަމަލުކުރެވޭނެ އިޖުރާއަތު؛
- ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާ ހުށަހަޅާ ހުށަހެޅުން ބަލައި ވަޒަންކުރުމަށްފަހު، އެމީހަކަށް މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ފައިސާ ދޫކުރެވެން ނެތްކަމުގައި ޕެންށަން އޮފީހުން ކަނޑައަޅައިފިނަމަ، އެ ނިންމުން މުރާޖައާކުރުމަށްޓަކައި ށަކުވާ ހުށަހަޅައި، އެ ށަކުވާ ބަލައި ގޮތެއް ކަނޑައެޅުމާބެހޭ އުސޫލުތައް،
20 ވަނަ މާޢްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ހައްޖުވުމަށް ޖާގަ ރިޒާވްކުރުން 1-32.
(ހ) ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުނީގެ ހަވާލުގައި ހައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ %20 (ވިހި އިންސައްތަ) ހައްޖަށް ދިޔުމަށް އެދޭ ފަރާތުން އެ ކުންފުންޏަށް ދައްކާފައިވާނަމަ، ހައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ %80 (އަށްޑިހަ އިންސައްތަ) ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖައްސާ ގޮތުގެމަތިން، އެ ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިޔުމަށް ހަމަޖެހިފައިވާ ތަރުތީބުން އެފަރާތުގެ ޖާގަ ރިޒާވްކުރެވިދާނެ އެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ފައިސާ ހަމަޖެއްސޭނީ، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތު ފުރިހަމަވޭތޯ ބެލުމުގައި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފަ އިހުރި ފައިސާ ހިސާބުކުރަންވާނީ، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކޮލެޓަރަލައިޒް ކުރުން ފަދަ އެހެން ބޭނުމަކަށް ހިފެހެއްޓިފައިވާ ފައިސާ ނުހިމަނައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސަރުކާރުގެ ކުންފުންޏަށް ހައްޖުވާ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ފަރާތަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ބަޔާންކޮށް، އެކަން ޕެންށަން އޮފީހުން އެ ކުންފުންޏަށް އަންގައިފިނަމަ، އެ ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިޔުމަށް ހަމަޖެހިފައިވާ ތަރުތީބުން އެފަރާތުގެ ޖާގަ ރިޒާވްކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކޮށްފައިވާ ސްކީމްގެ ބައިވެރިޔެއްގެ ފައިސާ ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ކުންފުންޏަށް ދޫކުރުމުގެ މުއްދަތުތަކާއި އެ ފައިސާ ދޫކުރުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) ސްކީމްގެ ބައިވެރިޔެއްގެ ޕެންށަން އުމުރު ހަމަވާ ފަހުންވެސް، އެފަރާތުން ހުށަހަޅައިފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހައްޖަށް ދިޔުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އަދި އެފަދަ ފަރާތަކަށް ޕެންށަން ދިނުމަށްޓަކައި ސްކީމުން ފައިސާ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގެ ދަށުން އެގޮތުން ހިފެހެއްޓުނު ފައިސާ އުނިކުރުމަށްފަހުގައެވެ.
(ޅ) މި މާއްދާގެ ދަށުން ހައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ހަމަޖެއްސުމާއި އެ ފައިސާ ދޫކުރުމާ ގުޅޭގޮތުން، މި މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުންޏާއެކ،ު ޕެންށަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގައި ހިމެނޭ "ކޮލެޓަރަލައިޒްކުރުން"، މި އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.
''ކޮލެޓަރަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ގެދޮރު ގަތުމަށް ނުވަތަ ގެދޮރު އިމާރާތްކުރުމަށް ނުވަތަ ގެދޮރު މަރާމާތުކުރުމަށް ލޯނެއް ނަގާއިރު، އެ ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ލޯނު ދޫކުރި ފަރާތުގެ ހައްގު ހޯދުމަށް އަނބުރާ ނެގޭނެ ގޮތަށް ޕެންށަން ފަންޑުގައި ލޯނު ނެގި ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ބެހެއްޓިފައިވާ ފައިސާއަށެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގައި ހިމެނޭ "ދައުލަތުގެ އެހެނިހެން ޕެންށަން"، މި އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.
”ދައުލަތުގެ އެހެނިހެން ޕެންށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ އުސޫލެއްގެ ދަށުން، ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ވަކިކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހައި ޕެންށަން އަދި އިނާޔަތަށެވެ.
23 ވަނަ މާއްދާ -
މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން، އެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، މިހާރު އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
24 ވަނަ މާއްދާ -
މި ގާނޫނުން ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާއަށް ގެނެވޭ އިސްލާހާ ގުޅިގެން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވިފައިވާ މެންބަރުންގެ ތެރެއިން، ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ފަރާތުން އައްޔަންކުރެވިފައިވާ މެންބަރު ފިޔަވައި އެހެން މެންބަރުން، އެ މެންބަރުންގެ މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނެއެވެ. އަދި، އެ އިސްލާހާ ގުޅިގެން ޕެންށަން އޮފީހުގެ ބޯޑަށް އަލަށް އައްޔަންކުރަންޖެހޭ މެންބަރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.
(ށ) މި ގާނޫނުން ބުނެވިދިޔަ ގާނޫނުގެ 1-10 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރެވޭ މާއްދާގެ ދަށުން، ޕެންށަން އޮފީހަށް އައްޔަންކުރަންޖެހޭ ޗީފް އެގްޒެކެޓިވް އޮފިސަރު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.
25 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)
ކިޔުންތެރިންގެ ހިޔާލު