ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު (ގާނޫނު ނަންބަރު 2024-30) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-24)
(މި ގާނޫނަށް އަމަލުކުރަން ފެށީ 2 ޑިސެމްބަރު 2025 ގައި)
ގާނޫނު ނަންބަރު 2024-30 (ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ ޗާޓަރު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
2 ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ނ) އަދި (ރ) އުނިކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ބ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމާއި، އެއާ ގުޅިގެން މި ގާނޫނުގެ ދަށުން ތަންފީޛުކުރަންޖެހޭ އެއްވެސް ކަމަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އަމަލުކުރުން ލާޒިމެއް ނޫނެވެ.
(ޅ) މި ގާނޫނުގެ 12 ވަނަ މާއްދާއަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އަމަލުކުރުން ލާޒިމެއް ނޫނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދު ހެދުން 41.
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު (ގާނޫނު ނަންބަރު 2024-30)
ކިޔުންތެރިންގެ ހިޔާލު