ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-20)
(މި ގާނޫނަށް އަމަލުކުރަން ފެށީ 11 ނޮވެމްބަރު 2025 ގައި)
ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަދާކުރަންވާނީ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) އާއި، މި ގާނޫނާއި، އެނޫންވެސް ކޯޓުތަކުގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ތަބާވުން ހިމެނޭ ގޮތުގެމަތިންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މިނިވަންކަމާއި މުސްތަގިއްލުކަން 4.
(ހ) ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވާ ބައެކެވެ.
(ށ) އަދުލު އިންސާފު ގާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ފަނޑިޔާރުންނަކީ، އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫނެވެ. އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެވެ.
(ނ) ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމުގައި ބަލައިގަނެ އެ އިހްތިޔާރާއި މިނިވަންކަމާއި ބާރު ފަނޑިޔާރުންނަށް ލިބެމުންދާކަން ކަށަވަރުކުރުމަކީ، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި އެނޫންވެސް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ލާޒިމުވެގެންވާ ކަމެކެވެ.
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެ ތަންތަނަކީ، ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހައުދުނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ދަރީއާއިންނާއި، އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސަލާމަތާއި ރައްކާތެރިކަން 13.
(ހ) ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެކެވެ.
(ށ) އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ.
(ނ) އުއްތަމަފަނޑިޔާރު ފިޔަވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، ގާނޫނު ނަންބަރު 1/2008 (ދިވެހިރާއްޖޭގެ ގާނޫނު) ގެ ދަށުން ހަދާ ކަމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.
(ރ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، އެ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އެ ވަގުތަކަށް ބޭނުންވާ މިންވަރަކަށް ރިއާޔަތްކޮށް ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން، ފަނޑިޔާރަކަށް ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ މިންވަރު ކަނޑައެޅުމާއި، އަދި އެ ފަނޑިޔާރަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލުތައް، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާއާއެކު ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލާ އުސޫލުގައި ފަނޑިޔާރުންނަށް ކުރިމަތިވެދާނެ ނުރައްކަލުގެ ހާލަތްތަކާއި، އެފަދަ ހާލަތްތައް ދެނެގަންނާނެ ގޮތްތަކާއި، ވަކިވަކި ފަނޑިޔާރުންނަށް އޮތް ރިސްކަށް ބިނާކޮށް އެ ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން ކަނޑައެޅުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ރިއާޔަތްކުރާނެ ކަންކަމާއި، ރިސްކް އޮތް ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ގޮތާއި، ރިސްކް ރިޕޯޓުކުރުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުގެ ދައުރު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އުނިކުރުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރުތައް އިތުރުކުރުން.
(1-ނ) ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޑިގްރީއެއް ހާސިލުކޮށްފައިނުވާ ފަނޑިޔާރުން، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، އެފަދަ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވާންވާނެއެވެ. އަދި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، އެ ޕްރޮގްރާމް ފުރިހަމަކޮށް ޑިގްރީ ހާސިލުކުރަންވާނެއެވެ.
(2-ނ) މި މާއްދާގެ (1-ނ) ގައި ބަޔާންކުރާ ގޮތުގެމަތިން އިސްލާމީ ށަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ށަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރުމުން، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތު އެ ފަނޑިޔާރެއްގެ ކިބައިގައި ފުރިހަމަވެއްޖެކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.
(3-ނ) މި މާއްދާގެ (1-ނ) ގައި، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މަގްބޫލު އުޒުރެއް ނެތި، އެފަދަ
ޕްރޮގްރާމެއްގައި ބައިވެރިވެފައިނުވާނަމަ ނުވަތަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށް ޑިގްރީ ހާސިލުކުރުމަށް އެ އަކުރުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މަގްބޫލު އުޒުރެއް ނެތި، ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލުކުރެވިފައިނުވާނަމަ، އެ ފަނޑިޔާރެއްގެ ކިބައިގައި މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތު ފުރިހަމަނުވާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ. އަދި އެ ހާލަތުގައި މި ގާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގެ ދަށުން އެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކަމުގައި ބެލެވޭނެއެވެ.
(4-ނ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށާއިރު ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތު ފުރިހަމަނުވާ ފަނޑިޔާރުން މި މާއްދާގެ (1-ނ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު މި މާއްދާގެ (2-ނ) ގެ ދަށުން ނުވަތަ މި މާއްދާގެ (3-ނ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ކަނޑައަޅަންދެން، އެ ފަނޑިޔާރުން މަގާމުގައި ދެމިތިބޭނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(3) ސުޕީރިއަރ ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ؛
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
(4) މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ؛
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (1-ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި މާއްދާގެ (ހ) އާއި (ށ) ވަނަ ނަންބަރުގެ ބޭނުމަށް ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް، ކުރިމަތިލާ މީހަކު، އެއިން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އޮފިސަރކަމުގެ މަގާމުގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވާނަމަ، އޭނާއަކީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއްކަމުގައި ބަލަންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 70 (ހަތްދިހަ) އަހަރު ފުރުމުން، އެމީހަކަށް ލިބިދޭނީ މި ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 70 (ހަތްދިހަ) އަހަރު ފުރުމުން، މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައެޅޭ އިނާޔަތްތަކެވެ. އަދި މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، އެ ފަނޑިޔާރަކަށް ލިބިދޭ އިނާޔަތްތަކަށްވުރެ މި މާއްދާގެ ދަށުން ލިބިދެވޭ އިނާޔަތްތައް މަދުނަމަ، މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، އެމީހަކަށް ލިބިދެވޭނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ އިނާޔަތްތަކެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރުމާއި އަމިއްލައަށް އެދިގެން މަގާމުން ވަކިވުން 27.
(ހ) ފަނޑިޔާރެއްގެ އުމުރުން 70 (ހަތްދިހަ) އަހަރުވުމުން މުސްކުޅިކުރެވޭނެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، އެ ކޮމިށަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
- ފަނޑިޔާރެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުން؛
- ފަނޑިޔާރުކަމުގެ މަގާމުގައި 15 (ފަނަރަ) އަހަރުވުން؛
- ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި، މަގާމުން ވަކިވާން ބޭނުންވުން.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަކި އަދަދެއްގެ ފައިސާގެ އިނާޔަތްތަކާއި އެހެނިހެން އިނާޔަތްތައް ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ ކޮމިށަނަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރު އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރުން؛
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ފަނޑިޔާރަކު އިސްތިއުފާ ދީފިނަމަ، މި މާއްދާގައި ބަޔާންކުރާ އިނާޔަތްތައް ލިބިއެއް ނުދެވޭނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ގާނޫނީ ވަކީލުކަމަށް ރުޖޫއަވުމަށްފަހު މަސްލަހަތު ފުށުއަރާ މަސައްކަތެއް ނުކުރުން 1-30.
(ހ) ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ ނުވަތަ އެއްވެސް ސަބަބަކާހުރެ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ، އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އެ ފަނޑިޔާރަކު، ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި 3 (ތިނެއް) އަހަރުދުވަހު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރެއްނުވެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގެ އިތުރުން، އެމީހަކު ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި އޭނާގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދެމިއޮތްހާ ހިނދަކު މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައިވެސް އަދި އެ މުއްދަތު ފާއިތުވުމަށްފަހުގައިވެސް، އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއްނުވެވޭނެއެވެ. އަދި، އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެނޫންވެސް މަސައްކަތެއް ނުކުރެވޭނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންވާ ހާލަތުގައި، މަގާމު ހުސްވުމުގެ ކުރިން އެ މަގާމަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތު ފުރިހަމަކުރުން 1-31.
(ހ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އުއްތަމަފަނޑިޔާރު ހިމެނޭގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިވާން ބޭނުންވެގެން އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައިފިނަމަ، އެ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން، އެ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮމިށަނުން ނިންމާ ހާލަތެއްގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ށ) ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިވާން ބޭނުންވެގެން އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ ފަނޑިޔާރު އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު ދިނުމަށް ކޮމިށަނުން ނިންމުމާއެކު، އެ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން، އެ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ކޮމިށަނުން ފުރިހަމަކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިވާން ބޭނުންވެގެން އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅާފައިވާ ހާލަތުގައި، އެ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން، އެ ފަނޑިޔާރުގެ މަގާމަށް އެހެން މީހަކު އައްޔަންކުރުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފެންނަކަމުގައި ކޮމިށަނުން ނިންމުމެއް ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޮމިށަނުން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުމެއް ނިންމާތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އެކަން، ޖުޑީށަލް ސަރވިސް ކޮމިށަނުން ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ކޮމިށަނުން ނިންމުމެއް ނިންމައި، މި މާއްދާގެ (ރ) ގެ ދަށުން އެކަން ކޮމިށަނުން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހިއްޖެކަމުގައި ބަލައި، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮމިށަނުން ހުށަހަޅާ މީހުންގެ ނަންތައް،މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުގެ ނިންމުން ރައީސުލްޖުމްހޫރިއްޔާއަށް އަންގާތާ 14 )ސާދަ( ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އަންގަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އެންގުމުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ އިޖުރާއަތުތައް އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފުރިހަމަކޮށްމ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އިޖުރާއަތުތައް ފުރިހަމަކޮށްމ ނިންމަންވާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތިންވަނަ ބާބު
ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އުނިކުރުން.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އުނިކުރުން
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިންވަނަ ބާބުގެ ފަހަތަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.
ހަތަރުވަނަ ބާބު
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު
ސުލޫކީ މިންގަނޑު ދެމެހެއްޓުން 1-40.
ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހަކު އެ މަގާމުގައި ދެމިހުރިހާ ހިނދަކު، ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ބާބުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ހިފަހައްޓައި، ފަނޑިޔާރުގެ އަމިއްލަ ހައިސި އްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައިމ،ެ އެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ދަމަހައްޓަންވާނެއެވެ.
މިނިވަންކަން ނެގެހެއްޓުން 2-40.
(ހ) އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ފަނޑިޔާރުގެ އަމިއްލަ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައި، ފަނޑިޔާރުގެ އަމަލުތައް ބަހައްޓަންވާނީ އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓޭނެ ފަދައަކުންނެވެ.
(ށ) އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓޭނެ ފަދައަކުން ފަނޑިޔާރުންގެ ސުލޫކު ހިފެހެއްޓުމުގައި އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ށަރީއަތް ހިންގުމާއި އަދުލު އިންސާފު ގާއިމުކުރުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް އަމަލުކުރުން؛ އަދި ގާނޫނުއަސާސީއާއި، ގާނޫނުތަކުގައާއި، މަތީ މަރުހަލާގެ ކޯޓުތަކުން ގާނޫނުގައިވާ ގޮތުގެމަތިން ނިންމާ ނިންމުންތަކުގައި ވަކިގޮތެއް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ށަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ރިއާޔަތްކުރުން؛
- ރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ވަކިފަރާތަކަށް ނުޖެހ،ި އަދި ވަކިފަރާތަކުން ކިޔާފާނެ ފާޑުކިޔުމަކަށް ނުވަތަ ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ނެތި، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަންކަން ނިންމުން؛
- އެއްވެސް ބާވަތެއްގެ ނުފޫޒެއް ހިނގިޔަނުދިނުމަށްޓަކައި، ފަނޑިޔާރުންނަކީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެ ތިބޭ ބަޔަކަށްވުން؛ އަދި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، ފަނޑިޔާރުންގެ މައްޗަށް ނުފޫޒެއް އަތުވެދާނެ އެއްވެސް ކަމެއް،ނުވަތަ އެފަދަ ނުފޫޒެއް އައުމަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ނުކުރުން؛
- ފަނޑިޔާރުންނަކީ މުޅި މުޖުތަމައުގެ ކިބައިން މިނިވަންވެ ތިބޭ ބަޔަކަށްވުން؛ ވަކިން ހާއްސަކޮށްމ ހަސްމުންގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށްވުން؛
- މިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދިނުން؛ އަދި އެފަދަ އަމަލެއް ކުރުމުގެ ފުރުސަތު އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ނުވަތަ އެހެން ފަރާތަކަށްވިޔަސް ނުދިނުން؛
- ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގައި ހަމައެކަނި އެމީހެއްގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބުރަވެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން އަމަލުކުރުން؛ އަދި ފަނޑިޔާރުންނަކީ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގައި އެހެން ފަނޑިޔާރުންނާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެނޫންވެސް އެންމެހައި ފަރާތްތަކުގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށްވުން؛
- ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމައަށް އެއްކިބާވެގެންވުން؛ ވެރިކަން ހިންގުމުގެ ބާރާ ދެމެދު ނުވަތަ ގާނޫނު ހެދުމުގެ ބާރާ ދެމެދު ނުވަތަ އެ ދެ ބާރުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ދެމެދު ގާނޫނު ހުއްދަނުކުރާ ނުވަތަ ފަނޑިޔާރުގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އެއްވެސް މިންވަރަކަށް ފަނޑިޔާރުން ނުބޭއްވުން؛
- ފަނޑިޔާރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރުގެ ނުވަތަ ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒެއް އޮތްކަމުގައި ނުވަތަ ވެރިކަން ހިންގުމުގެ ބާރާ ދެމެދު ނުވަތަ ގާނޫނު ހެދުމުގެ ބާރާ ދެމެދު ނުވަތަ އެ ދެ ބާރުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ދެމެދު ގާނޫނު ހުއްދަނުކުރާ ގުޅުމެއް ނުވަތަ ފަނޑިޔާރުގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އޮތްކަމުގައި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭފަދަ އެއްވެސް ކަމެއް ފަނޑިޔާރުގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ މަގާމުގެ ހައިސިއްޔަތުންވިޔަސް ނުކުރުން؛
- ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި، އެ ފަނޑިޔާރަކީ ވަކިފަރާތަކަށް ނުޖެހޭ، ތައައްސުބުން އެއްކިބާވެފައިވާ މިނިވަން ފަނޑިޔާރެއްކަން ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭފަދަ ގޮތަށް ފަނޑިޔާރުގެ އަމަލުތައް އަބަދުމެ ބެހެއްޓުން؛
- ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާގެ މަސައްކަތްތަކުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތެދުވެރިކަމާއެކު އަޅަމުންދިޔުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމާމެދު އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުމަށްޓަކައި އެ އިތުބާރާއި ޔަގީންކަން ގެއްލިގެންނުދާނެ ގޮތަކަށް ކޮންމެ ފަނޑިޔާރެއްގެވެސް އަމަލުތައް ބެހެއްޓުން؛ އަދި ފަނޑިޔާރަކަށް ކުރެވޭ އިތުބާރާއި ޔަގީންކަން ގެއްލިގެންދާނެކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން ދުރުހެލިވުން.
ވަކިފަރާތަކަށް ނުޖެހުން 3-40.
(ހ) ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއްގެ އެއްވެސް މަރުހަލާއެއްގައި އެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގައި، އަދި އެ ނިންމުމަށް ވާސިލުވުމުގައި ހިނގައިދާ އެންމެހައި ކަންކަމުގައި، ފަނޑިޔާރުގެ އަމަލުތައް ބަހައްޓަންވާނީ ވަކިފަރާތަކަށް ނުޖެހ،ި ފުރިހަމަ މުސްތަގިއްލުކަންމަތީގައެވެ.
(ށ) ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަން ހިފަހައްޓައި ދެމެހެއްޓޭނެ ފަދައިން ފަނޑިޔާރުންގެ ސުލޫކު ހިފެހެއްޓުމުގައި އަންނަނިވި އު ސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ވަކިފަރާތަކަށް ނުޖެހ،ި ތައައްސުބުން އެއްކިބާވެހުރ،ެ ފުރިހަމަ މުސްތަގިއްލުކަމާއެކު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން؛
- ފަނޑިޔާރަކީ އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއަކީ ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު މަސައްކަތްކުރާ ފަރާތްތަކެއްކަމުގެ އިތުބާރު އާންމުންނާއި، ގާނޫނީ އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، މައްސަލަތަކުގައި ހިމެނޭ ހަސްމުންގެ މެދުގައި އަށަގަންނާނެ ފަދައަކުން އަދި އެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށްމ ކޯޓުގައާއި ކޯޓުން ބޭރުގައި ފަނޑިޔާރުންގެ އަމަލުތައް ބެހެއްޓުން؛
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގެ ނުވަތަ މައްސަލައެއްގައި ފައިސަލާކުރުމުގެ އަހުލިއްޔަތު ފަނޑިޔާރުގެ ކިބައިން ގެއްލިގެން ހިނގައިދާނެ އެންމެހައި ކަމަކުން ނުވަތަ މައްސަލައެއް ބެލުމުން ނުވަތަ މައްސަލައެއްގައި ފައިސަލާކުރުމުން ތަނާޒުލުވާންޖެހިދާނެ އެންމެހައި ކަމަކުން ދުރުވެހުރުން؛
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް މައްސަލައަކާ ގުޅޭގޮތުން، އެ މައްސަލައެއްގެ ހުކުމަށް އެއްވެސް އަސަރެއް ކޮށްފާނެފަދަ ނުވަތަ އިންސާފުވެރިކަމާއެކު އެ މައްސަލައެއް ބެލުމަށް ހުރަސްއެޅިދާނެފަދަ ލަފައެއް ނުވަތަ މަށްވަރާއެއް ނުވަތަ ރައުޔެއް އާންމުނުކުރުން ނުވަތަ އެނޫން ގޮތަކުންވެސް އެއްވެސް ފަރާތަކަށް އެފަދަ ލަފައެއް ނުވަތަ މަށްވަރާއެއް ނުވަތަ ރައުޔެއް ނުދިނުން ނުވަތަ ހާމަނުކުރުން؛
- ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު މައްސަލައެއް ބަލައި ފައިސަލާކުރެވިދާނެކަމަށް ފަނޑިޔާރަށް އަމިއްލައަށް ގަބޫލުނުކުރެވޭނަމަ ނުވަތަ ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު ފަނޑިޔާރަކަށް މައްސަލައެއް ބަލައި ފައިސަލާކުރެވިދާނެކަމަށް ސަބަބުވެރި މީހަކަށް ގަބޫލުނުކުރެވޭނަމަ، އެފަދަ އެންމެހައި މައްސަލަތަކުން ފަނޑިޔާރު ތަނާޒުލުވުން؛
(ނ) މައްސަލައެއް ބެލުމުން ފަނޑިޔާރުން ތަނާޒުލުވާންވާނެ ހާލަތްތަކާއި، ތަނާޒުލުވުމުގައި ފަނޑިޔާރުން އަމަލުކުރަންޖެހޭ އިޖުރާއަތު މި ގާނޫނުގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން 4-40.
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ ހުރިހާ ވަގުތެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، އިހްލާސްތެރިކަން، މަތީ ދަރަޖައެއްގައި ހިފަހައްޓަންޖެހޭ ބައެކެވެ.
(ށ) ފަނޑިޔާރުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން، މަތީ ދަރަޖައިގައި ހިފެހެއްޓުމުގައި، އަންނަނިވި އު ސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ފަނޑިޔާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން ހުރީ އާންމު މިންގަނޑަކަށްވުރެ މަތީ މިންގަނޑެއްގައިކަން ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭހާ މަތީ މިންގަނޑެއްގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން ހިފެހެއްޓުމަށް އަބަދުމެ މަސައްކަތްކުރުން؛
- ފަނޑިޔާރުގެ ތެދުވެރިކަމާމެދު ނުވަތަ އަމާނާތްތެރިކަމާމެދު ނުވަތަ އިހްލާސްތެރިކަމާމެދު އާންމުން ސުވާލު އުފައްދައިފާނެ ހާލަތެއް މެދުވެރިވިޔަނުދިނުމަށް އަބަދުމެ މަސައްކަތްކުރުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރު އަށަގަނެ، އެ އިތުބާރު ދެމެހެއްޓިގެންދާނެ ފަދަ މަތީ ފެންވަރެއްގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން އަބަދުމެ ބެހެއްޓުން.
މަތީ ފެންވަރުގެ އަހްލާގު 5-40.
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، ހުރިހާ ވަގުތެއްގައިމެ ފަނޑިޔާރުންގެ އަހްލާގީ ސިފަތައް މަތީ ފެންވަރެއްގައި ހިފަހައްޓަންވާނެއެވެ.
(ށ) ންގެ އަހްލާގީ ސިފަތައް މަތީ ފެންވަރުގައި ހިފެހެއްޓުމުގައި، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ފަނޑިޔާރުގެ އަހްލާގީ ސިފަތައް ހުރީ އާންމު މިންގަނޑަކަށްވުރެ މަތީ މިންގަނޑެއްގައިކަން ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭހާ މަތީ މިންގަނޑެއްގައި ފަނޑިޔާރުގެ އަހްލާގު ހިފެހެއްޓުމަށް އަބަދުމެ މަސައްކަތްކުރުން؛
- ފަނޑިޔާރުގެ އަހްލާގާމެދު އާންމުން ސުވާލު ނުއުފައްދާނެފަދަ ބަޔަކަށްވުމަށް އަބަދުމެ މަސައްކަތްކުރުން؛
- އާންމު ރައްޔިތަކަށްވީތީ އެމީހަކަށް ކުރެވޭނެކަމަށް މުޖުތަމައު ގަބޫލުކުރ،ާ އެހެންނަމަވެސް ފަނޑިޔާރަކަށްވީތީ އެކަމެއް ކޮށްގެންނުވާނެކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން، ފަނޑިޔާރުގެ ރުހުމާއި އިހްތިޔާރުގައި ދުރުހެލިވުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތާއި ގަދަރާ އެކަށީގެންވާފަދަ މަތީ ފެންވަރެއްގައި ފަނޑިޔާރުންގެ އަހްލާގާއި ސުލޫކު އަބަދުމެ ބެހެއްޓުން؛
- ކޯޓުތަކުގައި ވަކާލާތުކުރަން އަންނަ ވަކީލުންނާއި އާންމު ރައްޔިތުންނާ ދެމެދު ފަނޑިޔާރު ބާއްވާ ގުޅުން، އެކަމުގެ ސަބަބުން ފަނޑިޔާރުގެ ކިބައިގައި ވަކިފަރާތަކަށް ހާއްސަކަމެއް ނުވަތަ ތައައްސުބެއް އޮންނަކަން ދޭހަނުވާ ގޮތަށް ބެހެއްޓުން؛
- ފަނޑިޔާރަކަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި މެނުވީ އެއްވެސް ސިފައެއްގައި ބޭނުންނުކުރުން ނުވަތަ ހާމަނުކުރުން؛
- ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާހާ ހިނދަކު، އެއްވެސް ބާވަތެއްގެ ގާނޫނީ މަސައްކަތެއް އެއްވެސް މިންވަރަކަށް ނުކުރުން؛
- ގާނޫނުއަސާސީއާ ފުށުނާރާހާ ހިނދަކު ފަނޑިޔާރުކަމުގެ ވަޒީފާގެ އިތުރުން އަންނަނިވި ކަންކަން ކުރުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފުށުއަރާކަމެއް ނޫނެވެ.
- ގާނޫނީ ދާއިރާއާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ލިޔުންތައް ލިޔުމާއި، ކިޔަވައިދިނުމާއި، ލެކްޗަރކުރުމާއި، އެނޫންވެސް އެފަދަ އިލްމީ މަސައްކަތްތައް ކުރުން؛
- ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތްތަކުގައި، މަގާމުގެ ހައިސިއްޔަތުން މުސްތަގިއްލު ކޮމިށަންތަކާއި ކޮމިޓީތަކުގެ މެންބަރުކަން ކުރުން؛
- ސަރުކާރުގެ ނުވަތަ ދައުލަތުގެ ކޮމިށަނެއް ނުވަތަ ކޮމިޓީއެއް ނުވަތަ ލަފާދޭ ބޯޑެއް ނުވަތަ އެނޫންވެސް ރަސްމީ ހައިސިއްޔަތެއް ލިބިގެންވާ މުއައްސަސާއެއްގެ މެންބަރުކަން މަގާމުގެ ހައިސިއްޔަތުން ކުރުމަކީ ފަނޑިޔާރުގެ ސިޔާސީ މުސްތަގިއްލުކަމާ ފުށުއަރާނެ ކަމެއް ކަމުގައިނު ވާނަމަ، އެފަދަ ތަނެއްގެ މެންބަރުކަން ކުރުން.
- ދައުލަތްތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ނިސްބަތްވާ ކޮމިށަނެއް ނުވަތަ ކޮމިޓީއެއްގެ މެންބަރުކަން ކުރުމަކީ ނުވަތަ އެފަދަ ތަނެއްގެ މަގާމެއް ފުރުމަކީ ފަނޑިޔާރުގެ މިނިވަންކަމާއި މުސްތަގިއްލުކަމާ ފުށުއަރާނެ ކަމެއް ކަމުގައިނުވާނަމަ، އަދި އެއީ ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްނޭޅޭނެ ކަމެއް ކަމުގައިވާނަމަ، އެފަދަ ތަނެއްގެ މެންބަރުކަން ކުރުން ނުވަތަ މަގާމެއް ފުރުން؛
- ފަނޑިޔާރުންގެ ޖަމްއިއްޔާތަކާއި، ފަނޑިޔާރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުގައި ބައިވެރިވުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތާއި ގަދަރަށާއި ފަނޑިޔާރުގެ މަގާމާއި ނަމަށް އުނިކަން ނާންނަފަދަ ގޮތަކަށް ކުރާ ކޮންމެ ކަމެއް ކުރުމާއި އަދި އެކަމެއް ކުރުމުގެ ސަބަބުން ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްނޭޅޭނެ ކޮންމެ ކަމެއް ކުރުން.
- ވަކި ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި ނުވަތަ ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ ގުޅޭގޮތުން، އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ ވަސިއްޔަތެއް ނުވަތަ މަންފާއެއް ނުވަތަ ރިށްވަތެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއް،ފަނޑިޔާރު ނުވަތަ ފަނޑިޔާރުގެ އާއިލާގެ އެއްވެސް މެންބަރަކު ނުހޯދުން ނުވަތަ ބަލައިނުގަތުން؛
- ވަކި ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި ނުވަތަ ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ ގުޅޭގޮތުން، އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ ވަސިއްޔަތެއް ނުވަތަ މަންފާއެއް ނުވަތަ ރިށްވަތެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއް ހޯދުމަށް ނުވަތަ ބަލައިގަތުމަށް ފަނޑިޔާރުގެ ދަށުން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ހުއްދަނުދިނުން އަދި އެފަދަ ކަމަކަށް މަގުފަހިނުކުރުން؛
- ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވުމަށްޓަކައި އެއްވެސް ހާލަތެއްގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެ، ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހިފައިވާކަން ދޭހަވާފަދަ އެއްވެސް އަމަލެއް ނުކުރުން؛ އަދި ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހުމަށް އެއްވެސް ފަރާތަކަށް ހިތްވަރު ނުދިނުން؛
- ފަނޑިޔާރަކީ އެއްވެސް ސިޔާސީ ނުފޫޒަކަށް ލެނބިފައިވާ ފަރާތެއް ނޫންކަން އާންމު ރައްޔިތުންނަށް ދޭހަވާނެ ފަދައަކުން، މަގާމުގެ ހައިސިއްޔަތުން ކުރާ އެންމެހައި ކަންކަމުގައިވެސް އަދި އާންމު ދިރިއުޅުމުގައިވެސް ފަނޑިޔާރުގެ އަމަލުތައް ބެހެއްޓުން؛ އަދ،ި ވަކި ކަމަކީ އާންމު ރައްޔިތުންގެ ނަޒަރުގައި ސިޔާސީ ކަމެއްކަމަށް ބެލެވިދާނެ އެންމެހައި ކަމަކުން ދުރުހެލިވުމަށް ހާއްސަ ސަމާލުކަމެއް ދިނުން؛
- ފަނޑިޔާރުންގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތަށް ހުރަސްއެޅޭ ގޮތަށް ގާނޫނީ މަސައްކަތްތައް ކޯޓުން ބޭރުގައި ނުކުރުމާއި، ގާނޫނީ މަސައްކަތަކާ ގުޅޭގޮތުން ގާނޫނީ ދާއިރާގެ ފަރާތްތަކާއެކު ކޯޓުން ބޭރުގައި ބައްދަލުނުކުރުން އަދި އެފަދަ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުން؛
- މިނިވަންކަމާއެކު ފިކުރުކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަމުގެ ހައްގާއި، އެއްވެއުޅުމުގެ ހައްގު އާންމު ރައްޔިތުންނެކޭ އެއްފަދައިން ފަނޑިޔާރުންނަށް ލިބިދީފައި ވީނަމަވެސް، އަދުލު އިން ސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތާއި ގަދަރާއި، އެ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރިކޮށް ދެމެހެއްޓޭނެ ފަދައަކުން އެފަދަ ހައްގެއްގެ ބޭނުންކުރުން؛
- ފަނޑިޔާރުގެ އަމިއްލަ މާލީ މަސްލަހަތުތަކާއި ފިޑިއުށަރީ މާލީ މަސްލަހަތުތަކުގެ މައުލޫމާތު ބަލަމުން ގެންދިޔުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް އަދި ފަނޑިޔާރުގެ ހައިސިއްޔަތުން ނިންމާ ނިންމުމަކަށް ފަނޑިޔާރުގެ އާއިލާގެ ފަރާތުން ނުވަތަ އާއިލީ ގުޅުން ފިޔަވައި އެނޫން އެއްވެސް ގުޅުމެއް އޮތް ފަރާތަކުން އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ނުދިނުން؛
- ފަނޑިޔާރުގެ އަމިއްލަ މަސްލަހަތެއް،ނުވަތަ ފަނޑިޔާރުގެ އާއިލާގެ މެންބަރެއްގެ މަސްލަހަތެއް،ނުވަތަ އެނޫން އެއްވެސް ފަރާތެއްގެ މަސްލަހަތެއް ކުރިއެރުވުމަށްޓަކައި ކޯޓާއި ކޯޓުގެ ހައިބަތު އެއްވެސް ގޮތަކުން ބޭނުންނުކުރުން؛
- ފަނޑިޔާރުގެ މައްޗަށް ނުފޫޒެއް ފޯރުވޭފަދަ ހާއްސަ ގުޅުމެއް ވަކިފަރާތަކާއެކު އޮތްކަމުގައި ނުދެއްކުން؛ އަދި އެފަދަ ގުޅުމެއް އޮތްކަމުގައި ދެއްކުމަށް އެހެން ފަރާތަކަށް ހުއްދަދީ، މަގުފަހިނުކުރުވުން؛
- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ހަސްމުންނާއި، އެނޫންވެސް ބޭނުންތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކާމެދު ށަރީއަތުގެ މަޖިލީހުގައާއި ކޯޓުގެ ތެރޭގައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރިވެތި އަހްލާގާއި އަދަބު އިހްތިރާމާއެކު މުއާމަލާތްކުރުން.
ހަމަހަމަކަން 6-40.
(ހ) ށަރީއަތުގެ ކުރިމަތީގައި އަދި އެއްވެސް މީހެއްގެ މައްޗަށް ށަރީއަތް ހިންގުމުގައި، އެންމެންނާމެދު ހަމަހަމަކަމާއެކު އަމަލުކުރުމަކީ އަދި ހަމަހަމަކަމާއެކު އަމަލުކުރެވޭކަން ކަށަވަރުކުރުމަކީ ފަނޑިޔާރުގެ މަސްއޫލިއްޔަތެކެވެ.
(ށ) ށަރީއަތުގެ ކުރިމަތީގައި އަދި އެއްވެސް މީހެއްގެ މައްޗަށް ށަރީއަތް ހިންގުމުގައި، އެންމެންނާމެދު ހަމަހަމަކަމާއެކު އަމަލުކުރުމަށްޓަކައި އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- މުޖުތަމައުގެ ފަރުދުންނަކީ އެކަކު އަނެކަކާ ތަފާތުކަމެއް ހުންނާނެ ބައެއް ކަމުގައާއި، އެ ތަފާތުކަމަކީ ކޮބައިކަމާއި އެ ތަފާތުކަމުގެ މަސްދަރުތައް ދެނެގަނެ އެކަމާމެދު ފަނޑިޔާރު އަހުލުވެރިވުން؛ އަދި މީހެއްގެ ނަސްލާއި، ކުލައާއި، ޖިންސާއި، އުފަންވީ ގައުމާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމާއި، އުމުރާއި، ނިސްބަތްވާ އާއިލާއާއި، އުފަން ރަށާއި، މާލީ ހާލަތާއި، އިޖްތިމާއީ ހާލަތާއި، ޒާތީ ދިރިއުޅުމުގެ ހާލަތާއި، އެފަދަ އެއްވެސް ކަމަކަށްމ އެއްވެސް މިންވަރަކަށް ފަނޑިޔާރު ރިއާޔަތްނުކުރުން؛
- ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވަކި މީހެއްގައި ހުރި ރިއާޔަތްކުރަންނުޖެހޭ ތަފާތަކަށް ބަލައި، އެމީހަކާމެދު އެއްވެސް މިންވަރެއްގެ އަދި އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް އަމަލުން ނުވަތަ ބަހުންވިޔަސް ނުގެންގުޅުން؛
- ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެންމެންނާމެދުވެސް އެއްހަމައަކުން ރިއާޔަތްކޮށް ކަންކުރުން؛ ހާއްސަކޮށް މައްސަލައިގެ ހަސްމުންނާއި، ހަސްމުން ތަމްސީލުކުރާ ވަކީލުންނާއި އެނޫންވެސް ފަރާތްތަކާއި، ހެކިބަސް ދިނުމަށް ހާޒިރުވާ ހެކިވެރިންނާއި، ކޯޓުގެ މުވައްޒަފުންނާއި، އެހެން ފަނޑިޔާރުންގެ ކިބައިގައި ހުންނަ ރިއާޔަތްކުރަންނުޖެހޭ ތަފާތަކަށް ބަލައި، އެ ފަރާތްތަކާމެދު އެއްވެސް މިންވަރެއްގެ އަދި އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއް ނުގެންގުޅުން؛
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅުންހުރި އެއްވެސް ފަރާތެއްގެ ކިބައިގައި ހުރި ރިއާޔަތްކުރަންނުޖެހޭ ތަފާތަކަށް ބަލައި، އެ ފަރާތްތަކުގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުމަށް ފަނޑިޔާރުގެ ދަށުން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ހުއްދަނުދިނުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިނުކުރުން؛
- ވަކި ކަމެއްގައި ހަމަހަމަކަން ގެންގުޅުމާމެދު ހިލާފު އުފެދިފައިވާ ކަންކަމާއި، ތަފާތުކުރުމަށް ގާނޫނު ހުއްދަކުރާ ކަންކަން ފިޔަވައި އެނޫން އެއްވެސް ތަފާތުކުރުމެއް،ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތެއް ގެންގުޅޭ ކަމުގައި އެ ފަރާތުގެ ބަހުން ނުވަތަ އަމަލުން ދޭހަވާނަމަ، ވަގުތުން އެކަމެއް ހުއްޓުވުން.
ގާބިލުކަމާއި ހުނަރު 7-40.
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ގާބިލުކަމާއި ހުނަރު ފަނޑިޔާރުގެ ކިބައިގައި އަށަގަންނުވައި، އެ ގާބިލުކަމާއި ހުނަރު ކުރިއަރުވައި ދެމެހެއްޓުމަށް ފަނޑިޔާރުން އަބަދުމެ މަސައްކަތްކުރަންވާނެއެވެ.
(ށ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ގާބިލުކަމާއި ހުނަރު ފަނޑިޔާރެއްގެ ކިބައިގައި އަށަގަންނުވައި، އެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމުގެ ގޮތުން އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.
- ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް،ފަނޑިޔާރު އަދާކުރަންޖެހޭ އެހެން އެންމެހައި ކަންކަމުގެ މައްޗަށް އިސްކޮށްމ އެހެން ހުރިހާ ކަމަކަށްވުރެ ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ފަނޑިޔާރުގެ ވަގުތާއި އަމަލުތައް ތަހްސީސްކުރުން؛
- ކޯޓުގައި އަދާކުރަންޖެހޭ ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން އެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެހެން ހުރިހާ ކަންކަމާއި، ކޯޓުގެ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިމެނޭގޮތުން، ފަނޑިޔާރުގެ ރަސްމީ އެންމެހައި މަސައްކަތްތައް ހަމައެކަނި ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ތަހްސީސްކުރުން؛
- ކޮންމެ ފަނޑިޔާރަކުމ،ެ އެމީހަކު ބެލުމަށް ހަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި، އަދުލުވެރިކަމާއި ގާބިލުކަމާއެކު ބަލައި ނިންމުމަށް މަސައްކަތްކުރުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި، ތަމްރީނާއި، ހުނަރު އަދި ސިފަތައް ހޯދައި، ލިބިގަނ،ެ އެކަންކަން ކުރިއެރުވުމަށް އެކަށީގެންވާ މިންވަރެއްގެ މަސައްކަތްކުރުމާއި، ފަނޑިޔާރުންގެ ގާބިލުކަމާއި ހުނަރު އިތުރުކުރުމަށް ތަނަވަސްކޮށްދެވޭ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގާނޫނަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައުލޫމާތާއި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދެމުންދާ ބައިނަލްއަގްވާމީ ހަމަތަކާއި އު ސޫލުތައް ދެނެގަނ،ެ އެކަންކަން ދިރާސާކުރަމުން ގެންދިޔުން؛
- ށަރީއަތުގެ އެންމެހައި އިޖުރާއަތެއްގައި ކޯޓުގެ ހުރުމަތާއި ގަދަރު ހިފަހައްޓައި، ހަސްމުންނާއި، ވަކީލުންނާއި، ހެކިވެރިންނާއި، މަގާމުގެ ހައިސިއްޔަތުން ފަނޑިޔާރު މުއާމަލާތްކުރަންޖެހޭ އެނޫންވެސް ފަރާތްތަކާމެދު ކެތްތެރިކަމާއި އިހްތިރާމާއި ގަދަރާއެކު މުއާމަލާތްކުރުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާތެރިވެ، އާންމުކޮށް އެންމެންނަށްވެސް ގަބޫލުކޮށް ބަލައިގަނެވޭފަދަ ގާބިލުކަމާއި ހުނަރުވެރިކަން ދެމެހެއްޓުން؛
- ފަނޑިޔާރަކަށްވީތީ ލިބިދީފައިވާ ބާރެއްގެ ބޭނުންކޮށްގެން ނުވަތަ އަމިއްލަ ހައިސިއްޔަތުންވިޔަސް، ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ނުބައްދަލު ކަމެއް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމާއި ހައިބަތާއި ގަދަރާ ނުބައްދަލު އެއްވެސް ކަމެއް ނުކުރުން.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތަރުވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަސްވަނަ ބާބު
މުސާރައާއި އިނާޔަތްތައް
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަވަނަ ބާބު
ފަނޑިޔާރުކަމުގެ މަސައްކަތާގުޅޭ އެހެނިހެން ކަންކަން
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަނޑިޔާރުކަމުގެ މަގާމުގައި ތިބެ ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން 44.
(ހ) މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ފަނޑިޔާރުން ކުރުން ހުއްދަކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ނުވަތަ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތަށް ބުރޫނާރާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުކަމާ ތައާރުޒުވާކަމެއް ނޫނެވެ.
(ށ) ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަހާ ހިނދަކު، ފަނޑިޔާރަކު އެއްވެސް ހާލަތެއްގައި ތިރީގައި ބަޔާންކޮށްފައިވާފަދަ މަސައްކަތެއް ކޮށްގެންނުވާނެއެވެ.
- ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން؛
- އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުން؛ މި މާއްދާގެ މި އަކުރުގެ މި ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 40-5 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން މި އުސޫލުން އިސްތިސްނާވާނެއެވެ.
- ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ނުވަތަ ހަސްމުން ތަމްސީލުކުރުމުގެ ގޮތުން އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރުން؛
- ލީގަލް ޕްރެކްޓިސްއެއް ނުވަތަ ލޯ ފާރމެއް ހިންގުން ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ނ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން މަގާމު ބަދަލުކުރުމަށް ފަނޑިޔާރު އެއްބަސްނުވާނަމަ އަދި އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، އެ ކޮމިށަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން 50.
(ހ) ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ނުވަތަ އަދުލު އިންސާފު ގާއިމުކުރުން ހަރުދަނާކުރުމުގެ ބޭނުމަށްމ ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެނަމަ، އެފަދައިން ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓު ބަދަލުކުރުމަށް އެ ކޮމިށަނަށް ނިންމިދާނެއެވެ. މިގޮތުން ބަދަލުކުރާނަމަ ބަދަލުކުރަންވާނީ، އެ ފަނޑިޔާރަކު މަސައްކަތްކުރަމުންދާ ކޯޓަކާ އެއް މަރުހަލާއެއްގެ ކޯޓަކަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން އެއްވެސް ނިންމުމެއް ނިންމަންވާނީ، ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމާމެދ،ު މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، އެ ކޮމިށަނުން އެކުލަވާލާ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހުގައެވެ.
(ނ) ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ނުވަތަ އަދުލު އިންސާފު ގާއިމުކުރުން ހަރުދަނާކުރުމުގެ ބޭނުމަށްމ ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރަންޖެހޭކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އަންނަނިވި އި ޖުރާއަތުތައް ފުރިހަމަކޮށްމ އެކަމާ ގުޅޭގޮތުން ރިޕޯޓެއް އެ ކޮމިށަނުން އެކުލަވާލަންވާނެއެވެ.
- ބަދަލުކުރަން އެދޭ ފަނޑިޔާރު އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލުން؛
- ބަދަލުކުރަން އެދޭ ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓުގެ އިސް ފަނޑިޔާރާއެކު ކަމާބެހޭ މަށްވަރާތައް ކުރުން؛
- ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގެ އިސް ފަނޑިޔާރާއެކު ކަމާބެހޭ މަށްވަރާތައް ކުރުން؛
- ފަނޑިޔާރު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުގެ ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ނުވަތަ ށަރުއީ ދާއިރާގެ އަދުލު އިންސާފު ގާއިމުކުރުމަށް އަންނާނެކަމަށް ލަފާކުރެވޭ އެދެވޭ ބަދަލުތަކުގެ އެސެސްމަންޓެއް ހެދުން.
(ރ) ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރަން ފެންނަކަމުގައި ބަޔާންކޮށްމ މި މާއްދާގެ (ނ) ގެ ދަށުން އެކުލަވާލާ ރިޕޯޓުގައި ހިމެނޭ ކަންކަން ފުރިހަމައަށް ދިރާސާކޮށްމ ކޮމިށަނުން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުން ގޮތެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ފަނޑިޔާރު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުގެ ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ނުވަތަ ށަރުއީ ދާއިރާގެ އަދުލު އިންސާފު ގާއިމުކުރުމަށް އެދެވޭ ބަދަލެއް ނުވަތަ ބަދަލުތަކެއް
އައުމުގެ ފުރުސަތު އޮތް މިންވަރު؛ - ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ފަނޑިޔާރުގައި ހުރި މިންވަރު؛
- ފަނޑިޔާރު ބަދަލުކުރުމުގެ ސަބަބުން ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓުގެ މަސައްކަތްތަކަށް ބުރޫއަރާނެ މިންވަރު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ކަންކަން.
(ޅ) އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށްމ ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ އެންމެހައި މަރުހަލާތަކުގެ މައްޗަށް ތަތުބީގުކުރަންޖެހޭ އު ސޫލުތަކާއި އިޖުރާއަތުތައް ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތުން؛
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ ސަބަބުން ފަނޑިޔާރުގެ އަދި ށަރުއީ ދާއިރާގެ މިނިވަންކަމަށް ނޭދެވޭ އަސަރެއް ނުކުރުން؛
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ މަރުހަލާތައް ދެފުށް ފެންނަ ގޮތަކަށް ވީހާވެސް ހާމަކަމާއެކު ހިންގުން؛
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ މަރުހަލާތައް ހިންގައި ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދިނުން.
(ކ) ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމަށް މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުން ނިންމައިފިނަމަ، އެފަދައިން ނިންމިކަން ވީ އެންމެ އަވަހަކަށް އެ ފަނޑިޔާރަށް އަންގައި، އެ ނިންމުމާމެދު ފަނޑިޔާރު ދެކޭ ގޮތް ހުށަހެޅުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ފަނޑިޔާރު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބަލައި، ކޮމިށަނުގެ ނިންމުން ބަދަލުކުރުމުގެ ނުވަތަ ދެމެހެއްޓުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަނޑިޔާރު އައްޔަންކުރެވިފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ވަގުތީގޮތުން ހަވާލުކުރުން 51.
(ހ) ވަކި ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާނަމަ، ނުވަތަ އެ ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އަދަދަށް އެ ކޯޓުގައި ފަނޑިޔާރުން ނެތްނަމަ، ނުވަތަ އެނޫންވެސް އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުން އާދަޔާ ހިލާފަށް ލަސްވެފައިވާ ސަބަބުތަކެއް ހުރިނަމަ، އަދި އެ މައްސަލަތައް ނިންމޭނީ އިތުރު ފަނޑިޔާރެއް އެ ކޯޓެއްގައި ށަރީއަތް ހިންގުމަށް ވަގުތީގޮތުން ހަމަޖައްސައިގެން ކަމުގައިވާ ހާލަތުގައި، އެ ކޯޓެއްގައި ނުނިމި ހުރި މައްސަލަތަކުގެ ށަރީއަތް ހިންގައި، އެ މައްސަލަތައް ނިންމުމަށް އެހެން ކޯޓަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކާ ވަގުތީގޮތުން ހަވާލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ނިންމިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން އެހެން ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށްމ މައްސަލަތައް ނިންމުމަށް ފަނޑިޔާރަކާ ހަވާލުކުރާނަމަ، އެފަދައިން ހަވާލުކުރެވޭނީ، އެ ފަނޑިޔާރަކު މަސައްކަތްކުރަމުންއައި ކޯޓާ އެއް މަރުހަލާއެއްގެ ކޯޓެއްގެ މައްސަލަތަކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން، ފަނޑިޔާރަކު އައްޔަންކުރެވިފައިވާ ކޯޓު ނޫން އެހެން ކޯޓެއްގައި ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް ހަވާލުކުރާނެ ފަނޑިޔާރެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
- ( ފަނޑިޔާރު އައްޔަންކުރެވިފައިވާ ކޯޓުގައި އެ ފަނޑިޔާރާ ހަވާލުކުރެވިފައިވާ މައްސަލަތަކުގެ ބާވަތާއި، އަދަދާއި، އެހެން ކޯޓެއްގެ މައްސަލަތައް އެ ފަނޑިޔާރާ ހަވާލުކޮށްފިނަމަ ފަނޑިޔާރު އައްޔަންކުރެވިފައިވާ ކޯޓުގެ މަސައްކަތްތަކަށް އޭގެ ސަބަބުން އަސަރުކުރާނެ މިންވަރު؛ އަދި
- ފަނޑިޔާރު ވަގުތީގޮތުން މަސައްކަތްކުރުމަށް ކަނޑައެޅޭ ކޯޓުގައި ހުރި މައްސަލަތަކުގެ ބާވަތާއި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތައް ނިންމޭނެކަމަށް ލަފާކުރެވޭ މުއްދަތާއި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް އެ ކޯޓުގައި ގާއިމުވެފައިހުރި މިންވަރު.
(ރ) ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް މި މާއްދާގެ ދަށުން ފަނޑިޔާރަކާ ވަގުތީގޮތުން ހަވާލުކުރެވޭނީ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުން، ފަނޑިޔާރުގެ ރުހުމާއެކު އެ މުއްދަތު އިތުރު 6 (ހައެއް) މަސްދުވަހަށްވުރެ ގިނަނުވާނެ ގޮތަކަށް އިތުރުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ޅ) މި މާއްދާގެ ދަށުން ވަކި ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް އެހެން ކޯޓެއްގެ ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް،މި ގާނޫނުގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލަ ހިނގަމުންދާ ގޮތް ރިޕޯޓުކުރުން 58.
(ހ) ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ އިސް ފަނޑިޔާރަށް އެ ފަނޑިޔާރަކު އަންގަންވާނެއެވެ. އަދި މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަދުވެގެން ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅޭ މިންވަރާބެހޭ މައުލޫމާތު، ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ކޯޓުގެ އިސް ފަނޑިޔާރުން ދޭންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުން 59.
(ހ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށްމ ޖުޑީށަލް ސަރވިސް ކޮމިށަނުން މަދުވެގެން ކޮންމެ 2 (ދޭޢް) އަހަރުން އެއްފަހަރު ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަންވާނެއެވެ.
(ށ) މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ޖުޑީށަލް ސަރވިސް ކޮމިށަނުން ވަޒަންކުރަންވާނީ، މި ގާނޫނުގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖުޑީށަލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަންނީ މިންގަނޑުތަކާއި އުސޫލުތަކުގެ މައްޗަށެވެ.
(ނ) ( މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ކޮންމެ ފަހަރަކު، އެ ވަޒަންކުރުމުގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ދަރަޖަތަކުގެ ތެރެއިން ދަރަޖައެއް ކަނޑައަޅަންވާނެއެވެ.
- ގާބިލު؛
- ގާބިލުކަން މެދުމިން؛
- ގާބިލުކަން މެދުމިނަށްވުރެ ދަށް؛
- ގާބިލު ނުވުން.
(ރ) މި މާއްދާގެ ދަށުން ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ޖުޑީށަލް ސަރވިސް ކޮމިށަނުން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރެއްގެ ފެންވަރު ވަޒަންކުރުމަށްފަހުގައި، މަސައްކަތުގެ ފެންވަރު ބެލެވުނު ގޮތާއި، މި މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅުނު ނަތީޖާއާއި، އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓުގެ ކޮޕީއެއް،އެ ފަނޑިޔާރަކަށް ދޭންވާނެއެވެ.
(ޅ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން ފަނޑިޔާރަކަށް ލިބުނު ނަތީޖާއަކ،ީ މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަޖަ ކަމުގައިވާނަމަ، އެ ފަނޑިޔާރެއްގެ ގާބިލުކަން ރަނގަޅުކުރުމަށް ފަނޑިޔާރު އިސްލާހުކުރަންވީ ކަންކަމުގެ އިރުށާދ،ު ޖުޑީށަލް ސަރވިސް ކޮމިށަނުން އެ ފަނޑިޔާރަކަށް ދޭންވާނެއެވެ. އަދ،ި ފަނޑިޔާރުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއް ފުރިހަމަކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެންނަނަމަ އެފަދައިން ފަނޑިޔާރު ފުރިހަމަކުރަންޖެހޭކަމަށް ފެންނަ ޕްރޮގްރާމްތަކުގެ އިރުށާދު ދޭންވާނެއެވެ.
(ކ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަޖަ ފަނޑިޔާރަކަށް ލިބިއްޖެނަމަ، ފަނޑިޔާރުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްކުރި ކޮމިޓީން އެކުލަވާލާ ރިޕޯޓުގެ މައްޗަށް ބިނާކޮށްމ އެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫންކަމުގައި ކަނޑައަޅައި މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމަންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫންކަމުގައި ކަނޑައަޅައި، މަގާމުން ވަކިކުރުމަށް ނިންމުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން ރިއާޔަތްކުރާނެ ކަންކަމާއި އަމަލުކުރާނެ އުސޫލުތައް،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ވ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަޖަ ފަނޑިޔާރަކަށް ވިދިވިދިގެން 2 (ދޭޢް) ފަހަރު ލިބިއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ނިންމިދާނެއެވެ.
- މުސާރައިގެ އިންކްރިމެންޓެއް ދިނުން؛
- އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުވާން ހުޅުވާލާ ފުރުސަތުތަކުގައި އިސްކަން ދިނުން؛
- ދަށު މަރުހަލާއެއްގެ ކޯޓަކުން މަތީ މަރުހަލާއެއްގެ ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ހާލަތުގައި، ފެންވަރު ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަކަށް ލިބުނު ނަތީޖާއަށް ރިއާޔަތްކުރުން؛ އަދި
- އިސް ފަނޑިޔާރު، އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ އިސް މެޖިސްޓްރޭޓްގެ މަގާމަށް އައްޔަންކުރުމުގައި އިސްކަން ދިނުން
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމާމެދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ށަކުވާއެއް ހުށަހަޅާފައިނުވާނަމަ ކޮމިށަނުން ނިންމާފައިވާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތު ގެ ފެންވަރު ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުމެވެ.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މާލީ ހިސާބު ހުށަހެޅުން 68.
(ހ) ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހ،ާ އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާގެ ކިބައިގައި ހުރި އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާވު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށްމ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހާ އެ މަގާމުގައި ދެމިހުރިހާ ހިނދަކު، ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ފާއިތުވީ އަހަރުގެ އޭނާގެ މާލީ ހިސާވު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަމުން ގެންދަންވާނެއެވެ.
(ނ) ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހާ އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހ،ު އޭނާ މަގާމުން ވަކިވިއިރު އޭނާގެ ކިބައިގައި ހުރި އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާވު، އެ މަގާމުން އޭނާ ވަކިވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ކޮމިށަނުން ކަނޑައަޅައި އާންމުކޮށްފައިވާ ނަމޫނާއަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
30 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން، ބުނެވިދިޔަ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
31 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށްމ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2013-10)
ކިޔުންތެރިންގެ ހިޔާލު