ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-23)
(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ޑިސެމްބަރު 2025 ގައި)
ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މިއީ، ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވައި އަދި އެ އިންތިހާބުގެ އެންމެހައި އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ގާނޫނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބަށް ކިޔާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބު" އެވެ. އަދި މި ގާނޫނުގެ ބޭނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އާންމު މާނައިގެ ތެރޭގައި އެއްވެސް ލޯކަލް ކައުންސިލެއްގެ އުމުރު ހަމަވުމުގެ ސަބަބުން ނޫންގޮތަކަށް، ލޯކަލް ކައުންސިލެއްގެ ގޮނޑިއެއް ނުވަތަ ގޮނޑިތަކެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް، ނުވަތަ އެ ގޮނޑިތަކަށް މެންބަރަކު ނުވަތަ މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްށަންވެސް ހިމެނޭނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އުނިކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސިޓީ ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު 6.
ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ސިޓީ ކައުންސިލްތައް އެކުލެވިގެންވަނީ އެ ގާނޫނުގައި ބަޔާންކުރާ އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަށު ކައުންސިލަށް 7.
ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އިންތިހާބުކުރަންޖެހޭ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ރަށު މެންބަރުންގެ އަދަދު ކައުންސިލްތައް އެކުލެވިގެންވަނީ އެ ގާނޫނުގައި ބަޔާންކުރާ އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26-1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ނުވަތަ 45 ވަނަ މާއްދާގެ (ށ) ގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި- އިލެކްށަން ބާއްވަންވާނީ އަހަރަކު 2 (ދޭއް) ފަހަރުއެވެ.
7 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
8 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)
ކޮންސޮލިޑޭޓެޑް ގާނޫނު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)
ކިޔުންތެރިންގެ ހިޔާލު