ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-09) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-29)
(މި ގާނޫނަށް އަމަލުކުރަން ފެށީ 6 ޑިސެމްބަރު 2025 ގައި)
ގާނޫނު ނަންބަރު 2009-09 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތައާރުފާއި ނަން 1.
(ހ) މިއ،ީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު އަދާކޮށްފައިވާ މީހަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މާލީ އިނާޔަތް ލިބެމުން ދަނިކޮށް، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މާލީ އިނާޔަތް ލިބުން މެދުކެނޑޭނެއެވެ.
- ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެމީހަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ، އެ މަގާމު އަދާކުރާ މުއްދަތުގައި؛
- ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފެށޭ އިބާރާތް، އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، އޭގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކުރާ މީހަކ،ީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއް ކަމުގައިވާނަމަ، އެފަދައިން ދިވެހިރާއްޖެއިން ބޭރުގައި އެމީހަކު ދިރިއުޅެމުންގެންދާ މުއްދަތުގައި، މި ގާނޫނުގެ ދަށުން އެމީހަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެނެއްނުވެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކުރާ ހާލަތުގައިވާ މީހަކު ދިވެހިރާއްޖެއަށް އަންނަ ހާލަތްތަކުގައި، އެމީހަކަށް އެ މުއްދަތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ހިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައިދޭންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އުނިކުރުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދެވޭ އިނާޔަތްތައް 1-8.
(ހ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް އަންނަނިވި ރައްކާތެރިކަމާއި އިނާޔަތްތައް ލިބިގެންވެއެވެ.
- މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 30,000 (ތިރީސްހާސް) ރުފިޔާ ލިބިދިނުން؛
- ދިވެހިރާއްޖެއިންނާއި ދިވެހިރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުން.
(ށ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހ،ު އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ، އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މާލީ އިނާޔަތް ދިނުން މެދުކެނޑޭނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، މި ގާނޫނުގެ ދަށުން ދޭން ކަނޑައަޅާފައިވާ އިނާޔަތްތަކަށް ބަދަލުގެނައުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އަދި މިފަދަ ބަދަލެއް ގެންނަންޖެހޭނަމަ، އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާއެއް ހޯދުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖިނާއީ ކުށަކާ ގުޅިގެން އިނާޔަތް ނުލިބުން 10.
ރައީސުލްޖުމްހޫރިއްޔ،ާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބ،ު އެމީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެނ،ް އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އި ނާޔަތެއް ނުލިބޭނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ރ) "ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ މީހާއަށެވެ.
9 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ކިޔުންތެރިންގެ ހިޔާލު