-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދު

(ގާނޫނު ނަންބަރު 2025-118)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 ޑިސެމްބަރު 2025 ގައި)

(މި ގަވާއިދުގެ 75 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2020-06 އާއި ގަވާއިދު ނަންބަރު 2020-07 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޓަކައި އުފައްދަންޖެހޭ ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ބައިއިލެކްށަންތައް ބޭއްވުމަށް ޓަކައި، ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56-6 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބު ހިންގައި ބެލެހެއްޓުން

(ހ) ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، އިލެކްށަންސް ކޮމިށަނުންނެވެ.

(ށ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ކަމެއް ކުރުމަށް ޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން، އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިންތިހާބާ ގުޅޭ އެހެން ކަމެއްގެ އެހީތެރިކަމަށް އިލެކްށަންސް ކޮމިށަނުން އެދިއްޖެ ނަމަ، އެ އެދުނު ކަމެއް ކުރުމަށް ޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.

(ރ) އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ހޯދުމުގައި ސިވިލް ސަރވިސް ކޮމިށަނުން އިލެކްށަންސް ކޮމިށަނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެއެވެ. އަދި މިފަދައިން އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މީހުން ޒިންމާދާރުކުރުވައި، އެ މީހުންނާމެދު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ސިވިލް ސަރވިސް ކޮމިށަނުގެ ޒިންމާއެކެވެ.

 

3 ވަނަ މާއްދާ - އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީ

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ހޯދުމަށާއި މަށްވަރާކުރުމަށް "އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީ" އެއް އިލެކްށަންސް ކޮމިށަނަށް އުފެއްދިދާނެއެވެ.

(ށ) އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީގައި ހިމެނޭނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތްތަކެވެ.

(ނ) އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ރ) އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީގެ ބައްދަލުވުންތައް ރާވައި ހިންގާނީ، އިލެކްށަންސް ކޮމިށަނުންނެވެ.

(ބ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އަމަލުތައް ހުންނަ މެންބަރުން ކޮމިޓީން ވަކިކުރުމާއި، މެންބަރުން ބަދަލުކުރަން މުއައްސަސާތަކަށާއި ޕާޓީތަކަށާއި ޖަމުއިއްޔާތަކަށް އެންގުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުން

އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އިންތިހާބުގެ ކަންތައްތައް ހިންގުމަށް ޓަކައި ސިޓީ އަތޮޅު ރަށް އަވަށް އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ގައުމެއްގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުން އައްޔަނުކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

5 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންގެ މަސްއޫލިއްޔަތާއި ޒިންމާތައް

(ހ) އިންތިހާބުގެ މަސައްކަތްތައް ކުރަން އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިން، އެ މީހުންގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިން، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން، އިލެކްށަންސް ކޮމިށަނުން ދޭ ފޯމެޓަކާ އެއްގޮތަށް، އެ މަސައްކަތާ ބެހޭ ރިޕޯޓެއް އިންތިހާބު ނިމޭތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވައިފި ނަމަ، އެ ފަދަ ފަރާތްތަކާމެދު، ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ އެންމެ ފަހު މަހުގެ އުޖޫރަ، ދެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކޮމިށަނަށް ހުށަހެޅުމުންނެވެ.

 

6 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންގެ މުއްދަތު

މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ފޯކަލް ޕޮއިންޓުންގެ ތެރެއިން އިލެކްށަންސް ކޮމިށަންގެ ދާއިމީ މުވައްޒަފުން ފިޔަވައި، އެހެން މީހުން މަގާމުގައި ދެމިތިބޭނީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތައް ފޯކަލް ޕޮއިންޓުންގެ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން އެ ފޯކަލް ޕޮއިންޓެއްގެ މަސައްކަތް ނިމުނުކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހަކާ ހަމަޔަށެވެ.

 

7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ޓަކައި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި، އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ރަޖިސްޓަރީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހު ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު، އެ ސިޓީއެއް/ރަށެއްގެ ކައުންސިލުން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން ހަމަޖައްސަންވާނެއެވެ.

 

8 ވަނަ މާއްދާ - ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީގެ ކޮޕީ ފޮނުވުމާއި، ށަކުވާ ހުށަހަ ޅަން ހުޅުވައިލުން

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، އެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވައިލައިފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތަފުސީލު މައުލޫމާތު އެކުލެވޭ ރަޖިސްޓަރީގެ ކޮޕީއެއް ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ސުވާލެއް އޮތް ނަމަ، އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެ ފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް އެ ފަރާތްތަކަށް ފުރުސަތު ހުޅުވައިލަންވާނެއެވެ. މިފަދައިން ހުޅުވައިލާ ފުރުސަތުގައި ރަށާއި އަތޮޅާއި ސިޓީގެ ފޯކަލް ޕޮއިންޓުންނަށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ.

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަކުރުމަށް ޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ށަކުވާ ހުށަހެޅުމަށް ހުޅުވައިލާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ށަކުވާ ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި އެ ށަކުވާތަކާމެދު ކޮމިށަނުން ކަނޑައެޅި ގޮތެއް އެ މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަނުޖެހޭނަމަ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 10 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެ ފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ އިހުތިޔާރު، އެ ފަރާތަކަށް ލިބިގެންވެއެވެ.

(ޅ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 10 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން، މި މާއްދާގެ (ޅ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދު، މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީއާބެހޭ މައްސަލަތައް އިލެކްށަންސް ކޮމިށަނަށް ފޮނުވުން

ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އިލެކްށަންސް ފޯކަލް ޕޮއިންޓް މެދުވެރިކޮށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ދުވަހުން ދުވަހަށް އިލެކްށަންސް ކޮމިށަނަށް ފޯކަލް ޕޮއިންޓުން ފޮނުވަމުން ގެންދަންވާނެއެވެ.

 

10 ވަނަ މާއްދާ - ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ރަޖިސްޓަރީއަށް ބަދަލުގެނައުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅިފައިވާ ށަކުވާއާއި، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ހުށަހަޅައިފައިވާ ށަކުވާތަކާ ގުޅިގެން ގެންނަ ބަދަލުތައް ފިޔަވައި، އެހެން އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. މިގޮތަށް ލިޔުމުން ހުށަހަޅާ ބަދަލުތައް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ރަޖިސްޓަރީއަށް މީހަކު އިތުރުކުރެވޭނީ، ރަޖިސްޓަރީގައި ނަން ނެތިގެން، ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުން އެކަމާ ގުޅޭ މުއައްސަސާއަކުން އެކަން ކަށަވަރުކުރުމަށް ފަހުގައެވެ. އަދި މި ލިއުމުގައި ރަޖިސްޓަރީއަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި އުފަން ތާރީހާއި ޖިންސާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމަނައިފައި އޮންނަންވާނެއެވެ.
  2. ރަޖިސްޓަރީން މީހަކު އުނިކުރެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
  3. ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތެއް ބަދަލުކުރަން އެދި ހުށަހަޅައިފައިވާ ށަކުވާއާއެކު ރަޖިސްޓަރީއަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިއުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.

(ށ) މަރުވެފައިވާ މީހެއްގެ ނަން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީން އުނިކުރުމުގައި، ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ، މަރު ސާބިތުކުރި ލިޔުން، ރަށްވެހިންގެ ރަޖިސްޓަރީ ފަދަ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެކެވެ.

(ނ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހަޅާ ށަކުވާތަކާބެހޭ މައުލޫމާތާއި އެ ށަކުވާގެ ބާވަތާއި، އެ ށަކުވާއަކާމެދު އަމަލުކުރިގޮތް އެނގޭގޮތަށް، އިލެކްށަންސް ކޮމިށަނުން ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ބަދަލެއް ގެންނަންޖެހޭ ނަމަ އިލެކްށަންސް ކޮމިށަނުން އެ ރަޖިސްޓަރީއަށް އެ ބަދަލެއް ގެނެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް، އިލެކްށަންސް ކޮމިށަނުން، އެ ބަދަލުތައް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބަދަލު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އާންމުކޮށް ބެލޭނެގޮތަށް ބަހައްޓައިފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށް ވެސް ގެންނަންވާނެއެވެ.

(ޅ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލެވޭނީ، އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކުރާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނިފައިވާ މީހުންނަށެވެ.

(ކ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި އެ ރަޖިސްޓަރީ ސައްހަކަމަށް އެއްބަސްވެ، އިލެކްށަންސް ކޮމިށަނުންނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން، ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މިގޮތުން ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރަން ހުޅުވައިލާ މުއްދަތުގެ ތެރޭގައި ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ މަންދޫބަކު ސޮއިކުރަން ހާޒިރުނުވާ ނަމަ ބެލޭނީ، އެ ކެންޑިޑޭޓަކަށް ލިބުނު ފުރުސަތު ދޫކޮށްލީކަމަށެވެ.

 

11 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމާއި ބޭނުންކުރުން

(ހ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމާ ހަމަޔަށް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށް ބެލޭނެގޮތަށް ށާއިއުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މީހުންގެ ޒާތީ މައުލޫމާތު އެ ފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އެކަންޏެވެ. އަދި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް "މެނުވީ މި ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަގޮތެއްގައި ވިޔަފާރީގެ ބޭނުމަކަށް ޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށް ޓަކައި އެ މައުލޫމާތު ބޭނުންކުރުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓުދިނުމަށް ޓަކައި ރީ-ރަޖިސްޓަރީކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއް ވޯޓުލާނެ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހަކު ވޯޓުދޭން ރަޖިސްޓަރީކޮށްފައިވާ ތަނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ބާއްވާ ބައި-އިލެކްށަންސްތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންނަށް ވޯޓު ލެވޭނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ގޮތެއްގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހަކު ވޯޓުދޭން ރަޖިސްޓަރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އެ މީހަކު ވޯޓުދޭން ބޭނުން ނަމަ، ވޯޓު ނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއްގައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީރަޖިސްޓަރީ ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިޒޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހަކު ވޯޓުލާނެ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެ މީހެއްގެ ދާއިމީ އެޑްރެހަށެވެ. އަދި ދާއިމީ އެޑްރެސް ނޫން އެހެން ތަނެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ މީހަކު ވޯޓުދޭން ބޭނުން ނަމަ، ވޯޓުނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއްގައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީރަޖިސްޓަރީ ކުރަންވާނެއެވެ.

(ބ) ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ތިބޭ މީހުން ވޯޓުލުމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމަކުން ވޯޓުލާން ރީ-ރަޖިސްޓަރީ ކުރަންވާނެއެވެ. ރީ-ރަޖިސްޓަރީކުރުމަށްފަހު އެ ތަން ފިޔަވައި އެހެން ތަނެއްގައި އެ މީހަކަށް ވޯޓެއް ނުލެވޭނެއެވެ.

(ޅ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި، ވޯޓުލުމުގެ ހައްގު، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ރަށްވެހިވެފައިވާ، ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށް ވެސް ލިބިގެންވެއެވެ.

(ކ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ބޭނުންކުރާނީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އެއް ރަޖިސްޓަރީއެވެ.

(އ) މި މާއްދާގައިވާ ގޮތުގެ މަތީން، ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި އެ ތަނަކީ އިލެކްށަންސް ކޮމިށަނުން ވޯޓު ފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއް ނަމަ، އެ ތަނެއްގައި ރަޖިސްޓަރީކުރަން، ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި، ރަޖިސްޓަރީކުރަން ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން ރަޖިސްޓަރީކުރަން ވާނެއެވެ. އަދި ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ އިންތިޒާމް، އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް އެ ތަނަކީ ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއް ކަމުގައި ވާންޖެހޭނެއެވެ. މިގޮތުން، ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ރަޖިސްޓަރީކުރަން ހުށަހަޅައިފައިވާ މީހުން އަމަލުކުރަންވީ ގޮތް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ވ) މި މާއްދާގައިވާ ގޮތުގެ މަތީން ރީ-ރަޖިސްޓަރީކުރާ ފަރާތްތަކުގެ ނަމާއި ޖިންސާއި، ދާއިމީ އެޑްރެހާއި، އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރާ ތަން އެނގޭނެ ގޮތަށް، އިލެކްށަންސް ކޮމިށަނުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި، ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައި ވެސް އެ މައުލޫމާތު ށާއިއު ކުރަންވާނެއެވެ.

(މ) މި މާއްދާގެ ބޭނުމަށް ޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ބަންދުގައި ތިބޭ މީހުން ރީ-ރަޖިސްޓަރީ ކުރުމަކީ އެ ބަޔަކު ބަލަހައްޓާ މުއައްސަސާއެއްގެ ޒިންމާއެކެވެ.

 

13 ވަނަ މާއްދާ - ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރަށް ރަޖިސްޓަރީވުން

(ހ). ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުލާން ރަޖިސްޓަރީކުރަން ޖެހޭނީ، ފުރަތަމަ ބުރުގައި ވޯޓުލާން ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުން ފަރާތްތަކާއި، 18 (އަށާރަ) އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރާނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ގޮތެއްގެ މަތީންނެވެ.

 

14 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެންވާ ގޮތް

ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެންވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާން އިއުލާނުކުރުން

(ހ). ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 9 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 9 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.

 

16 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުން

(ހ). ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 9 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހުންނަށް އެކަމަށް އެދި ހުށަހަޅަން، މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަން އަންގައި ކުރާ އިއުލާނުގައި، މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި، ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 15 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 17 ވަނަ މާއްދާގައިވާ އިންތިހާބަށް ކުރިމަތިލާން އެދޭއިރު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާ ނުލައި ކުރިމަތިލާ ފަރާތްތަކުން ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންތިހާބީ ދާއިރާގެ 50 (ފަންސާސް) މީހުންގެ ސޮއި ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ރ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އެކަކަށް 1 (އެކެއް) ކައުންސިލަށް ވުރެ ގިނަ ކައުންސިލަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ކައުންސިލެއްގެ 1 (އެކެއް) މަގާމަށް ވުރެ ގިނަ މަގާމަކަށް ވެސް ކުރިމައްޗެއް ނުލެވޭނެއެވެ.

(ބ) ލޯކަލް ކައުންސިލްތަކަށް ކުރިމަތިލައިފައިވާ ފަރާތަކަށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ ފަރާތަކަށް، ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ޅ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލާން އިލެކްށަންސް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި، އެއް ކައުންސިލަކަށް ކުރިމަތިލައިފައިވާ މީހަކަށް، ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ މީހަކަށް އޭނާގެ ނަން އަނބުރާ ގެނެސް، އެހެން ކައުންސިލަކަށް ކުރިމަތިލެވިދާނެއެވެ. އަދި 1 (އެކެއް) މަގާމަށް ކުރިމަތިލައިފައިވާ މީހަކަށް އޭނާގެ ނަން އަނބުރާ ގެނެސް، އެހެން މަގާމަކަށް ކުރިމަތިލެވިދާނެއެވެ.

 

17 ވަނަ މާއްދާ - އިދާރީ ފީ

(ހ) ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން އިދާރީ ފައިސާގެ ގޮތުގައި ދައްކަންޖެހޭ 1,500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ ދައްކާނީ، ދައުލަތަށް ފައިސާ ބަލައިގަތުމަށް ކަނޑައަޅައިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ ފީއަކީ، އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށްފަހު، އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫނެވެ.

 

18 ވަނަ މާއްދާ - ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތަކަށް ވުން.

(ށ) ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.

(ނ) ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު، 5 (ފަހެއް) އަހަރު ފާއިތުވެފައި ވުން.

(ރ) މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށް ވުން.

(ބ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

(ޅ) ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައި ވުން.

(ކ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ މީހަކު ކަމުގައި ވުން.

(އ) ޖިނާއީ އެއްވެސް ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހަކު ކަމުގައި ނުވުން.

(ވ) ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(މ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކޮށްދިންތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.

(ފ) މި މާއްދާގެ (އ) އާއި (މ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި ޖިނާއީ އެހެން ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކޮށްދިންތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

 

19 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް އެންގުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް އެންގުން އިންތިހާބަށް ކުރިމަތިވާން އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން، އިލެކްށަންސް ކޮމިށަނަށް ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އިލެކްށަންސް ކޮމިށަނުން އެ މީހަކަށް ލިޔުމުން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކެންޑިޑޭޓުންގެ ނަން އިޢުލާނުކުރުން

ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި އިންތިހާބީ ދާއިރާއަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނާ ބެހޭގޮތުން ކޮށްފައިވާ އިއުލާނު، އެ އިންތިހާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މީހުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

21 ވަނަ މާއްދާ - ނަން އަނބުރާ ގެންދިޔުން

އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުލުން އޮންނަ ތަނުގައި، ނަންތައް އިއުލާނުކުރުމުގެ ކުރިން ކޮންމެ ވަގުތަކު ވެސް، އެ މީހެއްގެ ނަން އެ އިންތިހާބަކުން އަނބުރާ ގެންދިޔުމުގެ އިހުތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން

(ހ) ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށް ޓަކައި، ގުރުއަތުލުން އޮންނަ ތަނާއި ތާރީހާއި ގަޑި ކެންޑިޑޭޓުންނަށް އެންގުމަށް ޓަކައި އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ނުވަތަ އެ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކެންޑިޑޭޓަކު މަންދޫބަކު އައްޔަނުކުރާ ނަމަ، މަންދޫބަކަށް އެ މީހަކު އައްޔަންކުރިކަމުގެ ލިޔުމާއި، އެ މަންދޫބުގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއެކު، ގުރުއަތު ނަގާ ތަނަކަށް އެ މީހަކު ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގައި، މަންދޫބުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

(ރ) ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރަން ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ އައްޔަނުކުރާ މަންދޫބަކު ހާޒިރުނުވެއްޖެ ނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.

 

23 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތާއީދު ހޯދަން މަސައްކަތްކުރުމުގެ މުއްދަތު

މި ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރަން، މަދުވެގެން 28 (އަށާވީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

24 ވަނަ މާއްދާ - ތާއީދު ހޯދަން މަސައްކަތްކުރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް، އެ މީހުންނަށް ތާއީދު ހޯދުމަށް، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 28 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ތާއީދު ހޯދަން މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 29 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2020/R-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާއި، ތާއީދު ހޯދަން މަސައްކަތްކުރުމުގައި އަމަލުކުރަން ކޮމިށަނުން ކަނޑައަޅާ އުސޫލުތަކަށް އަމަލު ކުރަންވާނެއެވެ.

(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވިޔަސް، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެކަމަށް ގަވާއިދު ނަންބަރު 2020/R-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަމަލުކުރަން ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުން

(ހ) ކޮންމެ ކެންޑިޑޭޓަކަށްވެސް، ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބު އައްޔަނު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަންދޫބު އައްޔަނުކުރުމުގެ ފުރުސަތު ލިބޭނީ، އިލެކްށަންސް ކޮމިށަނުން އެކަމަށް ޓަކައި އިއުލާނުކުރުމުން ދޭ މުއްދަތުގައި އެކަމަށް އެދޭ ކެންޑިޑޭޓުންނަށެވެ. މިކަމަށް އެދި ހުށަހަޅާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ.

(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި ގަވާއިދު ނަންބަރު 2020/R-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

27 ވަނަ މާއްދާ -ރާއްޖޭގެ ފަރާތްތަކުން އޮބްޒާވްކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރަން ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޫކުރެވޭނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އެކަމަށް އެދި ހުށަހަޅަން އިއުލާނު ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ރާއްޖޭގެ ފަރާތްތަކުގެ ކިބައިގައި ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ނ) ސިޔާސީ ޕާޓީތަކަށާއި ޖަމުއިއްޔާތަކަށާއި ޖަމާއަތްތަކަށް ދޫކުރާ އޮބްޒާވަރުންގެ ފާސް އެ ފަރާތްތަކުން އޮބްޒާވަރުންނަށް ދޫކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ރ) ސިޔާސީ ޕާޓީތަކަށާއި ޖަމުއިއްޔާތަކަށާއި ޖަމާއަތްތަކަށް އޮބްޒާވްކުރަން ފާސް ދޫކުރާނީ، ސިޔާސީ ކޮންމެ ޕާޓީއަކަށާއި ޖަމުއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލާން ބަހައްޓާ ވޯޓުފޮށީގެ އަދަދަށް ވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާނެ ގޮތަށެވެ.

 

28 ވަނަ މާއްދާ - ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން

(ހ) ބައިނަލްއަގުވާމީ ފަރާތްތަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތަ އެކަމަށް އިއުލާނުކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 26 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ ގަވާއިދުގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ށ) ބައިނަލްއަގުވާމީ ފަރާތްތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރުމަށް އެދޭ ހާލަތުގައި، ވޯޓުލާ މަރުކަޒަށް ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިށަރަކު ވެއްދުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނަށް ދެވިދާނެއެވެ.

ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިށަރަކު ހަމަޖައްސަން ބޭނުންވާ ނަމަ، އެ ފަރާތަކުން އެކަން ކުރިޔާލައި އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.

 

29 ވަނަ މާއްދާ - ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާބު މޮނިޓަރކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ މަސައްކަތް މޮނިޓަރުކުރަން ހަރަކާތްތެރިވެވޭނީ، އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމުން އެކަމަށް ދޭ މުއްދަތުގައި މޮނިޓަރކުރަން އެދޭ ފަރާތްތަކުގެ ތެރެއިން ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ ގަވާއިދުގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ށ) އިންތިހާބުގެ ކަންކަން މޮނިޓަރކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހަރަކާތްތެރިވާންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 41 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ނ) ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރުންގެ ފާސް ދޫކުރާނީ، އެއިން ކޮންމެ ފަރާތަކަށް އިންތިހާބުގައި ވޯޓުލާ ކޮންމެ ސަރަހައްދަކަށާއި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށް ވުރެ އިތުރުނުވާނޭ ގޮތަށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބްރޯޑްކާސްޓްކުރާ މީޑިއާތަކަށް ވޯޓުލާ މަރުކަޒުތަކުގައި، ޖާގަ އޮތް މިންވަރަކުން، ހަރަކާތްތެރިވުމަށް ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ހުއްދަ ދެވިދާނެއެވެ.

 

30 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި މޮނިޓަރުން އަމަލުކުރަންވީ ގޮތް

ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން

އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) އާއި، މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފި ނަމަ، ނުވަތަ ކުރަން އުޅޭކަން ކަށަވަރުވެއްޖެ ނަމަ، އެ އޮބްޒާވަރެއްގެ ނުވަތަ އެ މޮނިޓަރެއްގެ ނުވަތަ އެ މަންދޫބެއްގެ ފާސް ހިފަހައްޓައި، އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހުތިޔާރު، އެ ވޯޓުލާ މަރުކަޒުގެ އިސް ވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ މީހަކު އެ ކަމަށް އިޖާބަ ނުދީފި ނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް ބަދަލުކޮށް، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.

 

32 ވަނަ މާއްދާ - ވޯޓުލާން ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

(ހ) ވޯޓު ނަގަން ބޭނުންވާ ހުރިހާ ތަކެތި ވޯޓު ނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން، ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަންވާނެއެވެ.

(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި އެ މަރުކަޒެއްގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަންވާނެއެވެ.

(ނ) ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ހުރިހާ އޮފިށަލުންނާއި، ވޯޓު ގުނުމުގައި ބައިވެރިވާ ހުރިހާ އޮފިށަލުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން، އިގުރާރުގައި ސޮއިކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުމާއި ވޯޓުފޮށި ބެހެއްޓުން

ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައި ތިބި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ވޯޓުލާ ސަރަހައްދުކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުލާ ސަރަހައްދު ކަނޑައަޅައި، އަދި އެ ސަރަހައްދަށް ވޯޓު ދޭނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ވޯޓުލާ ގަޑިއަށް ބަދަލު ނުގެނައުން

ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެ ކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން، ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލާން މީހުން ނުކުންނަން ހުރަސްތަކެއް ދިމާވެގެންނޫނީ، ވޯޓުލާން ކަނޑައަޅައިފައިވާ ވަގުތަށް ބަދަލެއް ނުގެނެވޭނެއެވެ.

 

35 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި، ވޯޓު ނަގާ ދުވަހު ކުރުން މަނާ ކަންތައްތައް

ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ކަންތައްތައްކަމަށް ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލާ މަރުކަޒަށް ވޯޓު ލާން ވަންނަ މީހަކު، ނޫކުލައިގެ ދެލީގެ އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް، ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި، އަތްދަބަހާއި އަޑު ރިކޯޑުކުރެވޭ ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި، ފައިލް ފަދަ، ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލޭ އެއްވެސް ވަސީލަތެއް، ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.

 

36 ވަނަ މާއްދާ - ވޯޓިންގ ބޫތު

(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، ވޯޓުކަރުދާހުގައި ފާހަގަޖަހަން މަދުވެގެން 1 (އެކެއް) ބޫތު ހުންނަންވާނެއެވެ.

(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.

(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށާއި މޮނިޓަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް (ވޯޓު ކަރުދާހުގެ ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް) އޮފިށަލުންނަށާއި އޮބްޒާވަރުންނަށާއި މޮނިޓަރުންނަށް ފަސޭހައިން ފެންނަގޮތަށް ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.

 

37 ވަނަ މާއްދާ - ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު

(ހ) އިލެކްށަންސް ކޮމިށަނުން ފާސްކޮށްފައިވާ، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުން އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ.

(ށ) ވޯޓުލާ މަރުކަޒަކަށް ވޯޓުލާން ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދާއި، ދާއިރާގެ އަދަދަށް ރިއާޔަތްކޮށް ވޯޓު ގުނުން ދެ ސެޓަޕްގައި ކުރިޔަށްގެންދާ މަރުކަޒުތަކުގައި، ދެވަނަ ސެޓަޕްގައި އިސް ވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާނީ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިއާއެވެ.

(ނ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން، އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް ކުރާ އަމަލަކަށް ޒިންމާވާންޖެހޭނީ އެ މީހެކެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލެއް ކޮށްފި ނަމަ، އެ މީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - ވޯޓު ކަރުދާހާއި ވޯޓުލާ މަރުކަޒަށް ފޮނުވާ ތަކެތި ބެލެހެއްޓުން

އިލެކްށަންސް ކޮމިށަނުން އެކި ތަންތަނަށް ފޮނުވާ، ވޯޓު ކަރުދާހާއި ވޯޓުލާ މަރުކަޒަށް ފޮނުވަންޖެހޭ ތަކެތި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިން އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ފޮނުވާ ތަނެއްގައި އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުގެ ޒިންމާއެކެވެ. އަދި އެ ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން، ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރު ކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ވޯޓު ކަރުދާހާއި ވޯޓުލާ މަރުކަޒަށް ފޮނުވާ ތަކެތި ބެލެހެއްޓުން

ވޯޓުލާ މަރުކަޒަށް އައްޔަނުކުރާ ވެރިޔަކާ، އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން، ހަވާލުކުރާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ، ވޯޓު ނަގާ މަރުކަޒަށް އައްޔަނުކުރާ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާއެވެ.

(ހ) ތަމްރީނު ޕްރޮގުރާމު ފުރިހަމަކުރުން.

(ށ) ވޯޓުލާ ދުވަހުގެ ކުރިން، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރަން ކަނޑައަޅައިފައިވާ އޮފިށަލުންނާ ބައްދަލުކޮށް ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް އޮޅުންފިލުވައި ވަކިވަކި އޮފިށަލުންނާ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުން.

(ނ) ވޯޓުލާ މަރުކަޒަށް ގެންދާ ތަކެއްޗާ ހަވާލުވާ ވަގުތުން ފެށިގެން ވޯޓުފޮށްޓާއި ވޯޓުލާން ބޭނުންވާ ސާމާނާއި މުހިންމު ލިއެކިޔުންތަކާ ހަވާލުވުމާއި، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެއްޗާ ޒިންމާވުން.

(ރ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރުވުމާއި އެ ކަމާ ގުޅޭ އިންތިޒާމު ހަމަޖެއްސުން.

(ބ) ވޯޓުލާ ސަރަހައްދާއި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާއިރު ހުރިހާ ފަރާތްތަކާ ރީތި ބަހުން މުއާމަލާތުކުރުން.

(ޅ) ވޯޓު ނަގަން ފެށުމުގެ ކުރިން ވޯޓުލާ މަރުކަޒުގައި އާންމުކުރަންޖެހޭ ކެންޑިޑޭޓުންގެ ލިސްޓާއި ޕޯސްޓަރުތަކާއި ލޭބަލްތައް ތަތްކޮށްފައިވާކަން ޔަގީންކުރުމާއި، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ވޯޓުލާން އަންނަ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓައިފައި ހުރިކަން ކަށަވަރުކުރުން.

(ކ) މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވޯޓުލާ މަރުކަޒުގައި އިންތިހާބުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(އ) ވޯޓުލާން ފެށުމުގެ ކުރިން އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނިޓަރުންނަށް ދޭންޖެހޭ އިރުށާދުތައް ދިނުން.

(ވ) ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އެދިއްޖެ ނަމަ، ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހުންނަށް ދެވެންހުރި މައުލޫމާތުތައް ދިނުން.

(މ) ވޯޓުލާ ސަރަހައްދުގައި ހަރަކާތްތެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންނަކީ ހުއްދަ ލިބިގެން އެ ތަނުގައި ހަރަކާތްތެރިވާ ބައެއްކަން ކަށަވަރުކުރުމާއި، އެއްވަގުތެއްގައި، އެއް ޕާޓީއަކަށް ނުވަތަ އެއް މީޑިއާއަކަށް ނުވަތަ އެއް ކެންޑިޑޭޓަކަށް ނިސްބަތްވާ 1 (އެކެއް) ފަރާތަށް ވުރެ ގިނަ ފަރާތްތަކުން، ވޯޓުލާ މަރުކަޒުގެ ތެރެއަށް، ނުވަންނަކަން ކަށަވަރުކުރުން.

(ފ) ސެކިއުރިޓީ އުރަ 1 ކަނޑައި، ވޯޓު ކަރުދާހުގެ އަދަދުތައް ޗެކްކުރުމުގެ ކުރިން، ވޯޓުލާ ސަރަހައްދުގައި އޮބްޒާވަރަކު ނުވަތަ މޮނިޓަރަކު ނުވަތަ އެ ވޯޓުލާ މަރުކަޒަކަށް ކަނޑައެޅިފައިވާ މަންދޫބަކު ހުރިތޯ ބަލައި އެފަދަ ފަރާތެއް ހުރި ނަމަ، ވޯޓުލާ މަރުކަޒަށް ވަންނަން އިރުށާދު ދިނުން.

(ފ) ވޯޓުލާން ފެށުމުގެ މަދުވެގެން 30 (ތިރީސް) މިނެޓުގެ ކުރިން ސެކިއުރިޓީ އުރަ ކަނޑައި، މަރުކަޒަށް ލިބިފައިވާ ވޯޓު ކަރުދާހުގެ އަދަދާއި، ސެކިއުރިޓީ އުރައިގެ ބޭރުގައިވާ އަދަދާ ދިމާވޭތޯ ބަލައި، ވޯޓުކަރުދާސް ފޮނުވި ގޮތުގެ ތަފުސީލު ށީޓުގައިވާ އަދަދުތަކާ ވެސް އަޅައިކިޔައި، ޗެކްކޮށް އެއްވެސް މައްސަލައެއް އޮތް ނަމަ އިލެކްށަންސް ކޮމިށަނަށް އެކަން އެންގުމާއި، ވޯޓު ކަރުދާސް ހުރި އަދަދު ކަށަވަރުކުރުމަށްފަހު މަރުކަޒުގައި އެކަން އިއުލާނުކުރުން.

(ތ) ވޯޓު ނަގަން ފެށުމުގެ ކުރިން، ވޯޓުލާން އެންމެ ފުރަތަމަ އަންނަ 2 (ދޭއް) މީހުންނަށާއި، ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދޫބުން ތިބި ނަމަ، ކެންޑިޑޭޓުންގެ މަންދޫބުންނަށާއި، ހުއްދަދެވިފައިވާ އޮބްޒާވަރުންނަށާއި، މޮނިޓަރުންނަށް ވޯޓުފޮށި ހުޅުވައި ވޯޓުފޮށި ހުރީ ހުސްކޮށްކަން ކަށަވަރު ކޮށްދިނުމަށްފަހު ވޯޓުފޮށީގެ މަތި ރަނގަޅަށް ޖަހައި، 4 (ހަތަރެއް) ފަރާތުގައި ޕުލްޓައިޓް ސީލް އެޅުވުން.

(ލ) ވޯޓުލާން އެންމެ ފުރަތަމަ އަންނަ އެ މަރުކަޒަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 2 (ދޭއް) މީހުންގެ މައުލޫމާތު ކަށަވަރުކުރުމަށްފަހު، ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި އެ މީހުންގެ މައުލޫމާތު ފުރިހަމަކުރުން.

(ގ) ވޯޓުލާ މަރުކަޒަށް ވަންނަން ކޮމިށަނުން ހުއްދަކުރާ މީހުންނަށް ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުން، އެ ފުރުސަތު ތަނަވަސްކޮށްދިނުން.

(ޏ) ވޯޓުލާ މަރުކަޒަށް ކޮމިށަނުން މި މީހަކު ފޮނުވަންޖެހޭ ހާލަތެއްގައި، ކޮމިށަނުން ފޮނުވާ މީހަކަށް ވޯޓުލާ މަރުކަޒަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން. އެފަދަ މީހަކަށް އެ މަރުކަޒަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެއީ އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށްފަހުގައެވެ.

(ސ) ވޯޓުލާން ފަށަން ކަނޑައަޅައިފައިވާ ގަޑިއަށް ވޯޓުލާން ފެށިކަމާއި، ވޯޓު ލާން ނުފެށިއްޖެ ނަމަ، ވޯޓު ލާން ނުފެށުނު ސަބަބާއެކު ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތަކަށް ވަގުތުން އެކަން އެންގުން.

(ޑ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރިޔަށްދަނީ އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

(ޒ) ވޯޓުލާން އަންނަ މީހުންގެ ތެރެއިން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންކަމަށް ބުނާ މީހުންގެ ކިބައިގައި ނުކުޅެދުންތެރިކަން ހުރިކަން ކަށަވަރުކޮށް، ވޯޓުލުމުގައި އެހީތެރިޔަކު ބޭނުންކުރުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލުން އެ މީހަކަށް ދިނުމާއި، ފުރުސަތު ދެވުނު ފަރާތްތަކުގެ ކަމާބެހޭ މައުލޫމާތު "ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި" ނޯޓުކުރުން.

(ޓ) ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި ފާހަގަޖަހަން އެދިއްޖެ ހާލަތެއްގައި ޓެމްޕްލޭޓް ބޭނުންކުރަން އެހީތެރިޔާއަށް އިރުށާދު ދިނުން.

(ޔ) ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި ފާހަގަޖަހަން އެދިއްޖެ ހާލަތެއްގައި ބޫތަށާއި ވޯޓުފޮށްޓާ ހަމަޔަށް އެ ފަރާތެއް ގެންދަން އެހީތެރިވުން.

(ޕ) އެ މަރުކަޒަކަށް ވޯޓުލީ މީހުންގެ ޖުމުލަ (އަންހެން/ފިރިހެން ވަކިން) ކޮންމެ 1 (އެކެއް) ގަޑިއަކު މަރުކަޒުގައި އިއުލާނުކުރުމާއި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލުން ކޮމިށަނަށް އެ މައުލޫމާތު ފޮނުވަމުން ގެންދިއުމާއި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި އެކަން ފާހަގަކުރުން.

(ޖ) ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ވޯޓުލުމާ ގުޅޭގޮތުން، ވޯޓުލާން އަންނަ މީހުންނާއި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން ހުށަހެޅޭ ށަކުވާތައް ބަލައިގަނެ ވަގުތުން އެޅެންހުރި ފިޔަވަޅުތައް ވަގުތުން އެޅުމާއި، އަދި ވަގުތުން ހައްލުނުކުރެވޭ މައްސަލަތައް ރަށު/އަވަށު ފޯކަލް ޕޮއިންޓް ނުވަތަ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓުކުރަން އިރުށާދު ދިނުމާއި، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ހުށަހެޅޭ ށަކުވާތައް، ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ނޯޓުކުރުން.

(ޗ) ވޯޓުލާން އަންނަ މީހެއްގެ ނަން، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގެ ގޮތުގައި މަރުކަޒަށް ފޮނުވައިފައިވާ ރަޖިސްޓަރީގައި ހިމެނިފައިނުވާ ނަމަ، އިލެކްށަންސް ކޮމިށަނަށް އެކަން އެންގުމާއި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި އެކަން ފާހަގަކުރުން.

(ހހ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ވޯޓު ގުނުމުގައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުމާއި، މިކަން ކުރުމުގައި ބަލަންތިބޭ މީހުންނަށް އޮޅުންފިލުވައިދީ އެ މީހުންގެ ސުވާލުތަކަށް ޖަވާބުދިނުން.

(ހށ) ވޯޓުގެ ވަގުތީ ނަތީޖާ، ވޯޓުލާ މަރުކަޒުގައި އިއުލާނުކުރުމާއި، އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ގޮތެއްގެ މަތީން އިލެކްށަންސް ކޮމިށަނަށް އެ ނަތީޖާ ފޮނުވުން.

(ހނ) ވޯޓުލާ މަރުކަޒުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން (ބަންޑެލި ކަރުދާސް، ވަގުތީ ނަތީޖާ ށީޓް، ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު، ސެކިއުރިޓީ އުރައިގެ ބޭރުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތު، އޮފިށަލުންގެ ހާޒިރީ).

(ހރ) ވޯޓުލުމާއި، ވޯޓު ގުނުމުގެ މަސައްކަތް ނިމުމުން، ވޯޓު ކަރުދާސްތަކާއި، ވޯޓުލުމުގައި ބޭނުންކުރި ހުރިހާ ލިޔެކިޔުމެއް ބަންދުކޮށް، ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތްތަކާ ހަވާލުކުރުން.

(ހބ) ވޯޓުލާ މަރުކަޒުގައި، ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިއުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

(ހޅ) ވޯޓުލާ ވަގުތުގައްޔާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިޔަށްދާ ވަގުތުގައި ވޯޓުލާ މަރުކަޒާއި އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި މަސްލަހަތު ހިފަހައްޓަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ހކ) ވޯޓުލާ މަރުކަޒުގެ ސަރަހައްދުގައި އެއްވެސް މީހަކު ގަވާއިދާ ހިލާފު ކަމެއް ހިންގާ ނަމަ، ތިރީގައި މިވާ ގޮތަށް އަމަލުކުރުން.

  1. އެ ކަމެއް ރަނގަޅުކުރަން ނަސޭހަތްތެރިވުން.
  2. އެ އަމަލެއް ތަކުރާރުކުރާ ނަމަ، އިންޒާރުދިނުމަށްފަހު، ވޯޓުލާ މަރުކަޒުން ނެރުން (އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބެއް ނަމަ، ފާސް އަތުލުން).
  3. މަތީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުންކުރެ ގޮތަކަށް އަމަލުކޮށްފި ނަމަ، ކޯޑިނޭޓަރަށް އެކަން އެންގުމާއި، ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ނޯޓުކުރުން.
  4. ވޯޓުލާ ސަރަހައްދާއި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުމެއް ހިންގައިފި ނަމަ، އެކަން ހުއްޓުވަން ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދުން.
  5. ވޯޓުލާ ސަރަހައްދާއި ވޯޓުލާ މަރުކަޒުގައި ޖިނާއީ އެއްވެސް ކުށެއް ކުރާ ނަމަ އެ ކަމެއް ބަލައި ފިޔަވަޅުއަޅާނީ ދިވެހި ފުލުހުންގެ ހިދުމަތުން. މިފަދަ ހާލަތެއްގައި ވެސް އެ ކަމެއްގެ މައުލޫމާތު ކޯޑިނޭޓަރަށް ވަގުތުން އެންގުން.

(ހއ) ވޯޓުލާ ދުވަހު، ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެ ނަމަ، އިލެކްށަން ކޮމިށަނުން ކަނޑައަޅާ ކޯޑިނޭޓަރަކާ ގުޅައިގެން އެ މައްސަލައެއް ހައްލުކުރުން.

  1. ވެރިޔާ ނުވަތަ އެހީތެރިޔާގެ ފޯނު ނަންބަރު ބަދަލުވުން.
  2. ވޯޓުލާ މަރުކަޒަށް ފޮނުވައިފައިވާ ތަކެތީގެ ޗެކްލިސްޓުގައިވާ އެއްޗެއް މަދުވުން.
  3. ވޯޓުލާ މަރުކަޒުގެ އޮފިށަލަކު މަދުވުން ނުވަތަ އޮފިށަލަކާ ގުޅޭ މައްސަލައެއް ދިމާވުން.
  4. އޮބްޒާވަރަކާ ގުޅޭ މައްސަލައެއް ނުވަތަ މޮނިޓަރަކާ ގުޅޭ މައްސަލައެއް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބަކާ ގުޅޭ މައްސަލައެއް ދިމާވުން.
  5. އިންޓަރނެޓުގެ އެކްސެސް ނުލިބުމާއި ޓެބްލެޓާ ގުޅޭ މައްސަލައެއް ދިމާވުން.
  6. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ މައްސަލައެއް ދިމާވުން.

(ހވ) އިލެކްށަންސް ކޮމިށަނުން އިރުށާދު ދޭ ގޮތެއްގެ މަތީން، ތިރީގައިވާ ކަންކަން އިލެކްށަންސް ކޮމިށަނަށް ވަގުތުން ވަގުތަށް އަންގަމުން ގެންދިޔުން.

  1. ވޯޓު ނަގަން ފެށި ގަޑި.
  2. ވޯޓުފޮށި ބަންދުކުރި ގަޑި.
  3. އެ މަރުކަޒަކަށް ވޯޓުލީ އަންހެނުންގެ ޖުމްލަ އަދަދާއި ފިރިހެނުންގެ ޖުމްލަ އަދަދު (ކޮންމެ ގަޑިއަކު އެއްފަހަރު).
  4. ވޯޓު ގުނަން ފެށި ގަޑި.
  5. ވަގުތީ ނަތީޖާ އިއުލާނުކުރި ގަޑި.
  6. ވޯޓުލާ މަރުކަޒުގެ މަސްލަހަތު ގެއްލިއްޖެ ނަމަ، އެކަން.

(ހމ) ވޯޓު ނަގައި ނިމިގެން ވޯޓުފޮށި ބަންދުކުރުމަށްފަހު ލިބޭ 30 (ތިރީސް) މިނިޓުގެ ތެރޭގައި ބާކީ ވޯޓު ކަރުދާސް ހުރި ހުރިހާ ފޮތްތަކުގައި ކެންޑިޑޭޓް ނަންބަރުތައް ޖަހައިފައި ހުންނަ ފަރާތުގައި، ޕަންޗަރުން ޕަންޗުކުރުމަށްފަހު ސެކިއުރިޓީ އުރަ ބަންދުކުރިކަން ކަށަވަރުކުރުން.

(ހފ) ވޯޓު ނަގައި ނިމުމުން، ނަތީޖާ އިއުލާނުކުރުމަށްފަހު ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ސޮއިކުރަން މަޑުކޮށްދޭން، ވޯޓުލާ މަރުކަޒުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް އިރުށާދު ދިނުމާއި، ރިޕޯޓު ނިމުމުން، އެ ރިޕޯޓު ލިޔުނު މީހާއާއި އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމަށްފަހު، ވޯޓުފޮށީގެ ވެރިޔާ ސޮއިކޮށްފައި ވޯޓުލާ މަރުކަޒުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ރިޕޯޓުގައިވާ މައުލޫމާތުތައް ކިޔައިދިނުމަށްފަހު، އެ މީހުން ލައްވައި ސޮއިކުރުވުން.

(ހދ) ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، އިލެކްށަންސް ކޮމިށަނުގެ ހުއްދަޔާއެކު ވޯޓުލާ މަރުކަޒުތަކުގައި އޮފިށަލެއްގެ މަސްއޫލިއްޔަތު އެހެން އޮފިށަލަކާ ހަވާލުކުރުން ނުވަތަ އެ މަސައްކަތް ކުރެވޭނެ އެހެން އިންތިޒާމެއް ހަމަޖެއްސުން.

(ހތ) ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވޯޓު ނެގުމަށާއި ވޯޓު ގުނުމަށާއި ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް ޓަކައި، އިސްވެ ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެ ނަމަ، އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމެއް ކުރުން.

 

40 ވަނަ މާއްދާ - ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންނަށް އެހީތެރިވެދިނުން

(ހ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދަޔާއެކު، އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަކަމެކެވެ. އަދި މިކަމުގައި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަންވާނެއެވެ. އަދި ވޯޓުލުމުގައި އެހީތެރިވެދެނީ ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލަކު ކަމުގައި ނުވާ ނަމަ، އެހީތެރިވެދޭ މީހާ ވާންވާނީ އެ ވޯޓު ފޮށްޓަށް ވޯޓުލާން ރަޖިސްޓަރީވެފައިވާ މީހަކަށެވެ. އަދި މިގޮތުން އެ މީހަކަށް ވޯޓުލުމުގައި އެހީވެދެވޭނީ 1 (އެކެއް) ފަހަރުއެވެ.

(ށ) ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންކަމަށް ބަލައިގެން ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރުނުވާ މީހުން.
  2. ދެއަތް ބޭނުންނުކުރެވޭ މީހުން،
  3. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.

(ނ) ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ބަލައިގެން، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިޔަކު ބޭނުންކުރުމުގެ ފުރުސަތު، ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.

(ރ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 45-1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުލުމުގެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށް އިލެކްށަންސް ކޮމިށަނުން ބޭނުންވާ އެހީތެރިކަން، އިލެކްށަންސް ކޮމިށަނުން އެދޭ ގޮތެއްގެ މަތީން، ގުޅުންހުރި އިދާރާތަކުން ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލާން ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި އެފަދަ މީހުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީކުރަން އެދެންވާނެއެވެ.

 

41 ވަނަ މާއްދާ - ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން

(ހ) ވޯޓުލާން އަންނަ މީހާ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއްގެ ގޮތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ފޮޓޯ ޖަހައިފައިވާ ޑްރައިވިންގ ލައިސަންސް ކާޑު ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ، މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ، އޭނާ ގެންނަ ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނުގެ ސިފަޔާ އަޅައިބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

(ށ) ވޯޓުލުމުގެ ބޭނުމަށް އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގޮތުގައި، މޮބައިލް ފޯނެއްގެ އެއްވެސް ކާޑެއް ނުވަތަ ލިޔުމެއް، އަދި ޑިޖިޓަލް ލިޔުމެއްގެ ޕްރިންޓެއް ބަލައެއް ނުގަނެވޭނެއެވެ.

 

42 ވަނަ މާއްދާ - ވޯޓު ކަރުދާސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދޭންވާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގައެވެ.

 

43 ވަނަ މާއްދާ - ބާތިލު ވޯޓާއި، ބާތިލް ނުވާ ވޯޓު

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 56 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ވޯޓު ގުނުމުގައި، ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާތިލު ވޯޓެކެވެ.

  1. ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ފިޔަވައި އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު؛
  2. އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވާ ވޯޓު؛
  3. ވޯޓުދޭ މީހާ ވޯޓުދޭ ގޮތް އެނގޭ ގޮތަށް ދީފައިވާ ވޯޓު؛
  4. ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ގޮތަށް އެ ވޯޓެއް ދީފައިވާ ވޯޓު؛
  5. ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގަ ޖެހުން ފިޔަވައި އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނަމަ ނުވަތަ ލިޔުމެއް ލިޔެފައިވާ ނަމަ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ނަމަ، އެ ކަރުދާހުގައިވާ ވޯޓު؛
  6. އެ ކައުންސިލަކަށް ނުވަތަ އެ ކޮމިޓީއަކަށް، އެ އިދާރީ ދާއިރާއަކުން، ނުވަތަ އެ ރަށަކުން ނުވަތަ އަވަށަކުން، އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ނަމަ، އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލުވާނެއެވެ.
  7. ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު

(ށ) ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން، އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. މިފަދައިން އޮންނަ ވޯޓު ކަރުދާހުގައި އިންތިހާބު ކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށް ވުރެ މަދުން ރަނގަޅު ފާހަގަ ޖަހައިފައިވާ ނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ.

(ނ) ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓު ގުނުމުގެ އިސްވެރިޔާއެވެ.

(ރ) ސައްހަ ވޯޓުކަމުގައި ބަލާނެ މިންގަނޑުތައް އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

 

44  ވަނަ މާއްދާ - ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު

(ހ) ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާ ދެމެދު ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔެ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 58 ވަނަ މާއްދާގައިވާ މައުލޫމާތު ހިމަނައިގެން އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، ވޯޓު ގުނުމުގައި އިސްކޮށް ހުރި ފަރާތާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު، އިލެކްށަންސް ކޮމިށަންގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރާ ވަގުތު، ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، އެ ތަނުގައި ތިބެން ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބުމަށް ފުރުސަތުދީ، އެ ފަރާތްތައް ހާޒިރުވެތިބިތޯ، ވޯޓު ނަގާ ސަރަހައްދެއްގައި ތިބި އިލެކްށަންސް ކޮމިށަނުގެ އޮފިށަލުން ކަށަވަރު ކުރަންވާނެއެވެ. އަދި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ ސަރަހައްދާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމުގެ އިތުރުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ސޮއިކުރަން ދޭ ފުރުސަތުގައި، ކެންޑިޑޭޓެއްގެ މަންދޫބުން ސޮއިނުކުރިޔަސް، އެ ފަރާތްތަކަށް އެ ރިޕޯޓުގައި ސޮއިކުރަން ފުރުސަތު ދީފައިވާ ނަމަ، އެ ރިޕޯޓަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތް ފުރިހަމަކޮށްފައިވާ ރިޕޯޓެއް ކަމުގައި ބެލޭނެއެވެ.

 

45 ވަނަ މާއްދާ - އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދޫކުރުން

ކޯޓު އަމުރަކަށް މެނުވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.

 

46 ވަނަ މާއްދާ - ވަގުތީ ނަތީޖާ އިއުލާނުކުރުން

(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށްފަހު، މާލޭގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ނަތީޖާ ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ވަގުތީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަތީޖާ އިއުލާނުކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިއުލާނުކުރި ނަތީޖާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

 

47 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ، އިލެކްށަންސް ކޮމިށަނުން އާންމުކޮށް، އިއުލާނުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - މެންބަރުކަމަށް ހޮވޭ ގޮތް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، މެންބަރުކަމަށް ވާދަކުރާ މީހުންގެ ތެރެއިން އެ ކައުންސިލުގެ ނުވަތަ ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވާނީ ވޯޓު ދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތަރުތީބުން އެ ކައުންސިލަކަށް ނުވަތަ އެ ކޮމިޓީއަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އިންތިހާބީ ދާއިރާއަކުން، އެ މަގާމަކަށް ހޮވަންޖެހޭ މެންބަރުންގެ އަދަދު ހަމަވާވަރަށެވެ.

 

49 ވަނަ މާއްދާ - އިންތިހާބުވާ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކުރުން

ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، އިލެކްށަންސް ކޮމިށަނުން، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންވާނެއެވެ.

 

50 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިންތިހާބީ ދާއިރާއެއްގެ އިތުރު ބުރެއް ބާއްވަން ޖެހުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާ ނަމަ އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި މެންބަރުކަމަށް ކެންޑިޑޭޓަކު ހޮވެންދެން މިގޮތުގެ މަތީން ވޯޓު ނަގަމުން ގެންދާންވާނެއެވެ.

(ށ) އިންތިހާބުގެ އިތުރު ބުރުގައި ވޯޓުލެވޭ މީހުން އާންމުކުރުމުގައި، ވޯޓުލާ ދުވަހާ ހަމަޔަށް 18 (އަށާރަ) އަހަރު ފުރޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓަކު ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ކެންޑިޑޭޓުންގެ އަދަދު މަދުވުން ނުވަތަ އެއްވަރުވުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށް ވެފައި، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު، އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރު ނަމަ ނުވަތަ އެއަށްވުރެ މަދު ނަމަ، އެ އިންތިހާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީކަމަށް އިއުލާނު ކުރަންވާނެއެވެ. އަދި އަލުން އިންތިހާބު ކުރަންޖެހޭ މެންބަރުން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިންތިހާބުކުރުމަށް ޓަކައި އަލުން އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން އިއުލާނުކުރުމަށްފަހު، އިންތިހާބު ކުރަންޖެހޭ އަދަދަށް މީހުން ހޮވުމަށް ޓަކައި، މެންބަރުކަމަށް އެދި އަލުން ހުށަހެޅުމަށް، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މުއްދަތެއް ދޭންވާނެއެވެ.

 

52 ވަނަ މާއްދާ - އިންތިހާބަށް މީހަކު ކުރިމަތިނުލުން

އިންތިހާބަށް ކުރިމަތިލާން އިއުލާނުކުރުމުން އެއްވެސް މީހަކު އެ އިންތިހާބަށް ކުރިމަތިނުލައިފި ނަމަ، ނުވަތަ އެ ރަށަކުން ނުވަތަ އެ ސިޓީއަކުން އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރަށް އެ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިނުލައިފި ނަމަ، އަލުން އިންތިހާބުކުރަންޖެހޭ މެންބަރުން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިންތިހާބުކުރުމަށް ޓަކައި މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިއުލާނު ކުރަންވާނެއެވެ.

 

53 ވަނަ މާއްދާ - ބައި-އިލެކްށަން ބޭއްވުން

(ހ) ލޯކަލް ކައުންސިލްތަކުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެކަން އަންގާތާ، ލަސްވެގެން 183 (އެއްސަތޭކަ އައްޑިހަ ތިނެއް) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މެންބަރެއްގެ ބަދަލުގައި މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

(ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެކަން އަންގާތާ، ލަސްވެގެން 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

(ނ) ލޯކަލް ކައުންސިލްތަކުގެ މަގާމެއް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލުގެ ނުވަތަ ކޮމިޓީގެ އުމުރުގެ ބާކީ އޮތީ 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ނަމަ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް ނުވަތަ ކޮމިޓީއަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެއެވެ.

(ރ) ލޯކަލް ކައުންސިލުގެ މަގާމެއް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު، ކައުންސިލުގެ ނުވަތަ ކޮމިޓީގެ އުމުރުގެ ތެރޭގައި ހުސްވުމުގެ ސަބަބުން ބައްދަލުވުމެއް ބާއްވަން ބޭނުންވާ ގާނޫނީ އަދަދު، ހަމަވާ މިންވަރަށް މެންބަރުން ނެތް ނަމަ، އެންމެ ފަހުން ހުސްވި ގޮނޑި ހުސްވެއްޖެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގާތާ ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ކައުންސިލުން ނުވަތަ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން މެންބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްށަނުން އިންތިހާބުކުރެވޭ މެންބަރަކަށް، މެންބަރުކަމުގެ މަގާމުގައި ދެމިހުރެވޭނީ، އެ ކައުންސިލުގެ ނުވަތަ ކޮމިޓީގެ އުމުރު ހަމަވަންދެނެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތީން މެންބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްށަނާ ގުޅޭ އެންމެހައި ކަންކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

54 ވަނަ މާއްދާ - ވޯޓުގެ ސިއްރުކަން ޔަގީންކުރުން

ވަކި ވޯޓު ފޮށްޓަކަށް ވޯޓުލުމަށް ޓަކައި ރަޖިސްޓަރީކުރުމުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތެއް މެދުވެރިވާ ހާލަތްތަކުގައި ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށް ޓަކައި އެހެން ތަނެއްގައި ރަޖިސްޓަރީވާން ފުރުސަތު ދިނުމުގެ އިހްތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

55 ވަނަ މާއްދާ - މާލީ ބަޔާން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން އިންތިހާބާ ގުޅިގެން ކުރާ ހަރަދުތަކާ ގުޅޭ މާލީ ބަޔާން، އިލެކްށަންސް ކޮމިށަނަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

56 ވަނަ މާއްދާ - ސެކިއުރިޓީ އުރަތައް ކެނޑުން

ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް، އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި، އެ ވޯޓުކަރުދާސްތައް އަލުން ގުނިދާނެއެވެ:

(ހ) ވޯޓުލާ މަރުކަޒަކުން ފޮނުވައިފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ހެދުމުގައި އެއްވެސް މައްސަލައެއް އޮތްކަން އިލެކްށަންސް ކޮމިށަނަށް ފާހަގަވުން.

(ށ) ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުގީގުކުރަން ޖެހޭވަރުގެ ހެކި ހުރި ށަކުވާއެއް ކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ ތަހުގީގެއްގެ ބޭނުމަށް.

(ނ) ވޯޓުކަރުދާސް ލައި، ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކަނޑަން ށަރުއީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން.

(ރ) ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް، އިލެކްށަންސް ކޮމިށަނަށް ފެންނަ މިނޫން، އެހެން ހާލަތެއް މެދުވެރިވުން.

 

57 ވަނަ މާއްދާ - ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކެނޑުމުގައި އަމަލުކުރާނެ ގޮތް:

(ހ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑަންވާނީ، އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތަކުންނެވެ. މި ގޮތުން އައްޔަނުކުރާ މީހުން، އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާބެހޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތެއް އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް، ށަރުއީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން، މިއިން އިސްތިސްނާވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާ ނަމަ، އިންތިހާބަށް އެ ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން އީމެއިލަކުން، ނުވަތަ އެސް.އެމް.އެސް.އަކުން، ނުވަތަ ސިޓީއަކުން ނުވަތަ ފެކްސް މެސެޖަކުން، ސެކިއުރިޓީ އުރަ ކަނޑަން ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާ ނަމަ، އެކަމަށް ހާއްސަކޮށްފައިވާ ތަނަކަށް، އިންތިހާބުގެ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނުމުގެ ހުއްދަ ދޭންވާނެއެވެ.

(ރ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި، ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިއުން މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

  1. ވޯޓުލާ މަރުކަޒުގެ ނަންބަރު؛
  2. ސެކިއުރިޓީ އުރަ ކެނޑި ތާރީހާއި ވަގުތު؛
  3. ސެކިއުރިޓީ އުރައިގައި ހުރި ވޯޓުކަރުދާސްތައް ގުނަން ފެށި ގަޑިއާއި، ގުނައި ނިންމި ގަޑި؛
  4. ސެކިއުރިޓީ އުރަ އަލުން ބަންދުކުރި ގަޑި؛
  5. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތްކުރަން އައްޔަނުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  6. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތް ބަލަން އެއްވެސް ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވި ނަމަ، އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  7. ސެކިއުރިޓީ އުރައިގައި ހުރި ސައްހަ ވޯޓުކަރުދާހުގެ އަދަދު؛
  8. ސެކިއުރިޓީ އުރައިގައި ހުރި ބާތިލު ވޯޓުކަރުދާހުގެ އަދަދު؛
  9. ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދު؛
  10. ސެކިއުރިޓީ އުރަ ކެނޑި ސަބަބާއި، ކަނޑަން އެންގި ފަރާތުގެ މައުލޫމާތު.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދަން އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީއަކުން އެދިއްޖެ ނަމަ، އެ ރިޕޯޓުގެ ކޮޕީއެއް އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ދޫކުރަންވާނެއެވެ.

(ޅ) ސެކިއުރިޓީ އުރަ ކަނޑައި، ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާކަހަލަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއްގައި ނުވަތަ އެއްޗެއްގައި، އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި، އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.

 

58 ވަނަ މާއްދާ - ސެކިއުރިޓީ އުރަ އަލުން ބަންދުކުރުން

ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމުގެ ބޭނުން ސެކިއުރިޓީ އުރަ އަލުން ފުރިހަމަކުރުމަށްފަހު، ވޯޓުކަރުދާސް ބަންދުކުރަން ހާއްސަކޮށްފައިވާ ސެކިއުރިޓީ އުރައިގައި އަލުން ބަންދުކުރުން ބަންދުކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ދާއިމީ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންނާއި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދަން އައްޔަނުކޮށްފައިވާ ކޮމިޓީތަކާއި ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކު ރަން ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، ޓްރެއިނަރުންނާއި، އިންތިހާބާ ގުޅޭ މަސައްކަތް ހަވާލުކުރާ އެހެނިހެން ފަރާތްތައ،ް އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް ތަބާވާންވާނެއެވެ.

 

60 ވަނަ މާއްދާ - ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގައުމީ އިލެކްށަންސް އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލާން އިއުލާނުކުރުމާއެކު ކޮމްޕްލެއިންޓްސް ބިއުރޯ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، މަދުވެގެން 5 (ފަހެއް) މެންބަރުންގެ ގައުމީ އުފެއްދުން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެއެވެ. ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި، ބިއުރޯ ގާއިމުވެފައިވާ ތަނާއި، ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއި، ބިއުރޯ ހުޅުވައިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިއުލާނުކުރަން ވާނެއެވެ.

(ށ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އެކުލަވައިލުމުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭންވާނެއެވެ.

 

61 ވަނަ މާއްދާ - ރަށު/އަވަށު/ސިޓީ ފޯކަލް ޕޮއިންޓުން ށަކުވާ ބަލައިގަތުން

(ހ) ރަށު/އަވަށު/ސިޓީގެ ފޯކަލް ޕޮއިންޓަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، ދުވަހުން ދުވަހަށް، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް އެ ށަކުވާއެއް ފޮނުވަމުން ގެންދަންވާނެއެވެ. 

(ށ) މާލޭގައި ނަމަ، އިންތިހާބާބެހޭ މައްސަލަ ހުށަހަޅާނީ، ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނަށެވެ.

 

62 ވަނަ މާއްދާ - ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މުއްދަތު

(ހ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، އެ ބިއުރޯ އުފައްދާ ދުވަހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ އިތުރު ބުރު ނިމި، ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.

(ށ) އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތް ނަމަ، އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށް ޓަކައި ބިއުރޯގެ މުއްދަތު އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ.

 

63 ވަނަ މާއްދާ - ވޯޓު ނަގާގުނާ މަރުކަޒުގައި ހިނގާ ކަމަކާ ގުޅިގެން ށަކުވާ ހުށަހެޅުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ނަގާ/ގުނާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލައި، ކޮމްޕްލެއިންޓްސް އޮފިށަރުގެ ޒިންމާ އަދާކުރާނީ، ވޯޓު ނަގާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ އިސްވެރިޔާއެވެ. އަދި ވޯޓު ގުނާ މަރުކަޒުގެ އިސްވެރިޔާއެވެ.

(ށ) ވޯޓު ނަގާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ ކޮމްޕްލެއިންޓްސް އޮފިސަރެވެ. އޭނާއަށް ނުނިންމޭ މައްސަލަތައް ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ، ރަށު ފޯކަލް ޕޮއިންޓުން ނުވަތަ އިލެކްށަންސް ކޮމިށަނުންނެވެ.

(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ އިސްވެރިޔާ/ވޯޓު ގުނުމުގެ އިސްވެރިޔާ ނިންމާ ނިންމުންތަކާ ހިތްހަމަނުޖެހޭ ނަމަ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ.

 

64 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ، ފޯކަލް ޕޮއިންޓުން މެދުވެރިކޮށް، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، އިލެކްށަންސް ކޮމިށަނަށެވެ. މިގޮތުން އާންމުގޮތެއްގައި، ރަށްރަށުން ހުށަހަޅާ ށަކުވާތައް ހުށަހަޅާނީ، އެ ރަށެއްގައި ގާއިމްކޮށްފައިވާ ރަށު/އަވަށު ފޯކަލް ޕޮއިންޓަށެވެ. އަތޮޅެއްގައި ހިމެނޭ ރިޒޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެއާއި، ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ގައުމުތަކުން ވެސް ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަދި ވޯޓު ގުނުމުގައި ދިމާވާ މައްސަލަތައް ބަލައި، ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ، ވޯޓު ގުނުމުގެ އިސްވެރިޔާއެވެ.

(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތަކާއި އަތޮޅު ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނަށެވެ.

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، އިންތިހާބުތަކާ ގުޅޭ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ނަމަ އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ، ށަކުވާ ހުށަހަޅަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާ ނަމަ، އެ ފަރާތެއްގެ ތައްގަނޑު ޖަހައި، މަސްއޫލުވެރި ފަރާތެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މައްސަލައަކާމެދު، އަމަލުކުރި ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސަންވާނެއެވެ.

 

65 ވަނަ މާއްދާ - ށަކުވާތަކާއި މައްސަލަތައް ބެލުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓު ނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނަށާއި، ވޯޓު ނަގާ/ގުނާ މަރުކަޒުގެ ވެރިންނަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތައް ބަލައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ށަކުވާތަކަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.

 

66 ވަނަ މާއްދާ - ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ރަށު/އަވަށް ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތަކުގެ މައުލޫމާތު، ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މި ށަކުވާތައް ދަފުތަރުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުގެ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  2. ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގޭ ނަމަ، ކާޑުގެ ނަންބަރު؛
  3. ހުށަހެޅުނު ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސާއަކާއެކު)؛
  4. ހުށަހެޅި ށަކުވާއާ ގުޅިގެން އަމަލުކުރި ގޮތް ނުވަތަ ނިންމި ގޮތް.

(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ބަލައި އެޅެންހުރި ފިޔަވަޅެއް އަޅައި، ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގެ ކޮމްޕްލެއިންޓްސް ރިޕޯޓު، އަންގައިފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.

(ނ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، ރަސްމީ ނަތީޖާ އިއުލާނުކުރާތާ 12 (ބާރަ) ދުވަހުގެ ތެރޭގައި ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އިލެކްށަންސް ކޮމިށަނަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.

 

67 ވަނަ މާއްދާ - ޯޓުކަރުދާސް ނައްތައިލުން

އިންތިހާބުގައި ބޭނުންކުރާ ވޯޓުކަރުދާހާއި، ވޯޓު ލާން ބޭނުންކުރާ ތަކެތި ނައްތައިލުމާމެދު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިހާބާބެހޭ މައްސަލައެއް ކޯޓަށް ހުށަހަޅައިފައި ނެތްކަން ކަށަވަރުކުރުމަށްފަހު ވޯޓު ކަރުދާހާއި ވޯޓުލާން ބޭނުންކުރި ތަކެތި ނައްތައިލުމާމެދު އިލެކްށަންސް ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.

 

68 ވަނަ މާއްދާ - ކުށާއި އަދަބ

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، އެ މާއްދާގެ ދަށުން އެ ފަރާތަކާމެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.

 

69 ވަނަ މާއްދާ - އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާބެހޭ ރިޕޯޓެއް، އިންތިހާބު ބާއްވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އެ ރިޕޯޓު އާންމުކުރަންވާނެއެވެ.

 

70 ވަނަ މާއްދާ - އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބޭނުމުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަޖިސްޓަރީވެފައިވާ އާބާދީ، އިލެކްށަންސް ކޮމިށަނުން ނަގަންވާނެއެވެ.

 

71 ވަނަ މާއްދާ -  ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން

މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

72 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމާއި އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާނުކުރުމާ ދެމެދު މި ގަވާއިދަށް އެއްވެސް އުނިއިތުރެއް ނުގެނެވޭނެއެވެ.

 

73 ވަނަ މާއްދާ - މާނަކުރުން

(ހ) "އިންތިހާބު" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިހާބުކުރަން ބާއްވާ އިންތިހާބުތަކާއި، އެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައިއިލެކްށަންތަކަށެވެ.

(ށ) "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށެވެ.

(ނ) "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށެވެ.

(ރ) "އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަށްވަރާކުރުމަށް، ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އުފައްދާ ކޮމިޓީއަށެވެ.

(ޅ) "ރީ-ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހަކު ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ރަޖިސްޓަރީވުމަށެވެ.

(ކ) "ވޯޓުލާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލާން ވޯޓު ފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓު ނަގައި ވޯޓު ގުނުމުގެ ކަންތައްތައް ކުރާނީ ވެސް މި މަރުކަޒުގައެވެ.

(އ) "ވޯޓިންގ ބޫތު" ކަމަށް ބުނެފައި އެވަނީ، ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ޓަކައި ބަހައްޓަން ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ.

(ވ) "އޮބްޒާވަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވްކުރަން އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

(މ) "މޮނިޓަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި ވޯޓު ގުނާ މަރުކަޒުތަކުގައި، ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރަން އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.

(ފ) "ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމަށް ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.

(ދ) "ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމަށް ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓަން ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުންނަށް ނުވަތަ އެކަމަށް ކޮމިށަނުން އައްޔަނުކޮށްފައި ތިބޭ މީހުންނަށެވެ.

(ދ) "ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓް ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ލިޔުންތަކަށެވެ.

(ތ) "ކޮމްޕްލެއިންޓްސް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.

(ލ) "ފޯކަލް ޕޮއިންޓު" ކަމަށް ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާއި، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ އެ ނޫން މަސައްކަތްތައް އެ ގައުމެއްގައި ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ.

(ގ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންތިހާބާ ކަންކަމުގައި ދުވަސް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

(ޏ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފުރަދުކޮށް ބޭނުންކޮށްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ބޭނުންކޮށްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

74 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

75 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2020-06 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2020-07 (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު) އުވުނީއެވެ.

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

އުވައިލެވޭ ގަވާއިދު

  1. ގަވާއިދު ނަންބަރު 2020-06 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު)
  2. ގަވާއިދު ނަންބަރު 2020-07 (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގަވާއިދު)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު