ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13) ގެ ޖަދުވަލު III އަށް އިސްލާހު ގެނައުމުގެ ނޯޓިސް
(ގާނޫނު ނަންބަރު 2022-13)
(މި އިސްލާހަށް އަމަލުކުރަން ފެށީ 22 ޑިސެމްބަރު 2024 ގައި)
ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) އަކީ، 1 ޖުލައި 1975 ގައި ޢަމަލުކުރަން ފަށައި، 12 ޑިސެންބަރު 2012 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުޢާހަދާކަމުގައިވާ "ކޮންވެންށަން އޮން އިންޓަރނޭށަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީށީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" (މުޢާހަދާ) ގައި ބަޔާންކޮށްފައިވާ ކަންކަން ދިވެހިރާއްޖޭގައި ތަންފީ ޒުކުރުމަށް ޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައިދޭ ގާނޫނުކަމުގައި ވީ ހިނދު؛
ބުނެވިދިޔަ މުޢާހަދާ ގެ މައްޗަށް ހިނގާ ދިރޭތަކެއްޗާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް އެކުލެވޭ، އެ މުޢާހަދާގެ އެޕެންޑިކްސް I" ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި" 'އެޕެންޑިކްސް II" ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ ދިރޭ ތަކެތި" އަދި އެޕެންޑިކްސް III "ނެތިދިޔުމުގެ ބިރުހީވެފައިވުމުގެ ސަބަބުން އެ އެއްޗެހީގެ ވިޔަފާރި ކޮންޓްރޯލްކުރަން މުޢާހަދާގެ މެންބަރު ގައުމުތަކުން ކަނޑައަޅާ ދިރޭ ތަކެތި"، ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 1 އާއި، ޖަދުވަލު 2 އާއި، ޖަދުވަލު 3 ގައި ނަކަލުކޮށްފައިވީ ހިނދު؛ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގައި، ބުނެވިދިޔަ މުޢާހަދާގެ އެއްވެސް އެޕެންޑިކްސްއަކަށް އިސްލާހެއް ގެނެވިއްޖެ ނަމަ، އެ އިސްލާހަކާ ގުޅިގެން ބުނެވިދިޔަ ގާނޫނުގެ ކަމާބެހޭ ޖަދުވަލަށް ގެންނަންޖެހޭ ބަދަލުތައ،ް މުޢާހަދާގެ އެޕެންޑިކްސްއަށް އެ އިސްލާހެއް ގެނެވޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި މެނޭޖްމަންޓް އޮތޯރިޓީން ށާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވީހިނދު؛ އަދި
ބުނެވިދިޔަ މުޢާހަދާގެ އާޓިކަލް XVI ގައިވާ ގޮތުގެ މަތީން، ސީށެލްސްއިން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތަށް، މުޢާހަދާގެ އެޕެންޑިކްސް III އަށް 25 ނޮވެންބަރު 2024 ގައި އިސްލާހު ގެނެސްފައިވާ ހިނދު؛ ބުނެވިދިޔަ މުޢާހަދާގެ އެޕެންޑިކްސް III އަށް އެ މުޢާހަދާގެ ބުނެވިދިޔަ އާޓިކަލްގައިވާ ގޮތުގެ މަތީން ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ޖަދުވަލު، 3 އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އިސްލާހުކޮށް، މިއަދު، 22 ޑިސެންބަރު 2024 ވި އާދީއްތަދުވަހު ށާއިޢުކުރަމެވެ.
- މުޢާހަދާގެ އެޕެންޑިކްސް III އަށް ސީށެލްސްއިން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް، 25 ނޮވެންބަރު 2024 ގައި އިސްލާހުގެނެސްފައިވާތީ، އެގޮތުގެ މަތީން ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 3 އަށް Gekkonidae ފެމިލީގައި ހިމެނޭ ,seychellensis Ailuronyx އާއި tachyscopaeus Ailuronyx އާއި، trachygaster Ailuronyx އަންނަނިވި ގޮތަށް އިތުރުކުރުން.
FAUNA
CHORDATA
REPTILIA
SAURA
GEKKONIDEA Ailuronyx spp.
Note: Nomeclature reference by Seychelles: Rocha, S.,A., Bunbury, N.,Kaiser-Bunbury, C.N. and Harris, D.J.
(2017).Speciation history and species-delimitation within the Seychelles Bronze geckos, Ailuronyx spp.: molecular
and morphological evidence.Biological Journal of the Linnean Society 120(3): 518-53
ކިޔުންތެރިންގެ ހިޔާލު